Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމެންބަރުންގެ އިމްތިޔާޒްތަކަށް އަރައިގަތުން

ނައިބު ރައީސް ނާޒިމް ދަނީ މެންބަރުންގެ އިމްތިޔާޒްތަކަށް އަރައިގަންނަމުން: މެންބަރު އަހުމަދު ދީދީ

28 އެޕްރީލު 2025 | ހޯމަ 08:43

މެންބަރުން ކުރައްވާ ސުވާލަކީ ރަނގަޅު ސުވާލެއްތޯ ބައްލަވަން ރިޔާސަތަށް ޖެހިވަޑައިނުގަންނާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 28 އެޕްރީލު 2025 | ހޯމަ 08:43
ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައްޔިތުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވާހަކަދައްކަވަނީ

ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައްޔިތުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވާހަކަދައްކަވަނީ

ރައްޔިތުން މަޖިލީހުގެ މެމްބަރުންނަށް ލިބިދޭ އިމްތިއާޒު ހަނިކުރަން ރިޔާސަތުން މަސައްކަތް ކުރައްވާ ކަމަށް ރައްޔިތުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ކުރިއަށް ގެންދިޔަ ރައްޔިތުން މަޖިލީހުގެ ރިޔާސަތުގައި ބެލެހެއްޓެވީ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އެވެ. ހެނދުނު ދަންފަޅީގައި ކުރިއަށް ގެންދިޔައީ ހައުސިން އަދި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ސުވާލު ކުރުމެވެ. ނަމަވެސް މިނިސްޓަރު މުއްތަލިބާ ސުވާލު ކުރުމަށް، ނާޒިމް ފުރުސަތު ނުދެއްވާތީ ގިނަ މެމްބަރުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

Advertisement - newsAdvertisement

މި މައްސަލައަަށް އިޝާރާތް ކުރައްވައި، މެންބަރު އަހުމަދު ދީދީ ވިދާޅުވީ މަޖިލީހުގެ ރިޔާސަތުގައި ހުންނެވި ނާޒިމް މެންބަރުންނަށް ލިބިދޭ އިމްތިއާޒު ހަނިކުރަން މަސައްކަތް ކުރާ ކަމަށާއި، މެންބަރުން ކުރައްވާ ސުވާލަކީ ރަނގަޅު ސުވާލެއްތޯ ބައްލަވަން ރިޔާސަތުން ޖެހިވަޑައިނުގަންނާނެ ކަމަށެވެ. އަދި މެންބަރު އަހުމަދު ދީދީ ވިދާޅުވީ މިނިސްޓަރާއި ގުޅުންހުރި ސުވާލެއްނަމަ އެ ފުރުސަތު ދޭން ޖެހޭ ކަމަށެވެ.

މީގެ އިތުރުން މެންބަރު އަހުމަދު ދީދީ ވަނީ އައްޑޫ ލިންކް ރޯޑުގެ މަސައްކަތާ ގުޅޭ ގޮތުން ސުވާލު ކުރައްވާފައެވެ. އަދި އައްޑޫ ލިންކް ރޯޑަކީ އައްޑޫ މުދަލަށާއި ފުރާނައަށް ގެއްލުންވާ ތަނަކަށް ވާތީ އެކަން ކުރެވޭނީ ކޮންދުވަހަކުން ތޯ ސުވާލުކުރެއްވިއެވެ.

މަނިކުފާނު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބިދޭ އިމްތިޔާޒު ހަނިކުރުމަށް މަސައްކަތް ކުރައްވާތަން އަޅުގަނޑުމެންނަށް މިފެންނަނީ. މަނިކުފާނު ނުޖެހޭނެ ކޮންމެހެން އަޅުގަނޑުމެންކުރާ ސުވާލަކީ އެއީ ރަނގަޅު ސުވާލެއް ތޯ ބަލާކަށް. ވަޒީރާ ގުޅުންހުރި ކަމެއް ވިއްޔާ ވަޒީރު އެއަށް ޖަވާބު ދިނީމަ ނިމުނީ. މަނިކުފާނު އަޅުގަނޑުމެން ހުއްޓުވާކަށް ނުޖެހޭނެ މިތާގައި. މަނިކުފާނު އަޅުގަނޑުމެންގެ އިމްތިޔާޒަށް އަރާ ގަންނަ މައްސަލަ އެއީ ވަރަށް ބޮޑު މައްސަލައެއް. އަޅުގަނޑު އެކަން ކުއްވެރި ކުރަން، މިވަޒީރަކީ އަޅުގަނޑުމެންނަށް ދޮގާއި މަކަރާއި ހީލަތް ހައްދަވާފައިވާ ވަޒީރެއް. އަޅުގަނޑުމެން އައްޑޫ ލިންކް ރޯޑަކީ ރައްޔިތުންގެ އަގުބޮޑު މުދަލަށާއި، ފުރާނައަށް ގެއްލުން ވަރަށް ހަލާކުވެފައި ހުރި ތަނެއް އެކަން ކުރެވޭނީ ކޮންއިރުަކުންތޯ ސުވާލުކުރިން.
ރައްޔިތުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ

މެންބަރު އަހުމަދު ދީދީ ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް، މައިކުގެ އަޑު ވަނީ ކަނޑާލާފައެވެ.

މެންބަރު އަހުމަދު ދީދީގެ އިތުރުން ގިނަ މެންބަރުން ވަނީ ގިނަ ރަށްރަށުގެ ފެނާއި ނަރުދަމާގެ މަޝްރޫއުތައް ކުރިއަށް ނުދާ ކަމަށާއި، ކުރިއަށް ދާ މަޝްރޫއުތަކުގެ މަސައްކަތްތައް ވެސް ވަރަށް ލަސް ކަން ފާހަގަކުރައްވާފައެވެ. މަޖިލީހުގެ އެޖެންޑާގައި އޮތީ ނ. ޅޮހީގެ ފެނާއި ނަރުދަމާގެ މަސައްކަތާއި ގުޅިގެން ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ކުރެއްވި ސުވާލާއި އަދި މިނިސްޓަރު ދެއްވާ ޖަވާބާއި ގުޅިގެން އަންނަ ސުވާލުތަކަށް ޖަވާބު ދިނުން ކަމަށްވާތީ، ގިނަ މެންބަރުން ކުރެއްވި ސުވާލަށް މިނިސްޓަރު މުއްތަލިބު ވަނީ މައުޟޫއިން ބޭރު ސުވާލުތަކެއްކަން ފާހަގަކޮށް ޖަވާބު ނުދެއްވާ ދޫކޮށްލައްވާފައެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް