Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ހަންގޭރީ އައިސީސީން ވަކިވެއްޖެ

ނަތަންޔާހޫގެ ދަތުރާއެކު އައިސީސީ އިން ވަކިވާން ހަންގޭރީ އިން ނިންމައިފި

އެމެރިކާއިން އައިސީސީއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ފަހު ފެބްރުއަރީ މަހު އެ ޚިޔާލު އެންމެ ފުރަތަމަ ހިޔާލު ހުށަހެޅުއްވި އޮރްބަން ވިދާޅުވީ އިސްރާއީލާ މެދު ނިންމި ނިންމުންތައް ސިޔާސީ ވެފައިވާ ކަމަށް.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 3 އެޕްރީލު 2025 | ބުރާސްފަތި 16:11
ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ)

ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ)

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ދަތުރާއެކު އައިސީސީން ވަކިވާނެ ކަމަށް ހަންގޭރީން ބުނެފި އެވެ.

ހަންގޭރީގެ ސަރުކާރުން ބައިނަލްއަގްވާމީ ކްރިމިނަލް ކޯޓުން ވަކިވާނެކަން އިއުލާންކޮށްފައި ވަނީ ބޮޑުވަޒީރު ވިކްޓަރ އޮރްބަން އަށް އިސްރާއީލުގެ ވަޒީރު ބެންޖަމިން ނަތަންޔާހޫ އައިސީސީން ހައްޔަރު ކުރުމުގެ އަމުރެއްގެ މައުޟޫއު ލިބިވަޑައިގަތުމުގެ ކުރިންނެވެ.

އޮރްބަންގެ ޗީފް އޮފް ސްޓާފް ގޭރްގޭލީ ގުލިއަސް ބުރާސްފަތި ދުވަހު ފޭސްބުކްގައި ވިދާޅުވެފައިވަނީ ހަންގޭރީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ވަކިވެއްޖެ ކަމަށާއި، ސަރުކާރުން ބުރާސްފަތި ދުވަހު އެކަން ކުރީ ދުސްތޫރީ އަދި ބައިނަލްއަގްވާމީ ގާނޫނީ އޮނިގަނޑާ އެއްގޮތަށް ކަމަށެވެ.

އެމެރިކާއިން އައިސީސީއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ފަހު ފެބްރުއަރީ މަހު އެ ޚިޔާލު އެންމެ ފުރަތަމަ ހިޔާލު ހުށަހެޅުއްވި އޮރްބަން ވިދާޅުވީ އިސްރާއީލާ މެދު ނިންމި ނިންމުންތައް ސިޔާސީ ވެފައިވާ ކަމަށެވެ.

އޮރްބާންގެ ފިޑޭޒް ޕާޓީގެ އަޣުލަބިއްޔަތު އޮންނަ ހަންގޭރީގެ ގާނޫނު ހަދާ މަޖިލީހުން އެ ބިލު ފާސްކުރާނެ ކަމަށް ބެލެވެ އެވެ. ހަންގޭރީގެ މި އިއުލާނާ ގުޅިގެން އައިސީސީން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

އައިސީސީން ގައުމެއް ވަކިވާނަމަ އެ ހުށަހެޅުމުން އެކަން ހިނގައިގަންނާނީ އެ ހުށަހެޅުމެއް ހުށަހަޅާތާ އަރަހެއް ފަހުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދައުލަތުގެ ފައިސާގައި ޖެހިވަޑައިގެންފައިވާކަމަށް ނަތަންޔާހޫގެ އަނބިކަނބަލުން އެއްބަސްވެވަޑައިގެންފި

ދައުލަތުގެ ފައިސާގައި ޖެހިވަޑައިގެންފައިވާކަމަށް ނަތަންޔާހޫގެ އަނބިކަނބަލުން އެއްބަސްވެވަޑައިގެންފި

16 ޖޫން 2019
އިނގިރޭސިވިލާތުން ތިބެންވާނީ އީޔޫން ވަކިވާން ތައްޔާރަށް: ޓްރަމްޕް

އިނގިރޭސިވިލާތުން ތިބެންވާނީ އީޔޫން ވަކިވާން ތައްޔާރަށް: ޓްރަމްޕް

02 ޖޫން 2019
ނަތަންޔާހޫގެ ވާހަކަތަކާއި ގުޅިގެން އިޒްރޭލުގައި އޮތް ސަމިޓަށް ޕޮލެންޑުގެ ބޮޑުވަޒީރު ނުދާން ނިންމައިފި

ނަތަންޔާހޫގެ ވާހަކަތަކާއި ގުޅިގެން އިޒްރޭލުގައި އޮތް ސަމިޓަށް ޕޮލެންޑުގެ ބޮޑުވަޒީރު ނުދާން ނިންމައިފި

18 ފެބުރުއަރީ 2019
އެމެރިކާގެ އިންޒާރަށް ބިރެއް ނުގަނޭ: އައިސީސީ

އެމެރިކާގެ އިންޒާރަށް ބިރެއް ނުގަނޭ: އައިސީސީ

12 ސެޕްޓެމްބަރު 2018
އައިސީސީގެ ފަނޑިޔާރުންނަށް ދަތިކުރުމުގެ ފިޔަވަޅުއަޅާނެކަމަށްބުނެ އެމެރިކާއިން ބިރުދައްކައިފި

އައިސީސީގެ ފަނޑިޔާރުންނަށް ދަތިކުރުމުގެ ފިޔަވަޅުއަޅާނެކަމަށްބުނެ އެމެރިކާއިން ބިރުދައްކައިފި

10 ސެޕްޓެމްބަރު 2018

އަހަރުތަކުން މިއަދު

15 މެއި
ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު
20251 އަހަރު ކުރިން
ރާއްޖެ

ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު
20233 އަހަރު ކުރިން
މީހުން

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް
20224 އަހަރު ކުރިން
ރާއްޖެ

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ

ވަޅޯމަސް ފްރައިޑް ރައިސް
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ވަޅޯމަސް ފްރައިޑް ރައިސް

ތަރާވީޙް ނަމާދު
20188 އަހަރު ކުރިން
އިސްލާމް

ތަރާވީޙް ނަމާދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު