Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނޫސްވެރިންނާއި ބައްދަލުކުރުން

ނޫސްވެރިންނަށް ފިއްލަވައިގެން އުޅުއްވާ ރައީސް މުއިއްޒު އިރާދަކުރައްވައިފި ނަމަ ނޫސްވެރިންނާއި ބައްދަލުކުރައްވާނެކަމަށް ވިދާޅުވެއްޖެ

މެއި މަހުގެ 3 ވަނަ ދުވަހު ނޫސްވެރިންގެ ބައްދަލުވުން ބާއްވާނެކަމަށް ވިދާޅުވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 17 އެޕްރީލު 2025 | ބުރާސްފަތި 08:56
2023 ޑިސެމްބަރު 5 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުން

2023 ޑިސެމްބަރު 5 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުން

ނޫސްވެރިންނަށް ފިއްލަވައިގެން އުޅުއްވާ ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ފަހުން ނޫސްވެރިންނާއި ބައްދަލުކުރައްވާނެކަމަށް ވިދާޅުވެއްޖެއެވެ.

ރައީސް ބޭނުންފުޅުވާ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށްގެންދާ ޕޮޑްކާސްޓުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މަޢުލޫމާތު ހިއްސާކުރެއްވުމަކީ ޚާއްޞަ އިސްކަމެއް ދެއްވާކަމެއް ކަމަށާއި، މާތް ﷲ ގެ އިރާދަފުޅާއެކު އަންނަ މެއި މަހުގެ 3 ވަނަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވަން ނިންމަވާފައިވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ، މެއި މަހުގެ 3 ވަނަ ދުވަހު އެމަނިކުފާނު ކުރިއަށް ގެންދަވާ ނޫސް ކޮންފަރެންސްގައި ކޮންމެ ކަހަލަ ސުވާލެއްވެސް ކުރިމަތިކުރެއްވިދާނެ ކަމަށާއި، މިހާރުން ފަށައިގެން އެކަމަށް ތައްޔާރުވެވަޑައިގެންނެވުމަށް، ނޫސްވެރިންނަށް ދަޢުވަތު ދެއްވާފައެވެ.

ރައީސް އެންމެފަހުން ނޫސްވެރިންނާއި ބައްދަލުކުރެއްވީ 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 5 ވަނަ ދުވަހުއެވެ. އެފަހުން ރައީސް ނޫސްވެރިންނާއި ބައްދަލު ނުކުރައްވާތާ 1 އަހަރާއި 4 މަސްވެއްޖެއެވެ. ރައީސް އުޅުއްވަނީ މީޑިއާއަށް ފިއްލަވައިގެންނެވެ. މީގެ އިތުރުން ނޫސްވެރިންނަށް ރައީސް އޮފީހުންނާއި، ސަރުކާރުގެ އިސްތަރުޖަމާނު މެދުވެރިކޮށް ސުވާލުތަކަށް ޖަވާބު ނުދޭއިރު، މިނިސްޓްރީތަކުންނާއި ސަރުކާރުގެ އެކި ކަންކަމުގައި މިހާތަނަށް ނޫސްވެރިންނާއި ބައްދަލުކޮށްފައިވަނީ 22 ވަރަކަށް ފަހަރުއެވެ.

މީގެ އިތުރުން ޓީވީ ސްޓޭޝަނަކުން ދަޢުވަތު ދެއްވައިފިނަމަ، އެ ސްޓޭޝަނަކުން ކުރިއަށް ގެންދަވާ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން، ސުވާލުތަކަށް ޖަވާބުދެއްވުމަށްވެސް އެމަނިކުފާނު ހުންނެވީ ތައްޔާރަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ ހުރިހާވެސް އަމާޒަކީ ނަތީޖާ ނެރެދެއްވުން ކަމަށާއި، އެހެންކަމުން ގިނަ ވަގުތު ހޭދަކުރައްވަނީ މަސައްކަތުގެ ތެރޭގައި ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. ނަމަވެސް، ވަގުތު ލިބިވަޑައިގެންނެވި މިންވަރަކުން، މަޢުލޫމާތު ޙިއްޞާ ކުރެއްވުމާ ގުޅުން ހުރި ކަންކަމަށް ވަގުތު ހުސްކުރައްވާނެ ކަމަށާ، ކުރިއަށް އޮތްތަނުގައި ސީދާ ނޫސްވެރިންނަށްވެސް ވަގުތު ދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންނާ ވީހާވެސް ގާތުން މަޢުލޫމާތު ޙިއްޞާކުރައްވައި، ރައްޔިތުންގެ ޚިޔާލުތަކާއި ކަންބޮޑުވުންތައް އަޑުއެއްސެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ ކަމެއް ކަމަށް ރައީސް އޮފީހުން ބުނެފައިވާ އިރު، ސަރުކާރުން އާރުޓީއައި އަށް މައުލޫމާތު ނުދީ ހިފަހައްޓާ ކޯޓަށްވެސް ގޮސްފައިވެއެވެ. އަދި ސުވާލުތަކަށް ޖަވާބު ނުލިބޭ އިރު ސަރުކާރުގެ އެކި ވުޒާރާތަކުންވެސް ސިލްސިލާ ގޮތެއްގައި ނޫސްވެރިންގެ ބައްދަލުވުންތައް ކުރިއަށް ގެންދާ ކަމަށް ބުނެ ވަނީ ދޮގު ހަދާފައެވެ.

ރައީސް މުޢިއްޒުނޫސްވެރިންނޫސް ކޮންފަރެންސްސަރުކާރު

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
05 ޑިސެމްބަރު 2025

ރައީސް ވިދާޅުވީ ކުށްކުރާ މީހަކު ދޫކޮށްލުމުގެ ހައްޤެއް ނޯނާނެ ކަމަށް! އަމަލު ކުރެއްވީ ކިހިނެތްބާ؟

05 ޑިސެމްބަރު 2025
ރައީސް ވިދާޅުވީ ކުށްކުރާ މީހަކު ދޫކޮށްލުމުގެ ހައްޤެއް ނޯނާނެ ކަމަށް! އަމަލު ކުރެއްވީ ކިހިނެތްބާ؟
04 ޑިސެމްބަރު 2025

ތަސްވީރު ބަލާނީ، ތަސްވީރު ބުނާހެން! މި ތަސްވީރު ބުނަނީ ކީކޭ؟

04 ޑިސެމްބަރު 2025
ތަސްވީރު ބަލާނީ، ތަސްވީރު ބުނާހެން! މި ތަސްވީރު ބުނަނީ ކީކޭ؟
23 ނޮވެމްބަރު 2025

ވަޒީފާއެއް ލިބުމުގެ ޝަރުތު: ދެކޮޅަށް ބަސް ބުނަމުންދާ ތަރިއަކަށްވުން

23 ނޮވެމްބަރު 2025
ވަޒީފާއެއް ލިބުމުގެ ޝަރުތު: ދެކޮޅަށް ބަސް ބުނަމުންދާ ތަރިއަކަށްވުން
17 ނޮވެމްބަރު 2025

މުއިއްޒު ވެރިކަމަށް ގެންނަން އެންމެ ބޮޑު އަޣުލަބިއްޔަތެއް ދިން ގައްދޫ ރައްޔިތުން ބުނަނީ ފުދިއްޖެ ކަމަށް

17 ނޮވެމްބަރު 2025
މުއިއްޒު ވެރިކަމަށް ގެންނަން އެންމެ ބޮޑު އަޣުލަބިއްޔަތެއް ދިން ގައްދޫ ރައްޔިތުން ބުނަނީ ފުދިއްޖެ ކަމަށް
12 ނޮވެމްބަރު 2025

އަސާސީ ހިދުމަތެއް ވެސް ދޭން ނުކުޅެދިފައި

12 ނޮވެމްބަރު 2025
އަސާސީ ހިދުމަތެއް ވެސް ދޭން ނުކުޅެދިފައި
10 ނޮވެމްބަރު 2025

ބިޑަކާއި ނުލާ މަޝްރޫޢޫތައް ބަހާލުން: މައްސަލަ ބަލާ، ފައިސާ ދިނުން ހުއްޓުވައިދިނުމަށް އެދި އެމްޑީޕީ އިން އޭސީސީ އަށް

10 ނޮވެމްބަރު 2025
ބިޑަކާއި ނުލާ މަޝްރޫޢޫތައް ބަހާލުން: މައްސަލަ ބަލާ، ފައިސާ ދިނުން ހުއްޓުވައިދިނުމަށް އެދި އެމްޑީޕީ އިން އޭސީސީ އަށް
31 އޮކްޓޯބަރު 2025

ކުކުޅު ކޮށްޓަށް ކާއެތިކޮޅު އަޅާންހެން ކާންދީގެން މަޖިލިސް މެންބަރުން ތިބީ އަޅުވެތި ކޮށްފައި، ފައިސާ ދީގެން މީޑިއާ ވެސް އަޅުވެތިވެއްޖެ: ޔާމީން

31 އޮކްޓޯބަރު 2025
ކުކުޅު ކޮށްޓަށް ކާއެތިކޮޅު އަޅާންހެން ކާންދީގެން މަޖިލިސް މެންބަރުން ތިބީ އަޅުވެތި ކޮށްފައި، ފައިސާ ދީގެން މީޑިއާ ވެސް އަޅުވެތިވެއްޖެ: ޔާމީން
24 ސެޕްޓެމްބަރު 2025

ނޫސްވެރިން ކުރި މުޒާހަރާގައި ފުލުހުން އަމަލު ކުރި ގޮތް އެންއައިސީން ބަލަން ފަށައިފި

24 ސެޕްޓެމްބަރު 2025
ނޫސްވެރިން ކުރި މުޒާހަރާގައި ފުލުހުން އަމަލު ކުރި ގޮތް އެންއައިސީން ބަލަން ފަށައިފި
20 ސެޕްޓެމްބަރު 2025

މީޑިއާގެ ގާނޫނު އެއްކޮށް ކިޔާފައިވާ އެއްވެސް ނޫސްވެރިއަކާ ދިމާނުވޭ: ރައީސް މުއިއްޒު

20 ސެޕްޓެމްބަރު 2025
މީޑިއާގެ ގާނޫނު އެއްކޮށް ކިޔާފައިވާ އެއްވެސް ނޫސްވެރިއަކާ ދިމާނުވޭ: ރައީސް މުއިއްޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު