Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޔުމްނު ފުރާޅަށް ވެއްޓުނު މައްސަލަ

ޔުމްނު ފުރާޅަށް ވެއްޓުން: ފުރުން މަނާކުރި މީހުންގެ ތެރެއިން އެކަކު މެލޭޝިޔާއަށް ފުރި ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފި

މި މައްސަލައާ ގުޅިގެން ޔުމްނުއާއެކު އުޅުނު ރައުދު ކޯޓް އަމުރެއްގެ ދަށުން ވަނީ ހައްޔަރުކޮށްފައި

އަމްނާ އިމާދު
އަމްނާ އިމާދު | 25 އެޕްރީލު 2025 | ހުކުރު 08:45
އައިޝަތު ލަޔާލީ އިގުބާލް

އައިޝަތު ލަޔާލީ އިގުބާލް

ޔުމްނު ރަޝީދު ފުރާޅަށް ވެއްޓުނު ހާދިސާއާ ގުޅިގެން ފުރުން މަނާކުރި މީހުންގެ ތެރެއިން އެކަކު މެލޭޝިޔާއަށް ފުރި ކަމަށް ދެކެވޭ ވާހަކަތައް ފުލުހުންގެ ޚިދުމަތުން ދޮގު ކޮށްފިއެވެ.

ސޯޝަލް މީޑިއާގައި މެލޭޝިޔާއަށް ދިޔަ ކަމަށް ތުހުމަތުކޮށްފައިވަނީ 22 އަހަރުގެ، ގ. ނޯތުބްރީޒް، އައިޝަތު ލަޔާލީ އިގުބާލް އެވެ.

ހުކުރު ދުވަހު ފުލުހުން ބުނީ އޭޕްރީލް 18 ވަނަ ދުވަހު ހ.މިޓާޒްގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާ ގުލިގެން ފުރުން މަނާކޮށްފައިވާ އަންހެނަކު މެލޭޝިޔާ އަށް ފުރާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރު ކުރަމުންދާ ވާހަކަތަކަކީ ހަގީގަތާ ހިލާފު މައުލޫމާތެއް ކަމަށެވެ.

މި މައްސަލައާ ގުޅިގެން ޔުމްނުއާއެކު އުޅުނު ގ. އެރިއަދޫ، 21 އަހަރުގެ ރައުދު އަހްމަދު ޒިލާލް، ކޯޓް އަމުރެއްގެ ދަށުން 24 އޭޕްރީލް 2025 ވީ ބުރާސްފަތި ދުވަހުގެ 18:20 ގައި ވަނީ ހައްޔަރުކޮށްފައެވެ.

މީގެ އިތުރުން، ރައުދާއި، ޔުމްނު ހިމެނޭހެން ޖުމްލަ 7 މީހެއްގެ ފޯނު ވަނީ ކޯޓް އަމުރެއްގެ ދަށުން ހިފަހައްޓައި، އެ އެންމެން ވެސް ފުރުން ވަނީ މަނާކޮށްފައެވެ.

މިމައްސަލައާއި ގުޅިގެން މާންދޫގޭ ދެކުނުގެ ޓެރަސްއާއި ދެވަނަ އަދި 4 ވަނަ ފަންގިފިލާގެ އިތުރުން ކަށިވެލި 3 ވަނަ ފަންގިފިލާވަނީ ބަލާ ފާސްކޮށްފައިވެއެވެ. މިތަންތަން ބަލާ ފާސްކޮށް ފުލުހުންގެ ބެލުމުގެ ދަށަށް އެއްޗެއް ގެންދިޔަ ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ޔުމްނު ފުރާޅަށް ވެއްޓުނު ހާދިސާގައި ފުލުހުން އަމަލުކޮށްފައިވަނީ ތަފާތުކޮށް ކަމަށް ބުނެ، ގިނަ ބައެއްގެ ފާޑުކިޔުން ފުލުހުންގެ އިތުރުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

ޔުމްނު ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނީ 18 އޭޕްރީލް 2025 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

އިތުރަށް ކިޔާލަން

21 ޑިސެމްބަރު 2017

ރާއްޖެޓީވީ ފަސްލައްކަ ރުފިޔާ އިން ޖޫރިމަނާކުރި މައްސަލަ ޑިސްޕިއުޓް މަރުހަލާއިން ހައްލުނުވުމުން ޝަރީއަތަށް!

21 ޑިސެމްބަރު 2017
ރާއްޖެޓީވީ ފަސްލައްކަ ރުފިޔާ އިން ޖޫރިމަނާކުރި މައްސަލަ ޑިސްޕިއުޓް މަރުހަލާއިން ހައްލުނުވުމުން ޝަރީއަތަށް!
30 ނޮވެމްބަރު 2017

ޒާތީ މައުލޫމާތު ކަމަށް ބުނެ ރާއްޖެ ޓީވީ ޖޫރިމަނާކުރި ބައްދަލުވުމުގެ ޔައުމިއްޔާ ނުދޭން ނިންމައިފި

30 ނޮވެމްބަރު 2017
ޒާތީ މައުލޫމާތު ކަމަށް ބުނެ ރާއްޖެ ޓީވީ ޖޫރިމަނާކުރި ބައްދަލުވުމުގެ ޔައުމިއްޔާ ނުދޭން ނިންމައިފި
07 ނޮވެމްބަރު 2017

ސަރުކާރަށް ހަތަރު އަހަރުފުރުން ފާހަގަކުރާ ޖަލްސާ ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް ގެޒެޓްގައި އިއުލާން ކޮށްފި

07 ނޮވެމްބަރު 2017
ސަރުކާރަށް ހަތަރު އަހަރުފުރުން ފާހަގަކުރާ ޖަލްސާ ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް ގެޒެޓްގައި އިއުލާން ކޮށްފި
16 އޮކްޓޯބަރު 2017

ރާއްޖެޓީވީ އެއްމިލިއަން ރުފިޔާއިން ޖޫރިމަނާކުރި މައްސަލައަށް އެއްބަސްވުމަކަށް ނާދެވުމުން ޝަރީއަތަށް ފޮނުވައިފި

16 އޮކްޓޯބަރު 2017
ރާއްޖެޓީވީ އެއްމިލިއަން ރުފިޔާއިން ޖޫރިމަނާކުރި މައްސަލައަށް އެއްބަސްވުމަކަށް ނާދެވުމުން ޝަރީއަތަށް ފޮނުވައިފި
28 ސެޕްޓެމްބަރު 2017

ރާއްޖެއާއި ޗައިނާގެ ގުޅުމަށް 45 އަހަރު ފުރުން ފާހަގަކުރަން ޖާފަތެއް ބާއްވައިފި

28 ސެޕްޓެމްބަރު 2017
ރާއްޖެއާއި ޗައިނާގެ ގުޅުމަށް 45 އަހަރު ފުރުން ފާހަގަކުރަން ޖާފަތެއް ބާއްވައިފި
28 ޖުލައި 2017

މެމްބަރު އަމީތާއި މެމްބަރު ސައުދުގެ ފުރުން މަނާކޮށްފި

28 ޖުލައި 2017
މެމްބަރު އަމީތާއި މެމްބަރު ސައުދުގެ ފުރުން މަނާކޮށްފި
22 މެއި 2017

ކޮޅިގަނޑުގައި މާލޭގެ ގެއެއްގެ ފުރާޅަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ

22 މެއި 2017
ކޮޅިގަނޑުގައި މާލޭގެ ގެއެއްގެ ފުރާޅަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ
26 އެޕްރީލު 2017

ރާއްޖެޓީވީ ޖޫރިމަނާކުރި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފި

26 އެޕްރީލު 2017
ރާއްޖެޓީވީ ޖޫރިމަނާކުރި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފި
05 އެޕްރީލު 2017

ގާސިމަށް ފުރުން މަނާކުރާ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކޮށްފި

05 އެޕްރީލު 2017
ގާސިމަށް ފުރުން މަނާކުރާ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކޮށްފި
08 މާރިޗު 2017

އަބުރުގެ ގާނޫނުގެ ދަށުން ޖޫރިމަނާކުރިއިރު ޖަވާބްދާރީވުމުގެ ފުރުސަތު ދީފައެއް ނުވޭ: އާލާ

08 މާރިޗު 2017
އަބުރުގެ ގާނޫނުގެ ދަށުން ޖޫރިމަނާކުރިއިރު ޖަވާބްދާރީވުމުގެ ފުރުސަތު ދީފައެއް ނުވޭ: އާލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު