Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ކޮމިޝަން އުފައްދަން ނުޖެހޭނެ ކަމަށް ދެއްކި ވާހަކަ އުނބަށް ޖަހައިފި

ކޮމިޝަން ހިންގުމާއި މައްސަލަ ބަލަން ހާވަލުކުރި މުނައްވަރު ވިދާޅުވީ ރައީސް މުއިއްޒު ކޮމިޝަނެއް އުފެއްދެވި ނަމަވެސް އެ ކޮމިޝަނަށް އިތުބާރު ކުރައްވަންވީ ކީއްވެގެންތޯއެވެ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 30 އެޕްރީލު 2025 | ބުދަ 11:53
ޔުމްނު ވެއްޓުނު ހާދިސާއާއި ގުޅިގެން އުފައްދާފައިވާ ކޮމިޝަނާއި މެދު ކޮމިޝަނުގެ ރައީސްގެ ވެސް އިތުބާރެއް ނެތް

ޔުމްނު ވެއްޓުނު ހާދިސާއާއި ގުޅިގެން އުފައްދާފައިވާ ކޮމިޝަނާއި މެދު ކޮމިޝަނުގެ ރައީސްގެ ވެސް އިތުބާރެއް ނެތް

ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނު އަސާސީ އިން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ކޮމިޝަނެއް ނުއުފައްދަވާނެ ކަމަށާއި، އެއީ ބޭކާރު ކަމެއް ކަމަށް ވިދާޅުވިއެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ވިދާޅުވާ ކޮންމެ ވާހަކަފުޅެއް ނުކުރައްވާނެ ކަމަށް ވިދާޅުވާ ކޮންމެ ވާހަކަފުޅެއް އުނބައްޖައްސަވާ ބޭފުޅެއްކަމަށް ގިނަ ބަޔަކު ބުނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ކުރީގައި ދެއްކެވި ވާހަކަފުޅާ ޚިލާފަށް، މިއަދު ކޮމިޝަނެއް އުފައްދަވައިފިއެވެ. މިއީ އެމަނިކުފާނުގެ ކުރީގެ ބަސްފުޅުތަކާއި ފުށުއަރާ ކަމެއްގެ ގޮތުގައި ފާހަގަކުރެވެ އެވެ. ކޮމިޝަނެއް އުފެއްދެވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚުތިޔާރުގެ ދަށުންނެވެ. ކޮމިޝަން އުފެއްދެވުމަކީ ކުރައްވާނެކަމެއް ނޫންކަމަށް ވިދާޅުވެ އެންމެ ފަހުން ކޮމިޝަނެއް އުފެއްދެވީ ވެސް އެމަނިކުފާނުގެ ސަރުކާރުގައި ހިމެނޭ ބޮޑުންގެ އާއިލާ މީހުންނާއި، އެމަނިކުފާނު ވެރިކަމަށް ގެންނަން މަސައްކަތް ކުރި ޒުވާނުންތަކެއް މަސްތުވާތަކެއްޗާ އެކު ޕާޓީކޮށް ޒުވާން އަންހެނަކު ވެއްޓުނު ހާދިސާ ބެލުމަށެވެ.

ކުރީގައި ޑރ. މުޢިއްޒު ވިދާޅުވެފައިވަނީ ކަންކަން ތަޙްޤީޤުކޮށް ބެލުމަށް ރިޔާސީ ކޮމިޝަން އުފެއްދެވުމަކީ އެމަނިކުފާނު ޤަބޫލުފުޅުކުރައްވާ ކަމެއް ނޫން ކަމަށެވެ. އަދި އެއްވެސް ކަމެއް ބެލުމަށް ރިޔާސީ ކޮމިޝަނެއް ނުހައްދަވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ. އަދި މިކަން ކުރީވެސް ފުލުހުންނަށް އިތުބާރު އޮތްކަމަށް ވިދާޅުވުމަށްފަހުއެވެ. މިކަމުން ދޭހަވަނީ ރައީސް ޑރ. މުޢިއްޒުގެ ކުރީގެ ބަސްފުޅުތަކާއި މިހާރުގެ ޢަމަލުފުޅުތައް ދިމާނުވާ ކަމެވެ. އުނބައްޖެހުމުގެ ސިޔާސަތެއް ގެންގުޅުއްވާ ކަމަށެވެ.

ކޮމިޝަން އުފައްދާ މައްސަލަ ބެލުމަކީ ގަބޫލު ނުކުރައްވާ ކަމެއް ކަމަށް ވިދާޅުވި ރައީސް މުއިއްޒު ކޮމިޝަނެއް އުފައްދަވާ އެ ކޮމިޝަނަށް 5 ބޭފުޅަކު އައްޔަން ކުރެއްވުމުން މިކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި ކޮމިޝަނުގެ މަސައްކަތާމެދު އިތުބާރު ނޯންނާނެއެވެ.

މީގެ އިތުރުން ކޮމިޝަން އެކުލަވާލި އިރު ކޮމިޝަނުގައި އަންހެނަކު ނެތުމުންވެސް މި ކޮމިޝަނުގެ މަސައްކަތާމެދު ސުވާލު އުފެދެއެވެ. ކޮމިޝަނަށް އޮތް އިތުބާރު ކުޑަވެގެންދެއެވެ. ކޮމިޝަން އުފެއްދީ 18 ވަނަ ދުވަހު ހ. ފެންޓޮނޯއީ ގެއިން ވެއްޓުު މަރިޔަމް ޔުމްނުގެ މައްސަލަ ބެލުމަށެވެ. ނަމަވެސް ނުކުރައްވާނެކަމަށް ވިދާޅުވެ އުފެއްދެވި ކޮމިޝަނުގައި އަންހެނެއްގެ މައްސަލަ ބަލަން އަންހެނަކުވެސް ނެތީއެވެ. ނުވިތާކަށް ކޮމިޝަނަށް ދެން އައްޔަން ކުރީ މައްސަލައިގައި ބޮޑެތި ތުހުމަތު ކުރެވިފަިއވާ ރައުދު އަހުމަދު ޒިލާލާއި އާއިލީ ގުޅުން އޮންނަ ޑރ. މުހައްމަދު ހަބީބެވެ.

މިއީ ކޮމިޝަން އުފައްދަވަން ބޭނުންވެގެން އުފެއްދެވި ކޮމިޝަނެއް ނޫންކަންވެސް އެނގެއެވެ. ނަމަވެސް އުނބަށްޖައްސަވާ ކޮމިޝަން އުފައްދާ ފުރަތަމަވެސް ހެއްދެވީ ގޯހެވެ. އޭގެ ފަހުން ގޯސް މަތިން ގޯހެވެ. ކޮމިޝަނެއް އުފެއްދެވީ އާންމުންގެ ފަރާތުން އައި ފާޑުކިއުންތައް މަދުކުރުމަށާއި، ޒުވާނުން ކުރަމުންދިޔަ ޕްރެޝަރު ކުޑަކުރުމަށެވެ. ނަމަކަށް ކަމެއް ކުރުމުގެ ނަމުގައި އުނބަށް ޖައްސަވާ ކޮމިޝަން ހެއްދެވި އިރު، ކޮމިޝަނުގައި އޮއްޓަރު ހުރި މީހަކުވެސް އެއިރު ނެތެވެ.

ނަމަވެސް ފާޑުކިއުންތަކާއެކު އަންހެން ދެކަނބަލުން އައްޔަންކުރި އިރު، ކޮމިޝަނުން ފުރަތަމަ ބޭއްވި ޕްރެސްގައި ވެސް ފެނުނީ ކޮމިޝަނުގެ ރައީސްގެ ފަރާތުން މަލާމާތާއި ފުރައްސާރައެވެ. ކޮމިނުޝަނުގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ރައީސް އޮފީހުގައި ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނުގެ ރައީސް ޑރ. މުނައްވަރު ވިދާޅުވީ ކޮމިޝަނަށް ޔުމްނުގެ އާއިލާއިން އަދި މިކަމާއި ގުޅިގެން މުޒާހަރާ ކުރާ ފަރާތްތަކުންގެ ވެސް އިތުބާރު ނެތް ކަމަށް ބުނެ އަޑު އުފުލަމުންދާކަން އެނގޭ ކަމަށެވެ. މުނައްވަރު ވިދާޅުވީ ކޮމިޝަންގެ މައްޗަށް އިތުބާރު ނެތް ކަމަށް ބުނި ނަމަވެސް ހައިރާން ނުވާ ކަމަށާއި، އިތުބާރަކީ ފާޑެއް އެއްޗެއް ކަމަށެވެ.

ކޮމިޝަން ހިންގުމާއި މައްސަލަ ބަލަން ހާވަލުކުރި މުނައްވަރު ވިދާޅުވީ ރައީސް މުއިއްޒު ކޮމިޝަނެއް އުފެއްދެވި ނަމަވެސް އެ ކޮމިޝަނަށް އިތުބާރު ކުރައްވަންވީ ކީއްވެގެންތޯއެވެ. އަދި އިތުބާރު ކުރަންވީ ސަބަބެއް މީހަކު ބުނެދޭންޖެހޭ ކަމަށެވެ. "ހުދު. އަޅުގަނޑު ވެސް އެބަ ހިތަށް އަރާ ކިހާވަރަކުން ދާނެބާއޭ. އެއީ ކުރީގެ ކޮމިޝަންތައް ދިޔަ ގޮތަށް ބަލާއިރު. އަނެއްކާ މީގަ އެބަ އަދޭ އެހެން ވެސް ނުކުތާއެއް." ކޮމިޝަންގެ ރައީސްކަމުގައި ހުންނަވައިގެން ކޮމިޝަނަށް ފާޑުވިދާޅުވެ އިތުބާރާއިމެދު ސުވާލު އުފައްދަވާ ވިދާޅުވި އެވެ.

ސިޔާސީ ލީޑަރުންގެ ބަސްފުޅުތަކާއި ޢަމަލުތައް އެއްގޮތްވުމަކީ ވަރަށް މުހިންމު ކަމެކެވެ. މިފަދަ ފުށުއެރުންތަކުން ރައްޔިތުންގެ އިތުބާރު ގެއްލި، ޤައުމުގެ އިދާރީ ހިންގުމަށް ނޭދެވޭ އަސަރުތަކެއް ކުރުމަކީ އެކަށީގެންވާ ކަމެކެވެ. ޔުމްނު ވެއްޓުނު ހާދިސާގެ ފަހަތުގައި ސިޔާސީ ބާރުގަދަ ފަރާތްތަކާއި ރައީސް މުއިއްޒުއަށް ތާއިދުކުރާ އަދި ފަންޑުކުރި ފަރާތްތައް ހިމެނޭ އިރު، އަދި އެންމެ އިތުބާރުކުރާ ފުލުހުންގެ މުއައްސަސާ އޮއްވާ ކޮމިޝަނެއް އުފެއްދެވީ ކޮން ސަބަބަކާއިތޯ މިހާރު ވަނީ ސުވާލު އުފެދިފައެވެ. މި ހުރިހާ ސުވާލެއްވެސް ގޮސް ގުޅެނީ އެންމެ ޖަވާބަކާއެވެ. ދެއްކުންތެރިކަމެވެ. އަދި ފުލުހުންގެ މުވައްސަސާއަށް އިތުބާރު ނެތްކަމެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒުރިޔާސީ ކޮމިޝަންމަރިޔަމް ޔުމްނުދިވެހި ފުލުހުން

ކޮމެންޓް

އިތުރަށް ކިޔާލަން

ނިދާ ތަނުގައި ކުރުނބާ ފަނިފުޅި ތައްޔާރުކޮށް ޑެލިވަރީ ކުރާ ބިދޭސީންތަކެއް އަތުލައިގަނެފި

ނިދާ ތަނުގައި ކުރުނބާ ފަނިފުޅި ތައްޔާރުކޮށް ޑެލިވަރީ ކުރާ ބިދޭސީންތަކެއް އަތުލައިގަނެފި

02 ޑިސެމްބަރު 2025
ބޮޑީ ވޯން ކެމެރާ ގެ މައްސަލަ: "ޒެޓާގެ މައްސަލަ މާލިއްޔަތު ކޮމިޓީން ބެލީ ބަހެއް ނުހޯދާ، ނާޒިމް މަޖިލީހުގައި ދެއްކީ ދޮގު ވާހަކަ"

ބޮޑީ ވޯން ކެމެރާ ގެ މައްސަލަ: "ޒެޓާގެ މައްސަލަ މާލިއްޔަތު ކޮމިޓީން ބެލީ ބަހެއް ނުހޯދާ، ނާޒިމް މަޖިލީހުގައި ދެއްކީ ދޮގު ވާހަކަ"

21 ނޮވެމްބަރު 2025
ރާއްޖޭގައި އެންމެ ގިނައީ ވައްކަމުގެ މައްސަލަ

ރާއްޖޭގައި އެންމެ ގިނައީ ވައްކަމުގެ މައްސަލަ

02 ނޮވެމްބަރު 2025
ކަސްޓަމްސް އިން ގަވައިދާ ޚިލާފަށް އުޅަނދު ދުއްވުން: ފުލުހުންގެ ކޮމެންޓެއް ނެތް، ކަސްޓަމްސް އިން ބުނީ ކަންކަން ކުރީ އުސޫލާއި އެއްގޮތަށް ކަމަށް

ކަސްޓަމްސް އިން ގަވައިދާ ޚިލާފަށް އުޅަނދު ދުއްވުން: ފުލުހުންގެ ކޮމެންޓެއް ނެތް، ކަސްޓަމްސް އިން ބުނީ ކަންކަން ކުރީ އުސޫލާއި އެއްގޮތަށް ކަމަށް

27 އޮކްޓޯބަރު 2025
ކޮލަމާފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި އެރަށުގެ 4 ޒުވާނުން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

ކޮލަމާފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި އެރަށުގެ 4 ޒުވާނުން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

25 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު