Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ ސަރުކާރުގެ ޕްރޮޖެކްޓް ތައް

ކުޑަވެސް ބައިވެރިވުމެއް ނެތި ބޮޑެތި މަސައްކަތުގެ ކުރެޑިޓް މިސަރުކާރުން ނަގަން އުޅުމަކީ ލަދުވެތި ހަޑިކަމެއް: މަހުލޫފް

9 އެޕްރީލު 2025 | ބުދަ 18:19

ރާއްޖޭގައި ތަރައްގީ ކުރާ ފުރަތަމަ ބައިނަލްއަގުވާމީ ސުވިމިންގް ޕޫލަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މިސަރުކާރުގެ އެއްވެސް ބައިވެރިވުމެއް އެއްވެސް މިންވަރަކަށް އޮތްކަމެއް ނޫން

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 9 އެޕްރީލު 2025 | ބުދަ 18:19
ކުރީގެ ޔޫތް މިނިސްޓަރ އަހުމަދު މަހްލޫފް: ވިދާޅުވީ އެތައް ބުރަ މަސައްކަތަކުން ކޮށްފައި ހުންނަ މިކަހަލަ ބޮޑެތި މަސައްކަތުގެ ކުރެޑިޓް، ކުޑަވެސް ބައިބެރިވުމެއްނެތި މިސަރުކާރުން ނަގަން އުޅުމަކީ ލަދުވެތި، ޒިންމާދާރުކަން ކުޑަ އަދި ހަޑިކަމެއް ކަމަށް

ރާއްޖޭގައި ތަރައްޤީ ކުރާ ފުރަތަމަ ބައިނަލްއަގުވާމީ ސްވިމިންގް ޕޫލަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ބައިވެރިވުމެއް އެއްވެސް މިންވަރަކަށް އޮންނާނެ މަސައްކަތެއް ނޫން ކަމަށް ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މި ސަރުކާރުގެ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވީ ރާއްޖޭގައި ތަރައްޤީ ކުރާ ފުރަތަމަ ބައިނަލްއަގުވާމީ ސްވިމިންގް ޕޫލްގެ މަސައްކަތް އޮތީ މިސަރުކާރު ހަވާލުވި އިރު ހުއްޓިފައި ކަމަށާއި ނަމަވެސް އެންމެ ފުރަތަމަ އިސްކަމެއްދީގެން ކުރި މަސައްކަތަކީ ސްވިމިންގް ޕޫލްގެ މަސައްކަތް ފެށުމަށް ކުރަންޖެހޭ މަސައްކަތް ކުރުންކަމަށެވެ.

Advertisement - newsAdvertisement

މިނިސްޓަރު ރާފިއުގެ މި ވާހަކަތަކަށް ރައްދުދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަހުލޫފް ވިދާޅުވީ ރާއްޖޭގައި ތަރައްޤީ ކުރާ ފުރަތަމަ ބައިނަލްއަގުވާމީ ސްވިމިންގް ޕޫލަކީ މިސަރުކާރުގެ އެއްވެސް ބައިވެރިވުމެއް އެއްވެސް މިންވަރަކަށް އޮންނާނެ މަސައްކަތެއް ނޫންކަމަށާއި އެތައް އަހަރުތަކެއްގެ ބުރަ މަސައްކަތުން އެކަމަށް ހިނގާ ހަރަދު ކަށަވަރުކޮށް، ބޮޑު ސިންގާ ބިމެއް ކަނޑައަޅާ އަދި އެގްރީމަންޓުގައި ސޮއިކޮށް މިހުރިހާކަމެއް ފެށީ ކުރީގެ ސަރުކާރުން ކަމަށެވެ.

އަދި މިސަރުކާރުން މިމަސައްކަތަށް އެންމެ ރުފިޔާއެއްވެސް ހަރަދުކުރަން ނުޖެހޭނެ ކަމަށާއި އެންމެ ފުރަތަމަ މާލެއިން ކަނޑައެޅި ބިމުގައި އެމަސައްކަތް ކުރަން ޖާގަ ކުޑަވެ އެތައް މިލިއަން ރުފިޔާއެއް އަގުބޮޑުވާތީ ފަހުން ބިން ހަމަޖެއްސީ ހުޅުމާލެއިން ކަމަށް ވެސް މަހުލޫފް ވިދާޅުވެފައި ވެއެވެ.

މަހުލޫފް ވިދާޅުވީ ރައީސް ޞާލިހުގެ އިތުރުން މިކަމުގެ އެންމެ ބޮޑު ޝުކުރެއް ހައްގުވަނީ އޮނަރަބަލް ހުސައިން އަފީފަށް ކަމަށާއި ސުވިންމިންގް ޕޫލެއް އެޅުމަށް ހިނގާ ހަރަދު ހަމަޖައްސާދެއްވާނެ ކަމުގެ ޔަގީކަން ރައީސް ޞާލިހަށް އަދި ސުވިމިން އެސޯސިއޭޝަންގެ ރައީސް ސައްތާރަށް ވަރަށް ސާފުކޮށް ދެއްވާ އަދި އެކަމަށް ބޭނުންވާ ފައިސާ އަފީފް އޮތީ ޔަގީންކޮށްދެއްވާފައި ކަމަށް މަހުލޫފު ވިދާޅުވިއެވެ. އަދި މިކަމަށް ވާރލްޑް އެކުއާޓިކްސްގެ އެހީތެރިކަންވެސް ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މިމަސައްކަތުގައި އެންމެ ގާތުން އެހާމެ ބުރަކޮށް މަސައްކަތްކުރެއްވީ ސުވިމިންގް ރައީސް ސައްތާރު އާއި އިސްމާއިލް ޝާރިފް އާއި އޭރުގެ ސްޕޯޓްސް މިނިސްޓްރީގެ ސްޕޯޓްސް އަދި ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ވެރިން ކަމަށް ވެސް މަހުލޫފު ވިދާޅުވެފައިވެ އެވެ.

އެތައް ބުރަ މަސައްކަތަކުން ކޮށްފައި ހުންނަ މިކަހަލަ ބޮޑެތި މަސައްކަތުގެ ކުރެޑިޓް، ކުޑަވެސް ބައިބެރިވުމެއްނެތި މިސަރުކާރުން ނަގަން އުޅުމަކީ ލަދުވެތި، ޒިންމާދާރުކަން ކުޑަ އަދި ހަޑިކަމެއް ކަމަށް ވެސް މަހުލޫފު ވަނީ ވިދާޅުވެފަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

08 މާރިޗު 2017

އިސްލާހީ މަސައްކަތުގެ ކުރީ ސަފުގައި ތިއްބެވީ އަންހެނުން: މާރިއާ

08 މާރިޗު 2017
އިސްލާހީ މަސައްކަތުގެ ކުރީ ސަފުގައި ތިއްބެވީ އަންހެނުން: މާރިއާ
21 ފެބުރުއަރީ 2017

ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި

21 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި
21 ފެބުރުއަރީ 2017

އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް

21 ފެބުރުއަރީ 2017
އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް
19 ފެބުރުއަރީ 2017

ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި

19 ފެބުރުއަރީ 2017
ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި
19 ފެބުރުއަރީ 2017

ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި

19 ފެބުރުއަރީ 2017
ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
30 ޖެނުއަރީ 2017

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި
25 ޖެނުއަރީ 2017

މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ

25 ޖެނުއަރީ 2017
މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް