Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޔުމްނު އަށް އިންސާފު ހޯދުން

ޔުމްނު އަށް އިންސާފު ހޯދަން ނުކުތް ޒުވާނުންނަކީ ސިޔާސީ އޮއިވަރެއްގައި ޖެހިފައި ތިބި ބައެއް - ރައީސް މުއިއްޒު

ހާދިސާއާ ގުޅިގެން ޔުމްނު އަށް އިންސާފު ހޯދަން ނުކުތް ޒުވާނުންނަކީ ބިރަކާ ނުލާ މަޖާކުރަން ބުނުމުން ނުކުތް ބައެއް ކަމަށް ދޭހަވާ ގޮތަށް ރައީސް ވިދާޅުވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 25 އެޕްރީލު 2025 | ހުކުރު 09:31
ޔުމްނު އަށް އިންސާފު ހޯދަން ނުކުތް ޒުވާނުންނަނީ ސިޔާސީ އޮއިވަރެއްގައި ޖެހިފައި ތިބި މީހުން ކަމަށް ރައީސް ވަނީ ވިދާޅުވެފައި

ޔުމްނު އަށް އިންސާފު ހޯދަން ނުކުތް ޒުވާނުންނަނީ ސިޔާސީ އޮއިވަރެއްގައި ޖެހިފައި ތިބި މީހުން ކަމަށް ރައީސް ވަނީ ވިދާޅުވެފައި

ހ. ފެންޓެނޯއީ ގޭގެ މަތިން ގެ އެއްގެ ފުރާޅަށް، 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާއާ ގުޅިގެން އޭނާއަށް އިންސާފު ހޯދަން ނުކުތް ޒުވާނުންނަކީ ސިޔާސީ އޮއިވަރެއްގައި ޖެހިފައި ތިބި ބައެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެރޭ ބޭއްވި ފުލުހުންގެ 92 ވަނަ އަހަރީ ދުވަހުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ޔުމްނު ވެއްޓުނު ހާދިސާއަށް ވިސްނާލާއިރުވެސް، މިކަމުގެ އެންމެ ބޮޑު ޒިންމާއެއް ނަގަންޖެހޭނީ، އެމަނިކުފާނު ގަބޫލުކުރައްވާގޮތުގައި، އަދި އިންސާފަށް ލޯބިކުރާ ކޮންމެ މީހަކުވެސް ގަބޫލުކުރާނެގޮތުގައި، ބިރަކާނެތި، ބިރަކާނުލައި މަޖާކުރުމަކީ، ކޮންމެހެން ކުރަންޖެހޭނެ ކަމެއްގޮތުގައި މީގެ އަހަރުތަކެއް ކުރިންޕްރޮމޯޓްކުރި މީހުން ކަމަށެވެ.

އަދި އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގައި ކަނޑައެޅިފައިހުރި އިންތަކާއި، މިންތަކާއި، އުސޫލުތަކާއި، ހަމަތަކަކީ އެއީ މާ މުހިންމު ކަމެއް ނޫނޭ، މަޖާކުރާށޭ. ޒުވާންކަމުގައި ތިޔަކުދިން ބޭނުންގޮތަކަށް އުޅޭށޭ ކިޔާފައި އެ ހިތްވަރުދިން މީހުން، މިއަދު ސިޔާސީ ބޭނުމެއްގައި ނުކުމެ، އެކުދިން މިސްޔޫސް ކުރަމުންދާ ދިޔުން، ލޯ ހުޅުވައި ބަލަންއެބަޖެހޭ ކަމަށެވެ.

ލޯހުޅުވައި ބަލަންޖެހޭ. އެކުދިން އެ މަގުން ދިޔައީ، ސިޔާސީ އޮއިވަރެއްގައި ޖައްސައިގެން. މި ޤައުމުގައި އޮތް މާތްވެގެންވާ އިސްލާމްދީނުގެ ހަމަތަކާއި، އުސޫލުތަކާއި، އަޅުގަނޑުމެންގެ ތެރޭގައި އޮތް ރީތި އާދަތަކުން ބޭރަށް މި ޤައުމު ނެރެ، އެހެން މަގަކުން ގެންދަން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ސަބަބުން. އޭގައި ވިކްޓިމައިޒް ވެފައި ތިބި ޒުވާނުންތަކެއްގެ ބޭނުންކޮށްގެން، ސިޔާސީ ފައިދާނަގަން އުޅޭ އުޅުމުގެ ތެރެއަށް ދިވެހި ލޮބުވެތި ރައްޔިތުން ވެއްދުމަކީ، ކޮށްގެންވާނެ ކަމެއްނޫން. އެއަށްވުރެ އަޅުގަނޑުމެންގެ ލޯ ހުޅުވެންޖެހޭނެ. އަޅުގަނޑުމެން ވާންޖެހޭނެ، ތެދާއި ދޮގު ވަކިކުރަން އެނގޭ ބަޔަކަށް. އަޅުގަނޑުމެން ވެގެންނުވާނެ ޖޯޝުގައި ޖެހިގެން، އިމޯޝަނަލްވެގެން ބަޔަކު ދައްކާހާ ވާހަކައެއްގެ ތެރެއަށް އަޅުގަނޑުމެންގެ ސިކުނޑި ދޫކޮށްލާ ބަޔަކަށް ވެގެން ނުވާނެ. އަމިއްލަ ސިކުނޑިން ވިސްނަންޖެހޭނެ. އަމިއްލަ ސިކުނޑިން ވިސްނައިގެން، އަމިއްލައަށް ކަންކަމާމެދުގައި ތެދު ދޮގު ބެލޭ ބަޔަކަށް އަޅުގަނޑުމެން ވާންޖެހޭނެ. ކާކުކަން ނޭނގޭ މީހުން ފަތުރާ އެކި ކަހަލަ ދޮގު ވާހަކަތަކުގައި ޖެހި، އެ ދޮގުތަކުގެ އަޅުންގެ ގޮތުގައި އަޅުގަނޑުމެން ވެގެން ނުވާނެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް ވިދާޅުވީ اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންނަށް ދެއްވާފައިވާ ބުއްދީގެ ބޭނުން ހެޔޮގޮތުގައި ހިފުމަކީ، އަޅުގަނޑުމެންނަށް އޮތް އޮޕްޝަނެއް، ޗޮއިސްއެއް ޒިންމާއެއްނޫން ކަމަށާއި، އެއީ ވާޖިބެއް ކަމަށެވެ. އަދި ރާއްޖޭގައި ތިބީ މުސްލިމުން ކަމަށާއި، މިއީ 100 ޕަސެންޓް އިސްލާމީ ޤައުމެއް ކަމަށެވެ.

އެހެންކަމުން އަޅުގަނޑުމެން ކޮންމެ މީހަކަށްވެސް ސުވާލުކުރެވި، ޖަވާބުދާރީ ވާންޖެހޭ ދުވަސް އަންނައިރުގައި، ބުއްދީގެ ބޭނުން ހެޔޮގޮތުގައި ނުހިފައިފިނަމަ އެ ދުވަހަކު ދޭނެ ޖަވާބެއް ނޯންނާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ބަޔަކު ދައްކާހާ ވާހަކައަކީ، ތިމަންނަގެ ސިކުނޑިއަށް ވައްދައިގެން ގަބޫލުކުރާނެ ކަމެއް ކަމުގައި ދިޔަ ނުދޭނެކަމުގެ ޢަޒުމުކަނޑައަޅަން ޖެހޭ ކަމަށެވެ. އެއީ، އަޅުގަނޑުމެންނަށާއި، ދަރިންނަށާއި، ރަޙުމަތްތެރިންނަށާއި، އަވަށްޓެރިންނަށާއި، މުޅި މުޖުތަމަޢަށްޓަކައި ކޮށްދެވޭނެ ވަރަށް ބޮޑު ހެޔޮކަމެއް ކަމަށެވެ. އަދި ފުލުހުންނަށް، ފުލުހުންގެ ޚިދުމަތް އަދާކުރުމުގައިވެސް ދެވޭނެ އެންމެ ބޮޑު އެހީތެރިކަމަށްވާނީ އެކަންތައް ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ސައިލެއްގެ އިންޖީނުގެ ވެރިފަރާތް ހޯދަން އިއުލާންކޮށްފި

ސައިލެއްގެ އިންޖީނުގެ ވެރިފަރާތް ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު