Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިސްލާމިކް މިނިސްޓްރީ

40 އަހަރަށްފަހު ޙަރަމްފުޅުގެ އިމާމެއް ރާއްޖެ ވަޑައިގަންނަވަނީ

15 އެޕްރީލު 2025 | އަންގާރަ 18:19

ޙަރަމްފުޅެއްގެ އިމާމަކު މީގެ ކުރިން ރާއްޖެއަށް ވަޑަައިގެންނެވީ އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތަށް

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 15 އެޕްރީލު 2025 | އަންގާރަ 18:19
ފަޟީލަތުއްޝައިޚު ޑރ. ޞަލާޙުލްބުދައިރު

ފަޟީލަތުއްޝައިޚު ޑރ. ޞަލާޙުލްބުދައިރު

މަދީނާގެ ޙަރަމްފުޅުގެ އިމާމް އަދި ޚަޠީބު ފަޟީލަތުއްޝައިޚު ޑރ. ޞަލާޙުލްބުދައިރު، ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން، ރަސްގެފާނު ސަލްމާން ހުއްދަ ދެއްވައިފިކަން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެ އެވެ.

ވަޒީރު ވިދާޅުވީ، ޙަރަމްފުޅުގެ އިމާމު ފަޟީލަތުއްޝައިޚު ޑރ. ޞަލާޙުލްބުދައިރުގެ މި ދަތުރުފުޅުގައި އިސްލާމީ މަރުކަޒުގައި ހުކުރު ޚުޠުބާ ދެއްވުމުގެ އިތުރުން ޢާއްމު ރައްޔިތުންނަށް ދީނީ ދަރުސެއް ދެއްވުމާއި އިލްމުވެރިންނާ ބައްދަލުކުރެއްވުމާއި ސަލްމާން މިސްކިތަށް ޒިޔާރަތްކުރެއްވުމާއި, އިސްލާމީ މުއައްސަސާތަކަށް ޒިޔާރަތް ކުރެއްވުގެ އިތުރުން އިއްޒަތްތެރި ރައީސުލްޖުމުހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

ނަމަވެސް އިމާމު ފަޟީލަތުއްޝައިޚު ޑރ. ޞަލާޙުލްބުދައިރު ރާއްޖެ ވަޑައިގަންނަވާނެ ވަކި ތާރީޚެއް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

މިއީ 40 އަހަރު ފަހުން ޙަރަމްފުޅެއްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. ޙަރަމްފުޅެއްގެ އިމާމަކު މީގެ ކުރިން ރާއްޖެއަށް ވަޑަައިގެންނެވީ އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތަށެވެ. އެފަހަރު ވަޑައިގެންނެވީ މައްކާގެ ޙަރަމްފުޅުގެ އިމާމު ފަޟީލަތުއްޝައިޚު މުޙައްމަދު އައްސުބައްޔިލެވެ.

ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ މަދީނާގެ ޙަރަމްފުޅުގެ އިމާމު ޑރ ޞަލާޙުލްބުދައިރަކީ ވަރަށް ރީތިކޮށް ޤުރުއާން ކިޔަވައި ވިދާޅުވާ ބޭފުޅެކެވެ. މަދީނާގެ ޙަރަމްފުޅުގައި އިމާމުވެ ތަރާވީޙް ނަމާދު ކުރައްވާ ޑރ. ޞަލާޙުލްބުދައިރަކީ އިސްލާމީ ދުނިޔޭގެ އިޙުތިރާމާއި ލޯބި ލިބިވަޑައިގެންފައިވާ އިލްމުވެރި ބޭފުޅެކެވެ.

މަސްޖިދުއް ނަބަވީޤުރުއާން ކިޔަވައިދިނުންއިސްލާމީ މަރުކަޒު

އިތުރަށް ކިޔާލަން

29 ނޮވެމްބަރު 2025

ރާއްޖޭގައި ބިނާ ކުރަމުންދާ ފަނަރަ ވަރަކަށް މިސްކިތް ރަމަޟާން މަހުގެ ކުރިން ނިންމާނަން: ރައީސް މުއިއްޒު

29 ނޮވެމްބަރު 2025
ރާއްޖޭގައި ބިނާ ކުރަމުންދާ ފަނަރަ ވަރަކަށް މިސްކިތް ރަމަޟާން މަހުގެ ކުރިން ނިންމާނަން: ރައީސް މުއިއްޒު
24 ސެޕްޓެމްބަރު 2025

ވިލުފުށީގައި 8 އަހަރު ކުރިން ބިނާކުރި ބޮޑު މިސްކިތް އިސްލާމީ މަރުކަޒެއް ކަމުގައި ކަނޑައަޅައިފި

24 ސެޕްޓެމްބަރު 2025
ވިލުފުށީގައި 8 އަހަރު ކުރިން ބިނާކުރި ބޮޑު މިސްކިތް އިސްލާމީ މަރުކަޒެއް ކަމުގައި ކަނޑައަޅައިފި
06 ސެޕްޓެމްބަރު 2025

އާދީއްތަ ދުވަހުގެރޭ ރާއްޖޭގެ ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކުރާނެ

06 ސެޕްޓެމްބަރު 2025
  އާދީއްތަ ދުވަހުގެރޭ ރާއްޖޭގެ ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކުރާނެ
13 ޖުލައި 2025

އިސްލާމީ ކުތުބުޚާނާތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަހަރުގެ ތެރޭގައި ޤާއިމްކުރެވިގެންދާނެ: މިނިސްޓަރ ޝަހީމް

13 ޖުލައި 2025
އިސްލާމީ ކުތުބުޚާނާތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަހަރުގެ ތެރޭގައި ޤާއިމްކުރެވިގެންދާނެ: މިނިސްޓަރ ޝަހީމް
14 އެޕްރީލު 2025

ޒަކާތު ފަންޑުން މަތީ ތަޢުލީމުގެ ސްކޮލަރޝިޕަށް 50 ފުރުސަތު ހުޅުވާލައިފި

14 އެޕްރީލު 2025
ޒަކާތު ފަންޑުން މަތީ ތަޢުލީމުގެ ސްކޮލަރޝިޕަށް 50 ފުރުސަތު ހުޅުވާލައިފި
19 މާރިޗު 2025

ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމާއި ގުޅޭ އުސޫލު ގެޒެޓުކޮށްފި

19 މާރިޗު 2025
ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމާއި ގުޅޭ އުސޫލު ގެޒެޓުކޮށްފި
01 މާރިޗު 2025

މިއަހަރުގެ ރަމަޟާންމަހުގެ ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފި

01 މާރިޗު 2025
މިއަހަރުގެ ރަމަޟާންމަހުގެ ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް