Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައުދާ އާތިފް

މޮޑެލް ރައުދާ އާތިފްގެ ޕޯސްޓް މޯޓަމް ހަދައިފި

31 މާރިޗު 2017 | ހުކުރު 17:30

ރައުދާގެ އޮޓޮޕްސީ ހަދާފައިވަނީ ހުކުރު ދުވަހުގެ މެންދުރުފަހު

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 31 މާރިޗު 2017 | ހުކުރު 17:30
މޮޑެލް ރައުދާ އާތިފް އޭނާގެ ކޮޓަރީގައި މަރުވެފައި

މޮޑެލް ރައުދާ އާތިފް އޭނާގެ ކޮޓަރީގައި މަރުވެފައި

ބަންގްލަދޭޝްގައި މަރުވި މޮޑެލް ރައުދާ އާތިފްގެ ޕޯސްޓް މޯޓަމް ހަދައިފި ކަމަށް އާއިލާއިން ހާމަކޮށްފި އެވެ.

ބަނގުލަދޭޝްގައި މެޑިސިން ހަދަމުން އައި ދިވެހި ދަރިވަރު އުމުރުން 20 އަހަރުގެ މޮޑެލް ރައުދާ އާތިފް ދަންޖެހިގެން މަރުވެފައި ހުއްޓާ ފެނިފައި ވަނީ ބުދަދުވަހުގެ މެންދުރުކުރީގެ ވަގުތެއްގައި އޭނާ ދިރިއުޅުނު ކޮޓަރީގައެވެ.

Advertisement - newsAdvertisement

ރައުދާގެ އޮޓޮޕްސީ ހެދުމަށް އާއިލާ އިން ދެކޮޅު ހެދި ކަމަށް ބައެއް ރިޕޯޓްތައް ބުނި ނަމަވެސް ރާއްޖޭގެ ފުލުހުންގެ ތަރުޖަމާން އަހްމަދު ޝިފާން ވިދާޅުވީ އޮޓޮޕްސީ ހެދުމަށް ރައުދާގެ އައިލާއިން ދެކޮޅު ނަހަދާ ކަމަށެވެ. ރައުދާގެ އައިލާގެ މެންބަރަކު ފޭސްބުކްގައި ބުނެފައިވަނީ ރައުދާގެ އޮޓޮޕްސީ މިއަދުގެ މެންދުރުގެ ވަގުތެއްގައި ހަދާފައިވާ ކަމަށެވެ.

ރައުދާގެ އާއިލާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި، ބަންގްލަދޭޝް އަށް ގޮސްފައިވާއިރު، ބަނގްލަދޭޝްގެ މެޓްރޮޕޮލިޓޭން ޕޮލިސް ތަރުޖަމާން އިފްތިޚާރު އާލަމްއާ ހަވާލާދީ، ޑާކާ ޓްރިބިއުންގައި ބުނެފައިވަނީ، އޭނާ ދަންޖެހިގެން މަރުވެފައި ވަނީ، ޑިޕްރެސްވެގެން ކަމަށް ބެލެވޭ ކަމަށެވެ.

ރައުދާ ދަންޖެހިފައި ހުއްޓާ ފެނުނީ އޭނާގެ ޚަބަރެއް ނުވެގެން އޭނާގެ ބައެއް ރަށްޓެހިން ގޮސް ކޮޓަރި ބެލުމުންނެވެ. އޭނާގެ މަރާ ބެހޭ ގޮތުން އެކި ގޮތްގޮތަށް ވާހަކަ ދައްކަމުން އަންނަ އިރު އޭނާ މަރުވީ އަމިއްލަ އަށް ކަމެއް ނުވަތަ އޭނާ މަރާލީ ކަމެއް އެއްވެސް ފަރާތަކުން ރަސްމީކޮށް އަދި ހާމައެއް ނުކުރެ އެވެ.

ރާއްޖޭގެ ފުލުހުން ބުރާސްފަތި ދުވަހު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ، ރައުދާގެ މި މަރުގެ މައްސަލަ ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، ރައުދާގެ އާއިލާއާއި އެކު ފުލުހުންގެ އިސް އޮފިޝަލަކު ވެސް ބުރާސްފަތި ދުވަހު ޑާކާއަށް ގޮސްފައިވާ ކަމަށެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ރައުދާގެ މަންމައަކީ ޕޮލިހެކެވެ. ދިވެހި ފުލުހުން ވެސް ދަނީ މި މައްސަލަ ވަރަށް ގާތުން ބަލަމުން ކަމަށް، ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން ވިދާޅުވި އެވެ.

ފޮރިން މިނިސްޓްރީން ބުނެފައިވަނީ، ޑާކާގައި ހުރި ދިވެހި އެމްބެސެޑަރު ވެސް މިހާރު ރައުދާގެ އާއިލާއާ އެކު ރާޖްޝާހީއަށް ގޮސްފައިވާ ކަމަށާއި، އާއިލާއިން ބޭނުންވާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެމުންދާނެ ކަމަށެވެ

ފުލުހުން ބުނީ ރައުދާގެ މަރާގުޅޭ ގޮތުން ތަފާތު ހަބަރުތައް ފެތުރެމުންދާއިރު ރައުދާގެ އާއިލާއަށް އެއްބާރުލުންދީ އިހްތިރާމް ކުރުމަށް ދިވެހި މީޑިއާގެ ކިބައިން އެދޭ ކަމަށެވެ.

ރައުދާ މަރުވީ ދަންޖެހިގެން ކަމަށް ޑޮކްޓަރާ ހަވާލާދީ ބަންގްލަދޭޝްގެ ފުލުހުން ބުނި ނަމަވެސް އޭނާގެ ރައްޓެހިންނާއި ކޮލެޖްގެ ބައެއް ދަރިވަރުންނާ ހަވާލާދީ ޑާކާގެ ބައެއް މީޑިއާތަކުން ބުނެފައި ވަނީ އޭނާ ޑިޕްރެޝަނެއްގައި އުޅޭކަން ނުވަތަ އެފަދަ އެއްވެސް މައްސަލައެއް އުޅޭކަން އެނގިފައި ނުވާ ކަމަށެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

04 އެޕްރީލު 2017

ރައުދާގެ އިންސްޓަގްރާމް އެކައުންޓް އެހެން މީހަކު ގެންގުޅޭކަމަށް ޝައްކުކުރެވިގެން އާއިލާއިން ސަރުކާރުގެ އެހީއަށް އެދިއްޖެ

04 އެޕްރީލު 2017
ރައުދާގެ އިންސްޓަގްރާމް އެކައުންޓް އެހެން މީހަކު ގެންގުޅޭކަމަށް ޝައްކުކުރެވިގެން އާއިލާއިން ސަރުކާރުގެ އެހީއަށް އެދިއްޖެ
03 އެޕްރީލު 2017

ރައުދާގެ މަރުގެ ތަހުގީގާ ގުޅޭ މައުލޫމާތު ހޯދުމަށް ދެ ފުލުހަކު ބަންގްލަދޭޝްއަށް

03 އެޕްރީލު 2017
 ރައުދާގެ މަރުގެ ތަހުގީގާ ގުޅޭ މައުލޫމާތު ހޯދުމަށް ދެ ފުލުހަކު ބަންގްލަދޭޝްއަށް
03 އެޕްރީލު 2017

ރައުދާގެ އިންސްޓަގްރާމް އެކައުންޓް ގެއްލިއްޖެ

03 އެޕްރީލު 2017
ރައުދާގެ އިންސްޓަގްރާމް އެކައުންޓް ގެއްލިއްޖެ
03 އެޕްރީލު 2017

ރައުދާގެ މަރުގެ ހަގީގަތް ހޯދުމަށް ފުރިހަމަ ތަހުގީގެއް ކުރަންޖެހޭ: ބަންގްލަދޭޝްގެ ކުރީގެ ރައީސް

03 އެޕްރީލު 2017
ރައުދާގެ މަރުގެ ހަގީގަތް ހޯދުމަށް ފުރިހަމަ ތަހުގީގެއް ކުރަންޖެހޭ: ބަންގްލަދޭޝްގެ ކުރީގެ ރައީސް
01 އެޕްރީލު 2017

ރައުދާ މަރުވެފައިވަނީ ދަންޖެހިގެން: އޮޓޯޕްސީ ރިޕޯޓް

01 އެޕްރީލު 2017
ރައުދާ މަރުވެފައިވަނީ ދަންޖެހިގެން: އޮޓޯޕްސީ ރިޕޯޓް
01 އެޕްރީލު 2017

ރައުދާގެ ހަށިގަނޑު ވަޅުލައިފި

01 އެޕްރީލު 2017
ރައުދާގެ ހަށިގަނޑު ވަޅުލައިފި
31 މާރިޗު 2017

މޮޑެލް ރައުދާ އާތިފްގެ ޕޯސްޓް މޯޓަމް ނުހަދާ ހަށިގަނޑު އާއިލާއާ ހަވާލުކުރަން އެދިއްޖެ

31 މާރިޗު 2017
މޮޑެލް ރައުދާ އާތިފްގެ ޕޯސްޓް މޯޓަމް ނުހަދާ ހަށިގަނޑު އާއިލާއާ ހަވާލުކުރަން އެދިއްޖެ
30 މާރިޗު 2017

ރައުދާ މަރުވެފައިވަނީ ދަންޖެހިގެން ކަމަށް ޑޮކްޓަރުން ކަށަވަރުކޮށްދީފި: ބަންގްލަދޭޝް ޕޮލިސް

30 މާރިޗު 2017
ރައުދާ މަރުވެފައިވަނީ ދަންޖެހިގެން ކަމަށް ޑޮކްޓަރުން ކަށަވަރުކޮށްދީފި: ބަންގްލަދޭޝް ޕޮލިސް
29 މާރިޗު 2017

ވިލުނޫ ކުލައިގެ ލޮލުން މަޝްހޫރުވި ދިވެހި މޮޑެލް ރައުދާ ބަންގްލަދޭޝްގައި މަރުވެއްޖެ

29 މާރިޗު 2017
ވިލުނޫ ކުލައިގެ ލޮލުން މަޝްހޫރުވި ދިވެހި މޮޑެލް ރައުދާ ބަންގްލަދޭޝްގައި މަރުވެއްޖެ
20 ފެބުރުއަރީ 2017

ރައީސް ޔާމީނާއި މެޑަމް ފާތުންއާ ގުޅޭގޮތުން ފޭސްބުކްގައި ޕޯސްޓް ކުރާތީ ޑްރައިވަރަކު ވަޒީފާއިން ވަކިކޮށްފި

20 ފެބުރުއަރީ 2017
ރައީސް ޔާމީނާއި މެޑަމް ފާތުންއާ ގުޅޭގޮތުން ފޭސްބުކްގައި ޕޯސްޓް ކުރާތީ ޑްރައިވަރަކު ވަޒީފާއިން ވަކިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް