Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެޓީވީ- ބްރޯޑްކޮމް

ޒާތީ މައުލޫމާތު ކަމަށް ބުނެ ރާއްޖެ ޓީވީ ޖޫރިމަނާކުރި ބައްދަލުވުމުގެ ޔައުމިއްޔާ ނުދޭން ނިންމައިފި

އެ މައުލޫމާތު ދީފައި ނުވަނީ މައުލޫމާތު ހޯދައި ލިބި ގަތުމުގެ ޤާނޫނަށް ރިއާޔަތްކޮށް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 30 ނޮވެމްބަރު 2017 | ބުރާސްފަތި 13:23
ރާއްޖެ ޓީވީ:1.7 މިލިއަން ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައި

ރާއްޖެ ޓީވީ:1.7 މިލިއަން ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައި

ޒާތީ މައުލޫމާތު ތަކެއް ކަމަށް ބުނެ، ރާއްޖެ ޓީވީއާމެދު ފިޔަވަޅު އެޅި ބައްދަލުވުންތަކުގެ ޔައުމިއްޔާ ދެވެން ނެތްކަމަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން ނިންމައިފިއެވެ.

އެކޮމިޝަނުން އެގޮތައް ނިންމިކަން އެންގީ ރާއްޖެ ޓީވީން އެމައުލޫމާތު ހޯދަން އެކޮމިޝަނަށް ފޮނުވި ސިޓީއަށް ދެއްވި ޖަވާބުގައެވެ.

ރާއްޖެ ޓީވީން އެކޮމިޝަންގައި އެދިފައިވަނީ އަބުރުގެ ޤާނޫނުގެ ދަށުން މިހާތަނަށް ކޮމިޝަނުން ބަލާފައިވާ ރާއްޖެ ޓީވީގެ މައްސަލަތައް ބެލުމަށް ބޭއްވި ކޮމިޝަންގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ އަދި ވޯޓުގެ ތަފްސީލް ދެއްވުމަށެވެ.

އެކަމާ ގުޅިގެން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އެމައްސަލަތައް ބެލުމަށް ބޭއްވި ކޮމިޝަންގެ ބައްދަލުވުމުގެ ޔައުމިއްޔާ އާއި ވޯޓުގެ ތަފްސީލް، މައުލޫމާތު ހޯދާ ލިބިގަތުމުގެ 23 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ދެވެން ނެތްކަމަށެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ދައުލަތުގެ އިދާރާއަކުން ދޫކުރަން ޖެހޭ މައުލޫމާތަކީ، ތިންވަނަ މީހެއްގެ ޒާތީ މައުލޫމާތު ކަމުގައިވާނަމަ، އެމައުލޫމާތެއް އެތިންވަނަ ފަރާތުގެ ރުހުމާއެކުގައި މެނުވީ ދައުލަތުގެ އިއިދާރާއެއްގެ އިންފޮމޭޝަން އޮފިސަރު ދޫކޮށްގެން ނުވާނެ ކަމަށެވެ.

އެމާއްދާގެ (ށ) ގައި ބުނެފައިވަނީ މިމާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، އެފަދަ ތިންވަނަ މީހެއްގެ ޒާތީ މައުލޫމާތު ދޫކުރުމަކީ، ޢާއްމު މަސްލަހަތު ދެމެހެއްޓުމަށް މުހިއްމު ކަމެއް ކަމުގައި ފެނިއްޖެނަމަ، އެތިންވަނަ ފަރާތުގެ ރުހުމާ ނުލައި, މި ޤާނޫނުގެ ދަށުން ދައުލަތުގެ އެ އިދާރާއެއްގައި އެކުލަވާލާ މުރާޖަޢާ ކޮމިޓީގެ ހުއްދައާއެކު އެ މަޢުލޫމާތެއް އެ ސަބަބަށްޓަކައި އެ ނިސްބަތައް ދޫކުރެވިދާނެ ކަމަށެވެ.

ރާއްޖެ ޓީވީ ތިން ފަހަރެއްގެ މަތިން 1.7 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައިވާއިރު އެތިން މައްސަލައިގެ ތެރެއިން ދެމައްސަލައަކީ ކޯޓު މަރުހަލާގައި ކުރިއަށްދާ މައްސަލަ ކަމަށްވާތީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނުގެ 24 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ޔައުމިއްޔާއާއި ވޯޓުގެ ތަފްސީލު ދެވެން ނެތްކަމަށްވެސް ބްރޯޑްކޮމްއިން ވަނީ ބުނެފައެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނުގެ 24 ވަނަ މާއްދާގެ (ހ)ގައި ބުނަނީ ދޫކުރަންޖެހޭ މައުލޫމާތަކީ، ޤާނޫނީ ގޮތުން ހިންގާ ތަހުޤީގެއްގެ މައްޗަށް ބިނާކޮށް ޤާނޫނީ އިމްތިޔާޒް ލިބިގެންވާ މައުލޫމާތެއް ކަމުގައިވާނަމަ، އެމައުލޫމާތު ދޫ ނުކުރުމުގެ އިޚްތިޔާރު ދައުލަތުގެ އެއިދާރާއަކަށް ލިބިގެންވާ ކަމަށެވެ.

އެމާއްދާގެ (ށ) ގައި ބުނެފައިވަނީ އެމާއްދާގެ (ހ) އެހެން އޮތް ނަމަވެސް، ޤާނޫނީ އިމްތިޔާޒްގެ މަންފާ ލިބިގެންވާ ފަރާތުން އެއިމްތިޔާޒް ދޫކޮށްލައިފިނަމަ، މިމާއްދާގައި ބުނާ އުސޫލެއް ދެން އެ މައުލޫމާތެއްގެ މައްޗަށް ނުހިނގާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް

13 ޖެނުއަރީ 2017
ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު