Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގަތަރު-ރާއްޖެ

ދިވެހިންނަށް ވިސާއާ ނުލައި ގަތަރަށް އެތެރެވެވޭ ގޮތް ހަދައިފި

10 އޯގަސްޓު 2017 | ބުރާސްފަތި 06:04

ދިވެހިން ހިމެނޭ ގޮތަށް 80 ގައުމެއްގެ ރައްޔިތުންނަށް ހުއްދަ ދީފައިވޭ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 10 އޯގަސްޓު 2017 | ބުރާސްފަތި 06:04
ރާއްޖެ ޤަތަރާއި ގުޅުން ކަނޑާލުމަށް ފަހު ވެސް އެގައުމުން ވަނީ ދިވެހިންނަށް ވިސާ ނުލައި އެތެރެވުމުގެ ހުއްދަދީފަ

ރާއްޖެ ޤަތަރާއި ގުޅުން ކަނޑާލުމަށް ފަހު ވެސް އެގައުމުން ވަނީ ދިވެހިންނަށް ވިސާ ނުލައި އެތެރެވުމުގެ ހުއްދަދީފަ

ދިވެހިން ހިމެނޭ ގޮތަށް 80 ގައުމެއްގެ ރައްޔިތުންނަށް ވިސާއާ ނުލައި ގަތަރަށް އެތެރެވެވޭ ގޮތަށް އެގައުމުގެ އިންޓީރިއާ މިނިސްޓްރީ އާއި ޓޫރިޒަމް އޮތޯރިޓީން ހަމަޖައްސައިފި އެވެ.

ރާއްޖެ ހިމެނޭ ގޮތަށް 80 ގައުމެއްގެ ރައްޔިތުންނަށް ވިސާއާ ނުލައި ގަތަރަށް އެތެރެވެވޭ ގޮތް ހަދާފައި މިވަނީ، ސައުދީ އަރަބިއްޔާ އިސްވެ އޮވެ ގަތަރާ ގުޅުން ކަނޑާލުމާ ގުޅިގެން ރާއްޖެއިން ވެސް ގަތަރާ އެކު އޮތް ސިޔާސީ ގުޅުން ކަނޑާލާފައި ވަނިކޮށެވެ.

ގަތަރުގެ ގައުމީ އެއާލައިން، ގަތަރު އެއާވޭސް އިން ނެރުނު ބަޔާނެއްގައި ބުނީ އެ 80 ގައުމުގެ ރައްޔިތުންނަށް ވިސާއާ ނުލައި އެގައުމަށް އެތެރެވެވޭނެ ކަމަށާއި ބޭނުން ވާނީ މުއްދަތު ހަމަވާން ހަ މަހަށް ވުރެ ގިނަ ދުވަސް އޮންނަ ޕާސްޕޯޓަކާއި ޓިކެޓް ކަމަށެވެ.

ގަތަރުން ނެރުު ލިސްޓުގައި ހިމެނޭ 33 ގައުމެއްގެ ރައްޔިތުންނަށް ވިސާއާ ނުލައި 180 ދުވަސް ވަންދެން އެގައުމުގައި ތިބެވޭނެއެވެ. އެގޮތުން 180 ދުވަސް ވަންދެން ތިބެވޭ ގައުމުތަކުގެ ތެރޭގައި ގިނައީ ޔޫރަޕްގެ ގައުމުތަކެވެ.

ރާއްޖެ ހިމެނޭ ގޮތަށް 47 ގައުމެއްގެ ރައްޔިތުންނަށް 30 ދުވަސް ވަންދެން ވިސާއާ ނުލައި އެގައުމުގައި ތިބެވޭނެ އެވެ.

ގަތަރުގެ ސަރުކާރުން ބުނާ ގޮތުގައި މި ބަދަލާ އެކު މެދުއިރުމަތީގައިވާ އެންމެ ހުޅުވާލެވިފައިވާ ގައުމަށް ގަތަރު ވެގެންދާނެ އެވެ.

ސައުދީ އަރަބިއްޔާގެ ފަހަތުން އަރަބި ހަ ގައުމެއް ގަތަރާ ގުޅުން ކަނޑާލާފައިވާއިރު، އަރަބި ދުނިޔޭގައި ނުހިމެނޭ ގައުމަކަށް ގަތަރާ ގުޅުން ކަނޑާލާފައި ވަނީ ރާއްޖޭން އެކަންޏެވެ. ރާއްޖެ އާއި ގަތަރުގެ 33 އަހަރުވީ ގުޅުން ރާއްޖެއިން ކަނޑާލީ ގަތަރުން ޓެރަރިޒަމަށް ފަންޑުކުރާ ކަމަށް ބުނެ އެވެ.

ގައުމުތަކުން ގުޅުން ކަނޑާލުމާ ގުޅިގެން ގަތަރުން ދަނީ އެހެން ބައްރުތަކުގެ ގައުމުތަކާއެކު ވިޔަފާރީގެ ގުޅުން ވަރުގަދަ ކުރަމުންނެވެ.

އިތުރަށް ކިޔާލަން

20 ޖޫން 2017

ޕީޕީއެމް ޖަހައިގަނެގެން ގެންދިޔަ ނަމަވެސް ރައީސް މައުމޫނާ ނުލައި ކާމިޔާބެއް ނުވި: ނާދިރާ

20 ޖޫން 2017
ޕީޕީއެމް ޖަހައިގަނެގެން ގެންދިޔަ ނަމަވެސް ރައީސް މައުމޫނާ ނުލައި ކާމިޔާބެއް ނުވި: ނާދިރާ
13 ޖޫން 2017

ޝަރުތަކާއި ނުލައި އާޒިމް ވަގުތުން ދޫކޮށްލުމަށް އެމްނެސްޓީ އިންޓަނޭޝަނަލުން ގޮވާލައިފި

13 ޖޫން 2017
ޝަރުތަކާއި ނުލައި އާޒިމް ވަގުތުން ދޫކޮށްލުމަށް އެމްނެސްޓީ އިންޓަނޭޝަނަލުން ގޮވާލައިފި
13 ޖޫން 2017

ގަތަރަށް ކަނޑައަޅުއްވާފައި ހުންނަވާ އެމެރިކާގެ ސަފީރު އިސްތިއުފާ ދެއްވައިފި

13 ޖޫން 2017
ގަތަރަށް ކަނޑައަޅުއްވާފައި ހުންނަވާ އެމެރިކާގެ ސަފީރު އިސްތިއުފާ ދެއްވައިފި
13 މެއި 2017

އަމާޒަކީ ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ނަރުހުންނަކީ ދިވެހިންނަށް ހެދުން:ނާޒިމް

13 މެއި 2017
އަމާޒަކީ ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ނަރުހުންނަކީ ދިވެހިންނަށް ހެދުން:ނާޒިމް
04 އެޕްރީލު 2017

އެކިއެކި އެއަރޕޯޓްތަކުން ދިވެހިންނަށް އުނދަގޫ ކުރަން ފަށައިފި: މުސްތަފާ

04 އެޕްރީލު 2017
އެކިއެކި އެއަރޕޯޓްތަކުން ދިވެހިންނަށް އުނދަގޫ ކުރަން ފަށައިފި: މުސްތަފާ
23 މާރިޗު 2017

ބިޑަކާ ނުލައި ހދ. ދިއްޕަރުފުށި މެންބަރު ޖައުފަރު ދާވޫދަށް ދީފި

23 މާރިޗު 2017
ބިޑަކާ ނުލައި ހދ. ދިއްޕަރުފުށި މެންބަރު ޖައުފަރު ދާވޫދަށް ދީފި
14 މާރިޗު 2017

ކޮލަންބޯގައި ދިވެހިންނަށް ހާއްސަކޮށްގެން ޕާކެއް ހަދަނީ

14 މާރިޗު 2017
ކޮލަންބޯގައި ދިވެހިންނަށް ހާއްސަކޮށްގެން ޕާކެއް ހަދަނީ
13 މާރިޗު 2017

އިންތިހާބާ ނުލައި 13 ކެންޑިޑޭޓަކު ކައުންސިލަށް އިންތިހާބު ވެއްޖެ

13 މާރިޗު 2017
އިންތިހާބާ ނުލައި 13 ކެންޑިޑޭޓަކު ކައުންސިލަށް އިންތިހާބު ވެއްޖެ
11 ފެބުރުއަރީ 2017

ހަސަން ލަތީފުގެ މަސައްކަތުން ދިވެހިންނަށް ހައްގު ގޮތް ހޯދާދެވޭނެ: ރައީސް ނަޝީދު

11 ފެބުރުއަރީ 2017
ހަސަން ލަތީފުގެ މަސައްކަތުން ދިވެހިންނަށް ހައްގު ގޮތް ހޯދާދެވޭނެ: ރައީސް ނަޝީދު
06 ފެބުރުއަރީ 2017

އީއައިއޭ ހެދުމަކާ ނުލައި އަލީ މައުރޫފް ކުޑަފަރީގައި ތޮއްޓެއް ލަނީ!

06 ފެބުރުއަރީ 2017
އީއައިއޭ ހެދުމަކާ ނުލައި އަލީ މައުރޫފް ކުޑަފަރީގައި ތޮއްޓެއް ލަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް