Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބްރިޖުގެ މަސައްކަތް

ބްރިޖުގެ އިތުރު ތަނބުތަކަށް ކޮންކްރިޓް އެޅުމުގެ މަސައްކަތް ދަނީ ކުރިއަށް: މިނިސްޓަރު

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ތަނބަތަކެއް ފެންނާނެ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 1 ޖޫން 2017 | ބުރާސްފަތި 10:17
ބްރިޖުގެ ތަނބުތަކަށް ކޮންކްރިޓް އެޅުމުގެ މަސައްކަތް ދަނީ ކުރިއަށް

ބްރިޖުގެ ތަނބުތަކަށް ކޮންކްރިޓް އެޅުމުގެ މަސައްކަތް ދަނީ ކުރިއަށް

މާލެއާ ހުޅުލެއާ ދެމެދު އަޅަމުންދާ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ އިތުރު ތަނބުތަކަށް ކޮންކްރިޓް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބްރިޖުގެ މަސައްކަތްދާ ގޮތާ ގުޅޭ ގޮތުން މިނިސްޓަރު މުއިއްޒު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ބްރިޖުގެ މަސައްކަތް ކަޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށެވެ. އަދި އެކަން ހާމަ ކުރެއްވުމުގެ ގޮތުން ބްރިޖުގެ ބައެއް ތަނބުތައް ފެނުން މައްޗަށް އަރާފައިވާ މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއް މިނިސްޓަރު ވަނީ ޓްވީޓް ކުރައްވާފައެވެ.

Advertisement - newsAdvertisement

މިނިސްޓަރު ވިދާޅުވެފައި ވަނީ މިހާރު ފެނުން މަށްޗަށް ފެންނަ ތަނބުތަކުގެ އިތުރުން ވެސް އިތުރު ތަނބުތަކަށް ކޮންގްރިޓް އެޅުމުގެ މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށެވެ. އަދި ކަނޑައެޅިފައިވާ ގޮތަށް އެ މަސައްކަތްދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވެފައިވާ ގޮތުގައި މިހާރު މަސައްކަތް ދާ ސްޕީޑުގައި ކުރިޔަށްދާ ނަމަ، ކުރިޔަށް އޮތް ތިން ހަފްތާއެއްހާ ދުވަސް ތެރޭގައި މައި ބްރިޖުގެ ކޮންކްރީޓް ތަނބު ފެންނާނެއެވެ. އަދި މިއަހަރު ނިމުމުގެ ކުރިން ހުރިހާ ތަނބެއް ވެސް ފެންނާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.

މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭގައި، މާލެއިން ބްރިޖަށް އަރާ ދިމާލުގެ ބައެއް ނިމޭނެ ކަމަށާއި، "ހަގީގީ ބްރިޖުގެ ޑެކު މަތީގައި ހިނގާލުމުގެ ފުރުސަތު"، ބްރިޖު މަސައްކަތުގައި އުޅޭ އިންޖިނިއަރުންނާއި މަސައްކަތްތެރީންނަށް ލިބިގެންދާނެ ކަމަށެވެ.

ބްރިޖުގެ ތަނބުތަކަށް ކޮންކްރިޓް އެޅުމުގެ މަސައްކަތް ކުރިއަށްދާއިރު ބްރިޖު މެދުވެރިކޮށް މާލެ އާއި ހުޅުމާލޭގެ ފެނުގެ ނިޒާމް ގުޅުވާލަން ނިންމައި، ހޮޅިލައިން އެޅުމަށްޓަކައި މަސައްކަތުގެ ޑިޒައިން ހެދުމަށް ޗައިނާ ކުންފުންޏަކާ ވަނީ ހަވާލުކޮށްފައެވެ.

އެ މަސައްކަތް ހަވާލުކުރީ ސީސީސީ ސެކަންޑް ހާބަރ އިންޖިނޭރިންއާ އެވެ. އެކުންފުންޏަކީ ބްރިޖުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަ ކުންފުންޏެވެ. އެމަސައްކަތުގެ އަގަކީ ދެލައްކަ ޑޮލަރު (ތިން މިލިއަން ރުފިޔާ) އެވެ. އަދި މަސައްކަތް ހަވާލުކުރީ 70 ދުވަސް ތެރޭ ނިންމާ ގޮތަށެވެ.

މީގެ އިތުރުން މާލެ، ހުޅުލެ، އަދި ހުޅުމާލެއަށް އެއް ވިއުގައަކުން ކަރަންޓް ފޯރުކޮށްދިނުމަށްޓަކައި އަޅާ ޕަވަރ އިންޓަކަނެކްޝަން ނެޓްވޯކް ޤާއިމުކުރާނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން ވަނީ އިއުލާން ކޮށްފައެވެ.

ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ އެމަސައްކަތް ކުރަން ޝައުގުވެރިވާ ފަރާތްތަކަށް ބިޑު ކުރުމުގެ ފުރުސަތު ހުޅުވާލައިފައެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި އެ މަޝްރޫއުގެ ދަށުން އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމަށް ހަމަޖެހިފައި ވަނީ ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުންނެވެ.

އެ މަސައްކަތް ކުރަން ޝައުގުވެރިވާ ފަރާތްތަކަކީ އެފަދަ މަސައްކަތް ކުރެވޭ ފެންވަރުގެ މާލީ ގާބިލުކަން ލިބިފައިވާ ކުންފުންޏަކަށް ވެފައި، އެ ނެޓްވޯކަކީ މާލެ، ހުޅުމާލެ، ހުޅުލޭގައި ޤާއިމުކުރެވިފައިވާ ކަރަންޓު ވިއުގަ ބޭނުންކޮށްގެން، ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ޤާބިލުކަން ލިބިގެންވާ ނެޓްވޯކަކަށް ވާން ޖެހޭ ކަމަށް ވެސް އެ އިއުލާނުގައި ވެއެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި

01 ފެބުރުއަރީ 2017
އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި
31 ޖެނުއަރީ 2017

ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

31 ޖެނުއަރީ 2017
ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ
30 ޖެނުއަރީ 2017

ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

30 ޖެނުއަރީ 2017
ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު