Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބިލާލު ޕިލިޕްސް ރާއްޖެއަށް

މަޝްހޫރު ދިނީ އިލްމުވެރިޔާ ޑރ. ބިލާލު ފިލިޕްސް ރާއްޖެއަށް ވަޑައިގަންނަވަނީ

މިއީ ފަސް ދުވަހުގެ ދަތުރެއް

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 1 ޖުލައި 2017 | ހޮނިހިރު 07:48
ޑރ ބިލާލު ފިލިޕްސް

ޑރ ބިލާލު ފިލިޕްސް

މަޝްހޫރު ދިނީ އިލްމުވެރިޔާ ޑރ. ބިލާލު ފިލިޕްސް އަންނަ މަހު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ޕީސް ފައުންޑޭޝަނުން ބުނެފި އެވެ.

ޕީސް ފައުންޑޭޝަނުން ބުނީ، އަންނަ ޖުލައި މަހުގެ 13 އިން 17 އަށް ޑރ. ބިލާލް ރާއްޖެ ވަޑާއިގަންނަވާ އިރު ތަފާތު އެކި މައުލޫތަކަށް ދަރުސްތައް ބޭއްވުމަށް ނިންމާފަ އެވެ. ބިލާލުގެ މިދަތުރުގައި މާލޭގައި ތިން ދުވަސް ހޭދަކުރާ އިރު ފުވައްމުލަކުގައި ދެ ވަސް ހޭދަކުރުމަށް ވަނީ ހަމަޖެހިފަ އެވެ

Advertisement - newsAdvertisement

އެގޮތުން ޖުލައި 13 ވަނަ ދުވަހުގެ ރޭގައި އިސްލާމީ މަރުކަޒުގައި ޑރ ބިލާލްގެ ހާއްސަ ދަރުހެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ. ދަރުހުގެ މައުލޫއު އަކީ" ޓްރޫލީ ސަކްސަސްފުލް ޕީޕަލް: ދެއަރ ހެބިޓްސް އެންޑް ކެރެކްޓެރިސްޓީކްސް." އެވެ.

ފުވައްމުލަކަށް ބިލާލް ކުރައްވާ ދަތުރުގައި ނަމޫމާގެ ނަމުގައި ވޯކްޝޮޕެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ތަފާތު އެކި މައުލޫއުތަކަށް ދަރުސް ދިނުމަށްވެސް ވަނީ ކަނޑައަޅާފަ އެެވެ. އެގޮތުން އާއްމުކޮށް އެންމެންނަށް ހުޅުވާލައިގެން، " ހޫ އިސް ޔުއަރ ލޯޑް؟" މި ނަމުގައި ދަރުހެއް ބޭއްވުމަށް ހަމަޖެހިފައިވާ އިރު ސްކޫލު ކުދިންނަށް އަމާޒުކޮށްގެން "އަ ޓްރޫ މުސްލިމް ސްޓޫޑެންޓް" ގެ ނަމުގައި ދަތުހެއް ދެއްވުމަށް ވަނީ ނިންމާފަ އެވެ.

މީގެ އިތުރުން މާލޭގައި ސީއެޗްއެސްސީ ކުދިންނަށް " އަ ޕްރޮޑަކްޓިވް ޓީނޭޖަރ" ގެ ނަމުގައި ވަނީ ބާއްވާފަ އެވެ.

މި ހަރަކާތްތަކަކީ ރާއްޖޭގެ ދީނީ ކަންކަމާއި ގުޅޭ ޖަމިއްޔާއެއް ކަމަށްވާ ފީސް ފައުންޑޭޝަނުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

މީގެ ކުރިންވެސް ޑރ ބިލާލް ފިލިޕްސް ވަނީ ރާއްޖެއަށް ވަޑައިގަންނަވާފަ އެވެ. އެފަހަރު ޖަމިއްޔަތުއް ސަލަފުން އިންތިޒާމު ކުރި ހަރަކާތުގައި " ދަ ކޯލް" ގެ ނަމުގައި ވަނީ ޚާއްސަ ދަރުހެއްދީފަ އެވެ.

ޑރ ބިލާލް ފިލިޕްސް އަކީ ކެނެޑާގެ މަޝްހޫރު ދީނީ އިލްމުވެރިއެކެވެ.

އިތުރަށް ކިޔާލަން

12 ޖުލައި 2017

ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ޤަތަރަށްވީ ފައިދާ: ޑރ ބިލާލް ފިލިޕްސް

12 ޖުލައި 2017
ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ޤަތަރަށްވީ ފައިދާ: ޑރ ބިލާލް ފިލިޕްސް
11 ޖުލައި 2017

މަޝްހޫރު ދީނީ އިލްމްވެރިޔާ ޑރ. ބިލާލު ފިލިޕްސް މާދަމާ ރާއްޖެ ވަޑައިގަންނަވަނީ

11 ޖުލައި 2017
މަޝްހޫރު ދީނީ އިލްމްވެރިޔާ ޑރ. ބިލާލު ފިލިޕްސް މާދަމާ ރާއްޖެ ވަޑައިގަންނަވަނީ
08 ޖުލައި 2017

ރައީސް މައުމޫނަކީ ޖަލުގައި ލާއިންސާނީ އަނިޔާ ކުރި ވެރިއެއް ކަމަށް ބުނެދިނީ ރައީސް ނަޝީދު: މިނިސްޓަރު ސައީދު

08 ޖުލައި 2017
ރައީސް މައުމޫނަކީ ޖަލުގައި ލާއިންސާނީ އަނިޔާ ކުރި ވެރިއެއް ކަމަށް ބުނެދިނީ ރައީސް ނަޝީދު: މިނިސްޓަރު ސައީދު
21 ޖޫން 2017

ޕީސް ފައުންޑޭޝަނުން ޑރ. ބިބާލް ފިލިޕްސް ގެންނަނީ

21 ޖޫން 2017
ޕީސް ފައުންޑޭޝަނުން ޑރ. ބިބާލް ފިލިޕްސް ގެންނަނީ
07 ޖޫން 2017

ހެޔޮއެދޭމީހުންނަކީ ކޮބައިކަން ދަސްކޮށްދިނީ ޖަލުގެ ތޭރިތައް: އަހުމަދު އަދީބު

07 ޖޫން 2017
ހެޔޮއެދޭމީހުންނަކީ ކޮބައިކަން ދަސްކޮށްދިނީ ޖަލުގެ ތޭރިތައް: އަހުމަދު އަދީބު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު