Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފާރިސް މައުމޫނު

ފާރިސް ބަންދުން ދޫކޮށްލުމުގެ އަމުރެއް ޕީޖީ ނެރެދިނުމަށް އެދިއްޖެ

24 އޯގަސްޓު 2017 | ބުރާސްފަތި 13:16

ފާރިސްގެ ބަންދުގައި ބަހައްޓާފައިވަނީ ޖިނާއީ ކުޑަ ކުށެއްގެ ތުހްމަތުގައި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 24 އޯގަސްޓު 2017 | ބުރާސްފަތި 13:16
ފާރިސް ކަރެކްޝަނުގެ ބެލުމުގެ ދަށުން ކޯޓަށް ހާޒިރު ކުރަނީ:--

ފާރިސް ކަރެކްޝަނުގެ ބެލުމުގެ ދަށުން ކޯޓަށް ހާޒިރު ކުރަނީ:--

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ދޫކޮށްލުމުގެ އަމުރެއް ނެރެދެއްވުމަށް ޕްރޮސެކިއުޓާ ޖެނަރަލް އައިޝަތު ބިޝާމް އަރިހުން އޭނާ ދިފާއީ ވަކީލުން އެދިއްޖެ އެވެ.

ފާރިސްގެ ދިފާއީ ވަކީލް މައުމޫނު ހަމީދު ޕީޖީއަށް ފޮނުއްވި ސިޓީގައި ފާރިސް ހުންނެވީ ގާނޫނީ ބަންދެއްގައި ކަމަށް ބެލެވެން ނެތީތީ ފާރިސް ބަންދުން ވަގުތުން މިނިވަން ކުރުމުގެ އަމުރެއް ލަސް ނުކުރައްވާ ނެރެއްދެއްވުމަށް އެދިވަޑައިގެންފައިވެ އެވެ.

Advertisement - newsAdvertisement

މިދިޔަ ޖުލައި މަހުގެ 19 ގައި ކްރިމިނަލް ކޯޓުގައި ބޭއްވުނު ޝަރީއަތުގެ މަޖިލީހުގައި ޕީޖީ އެދިފައި ވަނީ ފާރިސްގެ މައްޗަށް ކުރެވޭ ތުހްމަތަކީ ބޮޑު ކުށެއްގެ ތުހްމަތު ކަމަށް ވާތީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކަމަށް އެ ސިޓީގައި ފާހަގަ ކޮށްފައިވެ އެވެ. އަދި ފާރިސް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނިންމާފައިވާ ސަބަބުތަކުގެ ތެރޭގައި ތުހްމަތު ކުރެވެނީ "ޖިނާއީ ބޮޑު ކުށަކަށް ކަމަށް ވާތީ" ކަމަށް ބުނެފައިވީ ނަމަވެސް ފާރިސްއާއެކު ރިޝްވަތުގެ ދިނުމުގައި ބައިވެރިވި ކަމަށް ތުހްމަތު ކުރި އަހްމަދު ޝާފިއު ދޫކޮށްލަން ހައި ކޯޓުން ކުރި ހުކުމުގައި ރިޝްވަތުގެ ކުށަކީ "ޖިނާއީ ބޮޑު ކުށެއްގެ ތުހްމަތު ނޫން" ކަމަށް ނިންމާފައިވާކަން އެ ސިޓީގައި ވަނީ ފާހަގަ ކުރައްވާފަ އެވެ.

"އަހްމަދު ފާރިސްގެ މައްޗަށް ތުހްމަތު ކުރެވޭ ކަމަށްވިދާޅުވާ މައްސަލަ އަކީ ޖިނާއީ ބޮޑު ކުށެއްގެ މައްސަލައެއް ކަމަށް ވިދާޅުވެވޭނެ ގާނޫނީ އެއްވެސް ހަމައެއް ނެތްކަން ކަމަނާއަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެކަމުގައި އަޅުގަނޑު ދެކެމެވެ." އެ ސިޓީގައިވެ އެވެ.

އަދިއެހެންމެ މީހެއްގެ މައްޗަށް ތުހްމަތު ކުރެވިފައިވަނީ ޖިނާއީ ކުޑަ ކުށެއްގައި ކަމަށްވާނަމަ އެމީހަކު 15 ދުވަހަށް ވުރެ ދިގު މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްގެންނުވާނެ ކަމަށް ހައި ކޯޓުން ކަނޑައަޅާފައިވާކަން ވެސް ސިޓީގައި ފާހަގަކޮށްފައިވެ އެވެ. އަދި ޖިނާއީ ކުޑަ ކުށެއްގައި ފާރިސް މައުމޫނު ބަންދުގައި ހުންނަވާތާ ބުރާސްފަތި ދުވަހަށް 37 ދުވަސް ވެފައިވާކަން ވެސް އެ ސިޓީގައިބުނެފައިވެ އެވެ.

ފާރިސް މައުމޫން ދޫކޮށްލުމުގެ ވަގުތީ އަމުރަކަށް އެދިފައިވާ މައްސަލާގައި އަވަހަށް ގޮތެއް ނިންމަދޭން ހައި ކޯޓުގައި ވެސް ވަނީ އެދިފަ އެވެ.އެ ސިޓީގައި ވަނީ ފާރިސްގެ މައްޗަށް ތުހްމަތުކުރާ ރިޝްވަތު ދިނުމުގެ ދައުވާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކުރި އަމުރުގެ އިސްތިއުނާފު ނުނިމިވާތީ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ. އެ މައްސަލާގެ އިސްތިއުނާފުގެ އަޑުއެޑުއެހުންތައް ހައި ކޯޓުން ނިންމާލައި ހުކުމާއި ހަމައަށް ގޮސްފައިވާކަން އެ ސިޓީގައި ފާހަގަ ކުރައްވާފަވެ އެވެ. އަދި އެ މައްސަލައިގެ އަޑުއެހުންތައް މި މަހުގެ ހަ ވަނަ ދުވަހާއި ނުވަނަ ދުވަހު ބޭއްވުމަށް ފަހު އަޑުއެހުންތައް ނިމިފައިވާކަން ފަނޑިޔާރުން ވަނީ އިއުލާން ކުރައްވާފަ އެވެ. އަދި އެ މައްސަލާގެ އަޑުއެހުމެއް މި މަހުގެ 20 ވަނަ ދުވަހަށް ތާވަލު ކުރުމަށް ފަހު ވަނީ ކެންސަލް ކޮށްފަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

ފިރިމީހާ ސަލާމަތްކުރަން ޕީޖީގެ ވަކީލަކު ލިޔެކިޔުންތަކަށް ބަދަލުގެނައި މައްސަލައެއް ފެންމަތިވެއްޖެ

25 ފެބުރުއަރީ 2017
ފިރިމީހާ ސަލާމަތްކުރަން ޕީޖީގެ ވަކީލަކު ލިޔެކިޔުންތަކަށް ބަދަލުގެނައި މައްސަލައެއް ފެންމަތިވެއްޖެ
22 ފެބުރުއަރީ 2017

ބިޝާމްއާ މެދު ހިތްހަމަނުޖެހިގެން ޕީޖީގެ ފުންނާބު އުސް ދެ ވަކީލަކު އިސްތިއުފާ ދީފި

22 ފެބުރުއަރީ 2017
ބިޝާމްއާ މެދު ހިތްހަމަނުޖެހިގެން ޕީޖީގެ ފުންނާބު އުސް ދެ ވަކީލަކު އިސްތިއުފާ ދީފި
20 ފެބުރުއަރީ 2017

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި އެޖެންޑާ ކޮށްފި

20 ފެބުރުއަރީ 2017
ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި އެޖެންޑާ ކޮށްފި
19 ފެބުރުއަރީ 2017

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި

19 ފެބުރުއަރީ 2017
ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި
05 ފެބުރުއަރީ 2017

ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

05 ފެބުރުއަރީ 2017
ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި
02 ފެބުރުއަރީ 2017

ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި

02 ފެބުރުއަރީ 2017
ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
23 ޖެނުއަރީ 2017

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

23 ޖެނުއަރީ 2017
ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ
23 ޖެނުއަރީ 2017

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް