ކ. މާލެ
|
25 އޭޕްރިލް 2025 | ހުކުރު 15:28
ފަލަސްތީނުގެ މީހަކު ޣައްޒާ ސިޓީގެ ގެއެއްގައި އިސްރާއީލުގެ ހަމަލާއެއްގެ ސަބަބުން ލިބިފައި ހުރި ގެއްލުންތައް ބަލަނީ
ފަލަސްތީނުގެ މީހަކު ޣައްޒާ ސިޓީގެ ގެއެއްގައި އިސްރާއީލުގެ ހަމަލާއެއްގެ ސަބަބުން ލިބިފައި ހުރި ގެއްލުންތައް ބަލަނީ
ރޮއިޓާސް
ޣައްޒާ ހަނގުރާމަ
އިސްރާއީލުން ޣައްޒާއަށް ދިން ބޮމުގެ ހަމަލާތަކުގައި ފަލަސްތީނުގެ 59 މީހުން ޝަހީދުވެއްޖެ
ޣައްޒާގެ އުތުރުގެ ޖަބާލިއާގައި ހުންނަ ގެއަކަށް އަމާޒުކޮށް މިދިޔަ ބުރާސްފަތި ދުވަހު ދިން ހަމަލާގައި ޝަހީދުވި މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ 12 މީހުން ހިމެނޭ ކަމަށް ރެސްކިއު ޓީމުތަކާއި ޑޮކްޓަރުން ބުނެއެވެ.

ވަށާލާފައިވާ ޣައްޒާގެ އެކި ސަރަހައްދުތަކުގައި އިސްރާއީލުން ދިން ހަމަލާތަކުގައި ކުޑަކުދިންނާ އެކު 59 މީހުން މަރުވެފައިވާ ކަމަށް މެޑިކަލް އޮފިޝަލުން ބުނެފިއެވެ.

ޣައްޒާގެ އުތުރުގެ ޖަބާލިއާގައި ހުންނަ ގެއަކަށް އަމާޒުކޮށް މިދިޔަ ބުރާސްފަތި ދުވަހު ދިން ހަމަލާގައި ޝަހީދުވި މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ 12 މީހުން ހިމެނޭ ކަމަށް ރެސްކިއު ޓީމުތަކާއި ޑޮކްޓަރުން ބުނެއެވެ.

ސިވިލް ޑިފެންސް އިން ނެރުނު ބަޔާނެއްގައި ބުނީ ޣައްޒާ ސިޓީއަށް ވައިގެ މަގުން ދިން ހަމަލާއެއްގައި އިތުރު އާއިލާއެއްގެ 6 މީހުން ޝަހީދުވެފައިވާ ކަމަށާއި އޭގެ ތެރޭގައި ދެމަފިރިންނާއި އެ މީހުންގެ 4 ދަރިން ހިމެނޭ ކަމަށެވެ.

ޣައްޒާ ސިޓީގެ ފަސްޓް ރެސްޕޮންޑަރެއް ކަމަށްވާ އަހުމަދު އަރާރު ވިދާޅުވީ ހަމަލާއަށް ފަހު ހަށިގަނޑުގެ ބައިތަކާއި ހަށިތައް ގިނަ އަދަދަކަށް ހުރި ކަމަށާއި އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންގެ ހަށިގަނޑުގެ ބައިތައް ވެސް ހިމެނޭ ކަމަށެވެ. ހަމައެކަނި އަތްފައި، ބޮލުގެ އިސްތަށިގަނޑު ހުރިކަމަށާއި، އެ އެންމެން ވެސް ކުދިކުދިވެފައި ކަމަށް އަލްޖަޒީރާއަށް ދިން އިންޓަވިއުއެއްގައި އަރަރް ބުންޏެވެ.

ޣައްޒާގެ އުތުރުގެ ޖަބާލިއާ ސަރަހައްދުގައި ހުންނަ ކުރީގެ ޕޮލިސް ސްޓޭޝަނަކަށް ދިން ހަމަލާއެއްގައި އިތުރު 10 މީހުން ޝަހީދުވެ އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށް އިންޑޮނޭޝިއާގެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ ޖަބަލިއާ ސަރަހައްދުގައި ހަމާސްގެ "ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރެއް" ގެ ގޮތުގައި ސިފަކުރާ ތަނަކަށް ހަމަލާދިނީ ޕޮލިސް ސްޓޭޝަނަށް އަމާޒުކޮށްގެން ކަމެއް ސާފުނުކޮށް ކަމަށެވެ. ފަލަސްތީނުގެ ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ އާއިލާތައް ދިރިއުޅޭ ހޮސްޕިޓަލްތަކަށާއި ގިނަ ހިޔާތަކަށް ދިން ހަމަލާތަކުގައި މީގެ ކުރިން ވެސް އަސްކަރިއްޔާއިން ވަނީ އެފަދަ ހުއްޖަތުތައް ބޭނުންކޮށްފަ އެވެ.

އިޒްރޭލުން ގައްޒާގެ އެކި ސަރަހައްދުތަކުގައި ދިން އެހެން ހަމަލާތަކުގައި 26 މީހުން މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާއި މަދަނީ ދިފާއީ އިދާރާއިން ބުނެ އެވެ. އަލްޖަޒީރާގެ ތާރިގު އަބޫ އަޒްޒޫމް، ދީރް އަލް ބަލާހުއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި އިޒްރޭލުން މުޅި ޣައްޒާއަށް ދޭ ހަމަލާތަކުގެ ރޭޓް ދަނީ އިތުރުވަމުންނެވެ.

އޭނާ ވިދާޅުވީ ޖަބާލިއާގައި އެންމެ ފަހުން ހަމަލާދިން ސަރަހައްދުގައި ހުރި ގައުކުނޑިތައް ކޮނުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށެވެ. ރެސްކިއު ގައި މަސައްކަތް ކުރާ މީހަކާ ހަވާލާދީ އޭނާ ބުނީ ޝަހީދުވި މީހުންގެ ތެރެއިން ގިނަ ބަޔަކަށް ވަނީ އަނދައިގެން ގޮސްފައި ކަމަށެވެ.

އިސްރާއީލުން ޣައްޒާއަށް އަސްކަރީ ޙަމަލާތައް ދޭން ފަށާފައިވަނީ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާގެ ދެވަނަ ބުރު ފެއިލްވެ މިދިޔަ މަހުގެ 18 ވަނަ ދުވަހުން ފެށިގެންނެވެ. އަސްކަރިއްޔާއިން ދަނީ ޖެހިޖެހިގެން އަށްވަނަ ހަފުތާއަށް ވެސް ބޯޑަރު ހުރަސްކުރުމުގެ މުހިންމު ސަރަހައްދުތައް ބަންދުކުރަމުންނެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޣައްޒާގައި ތިބި ސިފައިންނަށް ޒިޔާރަތްކުރައްވާ އިސްރާއީލުގެ އަސްކަރިއްޔާގެ ވެރިޔާ ވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން އިސްރާއީލަށް ދިން ހަމަލާގައި ހިފެހެއްޓި މީހުން މިނިވަން ނުކޮށްފިނަމަ "ބޮޑު" ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ހަމަލާއެއް ދިނުމުގެ ކުރިން އުތުރުގެ ސަރަހައްދުތައް ކަމަށްވާ ބެއިތް ހަނޫން އާއި ޝެއިޚް ޒައިދުގައި ދިރިއުޅޭ ފަލަސްތީނު މީހުން އެތަން ހުސްކުރުމަށް އަންގާފައެވެ. އެހީދޭ އެޖެންސީތަކުން ލަފާކުރާ ގޮތުގައި ހަނގުރާމަ ފެށި ފަހުން ޣައްޒާގެ 2.4 މިލިއަން މީހުންގެ ތެރެއިން ގިނަ ބަޔަކު ވަނީ މަދުވެގެން އެއް ފަހަރު ގެދޮރު ގެއްލިފަ އެވެ.

މީގެ އިތުރުން ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުރާސްފަތި ދުވަހު ބުނެފައިވަނީ ޣައްޒާ ސިޓީގެ ދުރާ ޗިލްޑްރަންސް ހޮސްޕިޓަލް އޮޕަރޭޝަން ނުކުރެވޭ ގޮތަށް ބަދަލުވެފައިވާ ކަމަށާއި، އިސްރާއީލުން އެ އިމާރާތުގެ މަތީ ބައިގައި ހަމަލާދީ އައިސީޔޫއަށް ގެއްލުންދީ، ފެސިލިޓީގެ ސޯލާ ޕަވާ ޕެނަލް ސިސްޓަމް ހަލާކުކޮށްލާފައިވާ ކަމަށެވެ.

އިސްރާއީލުން 18 މަސް ދުވަސް ވަންދެން ކުރިއަށް ގެންދިޔަ ހަނގުރާމައިގެ ސަބަބުން ޣައްޒާގެ ސިއްހީ ނިޒާމު ހަލާކުވެ، އެ ސަރަހައްދުގެ ގިނަ ހޮސްޕިޓަލްތައް ހަރަކާތްތެރިން ހުއްޓާލައި، ޑޮކްޓަރުން މަރާލައި، މުހިންމު ސާމާނު ވަނީ މަދުކޮށްފަ އެވެ.

އެމެރިކާގެ އެހީތެރިކަމާއެކު ގަތަރާއި މިސްރުގެ މުހިންމު މެދުވެރިން ކުރި މަސައްކަތްތަކަށް ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓާލަން މިހާތަނަށް ވަނީ ނާކާމިޔާބުވެފަ އެވެ.

އިޒްރޭލުން އަލުން ހަމަލާދޭން ފެށި ފަހުން ޣައްޒާގައި މިހާތަނަށް 1978 މީހުން މަރުވެފައިވާއިރު، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ 51،355 އަށް އަރާފައި ކަމަށް ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެއެވެ.

- ކޮމެންޓް