Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ ޕީޖީ ގުރޫޕް ބައްދަލުވުން

ކަނޑައެޅިގެން ހަގީގަތް ފެންނަން ހުންނަ ކަންކަން ވެސް އޮޅުވާލަން ދަނީ މަސައްކަތް ކުރަމުން: މީކާއިލް

29 އެޕްރީލު 2025 | އަންގާރަ 13:25

މަޖިލީހުގެ ގަވާއިދާއި ޚިލާފަށް ކުރާ ކަންކަން އިތުރުވަމުން އައުމަކީ ހަގީގަތެއް، އަދި އެއީ މީގެ ކުރިން ފެންނަކަންކަމެއް ނޫން

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 29 އެޕްރީލު 2025 | އަންގާރަ 13:25
ލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް: އެމްޑީޕީ ޕީޖީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ

ލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް: އެމްޑީޕީ ޕީޖީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ

ކަނޑައެޅިގެން "ފެކްޓްސް" ނުވަތަ ހަގީގަތް ފެންނަން ހުންނަ ކަންކަން ވެސް އޮޅުވާލަން މަސައްކަތް ކުރުމަކީ ރައްޔިތުންގެ މަޖިލީހުގައި ދުވަހަކުވެސް މީގެ ކުރިން ކުރަމުން އަންނަ ކަންކަމެއް ނޫން ކަމަށާއި ނަމަވެސް މިއަދު އެކަންކަން ވެސް ފެންނަމުން އަންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެ އެވެ.

މީކާއިލް މިފަދައިން ވިދާޅުވީ އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ޕީޖީ ގްރޫޕުން އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

Advertisement - newsAdvertisement

އެމްޑީޕީން މަޖިލީހަށް ހުށަހެޅި ގަރާރާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މީކާއިލް ވިދާޅުވީ މަޖިލީހުގެ ރިޔާސަތުންނާއި ވެރިކަން ކުރާ ޕާޓީ ޕީއެންސީން މަސައްކަތް ކުރަމުން ގެންދަނީ ފެކްޓްސް އެއީ ފެކްޓްސް ނޫން ކަމަށް ދައްކައި އޮޅުވާލަން ކަމަށާއި މަޖިލީހުގެ ޤަވައިދުގައި ލާޒިމް ކުރާ ހަފްތާއަކު ބާއްވަން ޖެހޭ ތިން ޖަލްސާ ވެސް ނުބޭއްވުމަކީ އެއީ އޭގެ އެއް މިސާލުކަމަށެވެ.

އަދި ގަވާއިދު ބުނާގޮތައް މަޖިލިސް ޖަލްސާތައް ނުބާއްވާ ޖެހިޖެހިގެން ދެ ހަފްތާވެގެން ގޮސްފައިވާ ކަމަށާއި އެއީ ފެންނަން އޮތް ހަގީގަތެއް ކަމަށާއި އަދި ބަދަލުކުރެވޭނޭ ކަމެއް ނޫން ކަމަށް ވެސް މީކާއިލް ވިދާޅުވި އެވެ. އަދި މަޖިލީހުގެ ގަވައިދުގައި އޮންނަ ގޮތަށް ކަންކަން ނުކުރުމަކީ މަޖިލީހުގެ ގަވައިދާއި ޚިލާފުވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީކާއިލް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ވަޒީރުން ހާޒިރު ވުމަށް ވަކިމުއްދަތެއް ދީފައިވާ ކަމަށާއި އެއީ 14 ދުވަހުގެ މުއްދަތެއް ކަމަށެވެ. އަދި އެ 14 ދުވަސް ބަންދުތައް ވެސް ހިމެނޭ ގޮތަށް ގަވައިދުގައި ބަޔާންކޮށްފައި ވަނީ ވަރަށް މުހިންމު މަގުސަދެއްގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް މިގޮތަށް އަމަލުތައް ނުހިނގާ ކަމަށް ވެސް މީކާއިލް ވިދާޅުވި އެވެ.

މީކާއިލް ވިދާޅުވީ 14 ދުވަހުގެ މުއްތަދުގެ ތެރޭގައި ވަޒީރުން މަޖިލީހުގައި ތިއްބަވަން ނުޖެހޭކަމަށް އަންގާރަ ދުވަހު އޮތް ޖަލްސާގައި ޕީއެންސީގެ ޕީޖީ ލީޑަރު ވިދާޅުވެފައިވާކަމަށާއި އެއީ ވަރަށް ބޮޑަށް ކަންބޮޑުވާކަމެއް ކަމަށެވެ.

އެއީ ރިޔާސަތައްވެސް އަދި އޭރުގައި އާރާއި ބާރު ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި އޮންނަ ބޭބޭފުޅުންނަށް ވެސް އެކަންކަމަށް ނުފޫޒު ނުފޯރުވޭނޭހެން އެގަވައިދުތައް ބައްޓަން ކުރަންވެގެން އެހެން ކަނޑައަޅާފައި އޮންނަނީ އެހެން ނަމަވެސް މިއަދު ޕީއެންސީގެ ޕީޖީ ލީޑަރު ދެއްކެވި ވާހަކަފުޅުތަކާއި މެދު އަޅުގަނޑު ވަރަށް ކަންބޮޑުވޭ. ވިދާޅުވީ ކޮންމެހެން 14 ވަނަ ދުވަަހު ރައްޔިތުންގެ މަިލީހުގެ ތަޅުމުގައި ވަޒީރުން ތިއްބަވާކަށް ނުޖެހޭ އިންގޭތޯ އާލާސްކަންފުޅާވެސް އުޅުއްވާނޭ، ދަތުރުތަކުގައިވެސް ވަޑައިގަންނަވާނޭ
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް

މީކާއިލް ވިދާޅުވީ މިއީ ބަލަން ޖެހޭނޭ ކަންކަން ނޫން ކަމަށާއި ވަޒީރުން މަޖިލީހަށް ހާޒިރުވުމަށް ކަނޑައަޅާފައި އޮންނަ 14 ދުވަހުގެ މުއްދަތުގެ ތެރޭގައި މަޖިލީހުގެ ތަޅުމަށް ވަޒީރުން ހާޒިރުވާން ޖެހޭނޭ ކަމަށެވެ. ނޫނީ ހާޒިރު ނުވެވޭފަދަ އުޒުރެެއް މެދުވެރިވާނަމަ އޮންނަ އުސޫލުގެ މަތިން އެ އުޒުރެއް ލިޔެކިޔުމުން ބަޔާންކޮށް އަންގަން ޖެހޭނޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ނަމަވެސް މިއަދާއި ހަމައަށް ވެސް އެގޮތަށް އަމަލު ކޮށްފައި ނުވާކަން މީކާއިލް ފާހަގަކުރި އެވެ.

މީގެ އިތުރުން މީކާއިލް ވިދާޅުވީ މަޖިލީޙުގެ ބަހުސް ކުރިއަށް ދާއިރު، މަޖިލީހުގެ ރިޔާސަތުން ބަހުސްގެ ތެރެއަށް ވަދެވަޑައިގެން ވާހަކަދައްކަވާ މެމްބަރުގެ ވާހަކަ ލިމިޓުކުރައްވަމުން އަންނަ ކަމަށެވެ. އަދި އެއީވެސް އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
02 ފެބުރުއަރީ 2017

ސްޕެޝިއަލިސްޓް އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ

02 ފެބުރުއަރީ 2017
ސްޕެޝިއަލިސްޓް  އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ
01 ފެބުރުއަރީ 2017

މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!

01 ފެބުރުއަރީ 2017
މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް