Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ފަލަސްތީނުގެ މައްސަލަ އޮއްބާލި ސަރުކާރު!

ފަލަސްތީނުގެ ރައްޔިތުންގެ ޙައްގުގައި ވާންޖެހުނު ކޮންމެ ގުރުބާނީއެއްވާނެ ކަމަށް ވިދާޅުވީ، ރައީސް ޑރ. މުޢިއްޒުގެ ޕީއެންސީ ސަރުކާރު ކުރަނީ ކީއްތޯއެވެ. ރައީސްގެ ދެކަނބަލުންނާއި ސަލާންކުރަން ހާހުން ހާހުން ޢީދު ދުވަހު ސަރުކާރުގެ މުވައްޒަފުން ނެރުނު އިރު، މުޅި ދުނިޔޭގައި ކުރާ މުޒާހަރާއެއްގައި ބައިވެރިވުމަށް ސަރުކާރުން މުޒާހަރާއެއް ރާވާ، މީހުން ނުނެރުނީ ކީއްވެތޯއެވެ.

އާމިރު ސަލީމް
އާމިރު ސަލީމް, ރާއްޖެ އެމްވީ | 7 އެޕްރީލު 2025 | ހޯމަ 14:05
ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކުރާނެކަމަށް ބުނި ސަރުކާރަކަށް އިސްރާއިލް ޕާސްޕޯޓުވެސް މަނާ ނުކުރެވުނު

ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކުރާނެކަމަށް ބުނި ސަރުކާރަކަށް އިސްރާއިލް ޕާސްޕޯޓުވެސް މަނާ ނުކުރެވުނު

ބައެއް މީހުން ބުނަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރަކީ މުނާފިޤް ސަރުކާރެއް ކަމަށެވެ. އަނެއް ބަޔަކު ބުނަނީ ޔަހޫދީ ސިފަތައް މިސަރުކާރުން އިންތިހާއަށް ފެންނަމުންދާ ކަމަށެވެ. މިއީ ދެރަވަރު ބުނުންތަކެކެވެ. ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގައި އޮތް ސަރުކާރަކާއި ދިމާއަށް މިހެން ބުނާކަށް ނުވާނެ ނޫންތޯއެވެ. އެކަމަކު މިހެން ބުނާ ބައެއް މީހުން ގާތު އެހެން ބުނަނީ ކީއްވެތޯ އަހާލުމުން އެމީހުން ދައްކާ ސަބަބުތައްވެސް ވަރަށް ގިނައެވެ.

ބައެއް މީހުން ބުނާ ގޮތުން ފަލަސްތީނުގެ މައްސަލަގައި، ޚާއްސަކޮށް ޣައްޒާގެ މައްސަލާގައި ސަރުކާރުގެ ސިޔާސަތު އިންތިހާއަށް ދެފުށް ދެގޮތެވެ. މުނާފިގެއެވެ. ބޭރުފުށުން ދައްކާ މަންޒަރާއި އެތެރެ ފުށުގައި އޮތް އެއްޗަކާއި އުޑާއި ބިމާހާއި ތަފާތެއެވެ. ބަހާއި އަމަލާއި ދިމައެއް ނުވެއެވެ. މަންޒަރާއި އަޑަކާއިވެސް ދިމައެއް ނުވެއެވެ. މިސާލެއްގެ ގޮތުން އެމީހުން ބުނަނީ ޣައްޒާގެ މުސްލިމް ނިކަމެތި ރައްޔިތުންނަށް އިޒްރޭލު ޓެރަރިސްޓުން އިންތިހާއަށް އަނިޔާވެރިވެ، ޣައްޒާގެ ތިން ބައިކުޅަ ދެބައި ފަޅުކޮށް، ދެ މިލިއަނަށްވުރެ ގިނަ ޣައްޒާގެ މުސްލިމް ރައްޔިތުންގެ މައްޗަށް ޤަތުލް އާންމު ހިންގާ ތުއްތު ކުދިން މަރާ، ނަސްލު ނައްތާލުމުގެ ލާއިންސާނީ ޖަރީމާތައް ހިންގަމުންދާއިރު، މިސަރުކާރު ހަނު އޮންނަ އޮތުމަކީ އޭގެ ހެއްކެއް ކަމަށެވެ.

މިއަދަކީ ޣައްޒާގެ ރައްޔިތުންނަށް އެއްބައިވަންތަކަން ދެއްކުމުގެ ގޮތުން މުޅި ދުނިޔޭގައި މުޒާހަރާކުރާ ދުވަހެކެވެ. މިމުޒާހަރާތައް ކޮލަމްބިއާ އާއި، ދެކުނު އެފްރިކާ އާއި އިޓަލީ އާއި އަދި މިނޫނަސް ޣައިރު މުސްލިމް އެތައް ޤައުމެއްގައި، އެޤައުމުތަކުގެ ސަރުކާރުތަކުން އިންތިޒާމްކޮށްގެން ހިންގަމުންދާއިރު، ފަލަސްތީނުގެ ރައްޔިތުންގެ ޙައްގުގައި ވާންޖެހުނު ކޮންމެ ގުރުބާނީއެއްވާނެ ކަމަށް ވިދާޅުވީ، ރައީސް ޑރ. މުޢިއްޒުގެ ޕީއެންސީ ސަރުކާރު ކުރަނީ ކީއްތޯއެވެ. ރައީސްގެ ދެކަނބަލުންނާއި ސަލާންކުރަން ހާހުން ހާހުން ޢީދު ދުވަހު ސަރުކާރުގެ މުވައްޒަފުން ނެރުނު އިރު، މުޅި ދުނިޔޭގައި ކުރާ މުޒާހަރާއެއްގައި ބައިވެރިވުމަށް ސަރުކާރުން މުޒާހަރާއެއް ރާވާ، މީހުން ނުނެރުނީ ކީއްވެތޯއެވެ.

އިސްލާމްދީނަށް ނަސްރު ދިނުމުގެ ނަމުގައި ރަމަޟާން މަހުގެ ފަހު ދިހައިގައި ސަރުކާރު ބަންދުކޮށް މުޅި ސަރުކާރުގެ ބޮލުގައި ދީނީ ތާކިހަލެއް އަޅައިގެން ދީނަށް މާ ނަސްރުދޭ ބައެއްކަން ދައްކަމުންދާއިރު، ޣައްޒާގެ ނިކަމެތި ރައްޔިތުންނަށް އިޒްރޭލުން ކުރާ އަނިޔާތަކަށް ދެކޮޅު ހަދަން ރައްޔިތުން މަގު މައްޗަށް ނުނެރުނީ ކީއްވެތޯއެވެ. ކޮންމެ ކަމެއްގައި އިސްލާމްދީން ބޭނުންކޮށްގެން އަމިއްލަފުޅަށް މަޝްހޫރުވެ، އެހެން މީހުންގެ ކުރިމަތީގައި، ދީންވެރި ބޭކަލަކު ހިންގަވާ ދީންވެރި ސަރުކާރެއްކަން ދެއްކެވެމަށް މަސައްކަތްކުރައްވާއިރު، މުސްލިމުންގެ ފުރަތަމަ ގިބްލަ މަސްޖިދުލްއަގްޞޯ ފުނޑު ފުނޑުކޮށްލުމަށް ޔަހޫދީން ހިންގަމުންގެންދާ ނުބައި އަމަލުތައް ކުށްވެރިކުރައްވަން އަމިއްލަފުޅަށް މަގު މައްޗަށް ނުނިކުންނެވީ ކީއްވެތޯއެވެ.

ފަލަސްތީނުގެ ރައްޔިތުންގެ ޙައްގުގައި ހުންނެވިކަން ދެއްކެވުމަށް ބައިނަލްއަޤްވާމީ ކޯޓުގައި ހިނގަމުންދާ ފަލަސްތީނުގެ މައްސަލައަށް ރާއްޖެއިން ތަދައްޚުލްވެ އެކަން ބޭނުންކުރައްވައިގެން، ބައިސާ ކަނޑުއްވަމުން ގެންދަވާއިރު އަމިއަލްފުޅު ފުރިހަމަ ކޮންޓްރޯލްއޮތް، ވިދާޅުވި ކޮންމެ ގޮތަކަށް، އަމަލުކުރާނެ ވިދާޅުވި ކޮންމެ އެއްޗެއް ވިދާޅުވި ސްޕީޑެއްގައ ފާސްކޮށް ނިންމާނެ، އަމިއްލަފުޅު މަޖިލީހުގެ ކޮމިޓީއެއްގަ، ގައިދަށުވެފައި އޮތް އިޒްރޭލުގެ ޕާސްޕޯޓް މަނާކުރާ ބިލް ފާސްކޮށް ދުނިޔެއަށް މިސާލު ދައްކަވަން ކެރިވެޑައިނުގެން ހުންނަވަނީ ކީއްވެތޯއެވެ.

އަބަދާއި އަބަދު ނަމާދުކުރައްވާ ވާހަކައާއި ތަރާވީސްކުރައްވާ ވާހަކަ އަމިއްލަފުޅު ޓީވީ ޗެނަލުންނާއި، އަމިއްލަފުޅު ކޮންޓްރޯލް އޮތް ދައުލަތުގެ މީޑިއާއިން ދައްކަވާ ދީންވެރި ބޭފުޅެއްގެ ގޮތުގައި އިޝްތިހާރުވެ ވަޑައިގަންނަމުން ދާއިރު، ޣައްޒާގެ ނިކަމެތި ރައްޔިތުންނަށްޓަކައި ފަތިސް ނަމާދުގައި ކިޔަމުންއައި ޤުނޫތު ކިޔުން ހުއްޓުވާލީ ކީއްވެތޯއެވެ. އަދި ޔަހޫދީންގެ އަނިޔާވެރިކަން އިންތިހާއަށް ބޮޑުވެ، ދުވާލަކު އެތައް ސަތޭކަ ކުޑަކުދިންނެއް މަރަމުންދާއިރު، ޤުނޫތު ކިޔުން އަލުން ފައްޓަވަން ކެރިވަޑައިނުގެން ހުންނަވަނީ ކީއްވެތޯއެވެ.

ގިނަބަޔަކު ބުނަނީ ސަރުކާރުގެ ޢަމަލުތައް ހުރީ މިހާ ދެފުށް ދެގޮތް ގޮތަކަށް ކަމަށް ވުމުން މިސަރުކާރަކީ ފަލަސްތީނުގެ މައްސަލައިގައި މުނާފިޤް ސަރުކާރެކޭ ނުބުނެ ދެން ބުނާނެ އެހެން އެއްޗެއް އެބައޮތްތޯއެވެ. ފަލަސްތީނުގެ މައްސަލަ އޮއްބާލާ ފަސްއަޅައި ފޮރުވަން ސަރުކާރުން ގަސްތުގައި މަސައްކަތް ކުރަނީއޭ ނުބުނެ ދެން ބުނާނެ އެހެން އެއްޗެއް އެބައޮތްތޯއެވެ. ސަރުކާރުން އަމިއްލައަށް ކަމެއް ކުރަން ނުކެރިގެން އުޅެތާ އިދިކޮޅު ފަރާތްތަކުން ފަލަސްތީނުގެ މައްސަލާގައި މަޖިލީހަށް ހުށަހަޅާ ކުއްލި މައްސަލަތާއި ޤަރާރުތައް މަޖިލީހަށްވެސް ބަލައިނުގަނެ، ބޭރު ކުރަމުންދާއިރު، މިސަރުކާރުން ޔަހޫދީ ސިފަތައް ފެނެއޭ ނުބުނެ ދެން ބުނާނެ އެހެން އެޗެއް އެބައޮތްތޯއެވެ.

ޤަބޫލުފުޅު ކުރައްވާށެއެވެ. ދައްކަވާ ވާހަކައަކުން ކުރައްވާ ޕޯސްޓަކުން ހަޤީޤަތެއް ބަދަލެއް ނުވާނެއެވެ. ބޭރު ފުށަށް ދައްކަވާ ސިފައަކީ އެތެރޭގައި އޮތް އަސްލު ސިފަ ކަމަށް ހެއްދެވޭނެ ގޮތެއްވެސް ނޯންނާނެއެވެ. އެ ކަންވާރަކުން އަންނާނީ އެ ކަންވާރެއްގައި ހުރި އެއްޗެކެވެ. ތިޔަ އުޅުއްވާ ގޮތުން ފެންނަމުން މިދަނީވެސް މީހުން އެބުނާ ގޮތަށް ސަރުކާރުގެ އަސްލު ސިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!

ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!

04 މެއި 2017
ސަރުކާރު އުޅެނީ "މޮޔަ ހަސަނަށް އަމާ ފެނިގެން އުޅުނު ހެން"

ސަރުކާރު އުޅެނީ "މޮޔަ ހަސަނަށް އަމާ ފެނިގެން އުޅުނު ހެން"

23 އެޕްރީލު 2017
ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟

ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟

21 އެޕްރީލު 2017
އޯގާތެރި، ކުޅަދާނަ، ޤާބިލް ސަރުކާރު! ލަދުން ބޯހަލާކު!

އޯގާތެރި، ކުޅަދާނަ، ޤާބިލް ސަރުކާރު! ލަދުން ބޯހަލާކު!

11 އެޕްރީލު 2017
ގައުމީ ވޮލީ ޓީމާއި އެސޯސިއޭޝަނަށް ދިމާވެގެން މިއުޅެނީ ކޮން މައްސަލައެއް؟

ގައުމީ ވޮލީ ޓީމާއި އެސޯސިއޭޝަނަށް ދިމާވެގެން މިއުޅެނީ ކޮން މައްސަލައެއް؟

05 އެޕްރީލު 2017

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު