Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޤާސިމް އިބްރާހިމް

ޤާސިމް ތިން އަހަރަށް ޖަލަށް، ގޮނޑި ގެއްލިއްޖެ!

24 އޯގަސްޓު 2017 | ބުރާސްފަތި 20:24

ހުކުމް ކުރީ ޣައިރު ޙާޒިރުގައި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 24 އޯގަސްޓު 2017 | ބުރާސްފަތި 20:24
ޤާސިމް އިބްރާހީމް

ޤާސިމް އިބްރާހީމް

ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެންބަރ ޤާސިމް އިބްރާހީމްގެ މައްޗަށް ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ކުށް ސާބިތުކޮށް ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ޣައިރު ހާޒިރުގައި ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މިހުކުމާއެކު ޤާސިމް އިބްރާހީމް ފުރުއްވަމުން ގެންދެވި ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިގެންދާނެއެވެ. ގާނޫނު އަސާސީގެ 73 ވަނަ މާއްދާގައި ބުނާ ގޮތުން ޖިނާއީ ކުށެއް ސާބިތުވެ 12 މަސްދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަން ޖެހިއްޖެނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ގޮނޑި ގެއްލޭއެވެ.

Advertisement - newsAdvertisement

ބުރާސްފަތި ދުވަހުގެ ދަންވަރު ގާސިމްގެ މައްޗަށް ޣައިރު ހާޒިރުގައި ހުކުމް ކުރިއިރު، އެމަނިކުފާނު އޮންނެވީ އާލާސްކަންފުޅާ އައިޖީއެމްއެޗްގައި އެޑްމިޓް ކުރެވިފަ އެވެ. ގާސިމް އެޑްމިޓް ކުރެވުނީ ބުރާސްފަތި ދުވަހުގެ މެންދުރު ބޭއްވި އަޑުއެހުމަށް ވަޑައިގެން ކޯޓުގައި ހުންވަނިކޮށް ކޯޓު ތެރެއަށް ވެއްޓުމުންނެވެ. ބުރާސްފަތި ދުވަހުގެ ހެނދުނު ވެސް އަޑުއެހުމެއް ބޭއްވި އެވެ.

ގާސިމަށް ހުކުމް ކޮށްފައިވަނީ ގާނޫނީ ވަކީލުންގެ ވެސް ޣައިރު ހާޒިރުގަ އެވެ. ވަކީލުން ވިދާޅުވީ ކޯޓަށް ވަޑައިނުގެންނެވީ ގާސިމްގެ ޣައިރު ހާޒިރުގައި ޝަރީއަތް ބާއްވާތީ ކަމަށާއި އެއީ ޤާނޫނު އަސާސީއާ ހިލާފު ކަމެއް ކަމުގައެވެ.

ގާސިމް ތިން އަހަރާއި ދެ މަހާއި 12 ދުވަސް ވަންދެން ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަަމަށް 27 މާޗް ގައި ނަގަން އޮތް ވޯޓުގެ ކުރިން، މާޗް 26 ވަނަ ދުވަހުގެ ރޭ ޖުމްހޫރީ ޕާޓީގެ އޮފީސް، މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލިސް މެންބަރުންނަށް ނުފޫޒު ފޯރުވައި، މެންބަރުންނަށް ރިޝްވަތި ހުށަހެޅުއްވި ކަމަށް ވުނެ ދައުލަތުން އުފުލި ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ދައުވާގަ އެވެ.

އެ ދައުވާ ކޮށްފައިވަނީ ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ (ށ)އާ ހަވާލާދީ، އެމާއްދާގެ (ރ)ގެ ދަށުންނެވެ. އެ ކުށަކީ ޖިނާޔަތުގެ ތިން ވަނަ ދަރަޖައިގެ ކުށެކެވެ. ކުށުގެ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.

ކްރިމިނަލް ކޯޓް ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ގާޒީ އާދަމް އާރިފް ކުރެއްވި ހުކުމުގައި ބުނެފައިވަނީ ދައުލަތުގެ މުވައްޒަފަކު ރަސްމީ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބަކަށް ނުފޫޒު ފޯރުވުމުގެ ގޮތުން، ނުވަތަ ރަސްމީހައިސިއްޔަތުން ކުރަންޖެހޭ ކަމެއް ކުރުމުގެ ގޮތުން، ނުވަތަ ނުކޮށް ދޫކޮށްލުމުގެ ގޮތުން ގާނޫނު ހުއްދަނުކުރާ މަންފާއެއް ހުށަހެޅުމަކީ ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ކުށުން ކުށްވެރިވާކަމެއް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޒިންމާ ވަކިގޮތަކަށް އަދާކޮށްފިނަމަ، އެމެންބަރުންނަށް ދާއިރާގެ ޓިކެޓުދޭނެ ކަމަށް ހުށަހެޅުމަކީ އެމެންބަރުންނަށް ހުށަހެޅޭ މަންފާއެއް ކަމާއި، އެމަންފާ ހުށަހެޅެނީ ވޯޓުލާގޮތަކަށް ރިޢާޔަތްކޮށް، ޙާސިލްކޮށްދެވޭ ގޮތުންނަމަ، އެމަންފާއަކީ، ހުއްދަވެގެންނުވާ މަންފާއެއް ކަމަށް ވެސް ބުނެފައިވެއެވެ.

ހުކުމުގައި ބުނެފައިވަނީ މި ކުށަކީ ކަމެއް ހުށަހެޅުމުގެ ޠަބީޢަތް ލިބިފައިވާ ކުށެއް ކަމަށް ވީހިނދު، އެކުށަކީ ބުނާ ބަހަކުން އެކަނި ފުރިހަމަވެދާނެ ކުށެއްކަން އެނގެން އޮންނަ ކަމަށެވެ. ރައްޔިތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ ކުރިން އެވޯޓު ނެގުމާ ގުޅުވައިގެން މަޖިލީހުގެ އެހެން ދާއިރާތައް ތަމްސީލުކުރައްވާ މެންބަރުން މަސީހް ބޭރުކުމަށް ވޯޓު ދެއްވައިފިނަމަ، އެމެންބަރަކު ހިމެނިވަޑައިގަންނަވާ ދާއިރާއެއްގެ ޓިކެޓު ދެއްވާނެ ކަމަށާއި، އެހެން ހުރިހާ ގޮތަކުންވެސް އެހީތެރިވެދާނެ ކަމަށް ބުނެ، ދައްކަވާފައިވާ ވާހަކައަކީ، ވަކި ބަޔަކަށް އަމާޒުކޮށް ޚާއްޞަ ކުރެވިގެން ދައްކަވާފައިވާ ވާހަކައެއް ކަމާއި އާންމު ރައްޔިތުންނަށް އަމާޒުކޮށްގެން ސިޔާސީ ފަރާތްތަކުން ކުރަމުންދާ ސިޔާސީ ވައުދުތަކާއި ޤާސިމް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ޚާއްޞަކޮށް ދީފައިވާ ދައުވަތުގެ ޢިބާރާތާއި، ތަފާތު ވެގެންވާ ކަމަށް ވެސް ބުނެފައިވެއެވެ.

ޤާސިމް ބޭނުންކުރެއްވި، ޢިބާރާތަކީ ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙުގެ ޢުރުފު ޤަބޫލުކޮށްފައިވާ ފަދަ ޢިބާރާތެއްކަން ނުވަތަ ޤާސިމްގެ ފަރާތުން ދައްކާފައިވާ ވާހަކަ އަކީ ޤާނޫނު އަސާސީއާއި ޤާނޫނީ އިމުގެ ތެރެއިން ދައްކާފައިވާ ވާހަކައެއްކަން ނުވަތަ އެނޫންވެސް ދިފާޢެއް ޤާސިމަށް ލިބިގެންވާކަން ދިފާޢު އިން ސާބިތުކޮށްދޭންޖެހޭ މިންގަނޑަށް ސާބިތުކޮށްދެވިފައިނުވާ ކަމަށް ވެސް ހުކުމުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ހުކުމުގައި ބުނެފައިވަނީ ޤާސިމަށް ޝަރީޢަތަށް ހާޒިރުވުމަށް އަންގައި، ޗިޓް ފޮނުވުމުން ގިނަ ފަހަރު ތަކުގައި ގާސިމް ޝަރީޢަތަށް ހާޒިރުވެފައިނުވަނީ، ޝަރީޢަތަށް ހާޒިރުނުވެވޭ ފަދަ ބައްޔެއް ހުރެގެންކަން ޤާސިމްގެ ފަރާތުން ކޯޓަށް އަންގާފައިނުވާ ކަމަށެވެ. އެހެން ނަމަވެސް، ޤާސިމްގެ ހުރި ބައްޔެއް ދެނެގަތުމަށްޓަކައި ރާއްޖެއިން ހެދެން ނެތް ޓެސްޓުތަކެއް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވަންޖެހޭ ކަމަށް ޤާސިމް ބެއްލެވި ޑޮކްޓަރު ލަފާދީފައިވާކަމަށް ހުށަހަޅާފައިވާ ލިޔުންތަކުން އެނގެން އޮންނަ ކަމަށް ހުކުމުގައި ބުނެފައިވެއެވެ.

އެކަން ފާހަގަކޮށް ހުކުމުގައި ބުނެފައިވަނީ ގާސިމްގެ މައްޗަށް ސާބިތުވާ ކުށުގެ އަދަބު ތަންފީޒުކުރަމުންދިޔަ ނަމަވެސް، އަދި ޤާސިމްގެ މައްޗަށް ސާބިތުވި ކުށުގެ އަދަބު ތަންފީޒުކުރުމަކީ، ރާއްޖެއިން ބޭރުން ހެދުމަށް ޤާސިމް ބެއްލެވި ޑޮކްޓަރު ލަފާދެއްވާފައިވާ ޓެސްޓުތައް ހެދުމާއި، ލިބެންޖެހޭ ފަރުވާ ޤާސިމަށް ލިބުމަށްއޮތް ހުރަހަކަށްވެގެން ނުވާނެ ކަމަށާއި، އެފަރުވާތައް ޤާސިމަށް ރާއްޖެއިން ބޭރުން ހޯދޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް ކަމާބެހޭ އިދާރާތަކުގެ މައްޗަށް އަމުރުކޮށް، ޤާސިމްގެ ޣައިރު ޙާޒިރުގައި ނިޔާކަނޑައަޅާ ކަމަށެވެ.

މި ހުކުމާ ގުޅިގެން ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ މިހާރު އަމަލު ކުރަމުންދާ ޤާނޫނު އަސާސީއަށް ޢަމަލުކުރަން ފެށިފަހުން މިއީ ޖިނާއީ މައްސަލައެއްގައި މިގޮތަށް ޣައިރު ޙާޒިރުގައި ހުކުމްކުރި ފުރަތަމަ ފަހަރު ކަމަށެވެ. އަދި މިހުކުމަކީ ޤާނޫނާ އެއްގޮތަށް ކޮށްފައިވާ ހުކުމެއްކަމަށް ޤަބޫލުނުކުރައްވާ ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

ގާސިމްގެ ޝަރީއަތްތަށް ތާވަލު ކުރަމުންދިޔަ ގޮތާއި، އެމަނިކުފާނުގެ ސިއްހީ ހާލުކޮޅާ ގުޅޭ ގޮތުން ވަކީލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ގާސިމްގެ ހާލު ސީރިއަސްވެ ހޮސްޕިޓަލަށް ގެންދިއުމުން ވެސް ވަކީލުން ކޯޓުގެ ތެރޭގައި މަޑު ކުރުވާފައިވާ ކަމަށެވެ. ނަމަވެސް ގާސިމްގެ ޣައިރު ހާޒިރުގައި ޝަރީއަތް ހިންގުމަށް އިންކާރުކޮށް، ގާސިމް ނެތް މަޖީލިހެއްގައި ވަކީލުންގެ ހަސިއްޔަތުން ނުތިބޭނެ ކަމަށް އަންގާފައިވާނެ ކަމަށް ވަކީލުންގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް