Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޒުވާނުންގެ މުޒާހަރާ

"ދުލެއް ނުކުރާނަން" ބޮޑު އިހްތިޖާޖް ބުދަ ދުވަހުގެރޭ

ޒުވާނުން ކޮށްފައިވާ 10 ޑިމާންޑް ފުރިހަމަ ވަންދެން މި އިހްތިޖާޖް ކުރިއަށްގެންދާނެ ކަމަށް ޒުވާނުންވަނީ ބުނެފައި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 29 އެޕްރީލު 2025 | އަންގާރަ 18:06
ދުލެއް ނުކުރާނަން އިހްތިޖާޖްގެ ތެރެއިން

ދުލެއް ނުކުރާނަން އިހްތިޖާޖްގެ ތެރެއިން

ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދުމަށް ގޮވާލާ ކުރިއަށްގެންދާ "ދުލެއް ނުކުރާނަން" އިހްތިޖާޖްގެ ބައިވެރިން ޓުވިޓަރގައި ޝުއޫރު ފާޅުކޮށްފައިވާއިރު، ބޮޑު އިހްތިޖާޖް ބުދަ ދުވަހުގެރޭ އޮންނާނެ ކަމަށް އިހްތިޖާޖް އިންތިޒާމްކުރާ ފަރާތުން ބުނެފި އެވެ.

ޓުވިޓާގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި މި ޝުއޫރު ފާޅުކުރުމުގެ ހަރަކާތުގައި ޒުވާނުން ބުނެފައިވަނީ މިގޮތަށް ޓުވިޓާގައި ޝުޢޫރުފާޅުކުރުމުގެ ގޮތުން ޓުވިޓާރގައި މިކަން އިންތިޒާމްކުރީ ރާއްޖެއިން ބޭރުގައި ތިބި އެތައް ބަޔަކަށް މިކަމުގައި ހުރި ކަންބޮޑުވުންތައް ހިއްސާކުރުމުގެ ފުރުޞަތު ދިނުމުގެ ބޭނުމުގައި ކަމަށެވެ.

އެހެންނަމަވެސް ބުދަ ދުވަހުގެ ރެއިން ފެށިގެން ބޮޑު އެއްވުމެއް ބާއްވާނެ ކަމަށާއި އަދި ޒުވާނުން ކޮށްފައިވާ 10 ޑިމާންޑް ފުރިހަމަ ވަންދެން މި އިހްތިޖާޖް ކުރިއަށްގެންދާނެ ކަމަށް ޒުވާނުންވަނީ ބުނެފައެވެ.

ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާގެ ފެންލައިޓަކުން ވެއްޓުނު އުމުރުން 21 އަހަރުގެ އަންހެން ކުއްޖާގެ މި ހާދިސާއަށް ހަފްތާއެއް ވާން ކައިރިވި ފަހުން ފުލުހުން ވަނީ ބުރާސްފަތި ދުވަހު އިރާކޮޅު އެ މައްސަލައިގައި ތުހުމަތުކުރެވޭ ރައުދު އަަހުމަދު ޒިލާލް 21، ހައްޔަރުކޮށްފަ އެވެ. މީގެއިތުރުން އެ މައްސަލައިގައި ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ ހަތް މީހެއްގެ ފޯނު ވެސް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އެ އަންހެން ކުއްޖާ ވެއްޓުނު މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގު ކުރަމުން ގޮސްފައެއް ނުވެ އެވެ.

އެހެން ނަމަވެސް ގިނަ ބަޔަކު މަގުތަކަށް އެއްވެ މުޒާހަރާކޮށް، އަޑުއުފުލަން ފެށުމުން ފުލުހުން ވަނީ މި މައްސަލަ ތަހުގީގުކުރަން ފަށާފައެވެ. އަދި ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް، "ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ކޮމިޝަން" އެއް އުފައްދަވައި، ކޮމިޝަނުގެ ރައީސަކަށް ޑރ މުނައްވަރު ވަނީ އައްޔަންކުރައްވައިފާ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ

ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ

30 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު