Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހައުސިން މިނިސްޓަރު މުއިއްޒު

މިނިސްޓަރ މުއިއްޒު 5.9 މިލިއަން ރުފިޔާއަށް ރޯހައުސްއެއް ބައްލަވައިގެންފި

މުއިއްޒު ބައްލަވައިގަތީ 3،388 އަކަފޫޓްގެ ރޯ ހައުސްއެއް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 24 އޯގަސްޓު 2017 | ބުރާސްފަތި 15:23
ހައުސިންގ މިނިސްޓަރ މުއިއްޒު:ގިނަބައެއްގެ ފާޑު ކިއުން އަމާޒުވެފައިވޭ

ހައުސިންގ މިނިސްޓަރ މުއިއްޒު:ގިނަބައެއްގެ ފާޑު ކިއުން އަމާޒުވެފައިވޭ

ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ހުޅުމާލެއިން 5.9 މިލިއަން ރުފިޔާއަށް ރޯހައުސްއެއް ބައްލައްވައިގެންފިއެވެ.

ޑރ.މުއިއްޒު ހުޅުމާލެއިން ރޯ ހައުސްއެއް ބައްލަވައިގެންފައި ވަނީ 5،919،500 ރުފިޔާއަށެވެ. ފައިސާ ދައްކާ ހަލާސްކޮށް ވިޔަފާރި އަގުދު ކޮށްފައިވާތީ މުއިއްޒު ބައްލަވައިގެންނެވި ފްލެޓު މިހާރުވަނީ މިލުކުވެރިކަން މުއިއްޒުގެ ނަން މައްޗަށް ބަދަލުކޮށް މިލްކު ކޮށްދީފައެވެ. އެގޮތަށް ސިވިލް ކޯޓުގެ ހުޅުމާލޭ ޑިވިޝަނުން ބުދަ ދުވަހު ވަނީ ހުކުމް އިއްވާފައެވެ. އެ ހުކުމުގައި އެއީ މުއިއްޒު ރޯ ހައުސްއެއް ބައްލަވައިގެންނެވި ފުރަތަމަ ފަހަރު ކަމަށްވާތީ ބިމާ ބެހޭ ގާނޫނުގެ ދަށުން ޓެކްސް ދައްކަން ނުޖެހޭނެ ކަމަށް ވެސް ވަނީ ކަނޑައަޅާފައެވެ.

Advertisement - newsAdvertisement

މުއިއްޒު ބައްލަވައިގަތީ 3،388 އަކަފޫޓްގެ ރޯ ހައުސްއެކެވެ.

މުއިއްޒުގެ އިތުރުން ވެސް ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ސިޔާސީ ދާއިރާގައި ވަރަށް އިސްކޮށް އުޅުއްވާ ބައެއް ބޭފުޅުން، އެންމެ ފަހުން ވިއްކި ރޯ ހައުސްތައް ބައްލަވައިގެންފައިވެ އެވެ.

މިނިސްޓަ މުއިއްޒު ރާއްޖެ އެމްވީއަށް ވިދާޅުވި ގޮތުގައި ރޯހައުސް ބައްލަވައި ގަތީ ހުޅުމާލޭގައި ރެއިންބޯއިން ތަރައްގީކުރާ ރޯހައުސްތަކުންނެވެ. އެތަން ބައްލަވައިގަތީ އަމިއްލަފުޅަށް އެއްފަހަރާ ފައިސާ ދައްކަވާފައި ނޫން ކަމަށާއި ފައިސާ ދެއްކެވީ އެޗްޑީއެފްސީގައި މޯގޭޖްކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ. އެ ރޯހައުސްގެ ޑައުން ޕޭމަންޓް ދެއްކީ، މުއިއްޒުގެ ބައްޕާފުޅުގެ ތަރިކައިން ލިބިފައިވާ ފައިވާ ފައިސާއިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު