Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސީރިއާ އަށް ދިން ހަމަލާ

އިސްރާއީލުން ސީރިއާގެ ސަރަޙައްދުތަކަށް ދިން ހަމަލާތައް ސައުދީ އިން ކުށްވެރިކޮށްފި

ސައުދީ އަރަބިއްޔާއިން ބުނެފައިވަނީ، ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް ސީރިއާގެ މިނިވަންކަމާއި ސަލާމަތަށް އިސްރާއީލުން ކުރަމުންދާ ނުރައްކާތެރި ޢަމަލުތައް އެ ޤައުމުން ބަލައިނުގަންނަ ކަމަށެވެ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 4 އެޕްރީލު 2025 | ހުކުރު 08:33
ސީރިއާގެ ދެކުނު ހަމާ ގަވަރުނަރުގައި އިސްރާއީލުން ދިން ހަމަލާއެއްގައި އުޅަނދުތަކެއް ހަލާކުވެފައި

ސީރިއާގެ ދެކުނު ހަމާ ގަވަރުނަރުގައި އިސްރާއީލުން ދިން ހަމަލާއެއްގައި އުޅަނދުތަކެއް ހަލާކުވެފައި

ސައުދީ އަރަބިއްޔާއިން އިސްރާއީލުން ސީރިއާ އަށް ދިން ހަމަލާތައް ކުށްވެރިކޮށްފިއެވެ.

ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓްރީން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި، ސީރިއާގެ ފަސް ސަރަޙައްދަކަށް އިސްރާއީލުން ދިން ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވެއެވެ. މި ހަމަލާތަކުގައި ގިނަ އަދަދެއްގެ އާންމު ރައްޔިތުންނާއި ސިފައިން މަރުވެފައިވެއެވެ.

ސައުދީ އަރަބިއްޔާއިން ބުނެފައިވަނީ، ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް ސީރިއާގެ މިނިވަންކަމާއި ސަލާމަތަށް އިސްރާއީލުން ކުރަމުންދާ ނުރައްކާތެރި ޢަމަލުތައް އެ ޤައުމުން ބަލައިނުގަންނަ ކަމަށެވެ.

އދ. އިން ސީރިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެއިރް ޕެޑަރސަން ވެސް އިސްރާއީލުގެ މި ހަމަލާތައް ކުށްވެރިކޮށް، މިފަދަ ޢަމަލުތަކުން ސީރިއާގެ ހަމަޖެހުމަށް ބުރޫއަރާނެކަމަށް ވިދާޅުވެފައިވެއެވެ. ސީރިއާގެ އެއާޕޯޓްތަކާއި އަސްކަރީ މަރުކަޒުތަކަށް އިސްރާއީލުން ހަމަލާދެމުންދާކަމަށް ސީރިއާއިން ތުހުމަތުކޮށްފައިވެއެވެ.

ސީރިއާގެ ދެކުނު ސަރަޙައްދުގައި ހިންގި އޮޕަރޭޝަނެއްގައި 13 މީހުން މަރުވެފައިވާކަމަށް ސީރިއާއިން ބުނެފައިވެއެވެ. ނަމަވެސް އިސްރާއީލުން ބުނެފައިވަނީ އެއީ އެ ޤައުމުގެ ސިފައިންނަށް އަމާޒުކޮށްފައިވާ ހަމަލާތަކަށް ދިން ޖަވާބެއްގެ ގޮތުގައެވެ.

ޕެޑަރސަން ގޮވާލާފައިވަނީ އިސްރާއީލުގެ މި ހަމަލާތައް ހުއްޓާލުމަށާއި، ސަލާމަތީ ކަންކަން ހައްލުކުރުމަށް ޑިޕްލޮމެޓިކް މަގުތައް އިސްކުރުމަށެވެ. އަދި އިތުރަށް ކަންކަން ގޯސްވިޔަ ނުދިނުމަށް އެންމެހާ ފަރާތްތަކުން މަސައްކަތްކުރުމަށް އޭނާ އިލްތިމާސްކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

07 ފެބުރުއަރީ 2017
 ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި
05 ފެބުރުއަރީ 2017

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި
02 ފެބުރުއަރީ 2017

އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

02 ފެބުރުއަރީ 2017
އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި
01 ފެބުރުއަރީ 2017

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު