Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

މަސްދަޅު ކޭސް ބެހުމުގެ ނަމުގައި ކުރީ ބޮޑު ވައްކަމެއް. އެތައް ގޭބިސީއަކަށް މަސް ކޭސް ނުލިބުނު

މިފަހަރުގެ ރަމަޟާން މަހާއި ދިމާކޮށް ކޮންމެ ގެބިސީއަކަށް މަސްދަޅު ކޭހެއް ރޯދަ ހަދިޔާގެ ނަމުގައި ދިނުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ނިންމަވައި އެކަން އިއުލާނު ކުރެއްވީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެތެރޭ، އެމަނިކުފާނުގެ ސަރުކާރަށް އަހަރެއް ފުރުން ފާހަގަކޮށް އެކަމަށް ބޭއްވި ރަސްމިއްޔާތުގައި

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 12 އެޕްރީލު 2025 | ހޮނިހިރު 08:25
ރައީސް މުއިއްޒުގެ މަސްދަޅު ވައުދު: ގިނަ ގެބިސީތަކަށް އަދިވެސް މަސްދަޅު ކޭސް ނުލިބޭކަމުގެ ޝަކުވާ އަންނަނީ ލިބެމުން

ރައީސް މުއިއްޒުގެ މަސްދަޅު ވައުދު: ގިނަ ގެބިސީތަކަށް އަދިވެސް މަސްދަޅު ކޭސް ނުލިބޭކަމުގެ ޝަކުވާ އަންނަނީ ލިބެމުން

މިފަހަރުގެ ރަމަޟާން މަހާއި ދިމާކޮށް ކޮންމެ ގެބިސީއަކަށް މަސްދަޅު ކޭހެއް ރޯދަ ހަދިޔާގެ ނަމުގައި ދިނުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ނިންމަވައި އެކަން އިއުލާނު ކުރެއްވީ މި ސަރުކާރަށް އަހަރެއް ފުރުމުގެ މުނާސަބަތުގައި އެކަން ފާހަގަކުރުމަށް ނިމިދިއަ އަހަރުގެ ނޮވެމްބަރު މަހުގައި ސޯޝަލް ސެންޓަރުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ.

އެ ރަސްމިއްޔާތުގައި މި ސަރުކާރުން އެއް އަހަރުގެ ތެރޭގައި ރައްޔިތުންނަށް ކޮށްދެއްވާފައި ހުރި ކަންކަމާއި އަދި އިތުރަށް ކޮށްދެއްވާނޭ ކަންކަމުގެ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވެފައި ވަނީ މި އަހަރުގެ ރަމަޟާން މަހަށް ކޮންމެ ގެބިސީއަކަށް 48 ދަޅުގެ މަސްދަޅު ކޭހެއް ދޭން ސަރުކާރުން ނިންމާފައިވާ ކަމުގައެވެ.

ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް ސަރުކާރުން ދޭން ނިންމި މަސްދަޅު ކޭސް ބަހަން ފެށީ ފެބުރުއަރީ މަހުގެ 20 ވަނައަށްވީ ބުރާސްފަތި ދުވަހުގެ ރޭ 20:00 ގައެވެ.

ސަރުކާރުން މިއަހަރުގެ ރޯދަމަހުގެ ހަދިޔާގެ ގޮތުގައި ރާއްޖޭގެ ހުރިހާ ގޭބިސީއަކަށް ބަހަމުންދާ މަސްދަޅުކޭސް ލައްކައަކަށް ވުރެ ގިނަ ގޭބިސީއަށް ބަހާފައިވާ ކަމަށް ނިމިދިއަ މާރިޗު މަހު ސަރުކާރުން ވަނީ އިއުލާނު ކޮށްފައެވެ.

އެހެން ނަމަވެސް ރޯދަ ހަދިޔާގެ ގޮތުގައި މާލޭ ސަރަހައްދުގައި މަސްދަޅުކޭސް ބެހުމުގައި އޮޅުވާލާ, މަސްދަޅު ކޭހުން ބޮޑު ވައްކަމެއް ކޮށްފައިވާ ކަމުގައި ބުނެ, ރައްޔިތުންގެ ޝަކުވާތައް ފުނި ޖެހިފައި ވަނިކޮށް, އެތައް ގޭބިސީއަކަށް މަސްދަޅުކޭސް ލިބިގެން ގޮސްފައި ނުވާކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

މުއިއްޒުގެ އެންގެވުމަށް, ނިމިދިއަ ރޯދަމަހު ސަރުކާރުން ބަހަމުންދިޔަ މަސްދަޅު ކޭސްތައް ބެހުމުގެ އިންތިޒާމް ހަމަޖައްސާފައިވަނީ އެސްޓީއޯއިންނާއި ސިޓީތަކާ ބެހޭ މިނިސްޓްރީންނެވެ. މަސްދަޅު ކޭސްތައް ބެހުމުގައި އެކަށީގެންވާ އިންތިޒާމްތަކެއް ކަމާއި ގުޅުންހުރި މުވައްސަސާތަކުން ހަމަޖައްސާފައި ނުވާކަމުގެ އެތައް ޝަކުވާއެއްވެސް އާންމު ރައްޔިތުން ކޮށްފައި ވެއެވެ.

އެގޮތުން ކޮންމެ ގޭބިސީއަކަށްވެސް ކަރަންޓު ބިލް ދެއްކުމުން މަސްދަޅު ކޭސް ދޫކުރާ ގޮތަށް ހަމަޖެއްސިއިރު, މާލޭ ސިޓީގެ ގެތަކުގެ އޯނަރުން ކަރަންޓު ބިލް ދައްކައިގެން ގެތަކުގައި ކުއްޔަށް އުޅޭ މީހުންގެ ނަމުގައިވެސް މަސްދަޅު ކޭސްތައް ނަގާފައި ވެއެވެ. އެގޮތުން މި އުސޫލުން މަސްދަޅު ކޭސްތައް ނަގާފައިވަނީ, މަސްދަޅު ކޭސްތައް ބެހުމުގައި އިސްކޮށް އުޅޭ ފަރާތްތަކާއި ގުޅިގެންނެވެ.

އަދި މަސްދަޅު ކޭސް ބަހަން ތިބި މީހުންވެސް އެތައް ބައެއްގެ ނަމުގައި މަސްދަޅުކޭސް ނަގާފައިވާކަމުގެ ޝަކުވާތައް ފެންމަތިވެފައި ވެއެވެ. ގިނަ ބަޔަކު މަސްދަޅު ކޭސްތައް ބަލާ ދިއުމުން, އެ ގޭބިސީގެ މަސްދަޅުކޭސް ވަނީ ގެންގޮސްފައިކަމަށް ދޫކުރާ ފަރާތްތަކުން މައުލޫމާތު ދީފައި ވާކަމަށް ވެސް ގިނަ ބަޔަކު ދިއައީ ބުނަމުންނެވެ.

ހަމަ އެއާއެކު, އެތައް ބަޔަކު ވަނީ, މަސްދަޅު ކޭސްތައް ހޯދުމަށް އެތައް ގަޑިއިރަކު ކިއުގައި ތިބެފައެވެ. އެގޮތުން ގިނަ މީހުން އެތައް ގަޑިއިރަކު ކިއުގައި ތިބެން ޖެހުނީ, ކިއު ނަންބަރު ދޫކުރުމުހައި ހަމަހަމަ ކަމެއް ނެތި, އެތެރެ އެތެރެއިން ބޮޑުން ގާތް މީހުންނަށާއި އަދި އެނޫންވެސް ފަރާތްތަކަށް އިންސާފުން ބޭރުން ކިއު ނަމްބަރު ދޫކުރަމުން ދިއުމުގެ ސަބަބުންކަމަށްވެސް, މަސްދަޅު ކޭސް ބަލާ ދިޔަ ގިނަ ބަޔަކު ބުނެފައި ވެއެވެ.

އެއްވެސް އިންތިޒާމެއް ނެތި, ގޭގެއަށް މަސްދަޅު ކޭސް ބެހުމަކީ ރައީސްގެ ހެޔޮފުޅުކަމުން ކޮށްދޭ ކަމެެއް ކަމަށް ބުނެ, އެކަން ރައީސް މުއިއްޒުގެ ޕްރޮމޯޝަނަކަށް ސަރުކާރުން ހެދިއިރު, ޚުދު މުއިއްޒުގެ ދެމަފިރި ކަނބަލުންނަށްވެސް މަސްދަޅުކޭސް ލިބޭގޮތަށް މަސްދަޅު ކޭސްތައް ބަހާފައިވާ ކަމަށް ވެސް ގިނަ ބަޔަކު ދިއައީ ތުހުމަތު ކުރަމުންނެވެ.

އަދި މަސްދަޅު ކޭސްތައް ބެހުމުގައި މަކަރާއި ހީލަތް ހަދާފައިވަނީ މިސަރުކާރުގެ އިސް ފަރާތްތައް ގަސްތުގައި ރާވައިގެންކަން ސާފުކޮށް ވަނީ ކަށަވަރުވެ ޔަގީން ވެފައެވެ.

ރާއްޖޭގެ ހުރިހާ ރަަށެއްގައިހެން ރޯދަ މަހުގެ ކުރީކޮޅު މަސް ދަޅު ކޭސްތައް ބަހައި ނިންމައިފައި އޮތް ކަމަށް މި ސަރުކާރުން ބުނެފައިވާއިރު، ދައުލަތުން ބަހަން ނިންމި މަސްދަޅު ކޭސްތައް ރޯދަ މަސް ނިމުނު އިރުވެސް ހުރިހާ ގޭބީސީއަކަށް ނުލިބޭކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

މަސްދަޅު ނުލިބޭކަމުގެ ޝަކުވާ ގިނަ ބަޔަކު އަދިވެސް ކުރަމުން ގެންދާއިރު، ބައެއް ފަރާތްތަކުން ވަނީ ސޯޝަލް މީޑިއާގައި ވެސް އެކަމުގެ ޝަކުވާތައް ކޮށްފައެވެ. މަސްދަޅު ނުލިބިތިމި އާންމުންގެ ޝަކުވާތައް ތައް ބަންޑުން ކޮށްލީ ބައެއް ނޫސްތަކުން އެކަން ރިޕޯޓު ކުރުމާއި ގުޅިގެންނެވެ.

ރޯދަ ހަދިޔާގެ ގޮތުގައި ގެބިސީތަކަށް 112،000އެއްހާ މަސްދަޅު ކޭސް ބެހިކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި އަތޮޅު ތެރޭގައި 61،909 މަސްދަޅު ކޭސް ބެހިއިރު މާލޭގައި 49،899 ކޭސް ބެހި ކަމަށް ވެސް ވިދާޅުވިއެވެ. އަދި އެއާއި އެކު ޖުމްލަ 111،808 ކޭސް ބެހިކަން އެމަނިކުފާނު ފާހަގަ ކުރެއްވި ކަމަށް ރާއްޖޭގެ ނޫސްތަކުގައި ރިޕޯޓުކޮށްފައި ވެއެވެ.

ރައީސްގެ އެ ބަސްފުޅާއި ވިއްދައި ފިނޭންސް މިނިސްޓްރީން ވެސް ބުނެފައިވަނީ ރޯދަ ހަދިޔާގެ ގޮތުގައި ގޭބިސީތަކަށް ސަރުކާރުން ހަދިޔާކުރި މަސްދަޅުކޭސް، 111،231 ގޭބީސީއަކުން ގެންގޮސްފައިވާ ކަމަށާއި، އެ މަސްދަޅުކޭސްތަކަށް 81 މިލިއަން ރުފިޔާ ޚަރަދުވެފައިވާ ކަމަށެވެ.

އަދި މި ރޯދަ މަހު، ރޯދަ ހަދިޔާގެ ގޮތުގައި 111،231 ގޭބީސީއަކަށް މަސްދަޅުކޭސް ބަހާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނިއިރު، އެއިން ކޮންމެ މަސްދަޅު ކޭހަކަށް 730 ރުފިޔާ އަރާ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުންޏެވެ. އެހެންކަމުން ބަހާފައިވާ މަސްދަޅުކޭސްތަކަށް ކުރި ޖުމްލަ ޚަރަދަކީ 81،198،630 ރުފިޔާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ،

ކޮންމެ މަސްދަޅު ކޭހަކަށް 730 ރުފިޔާ އަރާ ކަމާއި މަސްދަޅުކޭސްތައް ބެހުމަށްޓަކައި ޖުމްލަ 81 މިލިއަން ރުފިޔާ ހަރަދުވިކަން ފިނޭންސް މިނިސްޓްރީން ބުނެފައިވާއިރު، ރާއްޖޭގެ ދަރަނި ބޮޑުވެ ބޭރު ފައިސާގެ ރިޒާވަށް ބާރުބޮޑުވާކަން ފާހަގަކޮށް ވީހާ ވެސް އަވަހަށް ނިޒާމީ ބަދަލުތައް ގެންނަންޖެހޭކަން އައިއެމްއެފުން ވަނީ ގޮވާލާފަ އެވެ.

އަދި ބަޖެޓުގައި ހިމަނާފައި ހުރި އިގުތިސާދީ ރިފޯމް އެޖެންޑާގެ ކަންކަން ވީހާ ވެސް އަވަހަށް ފަށަންޖެހޭކަން އެ އިދާރާއިން ނެރުނު ބަޔާނެއްގައިވަނީ ފާހަގަކޮށްފައެވެ.

އާމްދަނީ އިތުރުކުރަން ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އެޅި ނަމަވެސް ވީހާ ވެސް އަވަހަށް ޚަރަދުކުޑަކުރަން ބޮޑެތި ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް އައިއެމްއެފުން ގޮވާލާފައިވެ އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

19 ފެބުރުއަރީ 2018
ކުއްލި ހާލަތު އިއުލާނުކުރީ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ޖަވާބުދާރީ ނުކުރެވިގެން: ރައީސް ޔާމީން

ކުއްލި ހާލަތު އިއުލާނުކުރީ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ޖަވާބުދާރީ ނުކުރެވިގެން: ރައީސް ޔާމީން

06 ފެބުރުއަރީ 2018
އަހަންނަށް ކިޑްނީ ޑޮނޭޓްކުރީ އަހަރެންގެ އަންހެނުން، އެއީ ދުނިޔެ މަތީގައި ލެއްވި ނިއުމަތެއް!

އަހަންނަށް ކިޑްނީ ޑޮނޭޓްކުރީ އަހަރެންގެ އަންހެނުން، އެއީ ދުނިޔެ މަތީގައި ލެއްވި ނިއުމަތެއް!

26 ނޮވެމްބަރު 2017
ކޮރަޕްޝަން، ރިޝްވަތު: ސަރުކާރުން ކުރީމަ އޯކޭ؟!

ކޮރަޕްޝަން، ރިޝްވަތު: ސަރުކާރުން ކުރީމަ އޯކޭ؟!

23 އޮކްޓޯބަރު 2017
އަހަރެން އަދާކުރީ އަހަރެންގެ ވަޒީފާއެވެ.

އަހަރެން އަދާކުރީ އަހަރެންގެ ވަޒީފާއެވެ.

17 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު