Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގާސިމް

ގާސިމް ހޮސްޕިޓަލަށް ގެންދިއުމުން ޢައިރު ހާޒިރުގައި ވެސް ޝަރީއަތް ކުރަން އުޅުނު: ވަކީލުން

ޣައިރު ހާޒިރުގައި ޝަރީއަތެއް ނުހިންގޭނެ

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 24 އޯގަސްޓު 2017 | ބުރާސްފަތި 17:25
ގާސިމްގެ ގާނޫނީ ވަކީލް ހިސާން ހުސެއިން

ގާސިމްގެ ގާނޫނީ ވަކީލް ހިސާން ހުސެއިން

ގާސިމް އިބްރާހިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޖިނާއީ ދައުވާގެ ޝަރީއަތުގެ އަޑުއެހުން ގާސިމްގެ ޢައިރު ހާޒިރުގައި ވެސް ކުރިއަށް ގެންދިއުމަށް ތަކުރާރުކޮށް ކޯޓުން މަސައްކަތް ކުރި ކަމަށް އޭނާގެ ދިފާއީ ވަކީލުން ވިދާޅުވެއްޖެ އެވެ.

ގާސިމްގެ ދިފާއީ ވަކީލުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން ގާސިމްގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުން ޢައިރު ހާޒިރުގައި ކުރިއަށް ގެންދިއުމަށް ކޯޓުން މަސައްކަތް ކުރީ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު ބާއްވަން އޮތް އަޑުއެހުމަށް ގާސިމް ހާޒިރުވެވަޑައިގެން ހުންނަވަނިކޮށް އޭނާގެ ހާލު ދެރަވެ ކޯޓުގެ ތެރެއަށްވެއްޓުމާއިއެކު ހޮސްޕިޓަލަށް ގެންދިއުމާ ގުޅިގެންނެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ގާސިމްގެ ހާލުސީރިއަސްވެ ހޮސްޕިޓަލަށް ގެންދިއުމުން ވެސް ވަކީލުން ކޯޓުގެ ތެރޭގައި މަޑު ކުރުވާފައިވާ ކަމަށެވެ. ނަމަވެސް ގާސިމްގެ ޣައިރު ހާޒިރުގައި ޝަރީއަތް ހިންގުމަށް އިންކާރުކޮށް، ގާސިމް ނެތް ޝަރީއަތުގެ މަޖީލިހެއްގައި ވަކީލުންގެ ހަސިއްޔަތުން ނުތިބޭނެ ކަމަށް އަންގާފައިވާނެ ކަމަށް ވަކީލުންގެ ބަޔާނުގައި ބުނެފައިވެ އެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ނިކުންނަން ހުއްދަ ލިބުނީ 16.40ހާއިރު ކަމަށް ފާހަގަ ކޮށްފައިވެ އެވެ.

ޣައިރު ހާޒިރުގައި މީހެއްގެ މައްޗަށް ޖިނާއީ މައްސަލައެއްގެ ޝަރީއަތް ހިންގުމަކީ ގާނޫނު އަސާސީ އާއި ޖިނާއީ އިޖްރާއަތުގެ ގާނޫނާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ގާސިމްގެ ވަކީލުންގެ ބަޔާނުގައި ގާސިމް ބެއްލެވި އައިޖީއެމްއެޗްގެ ޑޮކްޓަރުން ދިން ލިޔުމުގައި އޭނާއަށް ބޭނުންވާ ފަރުވާ ރާއްޖެއިން ލިބެން ނެތް ކަމަށާއި ފަރުވާ ހޯދުމަށް ވަގުތުން ރާއްޖެއިން ބޭރަށް ވަޑައިގަތުމަށާއި އަދި ފަރުވާ ލިބުން ލަސްވެއްޖެ ނަމަ ގާސިމްގެ ފުރާނައަށް ނުރައްކާވެދާނެކަން ފާހަގަ ކުރައްވައިފައިވެ އެވެ.

ގާސިމްގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގައި އަޑުއެހުމެއް 24 ވަނަ ދުވަހު ބޭއްވި ނަމަވެސް 23 ވަނަ ދުވަހު ބޭއްވި އަޑުއެހުމަށް ފަހު ދެން އަޑުއެހުމެއް އޮންނާނީ ކުރިއަށް އޮތް ހަފްތާގައި ކަމަށް ކޯޓުން ބުނި ކަމަށް އެ ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ. އަދި 24 ވަނަ ދުވަހު އަޑުއެހުމެއް ބާއްވަން ތާވަލުކޮށް ޗިޓް ފޮނުވީ 23 ވަނަ ދުވަހުގެ ރޭ 11.00 ހާއިރު ކަމަށްވެސް ބުނެފައިވެ އެވެ. ހަމަ އެހެންމެ 24 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ހެކިތަކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ފަހު އަޑުއެހުން ނިންމާލީ 12.05ގައި ކަމަށްވާއިރު ވަކީލުންނަށް ކޯޓުން ނިކުތުމުގެ ހުއްދަ ލިބުނީ 12.45ހާއިރު ކަމަށް އެ ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ.

އަދި އެ މައްސަލާގައި ނުވަ އަޑު އެހުމެއް މިހާތަނަށް ބާއްވާފައިވާއިރު ހުލާސާ ބަޔާން ތައްޔާރުކޮށް ހުށަހަޅަން ވަކީލުންނަށް ލިބުނީ ދޮޅުގަޑިއިރެއްހާއިރު ކަން ފާހަގަ ކުރައްވާ އެ ބަޔާނުގައި ބުނެފައި ވަނީ އެއީ އެކަށީގެންވާ ވަރުގެ ވަގުތެއް ނޫން ކަމަށެވެ.

އިތުރަށް ކިޔާލަން

29 މާރިޗު 2017

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ފުލުސް އޮފީހަށް ހާޒިރު ކުރަން ޗިޓް ފޮނުވައިފި

29 މާރިޗު 2017
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ފުލުސް އޮފީހަށް ހާޒިރު ކުރަން ޗިޓް ފޮނުވައިފި
27 މާރިޗު 2017

މަސީހާ ދެކޮޅަށް ވޯޓު ދެއްވާ މެމްބަރުން، ހަތަރު ޕާޓީންގެ ތާއިދާއި އެކު އިތުރު ދައުރަކަށް ހޮވައިދޭނަން: ގާސިމް

27 މާރިޗު 2017
މަސީހާ ދެކޮޅަށް ވޯޓު ދެއްވާ މެމްބަރުން، ހަތަރު ޕާޓީންގެ ތާއިދާއި އެކު އިތުރު ދައުރަކަށް ހޮވައިދޭނަން: ގާސިމް
22 މާރިޗު 2017

ގާސިމްގެ ވިލާ ކުންފުނީގެ އެކައުންޓްތައް ފްރީޒްކޮށްފި

22 މާރިޗު 2017
ގާސިމްގެ ވިލާ ކުންފުނީގެ އެކައުންޓްތައް ފްރީޒްކޮށްފި
21 މާރިޗު 2017

ގާސިމްގެ ވިޔަފާރިއާއި މުދަލަށް އަރައިގަންނަނީ ސިޔާސީ މަގްޞަދެއްގައި: ރައީސް ނަޝީދު

21 މާރިޗު 2017
ގާސިމްގެ ވިޔަފާރިއާއި މުދަލަށް އަރައިގަންނަނީ ސިޔާސީ މަގްޞަދެއްގައި: ރައީސް ނަޝީދު
21 މާރިޗު 2017

ގާސިމްގެ އަތުން ފަޅުރަށެއް އަތުލީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފި

21 މާރިޗު 2017
ގާސިމްގެ އަތުން ފަޅުރަށެއް އަތުލީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު