Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)

ޤައުމީ ފުޓުބޯޅަ ޓީމަށް ކޯޗަކު ހޯދުމަށް އިއުލާން ކޮށްފި

އެފްއޭއެމް އިން އިއުލާން ކޮށްފައިވާ ގޮތުގައި މި މަޤާމުތަކަށް ކުރިމަތިލުމުގެ އެންމެ ފަހު ސުން ގަޑި އަކީ އޭޕްރީލް މަހުގެ 27 ވަނަ ދުވަހެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 އެޕްރީލު 2025 | ހޯމަ 06:32
ޤައުމީ ޓީމުގެ ފަރިތަކުރުމުގައި އެންމެ ފަހުން ކޯޗަކަށް ހުރި އަލީ ސުޒޭން

ޤައުމީ ޓީމުގެ ފަރިތަކުރުމުގައި އެންމެ ފަހުން ކޯޗަކަށް ހުރި އަލީ ސުޒޭން

ރާއްޖޭގެ ސީނިއާ ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗުގެ މަގާމަށް މީހަކު ހޯދުމަށް، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިއުލާން ކޮށްފި އެވެ.

ޤައުމީ ފުޓުބޯޅަ ޓީމަށް އެންމެ ފަހުން އިރުޝާދު ދިނީ ތަޖުރިބާކާރު ކޯޗު އަލީ ސުޒޭން އެވެ. ނަމަވެސް، އެފްއޭއެމް އާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، ޤައުމީ ޓީމުގެ ކޯޗުކަމުން އޭނާ ވަނީ ވަކިވެފަ އެވެ.

އެފްއޭއެމް އިން އިއުލާން ކޮށްފައިވާ ގޮތުގައި، ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗުކަމުގެ މަގާމަށް މީހަކު ހޯދަނީ ތިން މަސް ދުވަހުގެ މުއްދަތަކަށެވެ.

ގެޒެޓުގައި އެފްއޭއެމް އިން ކޮށްފައިވާ އިއުލާން ގައި ބުނެފައިވާ ގޮތުން، ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗުގެ މަގާމަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ޝަރުތުތަކެއް ފުރިހަމަ ވާން ޖެހެ އެެވެ.

އެގޮތުން، އޭއެފްސީ ނުވަތަ ޔުއެފާ ޕްރޯ ލައިސަންސް ހޯދާފައިވާ ފަރާތަކަށް ވާން ޖެހޭނެ އެވެ. ނުވަތަ އެ ފެންވަރުގެ އެހެން ކޯޗިން ސެޓްފިކެޓެއް އޮންނަ ފަރާތަަކަށް ވާން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ. މީގެ އިތުރުން ހަ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވާން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެެވެ.

ޤައުމީ ޓީމަށް ކޯޗެއް ހޯދުމުގެ އިތުރުން، އެފްއޭއެމް އިން ވަނީ ޤައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުގެ މަގާމަށް މީހަކު ހޯދުމަށް ވެސް އިއުލާން ކޮށްފަ އެވެ. އޭގެ އިތުރުން، ޤައުމީ ޓީމުގެ ޑޮކްޓަރާއި، ގޯލި ކީޕަރު ޓެރެއިނަރުގެ މަގާމަށް މީހުން ހޯދުމަށް ވެސް އިއުލާން ކޮށްފައިވެ އެވެ.

އެފްއޭއެމް އިން އިއުލާން ކޮށްފައިވާ ގޮތުގައި މި މަޤާމުތަކަށް ކުރިމަތިލުމުގެ އެންމެ ފަހު ސުން ގަޑި އަކީ އޭޕްރީލް މަހުގެ 27 ވަނަ ދުވަހު އެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގައުމީ ހޭންޑްބޯލް ޓީމު

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2025

ދިވެހި ގައުމީ ހޭންޑްބޯލް ޓީމު އުމްރާވުމަށް މީޤާތު ހައްޖު އެންޑް އުމްރާ ގްރޫޕުން އެހީތެރިވެ ދީފި

24 ނޮވެމްބަރު 2025
ދިވެހި ގައުމީ ހޭންޑްބޯލް ޓީމު އުމްރާވުމަށް މީޤާތު ހައްޖު އެންޑް އުމްރާ ގްރޫޕުން އެހީތެރިވެ ދީފި
18 ނޮވެމްބަރު 2025

ފިލިޕީންސް އަތުންވެސް ބަލިވެ، ރާއްޖެ ސުން ޕޮއިންޓާއެކު ގުރޫޕުގެ ފުލުގައި

18 ނޮވެމްބަރު 2025
ފިލިޕީންސް އަތުންވެސް ބަލިވެ، ރާއްޖެ ސުން ޕޮއިންޓާއެކު ގުރޫޕުގެ ފުލުގައި
05 ނޮވެމްބަރު 2025

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ
27 އޮކްޓޯބަރު 2025

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން
26 އޮކްޓޯބަރު 2025

ބޭރުން ކޯޗުން ގެނެސްގެން ރަނގަޅު ނަތީޖާއެއް ނުނެރެވޭ: މޯހަން

26 އޮކްޓޯބަރު 2025
ބޭރުން ކޯޗުން ގެނެސްގެން ރަނގަޅު ނަތީޖާއެއް ނުނެރެވޭ: މޯހަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު