Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ އިޔުރޯޕާ ލީގު

އެވަޓަން ޔުއެފާ އިޔުރޯޕާ ލީގަށް ކޮލިފައިވެއްޖެ

އެވަޓަން އިޔުރޯޕާ ލީގުގެ ޖާގައެއް ކަށަވަރު ކުރީ ކްރޮއޭޝިއާގެ ހަޑުކް ސްޕްލިޓު 3-1 ގެ އެގްރިގޭޓް ނަތީޖާއަކުން ބަލިކޮށްގެން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 25 އޯގަސްޓު 2017 | ހުކުރު 08:31
ެއެވަޓަންގެ ބައެއް ކުޅުންތެރިން

ެއެވަޓަންގެ ބައެއް ކުޅުންތެރިން

އިނގިރޭސި ވިލާތުގެ އެވަޓަން މި ސީޒަނުގެ ޔުއެފާ އިޔުރޯޕާ ލީގަށް ކޮލިފައިވެއްޖެއެވެ.

އެވަޓަން އިން އިޔުރޯޕާ ލީގުގެ ޖާގައެއް ކަށަވަރު ކުރީ ކްރޮއޭޝިއާގެ ހަޑުކް ސްޕްލިޓު 3-1 ގެ އެގްރިގޭޓް ނަތީޖާއަކުން ބަލިކޮށްގެންނެވެ. އެވަޓަން އިން ވަނީ އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައެވެ. ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު ދެވަނަ ލެގުގެ މެޗު ނިމުނީ 1-1 އަކުން އެއްވަރުވެގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ހަޑުކްއިން ވަނީ މޮޅު ކުޅުމެއް ދައްކައި އެވަޓަންގެ ގޯލަށް ބާރުބޮޑު ކޮށްފައެވެ. އެގޮތުން އެ ޓީމުގެ ފުރަތަމަ ގޯލު މެޗުގެ 43 ވަނަ މިނުޓުގައި ކާމިޔާބު ކޮށްދިނީ މިޑްފީލްޑާ ޖޯސެޕް ރަޑޮސެވިޗްއެވެ. ފުރަތަމަ ހާފު ނިމިގެން ދިޔައީ 1-0 ގެ ނަތީޖާއަކުން އެވަޓަންގެ މައްޗަށް ހަޑުކް ކުރީގައި އޮވެގެންނެވެ.

އެހެން ނަމަވެސް މެޗުގެ ދެވަނަ ހާފުން 14 ސިކުންތު ނުކުޅެވެނީސް އެވަޓަންއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އެ ޓީމާއި އަލަށް ގުޅުނު މިޑްފީލްޑާ ގިލްފީ ސިގަޑްސަންއެވެ. އޭނާ މި ގޯލު ކާމިޔާބު ކޮށްދިނީ ހާފުގެ މެދުން ފޮނުވާލި ބާރު ހަމަލާއަކުންނެވެ. މި ލަނޑާއި އެކު ހަޑުކްގެ ސަޕޯޓަރުންގެ އަޑު ކެޑިގެން ދިޔައިރު ހަޑުކްއަށް ލީޑު ނަގަން ލިބުނު ޕެނަލްޓީވެސް އެވަޓަންގެ ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ ދިފާއު ކޮށްފައެވެ.

އެވަޓަންއިން އިޔުރޯޕާ ލީގުގެ ޖާގައެއް ކަށަވަރު ކޮށްފައިވާއިރު އެ ޓީމުން ގްރޫޕް ސްޓޭޖުގައި ވާދަކުރާ ޓީމުތަށް އެގިގެން ދާނީ ހުކުރު ދުވަހު އޮންނަ ޔުއެފާ އިޔުރޯޕާ ލީގުގެ ގްރޫޕް ސްޓޭޖުގެ ގުރު ނެގުމުގެ ރަސްމިއްޔާތުގައެވެ.

އިތުރަށް ކިޔާލަން

25 އެޕްރީލު 2017

ނިއުކާސަލް އެނބުރި ޕްރެމިއަރ ލީގަށް

25 އެޕްރީލު 2017
ނިއުކާސަލް އެނބުރި ޕްރެމިއަރ ލީގަށް
24 އެޕްރީލު 2017

ޕްރިމިއާ ލީގަށް އަމާޒުހިފާ ތިނަދޫ އަށް ސްޕެއިންގެ ތިން ކުޅުންތެރިން ގެނެސްފި

24 އެޕްރީލު 2017
ޕްރިމިއާ ލީގަށް އަމާޒުހިފާ ތިނަދޫ އަށް ސްޕެއިންގެ ތިން ކުޅުންތެރިން ގެނެސްފި
18 އެޕްރީލު 2017

34 އަހަރުގެ މެދުކެނޑުމަކަށް ފަހު ޕްރެމިއަރ ލީގަށް ބްރައިޓަން ޕްރޮމޯޓް ވެއްޖެ

18 އެޕްރީލު 2017
34 އަހަރުގެ މެދުކެނޑުމަކަށް ފަހު ޕްރެމިއަރ ލީގަށް ބްރައިޓަން ޕްރޮމޯޓް ވެއްޖެ
11 އެޕްރީލު 2017

ވެލެންސިއާގެ ޓާގެޓަކީ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވުން: ފެސްކޯ

11 އެޕްރީލު 2017
ވެލެންސިއާގެ ޓާގެޓަކީ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވުން: ފެސްކޯ
04 އެޕްރީލު 2017

ޗެމްޕިއަންސް ލީގަށް ދާނެ ގޮތަކާ މެދު މިދަނީ ވިސްނަމުން: މޮރީނިއޯ

04 އެޕްރީލު 2017
ޗެމްޕިއަންސް ލީގަށް ދާނެ ގޮތަކާ މެދު މިދަނީ ވިސްނަމުން: މޮރީނިއޯ
01 އެޕްރީލު 2017

ޕްރިމިއާ ލީގު: އެވަޓަންގެ މައްޗަށް ލިވަޕޫލް އިން ކުރިހޯދައިފި

01 އެޕްރީލު 2017
ޕްރިމިއާ ލީގު: އެވަޓަންގެ މައްޗަށް ލިވަޕޫލް އިން ކުރިހޯދައިފި
27 މާރިޗު 2017

ލުކާކޫއަށް އަނެއްކާވެސް އެވަޓަން އިން އާ އެއްބަސްވުމެއް ހުށަހަޅައިފި

27 މާރިޗު 2017
ލުކާކޫއަށް އަނެއްކާވެސް އެވަޓަން އިން އާ އެއްބަސްވުމެއް ހުށަހަޅައިފި
15 މާރިޗު 2017

އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ

15 މާރިޗު 2017
އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ
11 ފެބުރުއަރީ 2017

ވިކްޓްރީގެ ޓާގެޓަކީ ތައްޓަކާއެކު ލީގަށް ކޮލިފައިވުން: ޝާޒް

11 ފެބުރުއަރީ 2017
ވިކްޓްރީގެ ޓާގެޓަކީ ތައްޓަކާއެކު ލީގަށް ކޮލިފައިވުން: ޝާޒް
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު