Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އޮމަދޫ ބަނދަރު

އޮމަދޫ ބަނދަރުގެ މަސައްކަތް ހުއްޓިފައި އޮންނަތާ 2 އަހަރު!

މިމަޝްރޫއުގެ މަސައްކަތް ވަކި ހިސާބަކުން ހުއްޓުމަކަށް އައިސްފައިވަނީ ކޮންސެޕްޓަށް ބަދަލުތަކެއް ގެންނަން ބޭނުންވެގެން

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 5 އެޕްރީލު 2025 | ހޮނިހިރު 07:25
އޮމަދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ވަނީ ހުއްޓިފައި - 05-04-2025

އޮމަދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ވަނީ ހުއްޓިފައި - 05-04-2025

އދ. އޮމަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ހުއްޓިފައި އޮންނަތާ 2 އަހަރު ވެފައިވާ ކަމަށް އޮމަދޫ ކައުންސިލުން ބުނެފި އެވެ.

ރާއްޖެއެމްވީ އާއި ވާހަކަ ދައްކަވަމުން އޮމަދޫ ކައުންސިލްގެ ރައީސް އިބްރާހިމް އާދިލް ވިދާޅުވީ 2023 ވަނަ އަހަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މިމަޝްރޫއުގެ މަސައްކަތް ވަކި ހިސާބަކުން ހުއްޓުމަކަށް އައިސްފައިވަނީ ކޮންސެޕްޓަށް ބަދަލުތަކެއް ގެންނަން ބޭނުންވެގެން ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ނިމިދިޔަ ސަރުކާރުން މަސައްކަތް ފެށި ނަމަވެސް ކޮންސެޕްޓަށް ގެންނަން ބޭނުންވާ ބަދަލުތަކާއި އެކު މަސައްކަތް އަލުން ނުފެށި ވަނިކޮށް ވެރިކަން ބަދަލުވެގެންދިޔުމުން، ކޮންމެވެސް ވަރެއްގެ ޑިލޭތަކެއް އައުމަށްފަހުން، ކައުންސިލުން ބޭނުންވާ ގޮތަށް ކޮންސެޕްޓަށް ބަދަލު ގެނެސް މިސަރުކާރުން ފައިނަލްކޮށްދިން ކަމަށް އާދިލް ވިދާޅުވި އެވެ. ނަމަވެސް އަނެއްކާވެސް މިނިސްޓްރީން ބޭނުންވީ ފައިނަލްކުރި ކޮންސެޕްޓް ބާތިލްކޮށް އައު ކޮންސެޕްޓަކަށް ދާން ކަމަށާއި އެއީ ކައުންސިލުން ބޭނުންވި ގޮތެއް ނޫން ކަމަށްވެސް އާދިލް ވިދާޅުވި އެވެ. ސަބަބަކީ ސަރުކާރުން ފަހުން ބޭނުންވި ކޮންސެޕްޓްގައި ބަނދަރުގެ ބޭރު ތޮށި ބޭނުން ނުކުރެވޭ ކަމަށާއި އޮމަދޫއަކީ ލޯކަލް ޓުއަރިޒަމް ފުޅާވަމުން އަންނަ ރަށަކަށްވެފައި ބޭރު ތޮށީގެ ބޭނުން އެކިއެކި ކަންކަމުގައި ބޭނުންކުރަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މަސައްކަތް ހުއްޓިފައި އޮންނަތާ 2 އަހަރު. އެމްޑިޕީ ސަރުކާރުގައި ހުއްޓާލީ ކޮންސެޕްޓަށް ބަދަލު ގެނައުމަށް. ކޮންސެޕްޓް ފައިނަލް ނުވެ ވަރަށް ގިނަ ދުވަސްތަކެއްވި. ކޮންސެޕްޓަށް ބަދަލު ގެނެސް އަލުން މަސައްކަތް ފައްޓަންވެސް އުޅުނު. ނަމަވެސް އަނެއްކާވެސް އިތުރު ކޮންސެޕްޓެއް ހެދި އިރު ކައުންސިލުން ބޭނުންވާ ގޮތަކަށް ނޫން އޮތީ. މަސައްކަތް ލަސްވެގެންދަނީ މިސަބަބާއި ހުރެ.
އޮމަދޫ ކައުންސިލްގެ ރައީސް އިބްރާހިމް އާދިލް

އޮމަދޫއަށް ދިމާވެފައިވާ ބަނދަރުގެ މައްސަލައާއި ގުޅިގެން މީހުން ދިރިއުޅޭ ރަށަކަށް ލިބޭނެ އެންމެ ބޮޑު ގެއްލުން މިހާރު އެރަށުގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ ކަމަށާއި އެގޮތުން ރަށުގެ މަލަމަތި ފެންނަނީ ވީރާނާވެފައިވާ ތަނެއްގެ ގޮތުގައި ކަމަށް އާދިލް ވިދާޅުވި އެވެ. އަދި ބަނދަރުގެ ޖާގައިގެ ދަތިކަން އިންތިހާއަށް ގޮސްފައިވާއިރު މޫސުމް ގޯސްވެއްޖެ ނަމަ ބަނދަރު ބޭނުންނުކުރެވޭ ކަމަށްވެސް އާދިލް ވިދާޅުވި އެވެ.

އެގޮތުން މޫސުމް ގޯސްވާ ދުވަސްވަރު ރަށުގެ ރައްޔިތުން ނުނިދާ ބަނދަރުގައި އަޅާފައިވާ ލޯންޗާއި ދޯނި ފަހަރުތައް ސަލާމަތްކުރުމަށް މަސައްކަތްތަކެއް ކުރާ ކަމަށާއި، މިހާތަނަށް އައި އިރު ތިން ލޯންޗެއް އަޑިއަށް ގޮސް މިލިއަނުން ގެއްލުންތައް ލިބިފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަދި އޮމަދޫ އަކީ ކަންނެލި މަސްވެރިކަންވެސް ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ރަށެކެވެ.

އދ. އޮމަދޫ ބަނދަރު ތަރައްގީ ކުރުމުގެ މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކޮށްފައިވަނީ 630 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 72،322،592.58 ރުފިޔާއަށެވެ.

މި މަޝްރޫއުގެ ދަށުން 49،765 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އައު ބަނދަރު ފުން ކުރުމާއި 12،105 ކިއުބިކް މީޓަރުގެ ނެރު ފުން ކުރުމާއި ބްރޭކްވޯޓަރ ޖެހުމާއި ރިވެޓްމަންޓް ޖެހުމާއި އެއްގަމުތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ. އަދި ސްކޯރިން އޭޕްރަން ޖެހުމާއި މޫރިންގ ރިންގު ހަރުކުރުމާއި ރޭމްޕު ހެދުމާއި އެކްސެސް ޕްލެޓްފޯމް އެޅުން ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން 150 މީޓަރުގެ ދެ ކޮންކްރީޓް ޖެޓީ ހެދުމާއި ނެވިގޭޝަން ލައިޓްހަރުކުރުމާއި މަގު ބައްތި ހަރުކުރުމާއި ޕޭވްމަންޓު ހެދުމުގެ މަސައްކަތް ވެސް އެމްޓީސީސީން ކުރާނެ ކަމަށް މިއެއްބަސްވުމުގައިވެ އެވެ.

އާދިލް ވިދާޅުވީ މަސައްކަތް ހުއްޓިފައިވާއިރު، މުޅި ބަނދަރު ސަރަހައްދުގައި މިމަސައްކަތްކުރުމަށް އެމްޓީސީސީން ގެނައި ދަނގަޑާއި އެނޫންވެސް ގިނަ އަދަދެއްގެ ސާމާނު ޖަމާކޮށްފައި ހުރުމުން، ތަކްލީފްތަކާއި އެކު ބަނދަރު ބޭނުންކުރަމުންދާ މީހުންނަށް އިތުރު ތަކްލީފްތަކާއި ކުރިމަތިވެފައިވާ ކަމަށެވެ.

17 އަށްވުރެ ގިނަ ގެސްޓްހައުސް މިވަގުތުވެސް އޮޕަރޭޓްކުރަމުންދާ އޮމަދޫގެ ގެސްޓްހައުސްތަކުގެ ވެރިންވެސް ވަނީ، ބަނދަރުގެ ދަތިކަން ހުރުމުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު