Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޚުތުބާ- ތަރައްގީގެ އަސާސަކީ، ތައުލީމާއި ތަރުބިޔަތު

ދަރީންނަށް ތައުލީމާއި ތަރުބިޔަތު ދިނުމުގައި، އެންމެން އެއްގަލަކަށް އަރަންޖެހޭ: ޚުތުބާ

11 އެޕްރީލު 2025 | ހުކުރު 08:16

އަދަބާއި އުޅުންތެރިކަން ދަސްކޮށްދިނުމަކީ ގައުމުގެ ބިންގާ ހަރުދަނާކުރުމުގެ ގޮތުން އެޅޭ ވަރަށް ބޮޑު ބާރެއް

އަމްނާ އިމާދު
އަމްނާ އިމާދު | 11 އެޕްރީލު 2025 | ހުކުރު 08:16
ހުކުރު ނަމާދު ކުރުމަށް ޖަމާއަތް ހަދައިގެން

ހުކުރު ނަމާދު ކުރުމަށް ޖަމާއަތް ހަދައިގެން

ދަރީންނަށް ތައުލީމާއި ތަރުބިޔަތު ދިނުމުގައި، އެންމެން އެއްގަލަކަށް އެރުމަށް ހުކުރު ޚުތުބާގައި ގޮވާލައިފި އެވެ.

''ތަރައްގީގެ އަސާސަކީ، ތައުލީމާއި ތަރުބިޔަތު'' މިމައުޟޫއަށް ރާއްޖޭގެ އެކި އެކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ ނިމި ދިޔަ ދިރާސީ އަހަރުގެ ޗުއްޓީއަށް ފަހު، ތައުލީމީ އައު އަހަރެއް ފެށިފައިވާ ކަމަށާއި، މި ފެށުނު ދިރާސީ އަހަރު، އިސްލާމް ދީނާއި ދުންޔަވީ ރޮނގުތަކުން އިތުރު ކުރިއެރުންތަކެއް ލިބޭތޯ ގަދައަޅައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން މައިންބަފައިންނާއި ދައުލަތުން، ތައުލީމާއި ތަރުބިޔަތަށް ތަނަވަސްކޮށްދީފައިވާ ފުރުސަތުތަކުގެ ބޭނުން ހިފުމަށް ޚުތުބާގައި ގޮވާލާފައިވެއެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ ދަރީންނަށް، އިލްމުގެ އިތުރަށް، އަދަބާއި އުޅުންތެރިކަން ދަސްކޮށްދިނުމަކީ، ގައުމުގެ ބިންގާ ހަރުދަނާކުރުމުގެ ގޮތުން އެޅޭ ވަރަށް ބޮޑު ބާރެއް ކަމަށާއި، އިސްލާމްދީން މި ކަމަށް ބާރުއަޅައި، ހިތްވަރުދެނީ، ދަރީން ތަރުބިޔަތުކުރުމަށް އެހެން ހުރިހައި ނިޒާމެއްގައި ކުރާ މަސައްކަތަށް ވުރެ މާ މަތިވެރި ދަރަޖައަކަށް ކަމަށެވެ.

ޚުތުބާގައި ބުނީ މަދްރަސާއަކީ، ދަރީންގެ ދެވަނަ ހިޔާވަހި ކަމަށާއި، އެ ކުދީންގެ ހިތްތަކުގައި، އިސްލާމީ އަގީދާ ހަރުދަނާކޮށް، އިސްލާމީ އުސޫލުތައް ބިނާކުރާ ތަނަކީ މަދަރުސާ ކަމަށެވެ. މަދަރުސާއިން މި ދައުރު ފުރިހަމައަށް އަދާކޮށްފި ނަމަ، މުޅި އުންމަތުގެ މުސްތަގުބަލު އުޖާލާވެ އަމާންވާނެ ކަމަށާއި، ބާއްޖަވެރިކަމުގެ މަގުތައް އާރާސްތުވެ، ފާގަތިކަން އާންމުވާނެ ކަމަށެވެ. މި ބުރަ މަސައްކަތް ކާމިޔާބު ކުރެވޭނީ، މަދްރަސާއާއި، މުދައްރިސުންނާއި، ބެލެނިވެރީން ގުޅިގެން ކަމަށާއި، އެ ފަރާތްތަކުގެ ލަނޑުދަނޑިތަކާއި، އަމާޒުތަކާއި، ތަސައްވުރުތައް އެކައްޗަކަށް ހަދައިގެން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އަހަރެމެންގެ ދަރީންނަށް، ޢިލްމުގެ އިތުރަށް، އަދަބާއި އުޅުންތެރިކަން ދަސްކޮށްދިނުމަކީ، ގައުމުގެ ބިންގާ ހަރުދަނާކުރުމުގެ ގޮތުން އެޅޭ ވަރަށް ބޮޑު ބާރެކެވެ. އިސްލާމްދީން މި ކަމަށް ބާރުއަޅައި، ހިތްވަރުދެނީ، ދަރީން ތަރުބިޔަތުކުރުމަށް އެހެން ހުރިހައި ނިޒާމެއްގައި ކުރާ މަސައްކަތަށް ވުރެ މާ މަތިވެރި ދަރަޖައަކަށެވެ. އިސްލާމް ދީނުގައި ރަނގަޅަށް ދަރީން ތަރުބިޔަތު ކުރުމަކީ، އެ ކަމުގައި ޤާއިމުވެ ތިބި ބަޔަކަށް މާތް الله ސަވާބާއި ދަރުމަ ދެއްވާނޭ ކަމެކެވެ. މި ކަންކަމަށް އިސްލާމް ދީނުގައި މައިންބަފައިންނަށް ހިތްވަރުދެއެވެ. ޢުމަރު ބުނު އަބޫސަލާމާ ތުއްޕުޅުއިރު ކީރިތި ރަސޫލާ
ހުކުރު ޚުތުބާ

ޚުތުބާގައި ބުނީ ދަރީންނަށް ތައުލީމާއި، ތަރުބިޔަތު ދިނުމުގައި، އެންމެން އެއްގަލަކަށް އަރަންޖެހޭ ކަމަށާއި، ހިތްތައް އެއްކައުވަންތަކަމުގެ މަތިވެރި އަގީދާއިން ޒީނަތްތެރިކުރަންޖެހޭ ކަމަށެވެ. ހެޔޮ ގޮތުގައި ގައުމު ތަރައްގީކޮށް، އެއްބައިވަންތަކަން މަތީ، ދެމެހެއްޓުމަށް އެންމެން މަސައްކަތް ކުރަންޖެހޭ ކަމަށް ޚުތުބާގައި ބުނެފައިަވެއެވެ.

އަދި އުންމަތުގެ ޒުވާނުންގެ ނާރުތަކުގައި، އިލްމާއި، މައުރިފާގެ ލޭ ދައުރުކުރާން ފެށުމުން، އިލްމުގެ ނޫރު ފެތުރި، ޖަހާލަތުގެ އަނދިރިކަން ފިލައިދާނެކަމާ މެދު ޝައްކެއް ނެތް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

05 ޖޫން 2017

ޔާމީން ރަޝީދު މަރާލުމުގައި ބައިވެރިވި އެންމެން ހައްޔަރު ކުރެވިއްޖެ: ފުލުހުން

05 ޖޫން 2017
ޔާމީން ރަޝީދު މަރާލުމުގައި ބައިވެރިވި އެންމެން ހައްޔަރު ކުރެވިއްޖެ: ފުލުހުން
05 ޖޫން 2017

ރައްޔިތުންނަށް ރަށްކާތެރިކަން ކަށަވަރު ކޮށްދިނުމުގައި ފުލުހުން ވަނީ ފެއިލްވެފަ: އެމްސީ ހަމީދު

05 ޖޫން 2017
ރައްޔިތުންނަށް ރަށްކާތެރިކަން ކަށަވަރު ކޮށްދިނުމުގައި ފުލުހުން ވަނީ ފެއިލްވެފަ: އެމްސީ ހަމީދު
03 ޖޫން 2017

އެކްސިޑެންޓްގައި އަނިޔާވި އެންމެންނަށް އެހީތެރިކަން ފޯރުކޮށްދީ، ވަރަށް ގާތުން އަންނަނީ ބަލަން: ސަމާ އައިލެންޑް

03 ޖޫން 2017
އެކްސިޑެންޓްގައި އަނިޔާވި އެންމެންނަށް އެހީތެރިކަން ފޯރުކޮށްދީ، ވަރަށް ގާތުން އަންނަނީ ބަލަން: ސަމާ އައިލެންޑް
25 އެޕްރީލު 2017

މިއަދު ރާއްޖޭގެ ސިޔާސީ މަސައްކަތުގައި އުޅޭ އެންމެންނަން އޮތީ ބިރުވެރިކަން: މާރިޔާ

25 އެޕްރީލު 2017
މިއަދު ރާއްޖޭގެ ސިޔާސީ މަސައްކަތުގައި އުޅޭ އެންމެންނަން އޮތީ ބިރުވެރިކަން: މާރިޔާ
13 އެޕްރީލު 2017

ވޯޓްލާ އެންމެން ގެންގޮސް ޖަލަކަށް ނުލެވޭނެ: ރޮޒެއިނާ

13 އެޕްރީލު 2017
ވޯޓްލާ އެންމެން ގެންގޮސް ޖަލަކަށް ނުލެވޭނެ: ރޮޒެއިނާ
13 އެޕްރީލު 2017

ރާއްޖެ ޓީވީގެ ދިފާއުގައި އެންމެން ނުކުންނަންޖެހޭ: އަހުމަދު ތައުފީގު

13 އެޕްރީލު 2017
ރާއްޖެ ޓީވީގެ ދިފާއުގައި އެންމެން ނުކުންނަންޖެހޭ: އަހުމަދު ތައުފީގު
08 މާރިޗު 2017

އަންހެނުންގެ ހައްގުތަށް ފޯރުކޮށްދިނުމުގައި މުޅި ދުނިޔެއަށް ނަމޫނާއެއް ދެއްކިދާނެ: ރައީސް ޔާމީން

08 މާރިޗު 2017
އަންހެނުންގެ ހައްގުތަށް ފޯރުކޮށްދިނުމުގައި މުޅި ދުނިޔެއަށް ނަމޫނާއެއް ދެއްކިދާނެ: ރައީސް ޔާމީން
05 މާރިޗު 2017

ކަރަންޓާއި ފެނުގެ ހިދުމަތް ފޯރުކޮށް ދިނުމުގައި ސަރުކާރު ވަނީ ފެއިލްވެފައި: އެމްޑީޕީ

05 މާރިޗު 2017
ކަރަންޓާއި ފެނުގެ ހިދުމަތް ފޯރުކޮށް ދިނުމުގައި ސަރުކާރު ވަނީ ފެއިލްވެފައި: އެމްޑީޕީ
03 މާރިޗު 2017

އިހްތިޖާޖުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި

03 މާރިޗު 2017
އިހްތިޖާޖުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް