Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފުލުހުންގެ ޚިދުމަތް

ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވަނިކޮށް، ކުރިއަށް އޮތް އަހަރަކީ ފުލުހުންގެ މަސައްކަތްތަކުގައި ތަފާތު ފެންނާނެ އަހަރެއް: މިނިސްޓަރު އިހުސާން

25 އެޕްރީލު 2025 | ހުކުރު 10:26

ދިވެހި ފުލުހުންގެ ޚިދުމަތް އިތުރަށް ތަރައްގީކޮށް އިފެކްޓިވް ކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން

އަމްނާ އިމާދު
އަމްނާ އިމާދު | 25 އެޕްރީލު 2025 | ހުކުރު 10:26
ދިވެހި ފުލުހުންގެ ޚިދުމަތުގެ 92 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވާހަކަދައްކަވަނީ

ދިވެހި ފުލުހުންގެ ޚިދުމަތުގެ 92 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވާހަކަދައްކަވަނީ

ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވަނިކޮށް، ކުރިއަށް އޮތް އަހަރަކީ ފުލުހުންގެ މަސައްކަތްތަކުގައި ތަފާތު ފެންނާނެ އަހަރެއް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ 92 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި މިނިސްޓަރު އިހުސާން ވިދާޅުވީ ކުރިއަށް އޮތް އަހަރަކީ ފުލުހުންގެ މަސައްކަތްތަކުގައި ތަފާތު ފެންނާނެ އަހަރެއް ކަމަށާއި، ދިވެހި ފުލުހުންގެ ޚިދުމަތް ރައްޔިތުންނަށް އެންމެ އެދެވޭގޮތަށް ނަތީޖާ ފެންނާނެ އަހަރެއް ކަމަށެވެ.

ދިވެހި ފުލުހުންގެ ހިދުމަތް އިތުރަށް ތަރައްގީކޮށް އިފެކްޓިވް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ މައްސަލަތަކަށް އިޝާރާތް ކުރައްވައި މިނިސްޓަރު އިހުސާން ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި އެ މީހުންގެ އާއިލާތައް ދިރއުޅެމުން އަންނަނީ ވޭނާއި އުނދަގުލުގައި ކަމަށާއި، މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކުގެ ސަބަބުން ކުށުގެ ވެއްޓަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރީގެ މުގާބިލުގައި ކުށްކުރާ ގޭންގުތައް އުފެދި މުޖުތަމައު ހަމަނުޖެހުމުގެ ތެރެއަށް އައިސްފައިވާ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

މިނިސްޓަރު އިހުސާން ވިދާޅުވީ މި މައްސަލާގެ ސަބަބުން މައުސޫމު އެތަކެއް ފުރާނަތަކެއް ޝިކާރައަކަށްވި ކަމަށާއި، ތުއްތު ކުދިން ދިޔައީ ކުށުގެ ވެއްޓަށް ހުށަހެޅެމުން ކަމަށެވެ. އަދި ކުށްކުރާ ކުޑަކުދިން، ކަންބޮޑުވާންޖެހޭ މިންވަރަށް އިތުރުވަމުންދިޔަ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު އިހުސާން ވިދާޅުވީ ގައުމެއްގެ ގޮތުގައި ގައުމެއް ދެމިއޮތުމުގެ އެންމެ މުހިންމު ކަމަކީ އެ ގައުމެއްގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަން ހަމަޖެހިފައި އޮތުން ކަމަށެވެ.

ރާއްޖެއަކީ މި ރާއްޖޭގެ މުޅި އިގްތިސާދު ގައުމުގެ ހަމަޖެހުމުގެ މައްޗަށް ބިނާވެފައި އޮތް ރާއްޖެއެއްކަން ފާހަގަކުރައްވައި މިނިސްޓަރު އިހުސާން ވިދާޅުވީ އިންވެސްޓަރުންގެ ޔަގީންކަމުން ފެށިގެން ރައްޔިތުންގެ އުފާވެރިކަމާއި ހިތްހަމަޖެހުން ބިނާވެފައިވަނީ އެ އިހުސާސްގެ މައްޗަށް ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ އިޖުތިމާއީ ހަމަޖެހުމަށް އެންމެބޮޑު ނުރައްކަލަކަށްވެފައި ވަނީ ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ. އަދި ވިދާޅުވީ މިމައްސަލަ ވެސް ހައްލު ކުރުމަށް މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

މިނިސްޓަރު އިހުސާން މިމޭރުމުން ވާހަކަދެއްކެވި ނަމަވެސް މިފަހުން ރާއްޖޭގައި ހިނގާ ބޮޑެތި ހާދިސާތަކާއި ގުޅިގެން ފުލުހުން އަމަލުކުރާ ގޮތުގެ ސަބަބުން ބޮޑެތި ފާޑުކިޔުންތަކެއް ފުލުހުންގެ އިދާރާއަށް ވަނީ އަމާޒުވެފައެވެ. އެއީ ނ.ހޮޅުދޫގައި 10 ސެޕްޓެންބަރު 2024 ވަނަ ދުވަހު މަރާލާފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައާ މިމަހުގެ 18 ވަނަ ދުވަހު ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު މައްސަލާގެ ތަހުގީގު ވަރަށް ބޮޑަށް އޮޅުވާލައި، ހަގީގަތް ފޮރުވުމަށް މަސައްކަތް ކުރާ ކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ.

ޔުމްނުގެ މައްސަލައާ ގުޅިގެން ފުލުހުން ދޮގު ހަދާ ކަމަށް ބުނެ، ގިނަ އަދަދެއްގެ ޒުވާނުން ދަނީ އިންސާފު ހޯދައިިދިނުމަށް ގޮވާލާ މުޒާހަރާ ވެސް ކުރަމުންނެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

25 ޖެނުއަރީ 2017
ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް