Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

މަވެތި ރައީސްގެ ރުޅިގަނޑު ނިކަމެތި ރައްޔިތުންނަށް

ގައުމު އޮތް ހާލަތާއި މެދު ފިކުރު ބޮޑުވާ ރައްޔިތުންގެ ވާހަކަތަކަށް ގައުމުގެ ވަލިއްޔުލްއަމުރުގެ ގޮތުގައި ހުންނަވާ ފާޑުކިޔާ އެއީ މަވެތި ދިވެހިންކަމަށް ދައްކަން އުޅުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 22 އެޕްރީލު 2025 | އަންގާރަ 13:15
ސަރުކާރަށް ފާޑުކިޔާ ފަރާތްތަކަކީ މަވެތި މީހުން ކަމަށް ރައީށް ސިފަކުރެއްވުމަކީ ހުތުމުހުތާރުކަމުގެ ސިފައެއް

ސަރުކާރަށް ފާޑުކިޔާ ފަރާތްތަކަކީ މަވެތި މީހުން ކަމަށް ރައީށް ސިފަކުރެއްވުމަކީ ހުތުމުހުތާރުކަމުގެ ސިފައެއް

ހުދުމުހުތާރު ވެރިކަމަކީ މަދު ނުވަތަ އެއްވެސް ލިމިޓެޝަނެއް ނެތި ސަރުކާރުގެ ބާރުތައް ހިފަހައްޓާ ލީޑަރަކު، ނުވަތަ ލީޑަރުންގެ ގްރޫޕަކުން ސިފަކުރެވޭ ޚުދުމުޚުތާރު ވެރިކަމެކެވެ. ހުދުމުހުތާރު ވެރިކަމެއްގައި ސިޔާސީ ކަންކަން ކޮންޓްރޯލް ކުރަނީ ހުދުމުހުތާރު ވެރިއަކުއެވެ. އެކަންކަން މަގުފަހިކޮށްދެނީ މުޝީރުންނާއި ޖެނެރަލުންނާއި އެހެނިހެން މަތީ މަގާމުތަކުގައި ތިއްބެވި ޝަޚްސިއްޔަތުތަކުގެ އެތެރޭގެ ދައުރެއްގެ ތެރެއިންނެވެ.

ހުދުމުހުތާރު ވެރިކަން އެއް ޕާޓީގެ ހުދުމުހުތާރު ވެރިކަން، ޕާސަނަލިސްޓް ހުދުމުހުތާރު ވެރިކަން ނުވަތަ މުޅިން ރަސްކަމުގެ ގޮތުގައި ގިންތިކުރެވިދާނެ އެއްޗެކެވެ. ރާއްޖެއިން މިހާރު ފެންނަނީ މިފަދަ ސިފަތަކެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ބައްޓަން ވަމުންދަނީ އެފަދައިންނެވެ.

ޙުދުމުހުތާރު ވެރިކަމެއްގެ އެންމެ ބޮޑު އެއް ސިފައަކީ ވަޒީރުންނާއި ސަރުކާރުގެ އިސް މަޤާމުތަކުގައި ތިބޭ ފަރާތްތަކުން ރައީސުލްޖުމްހޫރިއްޔާއަށް ހުޝާމަދުކުރުމުގައި އަވަދިނެތި އުޅުމެވެ. މިފަދަ ނިޒާމެއްގައި ވެރިންނަށް ތަޢުރީފުކުރުމަކީ ކެރިއަރ ކުރިއެރުވުމުގެ މަގެއްކަމުގައި ވެގެންދެއެވެ.

ދެވަނަ ކަމަކީ، ސަރުކާރުން ކުރާ ކޮންމެ ކަމަކީވެސް ރައީސުލްޖުމްހޫރިއްޔާގެ ސީދާ ބެއްލެވުމުގެ ދަށުން ކުރެވޭ ކަމެއްގެ ގޮތުގައި ދެއްކުމެވެ. މިއީ ވެރިމީހާގެ ބާރުވެރިކަން ދައްކުވައިދިނުމަށް ކުރެވޭ ކަމެކެވެ. އަދި ހިތާމަޔާއެކު ފާހަގަކުރަންޖެހެނީ، މިފަދަ ވެރިކަމެއްގައި ސަރުކާރާ ދެކޮޅު ކޮންމެ ރައްޔިތަކީ މަވެތި ރައްޔިތެއްގެ ގޮތުގައި ސިފަކުރެވޭކަމެވެ. މިއީ ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެއްދުމަށް ކުރެވޭ ނުބައި މަސައްކަތެކެވެ.

ޙުދުމުހުތާރު ވެރިކަމެއްގެ އެހެން ސިފަތަކުގެ ތެރޭގައި ރައްޔިތުންގެ އަޑު އަހަން ބޭނުން ނުވުމާއި، ގާނޫނާއި ގަވާއިދުތައް އަމިއްލަ މަސްލަހަތަށް ބަދަލުކުރުން ހިމެނެއެވެ. އަދި މިނިވަން މުއައްސަސާތަކާއި ތަޙްޤީޤީ އިދާރާތަކަށް ނުފޫޒު ފޯރުވުމަކީވެސް މިފަދަ ވެރިކަމެއްގެ މުހިންމު ސިފައެކެވެ.

ދިވެހި ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގައި ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބަސްމަގުން ދޭހަވީ މިފަދަ ކަންކަމެވެ. ވަކިން ހާއްސަކޮށް ގައުމު އޮތް ހާލަތާއި މެދު ފިކުރު ބޮޑުވާ ރައްޔިތުންގެ ވާހަކަތަކަށް ގައުމުގެ ވަލިއްޔުލްއަމުރުގެ ގޮތުގައި ހުންނަވާ ފާޑުކިޔާ އެއީ މަވެތި ދިވެހިންކަމަށް ދައްކަން އުޅުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ.

ރައީސްގެ ވާހަކަފުޅުގައި އަސްކަރިއްޔާ ތަރައްގީ ކުރުމަކީ ޤައުމިއްޔަތުކަމެއް ނެތް، ޤައުމީ ލޯތްބެއް ނެތް، މަވެތިކަމުގެ އިންތިހާޔަށް ގޮސްފައިވާ، ސިޔާސީގޮތުން ގޮސް ޤައުމު ކޮންމެފަދަ ގޮތަކަށް ވެގެންދިޔަޔަސް ވަރިހަމަ ވިސްނުމުގައި ތިބި ބައެއް ކަމަށް ވިދާޅުވިއެވެ.

އެހެންނަމަވެސް، ޙަޤީޤަތުގައި މަވެތިވެފައި ވަނީ ރައީސް އަމިއްލަފުޅަށެވެ. ޤައުމުގެ ތިން ބާރުގެ އެންމެ އިސް ވެރިޔާގެ ގޮތުގައި ހުންނެވީ އެމަނިކުފާނެވެ. ދެފުށް ފެންނަ ވެރިކަމެއް ކުރައްވާނެކަމަށް ވިދާޅުވެ ބޮޑު އަގުލަބިއްޔަތަކާއިގެން ވަޑައިގެން ގާނޫނު ހަދާ މަޖިލިސް ހިސޯރު ކުރެއްވީއެވެ. އެންމެފަހުން މިނިވަން ޝަރުއީ ނިޒާމެއްގެ ވައުދު އުވާލައްވާ އެންމެ މަތީ ކޯޓު ކަމުގައިވާ ސުޕްރީމް ކޯޓު ޕެރެލައިޒްކޮށްލާފައި އޮންނަތާ ދެމަސް ވެއްޖެއެވެ. މަވެތި ވާނީ މިވަރަކަށެވެ.

ރައްޔިތުންގެ ޙައްޤުތަކަށް އިޙްތިރާމް ނުކުރައްވާ، އަދި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ރުޅިއައިސް އިޖާބަދެއްވުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. މަވެތި ރައްޔިތުންކަމަށް ދިވެހިން ސިފަކުރައްވާ ވާހަކަފުޅު ދެއްކެވި އިރު ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން ގާނޫނު އަސާސީ ހިތުހުރި ގޮތަކަށް ބަދަލުކުރައްވާ ގާނޫނާއި ގަވާއިދުތަކުން އެމަނިކުފާނަށް ފުރިހަމަ ކޮންޓްރޯލެއް ލިބޭނެ ގޮތަށް ކަންކަން ކުރެއްވުމަކީ މަވެތި ވުމަކަށް ނުވިއެވެ.

ނުވިތާކަށް އެމަނިކުފާނުގެ މަވެތިކަމުން މިނިވަން މުއައްސަސާތައް އޮތީ އެމަނިކުފާނު ބޭނުންފުޅުވާ ކުޅިއެއް ކުޅުއްވޭނެ ގޮތަކަށް ހައްދަވާފައެވެ. މަވެތި މި ރައީސްގެ މަކަރުވެރި ރޭވުމުގެ ދަށުން އިންތިހާބުގެ ކަންކަން ބަލަހައްޓާ މުއައްސާ އޮތީ އެމަނިކުފާނެ ބޭނުންފުޅުވާ ގޮތަކަށް މަސައްކަތް ކުރެވޭނެ ގޮތަކަށް ހައްދަވާފައެވެ. އެންޓި ކޮރަޕްޝަން ކޮމިޝަނުން އެމަނިކުފާނުގެ ސަރުކާރުން ހިންގާ ބޮެތި ޖަރީމާތައް ނުބެލޭނެގޮތަށް ގާނޫނަށް ބަދަލު ގެނެސް މަވެތިވީ އެމަނިކުފާނެވެ. ދެންވެސް ގައުމުގައި އޮތް މުއައްސާއައަކަށް އަތްބާނުވާ މަވެތިވީ މި ރައީސެވެ. ނަމަވެސް އެންމެ ފަހުން ފާޑުކިއުމުން މަވެތިވީ ކަމަށްވީ ނިކަމެތި ރައްޔިތުންނެވެ.

ރައްޔިތުންގެ ފައިސާއިން ކުރެވޭ ޚަރަދުތަކާމެދު ސުވާލު އުފެއްދުމަކީ ރައްޔިތުންގެ އަސާސީ ޙައްޤެކެވެ. އަދި މިފަދަ ސުވާލުތަކަށް ޖަވާބުދާރީވުމަކީ ޑިމޮކްރެޓިކް ވެރިކަމެއްގެ އަސާސީ ސިފައެކެވެ. ނަމަވެސް މިފަދަ ވާހަކައެއް ދައްކާ ރައްޔިތަކު މިއަދު ވަނީ މަވެތިއެވެ. ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ދުވަހެއް ދުވަހަކަށް ދަށަށް ދަނިކޮށް، ސަރުކާރުގެ އިސްވެރިން މުޅި ޤައުމުގެ ވެރިކަން ހިންގަވަމުން ގެންދަވަނީ އަމިއްލަފުޅު ބޭނުންތަކަށް ކަމަށް ތުހުމަތު ކުރެވެމުންދާއިރު، މިކަމާމެދު ކަންބޮޑުވުން ފާޅުކުރާ ފަރާތްތަކަށް ނުރަނގަޅު ގޮތުގައި ރައްދު ދެއްވުމަކީ ޒިންމާދާރު ވެރިކަމެއްގެ ސިފައެއް ނޫނެވެ.

ގައުމުގެ ސަލާމަތާއި ރައްކާތެރިކަމާއި މިނިވަންކަމަށް މަސައްކަތެއް ކުރެވޭނަމަ ކޮންމެ ރައްޔިތަކުވެސް އުފާވާނެއެވެ. ވަތަނީ ރައްޔިތުންތަކެއް ތިބި މި ދިވެހިރާއްޖޭގައި އެކަމަށް ބޭނުން ނުވާނެ އެންމެ ދިވެހި ދަރިއަކުވެސް ނުހުންނާނެއެވެ. ނަމަވެސް ރައްޔިތުންގެ ފާޑުކިއުންތައް އަމާޒުވަނީކީ އަސްކަރިއްޔާ ހަރުދަނާކުރާތީއެއް ނޫނެވެ. މިވަގުތު ގައުމުގެ އިގްތިސާދީ ހާލަތު އޮތްގޮތުން ރައްޔިތުން އަތާއި އަނގަޔާއި ދިމާ ނުވާތީ ރައްޔިތުން ބުނަނީ ހަރަދުކުރަން މުހިންމު އެހެންކަންކަން އެބަހުރި ކަމަށެވެ. މިވަގުތު ހަރަދު ކުޑަކޮށް އިގްތިސާދު ކުރުމަށެވެ. މިހެން ބުނާ ރައްޔިތުން މަވެތި ކަމަށް ގައުމުގެ ވެރިމިހާ ވިދާޅުވުމަކީ ކޮންފަދަ ހުތުރުކަމެއް ހެއްޔެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސަރުކާރުން އުޅެނީ ރައްޔިތުންނަށް ޖެއްސުމަށްތޯ؟

ސަރުކާރުން އުޅެނީ ރައްޔިތުންނަށް ޖެއްސުމަށްތޯ؟

06 ޑިސެމްބަރު 2017
ރޮހިންޖާ މުސްލިމުން – ރައްޔިތުންނަށް ނުވާ ރައްޔިތުންގެ އަސްލު

ރޮހިންޖާ މުސްލިމުން – ރައްޔިތުންނަށް ނުވާ ރައްޔިތުންގެ އަސްލު

14 ސެޕްޓެމްބަރު 2017
ނިކަމެތިންގެ ބައްޕަ ރަހީނުކޮށްފައި. ރައްޔިތުން އޯކޭ. ލަދު!

ނިކަމެތިންގެ ބައްޕަ ރަހީނުކޮށްފައި. ރައްޔިތުން އޯކޭ. ލަދު!

17 އޯގަސްޓު 2017
"އަދީބު ދިން ކާރާ އަނގޮޓިއާ ރިޔާސަތު އޯކޭ، ހަމަރަނގަޅަށް ވެސް ބޯގޮވާފަ" – ރައީސްގެ ވާހަކަތަކާއި އެކު ޓްވީޓަރގައި ވަރަށް ވާހަކަ

"އަދީބު ދިން ކާރާ އަނގޮޓިއާ ރިޔާސަތު އޯކޭ، ހަމަރަނގަޅަށް ވެސް ބޯގޮވާފަ" – ރައީސްގެ ވާހަކަތަކާއި އެކު ޓްވީޓަރގައި ވަރަށް ވާހަކަ

15 އޯގަސްޓު 2017
ޔާމީން މަރާލިތާ 100 ދުވަސްވީއިރު މިދިޔަ ހަތް ދުވަސް ތެރޭ ދެ މަރު، ރައްޔިތުންނަށް އޮތީ ކޮން ރައްކާތެރިކަމެއް؟

ޔާމީން މަރާލިތާ 100 ދުވަސްވީއިރު މިދިޔަ ހަތް ދުވަސް ތެރޭ ދެ މަރު، ރައްޔިތުންނަށް އޮތީ ކޮން ރައްކާތެރިކަމެއް؟

01 އޯގަސްޓު 2017

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު