Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޤައުމީ ވޮލީ ބޯޅަ ލީގު

ގުޑް ގޭމްސް އިން ހުރާ ކޮމިއުނިޓީ ބަލިކޮށްފި

ހުރާގެ މައްޗަށް ގުޑް ގޭމްސް އެކަޑަމީ އިން ކުރި ހޯދީ ތިން ސެޓު ދެ ސެޓުންނެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 އެޕްރީލު 2025 | އަންގާރަ 05:27
ޤައުމީ ވޮލީ ބޯޅަ ލީގުގައި ގުޑް ގޭމްސް އެކަޑަމީ އަދި ހުރާ ކޮމިއުނިޓީ ކުޅުނު މެޗުގެ ތެރެއިން

ޤައުމީ ވޮލީ ބޯޅަ ލީގުގައި ގުޑް ގޭމްސް އެކަޑަމީ އަދި ހުރާ ކޮމިއުނިޓީ ކުޅުނު މެޗުގެ ތެރެއިން

މިހާރު ކުރިއަށްދާ ޤައުމީ ވޮލީ ބޯޅަ ލީގުގައި ހުރާ ކޮމިއުނިޓީ ކުލަބާ ދެކޮޅަށް ކުޅުނު މެޗުން، ގުޑް ގޭމްސް ސްޕޯޓްސް އެކަޑަމީ މޮޅުވެއްޖެ އެވެ.

ލީގުގައި ގުޑް ގޭމްސް އިން ކުޅުނު ފުރަތަމަ މެޗުގައި ވަނީ ސިޓީ ފްރެންޑްސް ކުލަބު އަތުން ބަލިވެފަ އެވެެ. ހުރާގެ ފުރަތަމަ މެޗުގައި ވަނީ ކުލަބު ވެމްކޯ އަތުން ބަލިވެފަ އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ހޯމަ ދުވަހުގެ ރޭ ކުޅުނު މެޗު ގުޑް ގޭމްސް އެކަޑަމީ އިން ކާމިޔާބު ކުރީ ތިން ސެޓު ދެ ސެޓުންނެވެ.

މެޗުގެ ފުރަތަމަ ސެޓު ގުޑް ގޭމްސް އެކަޑަމީ އިން ކާމިޔާބު ކުރީ 25-21 އިންނެވެ. ނަމަވެސް، ހުރާ އިން ވަނީ 17-25 އިން ދެ ވަނަ ސެޓު ކާމިޔާބު ކޮށްފަ އެވެ. ޖެހިގެން ކުޅުނު ތިން ވަނަ ސެޓުގައި ވެސް ހުރާ އިން ވަނީ 17-25 އިން ކުރި ހޯދައިފަ އެވެ.

ނަމަވެސް ހަތަރު ވަނަ ސެޓު 25-20 އިން ކާމިޔާބުކޮށް، ގުޑް ގޭމްސް އެކަޑަމީ އިން ވަނީ ސެޓުގެ ގޮތުން ހަމަހަމަ ކޮށްފަ އެވެ. ނަތީޖާ ނެރުމަށް ކުޅުނު ފަސް ވަނަ ސެޓުގައި ގުޑް ގޭމްސް އެކަޑަމީ އިން ވަނީ 15-11 އިން ހުރާގެ މައްޗަށް ކުރި ހޯދައި މެޗުން މޮޅުވެފަ އެވެ.

މެެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ގުޑް ގޭމްސް އެކަޑަމީގެ ބިދޭސީ ކުޅުންތެރިޔާ ރޯލީ ޕަތަކް އެވެ.

ލީގުގައި ގުޑް ގޭމްސްގެ ތިން ވަނަ މެޗުގައި ނިކުންނާނީ ކުލަބު ވެމްކޯއާ ދެކޮޅަށެވެ. އަދި ހުރާގެ ތިން ވަނަ މެޗުގައި އެ ޓީމު ނިކުންނާނީ ފްލެކްސާ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.

އިތުރަށް ކިޔާލަން

11 މެއި 2017

ސޮލިޑާރިޓީ ގޭމްސްގެ ރާއްޖޭގެ ފްލެގް ބިއަރާ އަކަށް ފާލިހް

11 މެއި 2017
ސޮލިޑާރިޓީ ގޭމްސްގެ ރާއްޖޭގެ ފްލެގް ބިއަރާ އަކަށް ފާލިހް
09 މެއި 2017

އިސްލާމިކް ސޮލިޑަރިޓީ ގޭމްސް އަށް އެތުލެޓިކްސް ޓީމު ފުރައިފި

09 މެއި 2017
އިސްލާމިކް ސޮލިޑަރިޓީ ގޭމްސް އަށް އެތުލެޓިކްސް ޓީމު ފުރައިފި
24 އެޕްރީލު 2017

ސްޕެނިޝް ލަލީގާ: ފަހުވަގުތު މެސީ ކާމިޔާބުކުރި ލަނޑުން ބާސާ އިން ރެއާލް ބަލިކޮށްފި

24 އެޕްރީލު 2017
ސްޕެނިޝް ލަލީގާ: ފަހުވަގުތު މެސީ ކާމިޔާބުކުރި ލަނޑުން ބާސާ އިން ރެއާލް ބަލިކޮށްފި
19 އެޕްރީލު 2017

ސޮލިޑާރިޓީ ގޭމްސްގައި ރާއްޖެއިން ފަސް ކުޅިވަރެއްގައި ވާދަކުރަނީ

19 އެޕްރީލު 2017
ސޮލިޑާރިޓީ ގޭމްސްގައި ރާއްޖެއިން ފަސް ކުޅިވަރެއްގައި ވާދަކުރަނީ
11 އެޕްރީލު 2017

އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް: ޒީސްތްއާއި ރަފާ ކިރިގިސްތާން ޕެއާ ބަލިކޮށްފި

11 އެޕްރީލު 2017
އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް: ޒީސްތްއާއި ރަފާ ކިރިގިސްތާން ޕެއާ ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު