Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް

"ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިހުމާލުވާ މައްސަލަ ބޭރުކޮށްލުމުން އެނގެނީ ސަރުކާރުގެ އެއްވެސް އިންސާނިއްޔަތުކަމެއް ނެތް ކަން"

ނުކުޅުދުންތެރިކަން ހުންނަ މީހުންނާއި، ކުޑަ ކުދިންނާއި މެދު ވަމުންދާ އިހުމާލަކީ ކުދިންނަށް ދެވޭ ވަރަށް ބޮޑު އަނިޔާ އެއް ކަމަށް ކުޑޫ ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 15 އެޕްރީލު 2025 | އަންގާރަ 08:22
އެމްޑީޕީ ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

އެމްޑީޕީ ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ސިއްހީ އެހީތެރިކަމާއި އިޖުތިމާއީ ޒިންމާ އޮތް މުއައްސަސާތަކުން އިހުމާލުވަމުންދާތީ ރައްޔިތުންގެ މަޖިލީހަށް ބަލައި ނުގަނެ ބޭރުކޮށްލުމުން އެނގެނީ ސަރުކާރުގެ އެއްވެސް އިންސާނިއްޔަތުކަމެއް ނެތް ކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ އެމްޑީޕީން އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

މި ކުއްލި މައްސަލަ އަކީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި މައްސަލައެކެވެ. ނުކުޅުދުންތެރިކަން ހުންނަ މީހުންނާއި، ކުޑަ ކުދިންނާއި މެދު ވަމުންދާ އިހުމާލަކީ ކުދިންނަށް ދެވޭ ވަރަށް ބޮޑު އަނިޔާ އެއް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. މިއީ ސަރުކާރުގެ މެމްބަރުންގެ ފަރާތުން ފެނުނު ވަރަށް ލަދުވެތި މަންޒަރެއް ކަމަށް ކުޑޫ ވަނީ ވިދާޅުވެފައެވެ. މި މައްސަލަ ބޭރުކޮށްލުމުން ކުޑޫ ވަނީ މިކަމާއި ގުޅުން ހުރި ޕެޓިޝަނެއް އަނެއްކާވެސް މަޖިލީހަށް ހުށަހަޅުއްވާފައެވެ.

އޭނާ ވަނީ މި މައްސަލަ ބޭރުކުރަން ވޯޓު ދިން މަޖިލީސް މެމްބަރުންގެ ތެރޭގައި ޚާއްސަ އެހީ އަށް ބޭނުންވާ ކުދިންގެ ބެލެނިވެރިން ވެސް ތިބި ކަމަށް ފާހަގަކުރައްވާފައެވެ. އެހެންކަމުން ޚާއްސަ އެހީ އަށް ބޭނުންވާ ކުދިންގެ ބެލެނިވެރިންގެ ޝަކުވާތައް އެހާ ގިނަ އިރު މިފަދަ މައްސަލަ އެއް ބެރުކޮށްލުމަކީ ވަރަށް ދެރަވަރުކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީ ޕީޖީ ގްރޫޕްގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު އާއި ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު އާއި ދެ ބޭފުޅުން ވެސް ވަނީ މި މައްސަލަ ބޭރުކޮށްލުމުން އެ ކަމަށް ފާޑު ވިދާޅުވެ ވާހަކަދައްކަވާފައެވެ. އެގޮތުން ނުކުޅުދުންތެރިކަން ހުރި މީހުންނަށް ދޭންވާ އެހީ އާއި ޚިދުމަތް ނުދެވި އެކަން ރައީސަށް އެނގިވަޑައިނުގަންނަވާ ކަަމަށް ސަރުކާރުން ބުނަމުންދާތީ އެ ބޭފުޅުން ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

ޒިޔާދު ވަނީ 2000-3000 ރުފިޔާ ދިނުމަށް ފަހު ތެރަޕީ ސެޝަން އެއް ނެގުމަކީ އާދައިގެ މީހާ އަށް ކުޅަދާނަ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން އެކަމަށް އެހީ އަށް އެދި ހުށަހެޅުމުން ތެރަޕީ ދޭން ޖެހޭ މުއްދަތު ހޭދަވާ އިރު ވެސް އެހީ ނުލިބޭ ކަމަށް ޒިޔާދު ވިދާޅުވިއެވެ. އެކަމުގެ ނަތީޖާ އަކީ ދޭން ޖެހޭ މިންވަރަށް އެކަށީގެންވާ ގޮތަށް ތެރަޕީގެ ޚިދުމަތް ވެސް ނުލިބޭ ކަމަށް ޒިޔާދު ވަނީ ވިދާޅުވެފައެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ސިއްހީ އެހީތެރިކަމާއި އިޖުތިމާއީ ޒިންމާ އޮތް މުއައްސަސާތަކުން އިހުމާލުވަމުންދާތީ ހުށަހެޅި މައްސަލަ މަޖިލީހަށް ބަލައިގަންނަން ވޯޓުގައި ބައިވެރިވި 56 މެންބަރުންގެ ތެރެއިން 12 މެންބަރުން ވޯޓުދެއްވިއެވެ. އަދި އެ މައްސަލަ ބަލަައިނުގަންނަން 44 މެންބަރުން ވޯޓު ދެއްވިއެވެ.

ކުޑޫ ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވަނީ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ގޮތުން އަސާސީ ހައްގުތައް ލިބިދިނުމުގައި މީހެއްގެ ހުރި ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅުދުންތެރިކަމަށް ބިނާކޮށް އެއްވެސް ބާވަތެއްގެ ތަފާތުކުރުމެއް ގެންގުޅުމަކީ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާ އިން މަނާކުރާ ކަމެއް ކަމަށެވެ. އަދި މުޖުތަމައުގެ އާއްމު ހާލަތަށްވުރެ ނިކަމެތިކަމެއް ލިބިފަވާ މީހަކަށް ނުވަތަ ބަޔަކަށް ނުވަތަ އިޖްތިމާއީ ރައްކާތެރިކަން ލިބެން ޖެހޭ ބަޔަކަށް އެހީވުމަށް، ނުވަތަ ރައްކާތެރިކަން ދިނުމަށް ކުރާ ކަންކަމަކީ ތަފާތުކުރުންކަމުގައި ނުބެލެވޭނެކަން އެ މަައްސަލައިގައި ފާހަގަކޮށްފައިވެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައްސިއްހީ އެހީތެރިކަންއިޖުތިމާއީ ޒިންމާ އޮތް މުއައްސަސާތައްރައްޔިތުންގެ މަޖިލިސްޤާނޫނުއަސާސީ

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބު ރައީސުންނަށް 30،000 ރުފިޔާގެ އިނާޔަތް ދޭން ހުށަހެޅި ބިލު ތަސްދީގުކޮށްފި

ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބު ރައީސުންނަށް 30،000 ރުފިޔާގެ އިނާޔަތް ދޭން ހުށަހެޅި ބިލު ތަސްދީގުކޮށްފި

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

23 އެޕްރީލު
ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން
20251 އަހަރު ކުރިން
ރާއްޖެ

ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ
20242 އަހަރު ކުރިން
ދުނިޔެ

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"
20224 އަހަރު ކުރިން
ރާއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
20197 އަހަރު ކުރިން
ރިޕޯޓު

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
20188 އަހަރު ކުރިން
ރިޕޯޓު

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު