Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުރުން މަނާކުރުން

މެމްބަރު އަމީތާއި މެމްބަރު ސައުދުގެ ފުރުން މަނާކޮށްފި

އަމީތު ހައްޔަރުކޮށްފައިވަނީ ބުރާސްފަތި ދުވަހު

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 28 ޖުލައި 2017 | ހުކުރު 05:50
ރައއްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއެކު މެމްބަރު ސައުދު ހުސެއިންނާއި، މެމްބަރު މުހައްމަދު އަމީތު

ރައއްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއެކު މެމްބަރު ސައުދު ހުސެއިންނާއި، މެމްބަރު މުހައްމަދު އަމީތު

ބުރާސްފަތި ދުވަހުގެ ރޭ ހައްޔަރުކުރި މަޑުއްވަރީ ދާއިރާގެ މެންބަރ މުހައްމަދު އަމީތާއި ގެއްލިގެން ކަމަށްބުނެ ފުލުހުން ހޯދަމުންދާ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން ރާއްޖެއިން ފުރުން މަނާކޮށްފި އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތުލިބިފައިވާ ގޮތުގައި ސައުދާއި އަމީތުގެ ޕާސްޕޯސްޓްވެސް ވަނީ ހިފަހައްޓާފައެވެ.

އެހެންނަމަވެސް މިކަން ކަށަވަރު ކުރުމަށް އިމިގްރޭޝަން ކޮންޓްރޯލާއަށް ގުޅާލުމުން ފޯނު ނިއްވާލާފައިވާތީ ރަސްމީ ބަހެއް ލިބިފައެއް ނުވެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ އަމީތު ހައްޔަރުކޮށް، ދޫނިދޫއަށް ވަނީ ގެންގޮސްފައެވެ. އަމީތު ހައްޔަރުކޮށްފައިވަނީ ފުލުހުން އޭނާ ދިރިއުޅޭ ގެއަށް ގޮހެވެ. އޭނާ ހައްޔަރުކުރީ ޖުލައި 24 ވަނަ ދުވަހު ފުލުހުންގެ ސަފުތައް ފަޅާލައި މަޖިލީހުގެ އިދާރާއަށް ވަތް ކަމަށް ބުނެ މަޖިލީހުގެ އިދިކޮޅު ބައެއް މެންބަރުން ދަނީ ފުލުސް އޮފީހަށް ހާޒިރުކުރަމުންނެވެ. އަދި ބައެއް މެންބަރުން މިހާރު ވަނީ ހައްޔަރުވެސް ކޮށްފަ އެވެ. އަމީތު ހައްޔަރު ކުރުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައި ބުނެފައިވަނީ ހައްޔަރުކުރުމަށް އަމުރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ބަޔަކު، ފުލުހުންގެ ސަފުތައް ފަޅާލައި ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަދެފައިވާތީއެވެ.

އަމީތު ހައްޔަރުކުރުމަށް ނެރެފައިވާ ކޯޓު އަމުރުގައި ހައްޔަރުކުރަންޖެހޭ ސަބަބުގެ ގޮތުގައި ލިޔެފައިވަނީ " ޖުލައި 24 ވަނަ ދުވަހު މަޖިލީހުގެ އިދާރާ ސަރަހައްދު ފުލުހުން ބަންދުކޮށްފައިވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ބައެއް، ފުލުހުންގެ ސަފުތައް ފަޅާލާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަދެފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަގައި މުހައްމަދު އަމީތު އަހްމަދު މަނިކު ހައްޔަރު ނުކޮށް ބަހައްޓައިފި ނަމަ މީނާގެ ފުށުން މުޖުތަމައުގެ ސަލާމަތައް ނުރައްކާ ވެދާނެތީ އާއި މައްސަލައިގެ ހެއްކަށް ނުފޫޒު ފޯރުވިދާނެކަމަށް ފެންނާތީ" ކަމަށެވެ.

އަމީތު ހައްޔަރުކޮށްފައިވަނީ، ގާނޫނު އަސާސީގެ 532 ވަނަ މާއްދާ އާއި 615 ވަނަ މާއްދާއާއި ހަވާލާދީއެވެ. މި މައްސަލައިގައި ހެކީގެ ގޮތުގައި ހިމަނާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ސީސީޓީވީ ފުޓޭޖާ ހެކިންގެ ހެކިބަހެވެ.

މީގެ އިތުރުން ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހޯދުމަށް ފުލުހުން ވަނީ އިއުލާނުކޮށްފަ އެވެ.

ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ގއ. ވިލިނގިލި އަޅިވިލާގެ އުމުރުން 36 އަހަރުގެ ސައުދު ހުސައިން ހޯދަމުންދާ ކަމަށެވެ. ސައުދު ހުސައިންގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒު ކްރައިމް ޑިޕާޓްމެންޓަށް ގުޅައިގެން އެ މައުލޫމާތު ހިއްސާކުރުމަށް ވަނީ އެދިފަ އެވެ.

ސައުދު ހޯދުމަށް ފުލުހުން އިއުލާންކުރުމާއި ގުޅިގެން އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފަިއވަނީ، ފުލުހުންގެ ޒިންމާދާރުކަން ވަރަށް ކުޑަ ކަމަށެވެ. އަދި ގެއްލުވާލަން އުޅުނު ނަމަވެސް ނުގެއްލޭނެ ކަމަށާއި، ނުވެސް ފިލާނެކަމަށް ސައުދު ވިދާޅުވެފައިވެއެވެ. އެއާއެކު އަމުރު ރަނގަޅުތޯ ސައުދު ވަނީ ސުވާލުކުރައްވާފަ އެވެ.

ސައުދު ހޯދުމަށް އިއުލާނުކޮށްފައިވާ އިރު، މިދިޔަ އަންގާރަ ދުވަހު ރޭ ވެސް ސައުދު ހައްޔަރުކޮށްފައިވެ އެވެ. އެހެން ނަމަވެސް ކޯޓުއަމުރުގައި ހުރި މައްސަލަތަކަކާއި ގުޅިގެން އޭނާ ވަނީ ފަހުން ދޫކޮށްލާފަ އެވެ.

އޭނާ އެފަހަރު ހައްޔަރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނޫން ކަމަށް ރައްޔިތުންގެ މަޖިލީޙުން ކަނޑައަޅާފައިވަނިކޮށް، ފުލުހުންގެ ސަފުތައް ފަޅާލައި ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަދެފައިވާކަމުގެ ތުހުމަތުގައެވެ. އެހެން ނަަމަވެސް އަމުރުގައި ހައްޔަރުކުރުމަށް ބޭނުންވާ ސަބަބުގެ ގޮތުގައި ހިމަނާފައިވާ ބައިގައި ވަނީ މުހައްމަދު އަމީތު އަހްމަދު މަނިކުގެ ނަމެވެ.

މީގެ އިތުރުން ހޯމަ ދުވަހު ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ އިރު އަންގާރަ ދުވަހު ވަނީ އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހާފަ އެވެ.

ސައުދު، އަމީތު އަދި ވަހީދުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުންނާއި މަޖިލީހުން ކަނޑައަޅާފައިވާއިރު، ގޮނޑި ގެއްލުނު މައްސަލައިގައި ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިންމާފައި ނުވެ އެވެ. އެ މައްސަލަ އެ މެމްބަރުން ވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށްވެސް ހުށައަޅުއްވަފަ އެވެ. އަދި އެ މައްސަލާގެ ޝަރީއަތްތައް ވަރަށް އަވަހަށް ފަށާނެކަންވެސް އެ ކޯޓުން އެ މެމްބަރުންނަށް އަންގާފައިވެއެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
27 ޖެނުއަރީ 2017

މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން

27 ޖެނުއަރީ 2017
މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
23 ޖެނުއަރީ 2017

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު