Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމެރިކާ އެމްބަސީ ބަންދުކުރަނީ

ރާއްޖޭގައި ހުންނަ އެމެރިކާގެ އެމްބަސީ ބަންދުކުރަން ނިންމައިފި

ރާއްޖޭގައި އެމެރިކާގެ އެމްބަސީއެއް ހުޅުވީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 16 އެޕްރީލު 2025 | ބުދަ 08:30
އެމެރިކާއިން ދިވެހިރާއްޖެއަށް ކަނޑައެޅި ރާއްޖޭގައި ހުންނަވާ ފުރަތަމަ ސަފީރު ރައީސުލްޖުމްހޫރިއްޔާއަށް ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގެ ތެެރެއިން

އެމެރިކާއިން ދިވެހިރާއްޖެއަށް ކަނޑައެޅި ރާއްޖޭގައި ހުންނަވާ ފުރަތަމަ ސަފީރު ރައީސުލްޖުމްހޫރިއްޔާއަށް ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގެ ތެެރެއިން

ދިވެހިރާއްޖޭގައި ހުންނަ އެމެރިކާގެ އެމްބަސީ ބަންދު ކުރަން އެމެރިކާ ސަރުކާރުން ނިންމައިފިއެވެ.

މި ނިންމުން އައިސްފައިވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުންނެވެ. ނައިޓައިމްގައި ރިޕޯޓްކޮށްފައިވާ ގޮތުން ޓްރަމްޕްގެ ސަރުކާރުން 10 އެމްބަސީއަކާއި 17 ކޮންސިއުލޭޓް ބަންދުކޮށް، ބޭރުގެ އެހެން ބައެއް މިޝަންތަކުގެ މުވައްޒަފުން މަދުކޮށް ނުވަތަ އެއްކުރުމަށް ވިސްނަމުންދާ ކަމަށް އެމެރިކާގެ ޚާރިޖީ ވުޒާރާގެ އެތެރޭގެ މެމޯއެއްގައި ބުނެފައިވެއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ތަންތަން ބަންދުކޮށް ހަރަދު ކުޑަކުރުމަކީ ސަރުކާރުގެ އެކި ކަންކޮޅުތަކުގައި ފެޑެރަލް ޚަރަދުތައް ކުޑަކުރުމަށް ރައީސް ޓްރަމްޕް ގެންގުޅުއްވާ ވިސްނުންފުޅާއި، އެ ޑިޕާޓްމަންޓުގެ ޚަރަދުގެ ގާތްގަނޑަކަށް 50 އިންސައްތަ ކުޑަކުރުމަށް ސްޓޭޓް ޑިޕާޓްމަންޓްގެ ލީޑަރުން ވިސްނަވަމުން ގެންދަވާ ހުށަހެޅުއްވުމާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

މެމޯގައި ބަންދުކުރަން ހުށަހަޅާފައިވާ އެމްބަސީތަކުގެ ތެރެއިން ހަ އެމްބަސީއަކީ އެފްރިކާގައި ހުންނަ އެމްބަސީއެވެ. އޭގެތެރޭގައި ސެންޓްރަލް އެފްރިކަން ރިޕަބްލިކް، އެރިޓްރިއާ، ގެމްބިއާ، ލެސޯތޯ، ރިޕަބްލިކް އޮފް ކޮންގޯ އަދި ސައުތު ސޫދާން އެވެ. އެ މެމޯގައި ވަނީ އެ މީހުންގެ މަސައްކަތްތައް ކައިރި ގައުމުތަކުގައި ހުންނަ އެމްބަސީތަކަށް ބަދަލުކުރުމަށް ލަފާދީފަ އެވެ.

މީގެ އިތުރުން ޔޫރަޕްގައި ހުންނަ ކުދި ދެ އެމްބަސީ ކަމަށްވާ ލަގްޒެމްބާގް އަދި މޯލްޓާގެ އިތުރުން ގްރެނާޑާ އާއި ރާއްޖޭގައި ހުންނަ ޑިޕްލޮމެޓިކް މިޝަންތައް ބަންދުކޮށް، ކައިރި ގައުމުތަކަށް ވެސް އެ އެމްބަސީތައް ބަދަލުކުރުމަށް މެމޯގައި ވަނީ ލަފާދީފަ އެވެ.

ބަންދުކުރުމަށް ލަފާދޭ ގިނަ ކޮންސިއުލޭޓްތައް ހުރީ ޔޫރަޕުގައި ކަމަށާއި އޭގެ ތެރޭގައި އެމެރިކާގެ މީހުންގެ މެދުގައި މަގުބޫލު ގިނަ ޓޫރިސްޓު މަންޒިލްތައް ވެސް ހިމެނެ އެވެ.

ރާއްޖޭގައި އެމެރިކާގެ އެމްބަސީއެއް ހުޅުވީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. އަދި އެމްބެސެޑަރަކަށް އައްޔަން ކުރެއްވީ ހޫގޯ ޔޮންއެވެ. ރާއްޖެގައި އެމެރިކާގެ އެމްބަސީއެއް ގާއިމް ކުރުމުގެ ކުރިން ރާއްޖޭގެ ކަންކަން ބަލަހައްޓަމުން ދިޔައީ ސްރީލަންކާގައި ހުންނަ އެމެރިކާގެ އެމްބަސީ މެދުވެރިކޮށެވެ.

އެމެރިކާ އެމްބަސީޑޮނަލްޑް ޓްރަމްޕްއެފްރިކާގައި ހުންނަ އެމްބަސީތައްދިވެހިރާއްޖެ

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު