Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

މިއޮތީވާ ކަމެއް, ހީނހީނފައި ޖަހަންވީ އަތްތަ؟ ނޫނީ ގޮވާންވީ އިސްތިއުފާއަށްތަ؟

ކުންފުނިތަކުގެ ކޮރަޕްޝަނާއި ވައްކަމުގެ ވާހަކަ ފަތުއަޑު ކިޔާފައި ދަނީ އިވެމުންނެވެ. ބޮޑަށް ފަޅާއަރުވާލަނީވެސް ގިނައިން ސަރުކާރުތެރެއިންނެވެ. ފަހުން އެކަމުގެ ހިލަމެއް ނުވެއެވެ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 10 އެޕްރީލު 2025 | ބުރާސްފަތި 08:32
ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް ޑރ. މުހައްމަދު މުއިއްޒު

އަނެއްކާ އަނެއް ތަނެވެ. ރެއެއް އަލިވެ އިރުއޮއްސެންވާއިރަށް މިކަހަލަ އެތައް ވާހަކައެކެވެ. ކޮންމެވެސް ތަނަކުން ލާރިގަނޑެއް ގެއްލިއްޖެއެވެ. މިވެނި ކުންފުންޏެއްގެ ފައިސާތަކަށް ވީ ގޮތެއް ނޭނގެއެވެ. އެތައް ގުނަ ބޮޑު ކަޓެއް ނަގައިފިއެވެ. މިވެނި ކުންފުންޏެއްގެ އެމްޑީ މިހެންނެވެ. އެވެނި އެމްޑީއަކު މިވަރު ކާލައިފިއެވެ. އެތައް މިލިއަން ރުފިޔާއެއްގެ ވަގާއި ކޮރަޕްޝަންތައް ފަޅާ އަރައިފިއެވެ.

މިނޫން ވާހަކައެއް މިހާރަކު ނުއިވެއެވެ. އެކްސް އެކައުންޓްތަކުގައި އެވާހަކައެވެ. ފޭސްބުކް ޕޯސްޓްތަކުގައިވެސް ހަމަ އެވާހަކަތަކެވެ. ޔޯލަ ކޮށްލާފައި ސޯޝަލް މިޑީޔާގައި ތިލަވާ އެހެރައެހެރަ ވާހަކަތައް ކަށަވަރުކޮށްފައި ޖަހާފައި ހުންނާތީ ނޫސްތަކުންވެސް ފެންނަނީ ހަމަ އެވާހަކަތަކެވެ.

އެޗްޑީސީން ފްލެޓާއި ގޯތިތަކުގެ ވައްކަމާއި އެކަމުން ހިންގި މަނީ ލޯންޑަރިންގެ ވާހަކަ ދެކެވުނީކީވެސް ތިޔަހެނެއް ނޫނެވެ. މަންޒަރާއި ފޮޓޯތައް އާއްމުވިއެވެ. ލެޕްޓޮޕްތައް ގެއްލުނީއެވެ. އެމްޑީގެ ގެއިން މިލިއަނުން ލާރި ފެނުނީއެވެ. ސަސްޕެންޑް ކުރި ބޯޑު މެންބަރުން އަލުން މަގާމަށްވެސް އައީއެވެ. އެހާބާރަށް ހިންގި ތަހުގީގު ފިނިވެ ގާތްގަނޑަކަށް އެއަޑު އެއްކޮށްހެން ކެނޑުނީއެވެ.

ހަމަ ކުޑަދުވަސްކޮޅެއް ނުވެއެވެ. ފެނަކައިގެ ވާހަކައެވެ. ނަގާފައިވާ ކަޓުތަކާ ހިންގާފައިވާ ޖަރީމާތަކުގެ ވާހަކައެވެ. އެމްޑީ އިސްތިއުފާ ދިނީއެވެ. ދެނެކާ ދެނެއް ނެތެވެ. އެމްޑީވަރުގެ ނުބައި މީހަކު ސަރުކާރު ޕްރޮމޯޓް ކުރާ ކުދިންކޮޅަކަށް ނެތުނީއެވެ. އެމްޑީގެ ވާހަކައިން ސޯޝަލް މީޑިޔާ ބަންޑުންވާވަރުވިއެވެ. އެމްޑީވެސް ވަކި ދުލެއް ނުކުރިއެވެ. ސަރުކާރު ކޮށިއަރާވަރުގެ ވާހަކަތައް ހުރިކަމަށްބުނެ ކުރި ޕޯސްޓަކާއެކު އެއަޑުވެސް ކެނޑުނީއެވެ. ފެންބޮއެފައި ވައެއްލީހެން އެކަންވެސް ފަސޭހަ ކަމާއެކު ނިމުނީއެވެ. އޭގެ ވަހާކައެއްވެސް ނެތެވެ. ޚަލާސްވީއެވެ.

އެންސްޕާ ލާރިގަނޑުން ޓީވީ ޗެނަލްއެއް ހެދިވާހަކައާއި އެތަނަށް ތަނެއް ކުއްޔަށްދިން ވާހަކަ އިވުނީމާ އެގްރީމެންޓް ބާތިލް ކުރިކަމަށްބުނެ ރައްޔިތުންގެ ލޮލުގައި އަޅުވަން އުޅުނީ އަނދުނެވެ. އަނެއްކާ ހޯދަންފެށީ އަނެއް އިމާރާތެވެ. މުޅި އެކަންކުރި އެންސްޕާގެ އެމްޑީވެސް ހަމަ ހުރީ ހުރިގޮތަށެވެ. ރައްޔިތުންގެ ފައިސާއިން މުސާރަދީފައި ހަމަ ރީތިކޮށް ނަލަކޮށް ބަހައްޓާފައެވެ. ވީކަމެއްވީއެވެ. އެވާހަކަވެސް ނިމުނީއެވެ. ހިނގިކަމެއް ނުހިނގާކަމަކާއެއްވަރުވެ އެވާހަކަވެސް އޮބުނީއެވެ.

އެފްއެސްއެމްގެ އެމްޑީ އިސްތިއުފާ ދިނީވެސް ދެންވާ އިތުރުގޮތެއް ނެތިގެންނެވެ. ހާމައަށް ރޯމާ ދުވާލު އެތަނުގައި ހިންގަމުންދިޔަ ވައްކަންތަކުގެ ވާހަކަ ފަޅާއެރުމުންނެވެ. އޭނާއަށް އެކަމުގެ މުގުލުގައި ހުރިކަމުގެ ތުހުމަތު ކުރެވޭތީ ހިންގާފެށި ކޮރަޕްޝަންގެ ތަހުގީގާ ގުޅިގެންނެވެ. ބޮޑެތި ވައްކަންތައް ކޮށްފައިވާކަން ސީދާ ސަރުކާރުންވެސް ހާމަކުރީއެވެ. އިސާހިތަކު އެކަންވެސް އެނިމުނީ ކަނޑުގައި އަޅާލި ރޮނގަކަށްވެގެންނެވެ. އެބުނާ ބޮޑު ވައްކަންތަކާއި މަނީލޯންޑަރިން ދިޔަތަނެއް ދެނެވޮޑިގެންވާނީ ހެއްދެވި ފަރާތެވެ. މިހާރު ހަމަ އެއެމްޑީ އެހުރީ ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަންކޮށްފައެވެ. ކަޅުފައިސާ ހުދުވީއެވެ. ވަގުފައިސާ ހެޔޮފައިސާއަށްވެ ނިމުނީއެވެ. ވީކަމެއް ހަތްހަރާމުން ހަރާމެވެ. އެވާހަކަވެސް ވައިގެތެރެއަށް އަރައިގެންގޮސް ހިރަފުހާއެކުވެ ނިމުނީއެވެ. ސަލާމުން ސަލާމެވެ.

މިފްކޯއިން ވަކިކުރި މީހާވެސް ކުރީ އާދައިގެ ތުހުމަތެއް ނޫނެވެ. އެތަނުގެ ވެރިން ހިންގާ ބޮޑެތި ވައްކަންތައް ލައިވް ޓީވީގައި ގޮވާލިއެވެ. އެކަން ކުރާ މީހުންގެ ތަފްސީލީ ވަނަވަރު ނަންތަކާއެކު ހާމަކުރިއެވެ. ކަހާތަން ހިރުވާހެންވެސް ހީނުވިއެވެ. ތަހުގީގެއް ކުރާނަމޭވެސް ބުނެ ނުލިއެވެ. އެވައްކަންތައްތަކުގެ ވާހަކަވެސް ދިޔަތާކަށް އެގޮސް ނިމުނީއެވެ. އެމީހަކާ އެމީހެކެވެ.

މިހާރު އެފެށުނީ ގޭސްކުންފުނީގެ ވާހަކައެވެ. ހަމަ އެމީހުންއެމީހުންނަށެވެ. ދޫދޫމަތިން އެތަނުގެ ވައްކަމާއި ކޮރަޕްޝަންގެ ވާހަކަ ދެކެވުނަސް މުތުލަގަށް އެވާހަކަ އެފަޅާއަރުވާލީ  ސަރުކާރު ޕާޓީގެ މަޖިލިސް ނައިބު ރައީސްއެވެ. ކުރަނީކީ އާދައިގެ ތުހުމަތެއް ނޫނެވެ. އެތައް ލައްކަ ރުފިޔާއެއްގެ ބޮޑު ޖަރީމާއެކެވެ. ސޯޝަލް މީޑިޔާއާއި ނޫސްތަކުގައި ފަތުއަޑުކިޔާފައި މިހާރު އެ އެނބުރެނީ އެވާހަކައެވެ. އެބޮޑު ވައްކަމުގެ ވާހަކައެވެ. ފަތިސްނަމާދުން ފައިބައިގެން އައިސް ގައުމީ ސަލާން ކިޔާފައި ކުރަމުން އަންނަ ބޮޑު ވައްކަމުގެ ވާހަކަޔަކޯލައެވެ.

ކޮންމެއަކަސް މީ އަދުގެ ހާލަތެވެ. ރައީސް މީހާއަށް ސީދާ އެނގިހުރެ ކުރާ ބޮޑެތި ވައްކަންތަކޭ ނުބުނެވޭވަރެއް ނޫނެވެ. ޚުދު އެމަނިކުފާނު ވިދާޅުވި ބަހުންނެވެ. އެއިންއެއްވެސް ތަނެއްގައި ސީދާ އެމަނިކުފާނު ވިދާޅުވިއްޔާ ވިދާޅުވިގޮތަކަށް ނޫނީ ކަންކުރެވޭނެ އެއްވެސް ވެރިއަކު ނުހުންނާނެޔޭ ވިދާޅުވީ ސީދާ ރައީސެވެ. އެތަނަށްލަނީވެސް ސީދާ ރައީސެވެ. ބަދަލު ކުރަނީވެސް ރައީސެވެ. ގެންގޮސް އެހެންތަނަކަށް އަލުން އައްޔަން ކުރަނީވެސް ރައީސެވެ. ސީދާ ރައީސް މުއިއްޒެވެ. އެނިންމުންތަކުގައި ތައްގަނޑު ޖަހަން އޮތީވެސް އަދި އެއިން ކަމެއް ބަލަން އޮތީވެސް ރައީސް މުއިއްޒުގެ ރައްޔިތުންގެ މަޖިލީހެވެ. ނުގޮތަކަށް ހިނގީމާ މައްސަލަ ބަލަން އޮތް އެންމެއިސް ކޯޓުވެސް އެއޮތީ ސީދާ މުއިއްޒުގެ ބާރުގައި މަރުތަޅު އަޅުވާފައެވެ. މިއޮތީވާ ހެއްވާ ކަމެކެވެ. ރައްޔިތުން ހީނހީނފައި ޖަހަންވީ އޮތްކަމެއް ނޫނީ ގޮވާންވީ އިސްތިއުފާއަށް ކަމެއް މަށަކަށް ނޭނގެއެވެ. މަވާ ސަލާމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިވަންދުވަސް: ހިޔާލުފާޅުކުރުން ބިރުވެރިކަމެއްގެ ތެރޭގައި!

މިނިވަންދުވަސް: ހިޔާލުފާޅުކުރުން ބިރުވެރިކަމެއްގެ ތެރޭގައި!

26 ޖުލައި 2017
ސިޔާސީ މިނިވަންކަމެއް ނެތް ދިވެހިރާއްޖެ

ސިޔާސީ މިނިވަންކަމެއް ނެތް ދިވެހިރާއްޖެ

26 ޖުލައި 2017
ހުރިހާ ކަމެއް ކޯޓުން: ވަރަށް ސަޅި، އަދި މިހާރު މާބޮޑަށް ސަޅި!

ހުރިހާ ކަމެއް ކޯޓުން: ވަރަށް ސަޅި، އަދި މިހާރު މާބޮޑަށް ސަޅި!

20 ޖުލައި 2017
42 އަކުން ފެށިއްޖެކަމެއް ކާމިޔާބުވާނެ، ތާރީހު ހެކިދޭ..!

42 އަކުން ފެށިއްޖެކަމެއް ކާމިޔާބުވާނެ، ތާރީހު ހެކިދޭ..!

17 ޖުލައި 2017
ނަޒާހަތްތެރިކަމެއް އޭސީސީއަކު ނެތް!

ނަޒާހަތްތެރިކަމެއް އޭސީސީއަކު ނެތް!

24 ޖޫން 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު