Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަގޫދޫ އެއަރޕޯޓް

މަގޫދޫ އެއަރޕޯޓުގެ މަސައްކަތް ހުއްޓާލާ ވަގަށް ސާމާނު ބާލާތީ ރައްޔިތުން އިހުތިޖާޖަށް ނިކުމެއްޖެ

8 އެޕްރީލު 2025 | އަންގާރަ 14:51

ރަށުން ސާމާނު ބާލައިގެން ދަނީ ކައުންސިލަށްވެސް އަދި ސައިޓުގައި ތިބި މުވައްޒަފުންނަށް ވެސް ނާންގާ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 8 އެޕްރީލު 2025 | އަންގާރަ 14:51
މަގޫދޫ އެއަރޕޯޓު ހަދަން ގެނައި ސާމާނު ބާލާތީ ރައްޔިތުން ނުކުމެ މުޒާހަރާ ކުރަނީ

މަގޫދޫ އެއަރޕޯޓު ހަދަން ގެނައި ސާމާނު ބާލާތީ ރައްޔިތުން ނުކުމެ މުޒާހަރާ ކުރަނީ

ފ. މަގޫދޫ އެއަރޕޯޓުގެ މަސައްކަތް ހުއްޓާލާ ވަގަށް ސާމާނު ބާލާތީ ރައްޔިތުން އިހުތިޖާޖަށް ނިކުމެއްޖެ އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން މަގޫދޫއިން ވާހަކަ ދެއްކި މީހަކު ބުނީ މަގޫދޫ އެއަރޕޯޓުގެ މަސައްކަތް މި ސަރުކާރު ވެރިކަމަށް އައި ފަހުން ހުއްޓާލާފައިވާ ކަމަށެވެ. ގާތްގަނޑަކަށް 75 އިންސައްތަ މަސައްކަތް ނިމިފައި އޮތް އިރު، އެ މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީގެ ސައިޓް ސުޕަވައިޒަރުވެސް އެރަށުން ގެންގޮސްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ރާއްޖެއެމްވީއާއި ވާހަކަ ދެއްކި މީހާ ބުނީ ރަށު ކައުންސިލަކަށްވެސް ރައްޔިތަކަށް ވެސް އަދި މަގޫދޫ އެއަރޕޯޓް ސައިޓުގައި ތިބި އެމްޓީސީސީ މުވައްޒަފަކަށްވެސް އެއާޕޯޓުގެ އަޕްޑޭޓެއް ނޭނގޭ ކަމަށެވެ. އަދި މި ވެރިކަން އައި ފަހުން ބޮޑުހިލަ ހުސްވެފައި އޮތްކަމަށް ބުނެ މަސައްކަތް ހުއްޓާލިގޮތަށް އެއްވެސް މަސައްކަތް ނުކޮށް އޮއްވާ ދާދި ފަހުން ބޮޑުހިލަ ގެނެސްފައިވާ ކަމަށެވެ. އަދި އެއަޕޯޓުގެ މަސައްކަތަށް ގެނައި ސާމާނުތައް ގެންގޮސް ސައިޓުން ސާމާނު ހުސްވެފައިވާ ކަމަށެވެ. އޭނާ ބުނީ ރައްޔިތުންނަށް އެނގެން ބޭނުންވަނީ އެއާޕޯޓް މިހާރު އޮތީ ހުއްޓާލާފައިތޯ ނޫނީ ކުރިއަށް ގެންދާނެތޯ ކަމަށެވެ. ނަމަވެސް މިކަމުގެ ތަފްސީލެއް މިހާތަނަށް ވެސް ލިބިފައި ނުވާ ކަމަށެވެ.

މީގެ އިތުރުން އީދުގެ ފަހުންވެސް ބައެއް ސާމާނުތައް ގެންގޮސްފައިވާ އިރު، އަނެއްކާ އަންގާރަ ދުވަހު އެތަނުގައި ހުރި ސާމާނުތައް ބަލައި ބާޖެއް ބަނދަރަށް ލަފާފައިވާ އިރު، އެއިން އެއްވެސް ސާމާނެއް ގެންދެވެނޭނީ ރައްޔިތުންނަށް އެނގިގެން އެ މައުލުމާތު ލިބިގެންކަމަށް ބުނެ އާންމުން އިހިތިޖާޖު ކުރަމުން އަންނަ ކަމަށެވެ.

ރާއްޖެއެމްވީއާއި ވާހަކަ ދެއްކި މީހާ ބުނީ ކައުންސިލަށްވެސް އަދި އެމްޓީސީސީ ސައިޓުގައި ތިބި މުވައްޒަފަކަށް ވެސް ނޭނގި އެތަނުގައި ހުރި ސާމާނު ގެންދިއުމަކީ ވައްކަން ކުރުން ކަމަށެވެ. އަދި އެތަނުން އެންމެ ސާމާނެއްވެސް ގެންދެވޭނީ އެއައޕޯޓުގެ މަސައްކަތް ކުރާނަމަ އެކަން ވެސް އަންގާ ނުވަތަ ނުކުރާނަމަ މަސައްކަތް ހުއްޓާލިކަން އެންގުމަށްފަހުގައި ކަމަށް ރައްޔިތުން ނުކުމެ އަޑު އުފުލަމުންދާ ކަމަށެވެ.

އޭނާ ބުނީ ސައިޓުގައި ހުރި ސާމާނު ބަލައި ބާޖު އައުމުގެ ކުރިން ތަކެތި ޕިކަޕަށް އަޅާ ހުރީ ތައްޔާރުކޮށްފައި ކަމަށެވެ. އަދި ބާޖު ބަނދަރުކުރުމާއެކު ސާމާނު އަރުވާގޮތަށް ނިންމާފައިވާ ކަމަށާއި، އެއީ ސީދާ ވައްކަން ކުރަން އުޅޭ ބަޔަކު އަމަލުކުރާނެ ގޮތް ކަމަށް އޭނާ ކިޔައިދިނެވެ.

ރާއްޖެއެމްވީއާއި ވާހަކަ ދެއްކި އެހެންމީހަކު ބުނީ އެއަރޕޯޓުގެ މަސައްކަތް ހުއްޓިފައި އޮންނަތާ މިހާރު އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާ އިރު އެމްޓީސީސީއިންވެސް މިކަމުގައި ޖަވާބުދާރީވާން ބޭނުން ނުވާ ކަމަށެވެ. އެއަރޕޯޓުގެ 75 އިންސައްތަ މަސައްކަތް ނިމިފައިވާ އިރު ތާރު އަޅަން، އޭބީސީ ފަށަލަ ނިންމާފައިވާ ކަމަށެވެ. މީގެ އިތުރުން ޓާމިނަލް ހިޔާކުރުމުގެ މަސައްކަތް ނިންމާ ފަޔަރ ބިލްޑިންގެ މަސައްކަތް ވެސް އެއްކޮށް ނިމިފައިވާ ކަމަށެވެ. އަދި މަގޫދޫ އެއަރޕޯޓުގެ މަސައްކަތް ހުއްޓިފައި އޮތް އިރު، ރައީސްގެ ކޮއްކޯފުޅު ސައުދާ ކުރިމަތިލެއްވި ނިލަންދޫ ދާއިރާގެ ނިލަންދޫގައި ހަދަން ފެށި އެަރޕޯޓުގެ މަސައްކަތް ބަރާބަރަށް ކުރިއަށްދާ ކަމަށް މައުލޫމާތު ދިން މީހާ ބުނެފައިވެއެވެ.

މީގެ އިތުރުން މަގޫދޫގައި ހުރި އެމްޓީސީސީގެ ސައިތް ސުޕަވައިވަރުވެސް ނިލަންދޫއަށް ގެންގޮސްފައިވާ ކަމަށާއި، ނިލަންދޫ އެއަރޕޯޓު ހިއްކަން މަގޫދޫ ފަޅުން ވެލިވެސް ނަގަނީ އީޕީއޭއިން ހުއްދަ ނުހޯދާ އީއައިއޭވެސް ނަހަދާ ކަމަށް މައުލޫމާތު ދިން މީހާ ބުނެފައިވެއެވެ.

އަދި ރައްޔިތުން އެންމެފަހުން އިހުތިޖާޖަށް ނުކުމެފައިވަނި ރައްޔިތުންނަށް ވާނުވާފައި ބައިތިއްބައިގެން، މަސައްކަތް ކުރިއަށް ނުގެންގޮސް އެއަރޕޯޓު ހަދަން ގެނައި ސާމާނު ގެންދާނީ ރައްޔިތުން މުޒާހަރާ ކުރަމުންދާ ކަމަށެވެ. އަދި މިއީ ސީދާ ވައްކަން ކުރުން ކަމަށް ވެސް ރަށުން ވާހަކަ ދެއްކި މީހުން ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް