Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަޒީލް ހުޅުމާލެއިން ފްލެޓެއް ބައްލަވައިގަތުން

އެޗްޑީސީގެ ވަގު ގޯތީގެ މައްސަލާގައި ގިނަ ތުހުމަތުތަކެއް ކުރެވިފައިވާ ފަޒީލް ހުޅުމާލެއިން ފްލެޓެއް ބައްލަވައިގެންފި

1.18 މިލިއަނަށް ވުރެ ގިނަ ރުފިޔާ މި ފްލެޓަށް ދައްކަވާފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 10 އެޕްރީލު 2025 | ބުރާސްފަތި 10:24
ސަސްޕެންޝަންގައި ހުންނެވި އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު

ސަސްޕެންޝަންގައި ހުންނެވި އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ވަގު ގޯތީގެ މައްސަލާގައި ގިނަ ތުހުމަތުތަކެއް ކުރެވިފައިވާ އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު ހުޅުމާލެއިން ފްލެޓެއް ބައްލަވައިގެންފި އެވެ.

ފަޒީލް ހުޅުމާލެއިން ފްލެޓެއް ބައްލަވާގަތްކަން ހާމަވީ އޭނާގެ ނަމަށް އެ ފްލެޓުގެ ރަޖިސްޓްރީ ބަދަލުކުރުމަށް އެޗްޑީސީން ސިވިލް ކޯޓަށް ހުށަހެޅުމުންނެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފަޒީލް ފްލެޓު ބައްލައްވާގަތީ ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)ން ލޯނެއް ނަންގަވައިގެންނެވެ. 1.18 މިލިއަނަށް ވުރެ ގިނަ ރުފިޔާ މި ފްލެޓަށް ދައްކަވާފައިވާއިރު، އެއްބައި ފައިސާ ދައްކަވާފައިވަނީ ލޯނުގެ ފައިސާއިންނެވެ. އަދި އަނެއް ބައި ދައްކަވާފައިވަނީ އަމިއްލަ ރުފިޔާއިން ކަމަށް މައުލޫމާތު ލިބެއެވެ.

އިތުބާރުހުރި މަސްދަރަކާ ހަވާލާދީ ދައުރުގައި ބުނެފައިވަނީ ފަޒީލް ފްލެޓެއް ބައްލަވައިގަތީ ބެޗް ކޮންސްޓްރަކްޝަނުން ހުޅުމާލޭގައި ހަދާފައިވާ މެރީނާ ވިއުއިން ކަމަށެވެ.

ފަޒީލްއަކީ، ވަގު ގޯތީގެ މައްސަލަ ފެންމަތިވުމާ ގުޅިގެން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމުން އިސްތިއުފާދެއްވި ފަޒުލް ރަޝީދުގެ ބޭބެ އެވެ. އަދި މިމައްސަލައާ ގުޅިގެން 19 ޑިސެންބަރު 2024 ވަނަ ދުވަހުން ފެށިގެން ފަޒީލު ވަނީ އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަމުން ސަސްޕެންޑް ވެސް ކޮށްފައެވެ. އަދި ވެސް އޭނާ ހުންނެވީ އޮފީހަށް ނުނިކުމެވޭ ގޮތަށް ސަސްޕެންޝަންގައެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
24 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
13 ޖެނުއަރީ 2017

މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ

13 ޖެނުއަރީ 2017
މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު