Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ަޙައްޖަށް މީހުން ގެންދިއުމާއި ގުޅޭ އުސޫލު

ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމާއި ގުޅޭ އުސޫލު ގެޒެޓުކޮށްފި

އަލަށް ޙައްޖުގެ އަޅުކަން އަދާކުރަން އެދޭ ފަރާތްތަކަށް އިސްކަންދޭނެ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 19 މާރިޗު 2025 | ބުދަ 12:23
ހައްޖުވެރިންތަކެއް ޙައްޖަށް ދާން ފުރުމަށް ތައްޔާރުވަނީ: އިސްލާމިކް މިނިސްޓަރީން ވަނީ ޙައްޖަށް މީޙުން ގެންދިއުމުގެ އައު އުސޫލުތަކެއް އެކުލަވާލައި ގެޒެޓު ކޮށްފައި.

ހައްޖުވެރިންތަކެއް ޙައްޖަށް ދާން ފުރުމަށް ތައްޔާރުވަނީ: އިސްލާމިކް މިނިސްޓަރީން ވަނީ ޙައްޖަށް މީޙުން ގެންދިއުމުގެ އައު އުސޫލުތަކެއް އެކުލަވާލައި ގެޒެޓު ކޮށްފައި.

ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމާއި ގުޅޭ ހާއްސަ އުސޫލެއް އެކުލަވާލައި ގެޒެޓުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން އެކުލަވާލައި ގެޒެޓް ކުރި މި އުސޫލަކީ ޙައްޖާއި ގުޅޭ މުހިއްމު ކަންކަމެއް ހިމެނޭ ގޮތަށް އެކުލަވާލާފައިވާ އުސޫލެކެވެ. މިއީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ދިވެހިރާއްޖެއިން ޙައްޖުގެ އަޅުކަން އަދާކުރުމަށް މީހުން ގެންދިޔުމަށް ހުއްދަ ދިނުމާއި، ޙައްޖުގެ ކޯޓާއާ މެދު ޢަމަލުކުރާނެ ގޮތާއި ޙައްޖުގެ ކަންތައްތައް ބެލެހެއްޓުމާ ގުޅޭ އެންމެހައި ސިޔާސަތުތަކާއި އުސޫލުތައް ކަނޑައަޅައި، އެ ކަންކަމާ އެއްގޮތަށް ޙައްޖުގެ ޚިދުމަތްދޭ ފަރާތުން ޢަމަލުކުރަމުންދާކަން ކަށަވަރުކުރުމާ ގުޅޭގޮތުން އެކުވަލައިފައިވާ އުސޫލެކެވެ.

Advertisement - newsAdvertisement

މި އުސޫލާއެކު ޙައްޖާ ގުޅޭގޮތުން ރައްޔިތުންނަށް ލުއި އަގެއްގައި ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމާއި، ޙައްޖަށް ދިއުމުގެ ގަސްތުގައި ރައްޔިތުން ދައްކާ ފައިސާ، ރައްކާތެރިކަމާއި އަމާނާތްތެރިކަމާއެކު ބެލެހެއްޓުމުގެ ގޮތުން، ޙައްޖަށް ދިއުމަށް ޓަކައި އެއްކޮށް ފައިސާ ދެއްކޭ ގޮތަށް ނުވަތަ ބައިބަޔަށް ބަހާލައިގެން ފައިސާ ދެއްކޭނެފަދަ ނިޒާމެއް ރައްޔިތުންނަށް ފޯރުކޮށްދިނުމާއި ޙައްޖު ކިއު ލިސްޓު ކުޑަކުރެވޭނެ ނިޒާމެއް ގާއިމުކުރުމަށް ވަނީ ކަނޑައަޅާފައެވެ.

މި އުސޫލުގެ ދަށުން ދިވެހި ރައްޔިތުން ހައްޖަށް ގެންދިޔުމުގެ ޚިދުމަތް ފޯރުކޮށްދޭނީ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުން ކަމާއި ޙައްޖު ކިއު ކުޑަކުރުމުގެ ގޮތުން ފައިސާ ދައްކާ ފަރާތްތަކަށް ޙައްޖަށް ދިޔުމުގެ ފުރުސަތު ދިނުމުގެ ގޮތުން ސިޔާސަތަށް ވަނީ ބަދަލުތަކެއް ގެނެވިފައެވެ. އެއީ:

  • • އަލަށް ޙައްޖުގެ އަޅުކަން އަދާކުރަން އެދޭ ފަރާތްތަކަށް އިސްކަންދިނުން
  • • ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ ފަރާތްތަކުގެ ތެރެއިން އުމުރުން 65 (ފަސްދޮޅަސް ފަހެއް) އަހަރުން ފެށިގެން މަތީގެ ފަރާތްތަކަށް ކޮންމެ އަހަރަކު މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ވަކި އިންސައްތައެއް ކަނޑައެޅުން.
  • • ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ އުމުރުން 75 (ހަތްދިހަ ފަހެއް) އަހަރުން ފެށިގެން މަތީގެ މީހުންގެ ތެރެއިން ޞިއްޙީ ހާލަތަށް ބަލައި އެހީތެރިއަކު ހަމަޖެއްސެއްމުގެ ފުރުޞަތު ދެވޭނީ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުގެ ލިސްޓުގައި އާއިލާ މީހަކު ހިމެނޭނަމަ (ޙައްޖުގެ އަޅުކަން ކުރިން އަދާކޮށްފައިނުވާ) އެ މީހަކަށް ނުވަތަ އެހީތެރިއެއްގެ ގޮތުގައި ޙައްޖުގެ އަޅުކަން އަދާކޮށްފައިވާ މީހެއް ހަމަޖެއްސުމަށް ފުރުޞަތު ދެވޭނީ، ޙައްޖު ކޯޕަރޭޝަނުގެ ލިސްޓުގައި ބުނެވިދިޔަ ފަދަ އާއިލާގެ މީހެއް ނެތިފައި، ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ މީހަކު އޭނާއަށް ލިބެން ނެތް ހާލަތުގައި.
  • • ކުރިން ޙައްޖުގެ އަޅުކަން އަދާކޮށްފައިވާ މީހަކަށް އިތުރު ފުރުޞަތެއް ދެވޭނީ، އެންމެ ފަހުން ޙައްޖުގެ އަޅުކަން އަދާކުރިތާ ހިޖުރީ ސަނަތުން 5 (ފަހެއް) އަހަރު ވެފައިވާނަމަ.

މި އުސޫލާއެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގެ 6.6ގެ ދަށުން، ލުއި އަގެއްގައި ޙައްޖަށް ގެންދިއުމަށް މަގުފަހިކުރުމުގެ ވަޢުދުގެ ދަށުން، ދިވެހިރައްޔިތުން ހައްޖަށް ގެންދާނީ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުންނެވެ.

އަދި ޙައްޖު ކޯޕަރޭޝަންގެ ކިއު ލިސްޓުން ޖާގަ ކަށަވަރުކޮށްފައިވާ ފަރާތްތަކަށް ރައީސް މުއިއްޒު ކަނޑައެޅުއްވި ސިޔާސަތުގެ ދަށުން ވީ އެންމެ އަވަހަކަށް ޙައްޖަށް ދިޔުމުގެ ފުރުސަތު ފަހިކޮށްދެވިގެންދާނެ ކަމަށް މި އުސޫލުގައި ބުނެފައި ވެއެވެ.

ހައްޖުއިސްލާމިކް މިނިސްޓްރީމޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑްއިސްލާމިކް މިނިސްޓަރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިސްލާމީ މަރުކަޒު

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

04 ޑިސެމްބަރު 2025
ރާއްޖޭގައި ބިނާ ކުރަމުންދާ ފަނަރަ ވަރަކަށް މިސްކިތް ރަމަޟާން މަހުގެ ކުރިން ނިންމާނަން: ރައީސް މުއިއްޒު

ރާއްޖޭގައި ބިނާ ކުރަމުންދާ ފަނަރަ ވަރަކަށް މިސްކިތް ރަމަޟާން މަހުގެ ކުރިން ނިންމާނަން: ރައީސް މުއިއްޒު

29 ނޮވެމްބަރު 2025
އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި

އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި

25 ނޮވެމްބަރު 2025
އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި

އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި

10 ނޮވެމްބަރު 2025
މި ސަރުކާރުގެ އެންމެ ބޮޑު ވަޤުފު ދެ މަޝްރޫއު އަށް ބީއެމްއެލުން ލޯނު ދޫ ކުރަނީ

މި ސަރުކާރުގެ އެންމެ ބޮޑު ވަޤުފު ދެ މަޝްރޫއު އަށް ބީއެމްއެލުން ލޯނު ދޫ ކުރަނީ

30 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު