Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޒަކިއްޔާ މޫސާގެ މަރު

ޒަކިއްޔާގެ ވާރޗުއަލް އޮޓޮޕްސީ އެއް ހަދައިފި

މި މައްސަލަ އެޗްއާރްސީއެމުން ވެސް ދަނީ ބަލަމުން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 8 އެޕްރީލު 2025 | އަންގާރަ 07:26
ނ ހޮޅުދޫ އުމުރުން 50 އަހަރުގެ ޒަކިއްޔާ މޫސާގެ މަރު: މަރުގެ ތުހުމަތުގައި އަދިވެސް މީހަކު ހައްޔަރުކޮސްފައި ނުވޭ

ނ ހޮޅުދޫ އުމުރުން 50 އަހަރުގެ ޒަކިއްޔާ މޫސާގެ މަރު: މަރުގެ ތުހުމަތުގައި އަދިވެސް މީހަކު ހައްޔަރުކޮސްފައި ނުވޭ

ނ. ހޮޅުދޫގައި މިދިޔަ ސެޕްޓެމްބަރު މަހު ޒަހަމްތަކަކާއެކު ނިޔާވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ ވާޗުއަލް އޮޓޮޕްސީ ހަދައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ އވާޗުއަލް އޮޓޮޕްސީ އެއް ހަދާފައިވަނީ ފުލުހުންގެ ހާއްސަ ޓީމެއް އިންޑިއާއަށް ގޮސްގެންނެވެ. އަދި އެ ވަރޗުއަލް އޮޓޮޕްސީ ހަދާފައި ވަނީ ނިމިދިޔަ ހަފްތާގެ ތެރޭގައެވެ. ވާޗުއަލް އޮޓޮޕްސީ ހަދާފައި ވަނީ ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނު ސަރަހައްދުން ނެގި ފޮޓޯތަކާއި، އޭނާގެ ހަށިގަނޑަށް ލިބިފައިވާ ޒަހަމްތަކުގެ އިތުރުން، ޒަކިއްޔާގެ މެޑިކަލް ހުރިހާ ލިޔުންތަކުގެ އަލީގަ އެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ތަހުގީގަށް ނަގާފައިވާ ބަޔާންތަކުގެ އެހީވެސް މި މަރުހަލާގައި ހޯދާފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. މިކަމާއި ގުޅިގެން ފުލުހުންގެ ރަސްމީ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ. ނަމަވެސް ބައެއް މީޑިއާތަކުން ވަނީ މި ވަރޗުއަލް ރިޕޯޓުން އެނގޭ ގޮތުން ޒަކިއްޔާ މަރުވެފައި ވަނީ އަމިއްލަ އަށް ކަމަށް ބައެއް މަސްދަރުތަކާއި ހަވާލާދީ ރިޕޯޓްކޮށްފައެވެ.

ޒަކިއްޔާގެ މަރުގެ މައްސަލައިގެ ތަހުގީގު ދިގުލައިގެން ގޮސް، ފުލުހުންގެ ފަރާތުން އެކަށީގެންވާ އެއްބާރުލުންތަކެއް ނުލިބުމުން އެރަށުގައި އާއްމުން ވަނީ މުޒާހަރާކޮށްފައެވެ. އަދި މުޒާހަރާތައް ދިގުލައިގެން ގޮސް ޕޮލިސް ސްޓޭޝަން ބަންދުކުރަން ރައްޔިތުން ނުކުތުމުން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ހިމެނިވަޑައިގަންނަވާހެން ފުލުހުންގެ ޓީމެއް ވަނީ އެރަށަށް ޒިޔާރަތްކުރައްވާފަ އެވެ.

ޒަކިއްޔާގެ މަރުގެ މައްސަލައިގައި ރައްޔިތުންނާ ވާހަކަ ދައްކަވަމުން އިޙުސާން ވިދާޅުވީ އެ ރައްޔިތުން ފާހަގަކޮށްފައިވާ ފުލުހުންގެ އިހުމާލުތައް ޤަބޫލު ކުރާ ކަމަށެވެ. އަދި ބައެއް ކަންކަން އިހުމާލުން ހިނގާފައި އެބަ ހުރި ކަމަށް އިޙުސާން ވިދާޅުވި އެވެ.

ޒަކިއްޔާގެ މަރުގެ މައްސަލައާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ދެ ކުއްލި މައްސަލަ ވެސް ބަލައި ނުގަނެ މަޖިލީހުން ވަނީ ބޭރުކޮށްލައިފި އެވެ. މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި މަޖިލީހުގެ ރައީސް ވަނީ ދެ މައްސަލާގައި ވެސް ކުއްލި މައްސަލައިގެ ޝަރުތު ހަމަނުވާ ކަމަށް ނިންމަވާފައެވެ. ސަބަބަކީ މި މައްސަލަ އަކީ ފާއިތުވެދިޔަ ހަތް ދުވަހުގެ ތެރޭގައި ހިނގި ކަމަކަށް ނުވުން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. ފުލުހުންގެ ތަހުގީގަށް ޒަކިއްޔާގެ ހަށިގަނޑު މާލެ ގެނައުމަށްފަހު، އޭނާގެ ހަށިގަނޑު ވަޅުލާފައިވަނީ 12 ސެޕްޓެންބަރު 2024 ގައެވެ.

ޒަކިއްޔާ މަރުވާން ދިމާވި ސަބަބެއްގެ ގޮތުގައި ޑޮކްޓަރުން ފާހަގަކޮށްފައި ވަނީ ކަރަށް ލިބިފައިވާ ޒަޚަމްތަކެއްގެ ސަބަބުން ކަމުގައި މި ތަހުގީގާ ގުޅިގެން ޑިސެމްބަރު 3، 2024 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނެފައިވެއެވެ.

މި އަހަރުގެ ފެބްރުއަރީ މަހު މި މައްސަލަ މަޖިލީހުގެ 241 ކޮމިޓީ އަށް ވަނީ ހުށަހަޅާފައެވެ. މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތާއި ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. މެންބަރު ކުޑޫ ވަނީ ޒަކިއްޔާގެ މަރުގެ މައްސަލައާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ސިޓީއެއްވެސް ފޮނުއްވާފަ އެވެ.

ތަހުގީގުގައި ފުލުހުންގެ އިހުމާލު އޮތްކަމަށް ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އެއްބަސްވެވަޑައިގެންނެވި މި މައްސަލައާއި ގުޅިގެން މެންބަރު ކުޑޫ ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ޒަކިއްޔާގެ މަރުގެ މައްސަލައިގައި އެރަށުގެ ރައްޔިތުންގެ ކަންބޮޑުވުން އެބަހުރި ކަމަށާއި، ތަހުގީގުވެސް އެންމެ ރަނގަޅަށް ކުރިއަށް ނުދާ ކަމަށެވެ.

މީގެ އިތުރުން ޒަކިއްޔާގެ މަރުގެ މައްސަލައިގެ ތަހުގީގު ދިގުލައިގެން ގޮސް، މިކަމުގެ ފަހަތުގައި ތިބި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ނުގެނެވޭނެކަމުގެ ބިރު އެބައޮތް ކަަމަށާއި، އިދާރާތަކުން އެކަށީގެންވާ ސަމާލުކަމެއް ނުދޭކަމުގެ ޝަކުވާ ރައްޔިތުންގެ އޮތްކަމަށް ވެސް ސިޓީގައި ވިދާޅުވެފައިވެއެވެ. އެހެންކަމުން މި މައްސަލަ 241 ކޮމިޓީން ބަލައި ދިނުމަށް މެންބަރު ކުޑޫ ވަނީ އެދިވަޑައިގަންނަވާފަ އެވެ.

ޒަކިއްޔާގެ މަރުގެ މައްސަލައިގެ ތަފްސީލެއް މިހާތަނަށް ފުލުހުން ހާމަކޮށްފައިނުވެއެވެ. ނަމަވެސް 23 ޖެނުއަރީގައި ފުލުހުން ވަނީ ޒަކިއްޔާ މަރުގެ މައްސަލައިގެ ތަހުގީގަށް އިތުރު ބައެއްގެ ރައުޔު ހޯދުމުގެ ގޮތުން އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންއާއި، މިހާތަނަށް މި ތަހުގީގުގައި ހޯދާފައިވާ ހޯދުންތައް ހިއްސާކޮށް އެހީތެރިކަން ހޯދަމުންދާ ކަމަށް ބުނެފަ އެވެ. މީގެ އިތުރުން ދިވެހި ފުލުހުންގެ ސީނިއަރ ތަހުގީގު ޓީމެއް މި މައްސަލަ ރިވިއު ކުރުމަށް ހޮޅުދޫއަށް ޒިޔާރަތްކޮށް މި މައްސަލައިގެ ތަހުގީގު މުރާޖައާކޮށް، އިތުރަށް ބަލަންޖެހޭ ކަންކަން ދެނެގަތުމުގެ މަސައްކަތް ވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށް ވެސް އެއިރު ބުނެފައިވެ އެވެ.

މި މައްސަލަ އެޗްއާރްސީއެމުން ވެސް ދަނީ ބަލަމުންނެވެ. އެގޮތުން އެޗްއާރުސީއެމްއިން ބުނެފައިވަނި މި މައްސަލައާ ގުޅިގެން ކަމާ ގުޅުންހުރި އިދާރާތަކުން އަމަލުކުރަމުންދާ ގޮތް ބަލަމުންދާ ކަމަށާއި، މިމައްސަލަ ތަހްގީގްކުރަމުންދާ ކަމަށެވެ. އަދި މި މައްސަލައާ ގުޅުންހުރި މައުލޫމާތާއި ގުޅުންހުރި ލިޔެކިޔުންތައް ދިވެހި ފުލުހުންގެ ހިދުމަތުން ހޯދައި ލިބިފައިވާ މައުލޫމާތުތައް ދިރާސާ ކުރަމުންދާ ކަމަށް އެކޮމިޝަނުން ބުނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީޖީގެ އަމުރަށް ކުރާ ތަހުގީގުތަކުގެ މައުލޫމާތު ހިއްސާކުރަންޖެހޭ ގޮތަށް ހަދައިފި

ޕީޖީގެ އަމުރަށް ކުރާ ތަހުގީގުތަކުގެ މައުލޫމާތު ހިއްސާކުރަންޖެހޭ ގޮތަށް ހަދައިފި

02 އޮކްޓޯބަރު 2017
ދިވެހިންނަށް ވިސާއާ ނުލައި ގަތަރަށް އެތެރެވެވޭ ގޮތް ހަދައިފި

ދިވެހިންނަށް ވިސާއާ ނުލައި ގަތަރަށް އެތެރެވެވޭ ގޮތް ހަދައިފި

10 އޯގަސްޓު 2017
ޓުއަރިޒަމް މިނިސްޓްރީގެ ހުއްދަ ހޯދުމަކާ ނުލައި ރިސޯޓް ހިންގޭ ގޮތް ހަދައިފި

ޓުއަރިޒަމް މިނިސްޓްރީގެ ހުއްދަ ހޯދުމަކާ ނުލައި ރިސޯޓް ހިންގޭ ގޮތް ހަދައިފި

04 އޯގަސްޓު 2017
މަޖިލިސް މެމްބަރުން ރައީސް ޔާމިންގެ އަޅުންނަށް ހަދައިފި: ޝިދާތާ

މަޖިލިސް މެމްބަރުން ރައީސް ޔާމިންގެ އަޅުންނަށް ހަދައިފި: ޝިދާތާ

13 ޖުލައި 2017
ހިއުމަން ޓްރެފިކިންއާ ގުޅޭ މައްސަލަތައް އޮންލައިންކޮށް ހުށަހެޅޭގޮތް ހަދައިފި

ހިއުމަން ޓްރެފިކިންއާ ގުޅޭ މައްސަލަތައް އޮންލައިންކޮށް ހުށަހެޅޭގޮތް ހަދައިފި

21 މެއި 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު