Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސްކޫލުކުދިންގެ އެކްޓިވިޓީ ޔުނީފޯމް

އެކްޓިވިޓީ ޔުނީފޯމް ނުލިބިގެން ސްކޫލުތަކުގެ ބެލެނިވެރިން ރަތަށް!

5 އެޕްރީލު 2025 | ހޮނިހިރު 13:22

ސްކޫލު ހުޅުވެން އެންމެ ދެ ދުވަހަށް ވެފައިވާއިރު ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމު ގަންނަން ނުލިބިގެން ގިނަ ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު، މިއީ ހަމަ ކޮންމެ އަހަރަކުވެސް ބެލެވިވެރިންނަށް ބޮޑު ތަކުލީފަކަށް ވެފައި އޮންނަ ކަމެއް

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 5 އެޕްރީލު 2025 | ހޮނިހިރު 13:22
ސްކޫލްކުދިންތަކެއް ސްކޫލުގައި އިތުރު ހަރަކާތްތަކުގައި ބައިވެރިވަނީ: ދިރާސީ އައު އަހަރުގެ ކިޔެވުން ފެށޭއިރު، ދަރިވަރުންގެ އެކްޓިވިޓީ ޔުނިފޯމް ނުލިބޭ މައްސަލަ ވަނީ ބޮޑުވެފަ

ސްކޫލްކުދިންތަކެއް ސްކޫލުގައި އިތުރު ހަރަކާތްތަކުގައި ބައިވެރިވަނީ: ދިރާސީ އައު އަހަރުގެ ކިޔެވުން ފެށޭއިރު، ދަރިވަރުންގެ އެކްޓިވިޓީ ޔުނިފޯމް ނުލިބޭ މައްސަލަ ވަނީ ބޮޑުވެފަ

ދިރާސީ އަހަރު ފެށެން ދެ ދުވަހަށް ވީއިރުވެސް ސްކޫލު ކުދިންގެ އެކްޓިވިޓީ ޔުނީފޯމް ގަންނަން ނުލިބޭތީ ބެލެނިވެރިން ކަންބޮޑުވެއްޖެއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދިން ދަރުމަވަންތަ ސްކޫލުގެ ބެލެނިވެރިއަކު ބުނީ ސްކޫލުގެ ކިޔެވުން ފެށެން ވަރަށް ގާތްވެއްޖެ ކަމަށާއި ނަމަވެސް އަދިވެސް ސްކޫލު އެކްޓިވިޓީ ޔުނީފޯމް ނުލިބޭ ކަމަށެވެ. އޭނާ ބުނީ މާލޭގެ ވަރަށް ގިނަ ތަންތަން ބަލައިފިން ކަމަށާއި އެކްޓިވިޓީ ޔުނިފޯމުތައް އާންމުކޮށް ލިބޭ ޑޮނާޑް ފަދަ ފިހާރަތައް ވެސް ބެލި ކަމަށެވެ. ނަމަވެސް އަދިވެސް ބޭނުންވާ ސައިޒް ނުލިބޭ ކަމަށް އޭނާ ބުންޏެވެ.

Advertisement - newsAdvertisement
އަޅުގަނޑުވެސް އަޅުގަނޑުގެ ދަރިފުޅަށް އެކްޓިވިޓީ ޔުޏިފޯމެއް ގަންނަން ވަރަށް ގިނަ ތަންތަނަށް ދުއްވިއްޖެ، އާންމުކޮށް ޔުނީފޯމު ވިއްކާ ތަންތަންވެސް ބަލައިފި. ނުލިބުނު އެއްވެސް ތާކުން. އެދެނީ އކްޓިވިޓީ ޔުނީފޯމެއް އޮތް ބެލެނިވެރިއަކު ނަމަވެސް އަޅުގަނޑަށް އެކަމަށް އެހީއެއް ވެދިނުމަށް. ގަންނަން ވިޔަސް އޯކޭ
ސްކޫލުކުއްޖެއްގެ ބެލެނިވެރިއެއް

ރާއްޖެ އެމްވީ އާއި ވާހަކަދެއްކި އިތުރު ބެލެނިވެރިއަކު ބުނީ އޭނާގެ ދަރިފުޅަށް ވެސް ބޭނުންވާ ސައިޒުގެ އެކްޓިވިޓީ ޔުނީފޯމެއް ގަންނަ ނުލިބުނު ކަމަށާއި މިއީ ހަމަ ކޮންމެ އަހަރުވެސް ހާލަތު ކަމަށެވެ. އަދި މިކަން މިއަށްވުރެ ފަސޭހަވާނޭ ރަނގަޅުގޮތެއް އެޑިއުކޭސަން މިނިސްޓްރީން ހަމަޖައްސައިދޭން ޖެހޭ ކަމަށް ވެސް އޭނާ ބުންޏެވެ.

ސްކޫލު ހުޅުވެން އެންމެ ދެ ދުވަހަށް ވެފައިވާއިރު ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމު ގަންނަން ނުލިބި، ގިނަ ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު، މިއީ ހަމަ ކޮންމެ އަހަރަކުވެސް ބެލެވިވެރިންނަށް ބޮޑު ތަކުލީފަކަށް ވެފައި އޮންނަ ކަމެއް ކަމަށް ގިނަ ބެލެނިވެރިން ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމުގެ ތެރެއިން މިވަގުތު ބެލެނިވެރިން ނުލިބިގެން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުން ގެންދަނީ އެކްޓިވިޓީ ޔުނީފޯމުގެ "ސްމޯލް ސައިޒް" ނުލިބިގެން ނެއެވެ،

މީގެ އިތުރުން ސްކޫލު ފޮތްތައް ދޫކުރުމުގައި ލަސްތަކެއް ކުރިމަތިވެފައިވާ ކަމަށާއި، ބައެއް ޓެކްސްޓް ފޮތްތައް އަދިވެސް ނުލިބޭ ކަމަށް ބުނެ، ބައެއް މީހުން ދަނީ ސޯޝަލް މީޑިއާގައި އެކަމުގެ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަދި ބައެއް ސްކޫލުތަކުގެ ވައިބާ ގްރޫޕްތަކުގައި ވެސް ދަރިވަރުންގެ ފޮތްތައް ނުލިބޭ ކަމަށް ބުނެ ބެލެނިވެރިން ނުރުހުންފާޅު ކޮށްފައިވެއެވެ.

ސްކޫލުތަކުގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމާއި ޓެކްސް ފޮތްތައް ނުލިބިގެން ގިނަ ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރަމުން އަންނަ އިރު، ދިރާސީ އައު އަހަރުގެ ކިޔެވުން ފެށެންވާއިރަށް، ފޮތްތައް ހަވާލުކޮށް ނިމޭނެ ކަމަށާއި، ވަރަށް ފުރިހަމައަށް ތައްޔާރު ވަމުންދާ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ.އިސްމާއީލް ޝަފީއު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

މިމައްސަލައާ ގުޅިގެން ރާއްޖެއެމްވީއަށް އެޑިޔުކޭޝަން މިނިސްޓަރު ޝަފީއު ވިދާޅުވީ ދިރާސީ އައު އަހަރަށް ތައްޔާރުވުމުގެ މަސައްކަތްތައް މިނިސްޓްރީގެ އިތުރުން ސްކޫލުތަކުން ވަރަށް ފުރިހަމައަށް ކުރަމުންދާ ކަމަށާއި، ޕްލޭންއާ އެއްގޮތަށް ފޮތްތައް ދޫކުރަމުންދާ ކަމަށެވެ. އަދި މިހާރު ސްކޫލުތަކުން ދޫކުރަމުންދާނީ އެންމެ ފަހު ބެޗް ކަމުގައިވާ ގްރޭޑް 4 އަދި 5 ގެ ދަރިވަރުންގެ ފޮތްތައް ކަމަށް މިނިސްޓަރު ޝަފީއު ވަނީ ވިދާޅުވެފަ އެވެ.

މިނިސްޓަރު ޝަފީއު ވިދާޅުވީ ސްކޫލުތައް ހުޅުވުމުގެ ކުރިން ހުރިހާ މަސައްކަތެއް ނިމޭނެ ކަމަށާއި، ފޮތްތައް ދޫކޮށް ނިންމަން ކަނޑައެޅި ތާރީހަށްވުރެ ދެ ދުވަސް ކުރިން ނިންމާލެވޭނެ ކަމަށެވެ. އަދި ވިދާޅުވީ ބެލެނިވެރިންނަށް ވެސް ތައްޔާރުވުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

ރަމާޟާން މަހާ ދިމާކޮށް ދިރާސީ އަހަރުގެ ކިޔެވުން ނިންމައި, ރާއްޖޭގެ ހުރިހާ ސުކޫލެއްގެ ދަރިވަރުންގެ ޗުއްޓީ ފަށާފައިވަނީ 27 ފެބްރުއަރީ 2025 ގައެވެ. ޗުއްޓީ ނިންމައި ސްކޫލުތަކުގެ ކިޔެވުން ފެށޭނީ އޭޕްރީލު މަހުގެ ހަތްވަނަ ދުވަހެވެ. އަދި އަންނަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހަށް ދިރާސީ އަހަރުގެ ކިޔެވުން ނިންމައި، ޗުއްޓީއަށް ދާނެއެވެ. އެއަށްފަހު އައު ދިރާސީ އަހަރު ފަށާނީ 2026 ވަނަ އަހަރުގެ ޖަނަވަރީ 27 ގައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

28 މެއި 2017

މާލެ ސިޓީގެ އާ ކައުންސިލް ހުވާކުރަން ދަރުބާރުގެ ނުލިބިގެން ޣިޔާސުއްދީނަށް

28 މެއި 2017
 މާލެ ސިޓީގެ އާ ކައުންސިލް ހުވާކުރަން ދަރުބާރުގެ ނުލިބިގެން ޣިޔާސުއްދީނަށް
25 މެއި 2017

ހޯލެއް ނުލިބިގެން އައްޑޫ ސިޓީ ކައުންސިލް މެމްބަރުން ހުވާކުރުން މަގުމަތީގައި!

25 މެއި 2017
ހޯލެއް ނުލިބިގެން އައްޑޫ ސިޓީ ކައުންސިލް މެމްބަރުން ހުވާކުރުން މަގުމަތީގައި!
27 މާރިޗު 2017

ބެލެނިވެރިން ސްކޫލުތަކަށް ކުދިން ނުފޮނުވާތީ، ބައެއް ސްކޫލްތައް އިތުރު ތިން ދުވަހަށް ބަންދުކޮށްފި

27 މާރިޗު 2017
ބެލެނިވެރިން ސްކޫލުތަކަށް ކުދިން ނުފޮނުވާތީ، ބައެއް ސްކޫލްތައް އިތުރު ތިން ދުވަހަށް ބަންދުކޮށްފި
27 މާރިޗު 2017

ސްކޫލުތަކުގެ ހާޒިރީ އާދިއްތަ ދުވަހަށް ވުރެ ވެސް ހޯމަ ދުވަހު މަދު!

27 މާރިޗު 2017
ސްކޫލުތަކުގެ ހާޒިރީ އާދިއްތަ ދުވަހަށް ވުރެ ވެސް ހޯމަ ދުވަހު މަދު!
23 މާރިޗު 2017

ސްކޫލުތަކުގެ ކިޔެވުން ފެށޭތީ، ފްލޫ ކްލިނިކް އަލުން އައިޖީއެމްއެޗަށް ބަދަލު ކުރަނީ

23 މާރިޗު 2017
 ސްކޫލުތަކުގެ ކިޔެވުން ފެށޭތީ، ފްލޫ ކްލިނިކް އަލުން އައިޖީއެމްއެޗަށް ބަދަލު ކުރަނީ
21 މާރިޗު 2017

މަޚްލޫފްއަށް ބޭނުންވާ އިންޖެކްޝަނެއް ނުލިބިގެން އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި

21 މާރިޗު 2017
މަޚްލޫފްއަށް ބޭނުންވާ އިންޖެކްޝަނެއް ނުލިބިގެން އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި
21 މާރިޗު 2017

ސްކޫލުތަކުގެ ކިޔެވުން ފެށޭ ނަމަ މި ހަފްތާ ނިމުމުގެ ކުރިން އަންގާނެ: އެޑިއުކޭޝަން މިނިސްޓްރީ

21 މާރިޗު 2017
ސްކޫލުތަކުގެ ކިޔެވުން ފެށޭ ނަމަ މި ހަފްތާ ނިމުމުގެ ކުރިން އަންގާނެ: އެޑިއުކޭޝަން މިނިސްޓްރީ
13 މާރިޗު 2017

މައުލޫމާތު ނުލިބިގެން މިދިޔަ އަހަރު ހުށަހަޅާފައި ވަނީ 53 މައްސަލަ: އިންފޮމޭޝަން ކޮމިޝަނަރ

13 މާރިޗު 2017
މައުލޫމާތު ނުލިބިގެން މިދިޔަ އަހަރު ހުށަހަޅާފައި ވަނީ 53 މައްސަލަ: އިންފޮމޭޝަން ކޮމިޝަނަރ
01 ފެބުރުއަރީ 2017

ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި

01 ފެބުރުއަރީ 2017
ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި
24 ޖެނުއަރީ 2017

ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ

24 ޖެނުއަރީ 2017
ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް