Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޔާމިން ރަޝީދު

ޔާމީން ރަޝީދު މަރާލުމުގައި ބައިވެރިވި އެންމެން ހައްޔަރު ކުރެވިއްޖެ: ފުލުހުން

5 ޖޫން 2017 | ހޯމަ 19:52

މިހާރު މިދަނީ ދައުވާ ކުރުމަށް ފޮނުވުމަށް މަސައްކަތް ކުރަމުން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 5 ޖޫން 2017 | ހޯމަ 19:52
ޔާމިން މަރާލި ކަމަށް ތުހުމަތު ކުރެވި ފުލުހުން ޢާއްމުކުރި ފޮޓޯ

ޔާމިން މަރާލި ކަމަށް ތުހުމަތު ކުރެވި ފުލުހުން ޢާއްމުކުރި ފޮޓޯ

އަނިޔާވެރިގޮތަކަށް ބްލޮގާ ޔާމީން ރަޝީދު މަރާލުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ އެންމެން ހައްޔަރުކޮށް، އެ މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވަން މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ހޯމަ ދުވަހުގެރޭ ބުނެފި އެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ޔާމީން މަރާލި މައްސަލައިގެ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބި އެ މައްސަލަ ޕީޖީ އަށް ފޮނުވަން ކުރަން ޖެހޭ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށެވެ. ފުލުހުން ކުރިން ބުނި ގޮތުގައި ޔާމީން މަރާލި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ހަތް މީހެކެވެ. އޭގެ ތެރެއިން ހަ މީހުން އަދިވެސް ތިބީ ބަންދުގަ އެވެ. ދޫކޮށްލާފައި ވަނީ ޔާމީންގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި ހަމަ މީހުން ގާނޫނީ ވަކީލެވެ.

Advertisement - newsAdvertisement

ފުލުހުންގެ ބަޔާނުގައި ބުނި ގޮތުގައި މި ރަހުމު ކުޑަ އަމަލު ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުން، މި އަމަލު ހިންގިކަން ކަށަވަރު ކުރެވޭ މިންވަރަށް ހެއްކާ ގަރީނާ ލިބިފައިވާ ކަމަށެވެ.

އެހެންވެ، ޔާމީންގެ މަރުގެ މައްސަލައިގެ ތަހުގީގު ކާމިޔާބުކޮށް މިކަމުގައި ޝާމިލްވާ މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ބުނާ ބުނުން ފުލުހުން ވަނީ ތަކުރާރުކޮށްފަ އެވެ.

ފުލުހުން ބުނި ގޮތުގައި ޔާމީންގެ މަރުގެ މައްސަލައިގެ ތަހުގީގު ފުލުހުން ފެށުމާއެކު، ތަހުގީގަށް ތަފާތު ގޮންޖެހުންތައް ދިޔައީ ކުރިމަތިވަމުން ކަމަށެވެ. އެ ގޮތުން ހާދިސާއާ ގުޅުން ހުރި މައުލޫމާތުތައް ހިއްސާ ކުރުމާއި މައްސަލައިގެ ތަހުގީގަށް ބައެއް ގާނޫނީ ވަކީލުންގެ ފަރާތުން ދިމާވަމުން ދިޔަ ހުރަސްތަކާއި ތަހުގީގުގެ ފޯކަސް ބަދަލު ކުރުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރި ކަމަށް ފުލުހުން ބުންޏެވެ. އަދި ރާއްޖެ އާއި ރާއްޖޭން ބޭރުން ތަފާތު ޕްރެޝަރުތައް ފުލުހުންނަށް ކުރިމަތިވި ކަމަށް ފުލުހުން ބުންޏެވެ.

އެ އުނދަގޫތަކާއި ގޮންޖެހުންތަކާއެކު ވެސް ފުލުހުން މަސައްކަތް ކުރަމުން ގޮސްފައި ވަނީ ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ޝާމިލްވާ ފަރާތްތައް ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރަން ޖެހޭ އެންމެހައި މަސައްކަތްތައް ފުލުހުންގެ މުއައްސަސާގައި ހުރި ހުރިހާ ވަސީލަތްތައް ބޭނުންކޮށްގެން ކުރަމުން ކަމަށްވެސް ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

ރައީސް ޔާމީން ފެކްޝަނުން ރައީސް މައުމޫނަށް އިންޒާރު ދީފި

19 ޖެނުއަރީ 2017
ރައީސް ޔާމީން ފެކްޝަނުން ރައީސް މައުމޫނަށް އިންޒާރު ދީފި
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް