Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޝަމްއާން ބަންދުކުރުން

ޝަމްއާން ބަންދުކުރަން ކުރި އަމުރު ހައިކޯޓުން ދަމަހައްޓައިފި

މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައިވަނީ އެ ދެ މައްސަލަ ވެސް ބާތިލު ކުރާނެ ތަނެއް ނެތް ކަމަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 29 އެޕްރީލު 2025 | އަންގާރަ 11:58
ހައިކޯޓުގައި ކުރިއަށްދިޔަ ޝަމްއާންގެ ޝަރީއަތުގެ ތެރެއިން

ހައިކޯޓުގައި ކުރިއަށްދިޔަ ޝަމްއާންގެ ޝަރީއަތުގެ ތެރެއިން

ޝަރީއަތް ނިމެންދެން ޝަމްއާން ބަންދުކުރަން ކުރި އަމުރު ހައިކޯޓުން ދަމަހައްޓައިފި އެވެ.

ހައިކޯޓުން ކްރިމިނަލް ކޯޓުގެ ބަންދު އަމުރު ދަމަހައްޓާފައިވަނީ ޝަމްއާނުގެ ފަރާތުން އެ އަމުރު ހައިކޯޓުގައި އިސްތިއުނާފުކުރުމުންނެވެ. އަޑުއެހުން ކުރިއަށް ގެންދިޔައީ އަންގާރަ ދުވަހުގެ މެންދުރު 1:15 ގައެވެ.

Advertisement - newsAdvertisement

ޝަމްއާންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖެހީ 22 މާރޗް 2025 ގައެވެ. އަދި 26 މާރޗް 2025 ގައި ޝަމްއާން ބަންދު ކުރި މައްސަލަ އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހެޅި ނަމަވެސް މައްސަލަ ބަލައި ނުގަނެ ހައިކޯޓުން ވަނީ ބޭރުކޮށްލާފަ އެވެ. ނަމަވެސް ރަޖިސްޓްރާގެ އެ ނިންމުން ޝަމްއާންގެ ފަރާތުން ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅި އެވެ. އަދި މި މައްސަލަ ބަލަން ޖެހޭ ކަމަށް މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން 9 އެޕްރީލްގައި ނިންމި އެވެ.

ޝަމްއާން މިވަގުތު ހުރީ ޝަރީއަތް ނިމެންދެން ބަންދުގައެވެ. ޝަމްއާން ވަހީދު ބަންދު ކުރި މައްސަލަ އިސްތިއުނާފު ކުރަން ހައިކޯޓަށް ހުށަހަޅާފައިވާއިރު، ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރު ކުރީ މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒް މަންފާ ހޯދަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެންނެވެ.

ޝަމްއާންގެ ފަރާތުން 26 މާރޗްގައި ހައިކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ މައްސަލަ ބަލާ ފަނޑިޔާރު ޤާނޫނީ ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ބެލެވޭ ނަމަ ނުވަތަ ހައްގުތައް ގެއްލޭކަމަށް، ނުވަތަ އިންސާފަށް ހުރަސް އަޅާފައިވާ ކަމަށް ހަމައެކަނި ބުނާ ބުނުމަކުން އިސްތިއުނާފުކުރުމަށް ހުއްދަކުރާ މިންގަނޑަށް ވާސިލް ވެވޭނެ ކަމަށް ސުޕްރީމް ކޯޓުން 2019 ވަނަ އަހަރު ނިންމި ނިންމުމެއްގައި ބަޔާންކުރާ ކަމަށެވެ.

ޝަމްއާންގެ ފަރާތުން ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ޝަމްއާންގެ މައްޗަށް ތުހުމަތު ކުރެވެނީ ކޮރަޕްޝަންގެ ފައިސާ އާއި ގުޅޭގޮތުން ކަމަށް ވާއިރު ކޮރަޕްޝަންގެ މައްސަލަތައް ނުބަލާ މަނީ ލޯންޑްރިންގެ ތަހުގީގު އެއްވެސް ވަރަކަށް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އަދި މި މައްސަލައިގައި އޭސީސީގެ ބައިވެރިވުމެއް ނެތި ފުލުހުން އެ ތަހުގީގުކޮށްފައި ވަނީ މުޅީ ތަހުގީގު ޤާނޫނާއި ޚިލާފުވާ ގޮތަށް ކަމަށް ބަޔާންކޮށްފައިވެ އެވެ.

އަންގާރަ ދުވަހު އިއްވި ހުކުމުގައި ބުނެފައިވަނީ މައްސަލައިގެ ތަހުގީގު ހިންގުމުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ދައުރެއް ނެތި ފުލުހުން އަމިއްލައަށް ތަހުގީގު ހިންގާފައިވާތީ އެއީ ޖިނާއީ އިޖްރައާތުގެ ގާނޫނާ ހިލާފް ކަމެއް ކަމަށް ޝަމްއާންގެ ފަރާތުން ފާހަގަ ކުރިޔަސް، ހައި ކޯޓުގެ ހުކުމުގައިވަނީ އެއީ ގާނޫނާ ހިލާފް ކަމެއް ނޫން ކަމަށެވެ. އަދި ފުލުހުންނަށް އެކަނި ވެސް ތަހުގީގު ކުރެވޭނެ ކަމަށް ހުކުމުގައިވެ އެވެ. އަދި ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރަން ނިންމި ނިންމުމާ ގުޅޭގޮތުން އިސްތިއުނާފީ އޮޅިގަނޑު ގިރާކުރެވޭ ފަދަ ގާނޫނީ ބަހުސެއް ޝަމްއާންގެ ފަރާތުން ދެއްކިފައިނުވާ ކަމަށް ވެސް ހުކުމުގައިވެ އެވެ.

ޝަރީއަތް ނިމެންދެން ޝަމްއާން ބަންދުކުރުމަށް ކުރި ދެ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. ހައިކޯޓުގައި ކުރިއަށްދިޔަ އަޑު އެހުމުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައިވަނީ ދެ މައްސަލަވެސް ބާތިލުކުރާނެ ތަނެއް ނެތް ކަމަށެވެ.

މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި ފަނޑިޔާރު އަބްދުލްމާނިއު ހުސައިނެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޝަފީއު އެވެ.

ޝަމްއާން ހައްޔަރު ކުރީ އޭނާ ދިރިއުޅޭ ގެ ބަލާ ފާސްކުރުމަށް ފަހު ފުލުހުން ގެންދިޔަ ތަކެތީގެ އިންވެންޓްރީގައި ސޮއިކުރުމަށް 21 މާރިޗް 2025 ވީ ހުކުރު ދުވަހުގެރޭ ހެންވޭރު ޕޮލިހަށް އޭނާ ހާޒިރުވުމުންނެވެ.

ޝަމްއާންގެ އަމުރަށް، 530،000 (ފަސްލައްކަ ތިރީސް ހާސް) ދިވެހި ރުފިޔާއާއެކު ބިދޭސީއެއް ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. މި މައްސަލައާ ގުޅިގެން ފުލުހުން އޭނާ ދިރިއުޅޭގެ ބަލާފާސް ކޮށްފައިވާއިރު، އެގެއިން ގިނަ އަދަދެއްގެ ފައިސާގެ އިތުރުން އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުންގެ ބެލެމުގެ ދަށަށް ގެންގޮސްފައިވެ އެވެ.

މި މައްސަލައިގައި ޝަމްއާންގެ އިތުރުން ހައްޔަރުކުރި 4 މީހުންނަކީ ތ ބުރުނި، މޫނިމާ، މުހައްމަދު އަލްސަން އިސްމާއީލް (21އ)، މާލެ، ގ.ހެޕީސައިޑް، އިބްރާހިމް އަހުމަދު (37އ) އަދި މާލެ ގ ހެޕީސައިޑް، ހަސަން ސަހެޝާން (47އ) ކަމަށެވެ. މި 3 މީހުން ހައްޔަރުކުރީ މާޗް 20 ވަނަ ދުވަހުގެ ރެއެވެ. އަދި 21 ވަނަ ދުވަހު މާލެ، މ. ހަޒާރީވިލާ އަހުމަދު ލައްސާން (40އ) ވަނީ ހައްޔަރުކޮށްފަ އެވެ.

މީގެ އިތުރުން ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ފުރުން މަނާކޮށްފައިވާ ކަމަށެވެ. އަދި ޝަމްއާންގެ އާއިލާ މެންބަރެއްގެ ފޯނު ވެސް ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

ކުއްލި ގޮތަކަށް ކުރީގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ޝަމްއާން ވަހީދު މަގާމުން ވަކި ކުރުމަކީ އިއްތިފާގެއް ނޫން ކަމަށާއި އަދި ޝަމްއާން ހައްޔަރު ކުރީ އިހުސާންއާ ގުޅުން އޮންނަ ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެވުނުތާ 24 ގަޑިއިރު ތެރޭގައި ކަމަށް ޝަމްއާންގެ އާއިލާއިން ވަނީ ބުނެފަ އެވެ.

ޝަމްއާންގެ އާއިލާއިން 23 އެޕްރީލްވީ ބުދަ ދުވަހުގެ ރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ މި ބިދޭސީ މީހާ އިމިގްރޭޝަންގެ ބަންދަށް ގެނެވުމުން މިނިސްޓަރު އިހުސާން ޝަމްއާންއަށް ގުޅައި، އެ ބިދޭސީ މީހާގެ ފޯނު ދިވެހި ފުލުހުންގެ ހިދުމަތުގެ ވަކި ފުލުހަކާ ހަވާލު ކުރުމަށް އަންގާފައިވާ ކަމަށާއި އެހެންނަމަވެސް، އެކަން އެގޮތަށް ކުރެވޭނީ ރަސްމީކޮށް ނޯޓަކުން އެކަން ކުރުމަށް ދެންނެވުމުން ކަމަށް ޝަމްއާން ދެންނެވުމުން، އަޑުގަދަކޮށް ހަޅޭލެވުމަށްފަހު [އިހުސާން] ފޯނު ބޭއްވި ކަމަށް ޝަމްއާންގެ އާއިލާއިން ބުންޏެވެ.

ޝަމްއާން ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނީ ހަގީގަތާ ހިލާފު ދޮގު ތުހުމަތެއްގެ މައްޗަށް ބިނާކޮށް ސައްހަ ނޫން ހެކިތަކެއް ވުޖޫދުކޮށްގެން ކަމަށް ޝަމްއާންގެ އާއިލާއިން ބުންޏެވެ. އަދި އެކަން ކޮށްފައި ވަނީ އިހުސާން ޝަމްއާންއަށް އޮތް ޒާތީ އަދި ސިޔާސީ ހަސަދަވެރިކަމެއްގެ ސަބަބުން ކަމަށް ޝަމްއާންގެ އާއިލާއިން ބުންޏެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިބްތިހާލްގެ މައްސަލައިގައި ޝުޒާދު ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށް ހައިކޯޓުން ވެސް ކަނޑައަޅައިފި

އިބްތިހާލްގެ މައްސަލައިގައި ޝުޒާދު ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށް ހައިކޯޓުން ވެސް ކަނޑައަޅައިފި

01 މާރިޗު 2017
ކޯގަންނު ބެލެހެއްޓުމަށް ކުރި އަމުރު އިސްތިއުނާފަށް ހުށަހަޅައިފި

ކޯގަންނު ބެލެހެއްޓުމަށް ކުރި އަމުރު އިސްތިއުނާފަށް ހުށަހަޅައިފި

25 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރި އަމުރު ބާތިލް ކޮށްފި

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރި އަމުރު ބާތިލް ކޮށްފި

23 ފެބުރުއަރީ 2017
ޓެކުހަށް މަކަރު ހެދުމުގެ މައްސަލައަކާ ގުޅިގެން 160،000 ރުފިޔާ ދައްކަން އަމުރުކޮށްފި

ޓެކުހަށް މަކަރު ހެދުމުގެ މައްސަލައަކާ ގުޅިގެން 160،000 ރުފިޔާ ދައްކަން އަމުރުކޮށްފި

21 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި

09 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު