Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކަރަންޓާއި ފެން ބިލު ބޮޑުވުން

ގަބޫލުނުކުރެވޭ މިންވަރަށް ކަރަންޓު ބިލާއި، ފެން ބިލު ބޮޑު ކަމަށް ބުނެ، އެކަމުގެ ޝަކުވާ އާއްމު ރައްޔިތުން ކުރަން ފަށައިފި

ފެން ބިލު ވެސް ބޮޑު ވީ ހޫނުވުމުގެ ސަބަބުންތޯ ސުވާލު އުފައްދާފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 3 އެޕްރީލު 2025 | ބުރާސްފަތި 09:48
ސްޓެލްކޯގެ ހެޑް އޮފީސް

ސްޓެލްކޯގެ ހެޑް އޮފީސް

ގަބޫލުނުކުރެވޭ މިންވަރަށް ކަރަންޓު ބިލާއި، ފެން ބިލު ބޮޑު ކަމަށް ބުނެ، އެކަމުގެ ޝަކުވާ އާއްމު ރައްޔިތުން ކުރަން ފަށައިފި އެވެ.

ސަރުކާރުން ވަނީ ފެން ބިލާއި ކަރަންޓު ބިލުން ވެސް ރަމަޟާން މަހާ ގުޅިގެން 10 އިންސައްތައިގެ ޑިސްކައުންޓެއް ދީފައެވެ. ނަމަވެސް ފެން ބިލުގެ އިތުރުން ކަރަންޓު ބިލުތައް ބޮޑުވެ، އެކަމުގެ ޝަކުވާ އާންމުން ދަނީ ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ. ބައެއް ގޭބީސީތަކުން ޑިސްކައުންޓްއާއެކު ވެސް ކަރަންޓު ބޭނުންކުރި މިންވަރު ދެ ގުނަވެފައިވާ ކަމަށް އެމީހުން ބުނެފައިވެ އެވެ.

Advertisement - newsAdvertisement

ބައެއް މީހުން ބުނެފައިވަނީ ގޭގައި މީހުން ދިރިނޫޅޭ މަހެއްގައި ކަރަންޓު ބިލާއި ފެން ބިލު ބޮޑުވުމުން އެކަމާ ސުވާލު އުފެދޭ ކަމަށެވެ. މިކަން އެމްޑަބްލިޔުއެސްސީން އަދި ސްޓެލްކޯއިން ސާފުކޮށްދޭން ޖެހޭ ކަމަށާއި، މިއީ އޮޅުވާލުން ކަމަށް އެމީހުން ބުނެފައިވެއެވެ. އަދި ކަރަންޓު ބިލު ބޮޑުވެފައިވަނީ ހޫނު މޫސުމަށް ވެފައި، ގިނައިން ކަރަންޓު ބޭނުންކޮށްފައިވާތީ ކަމަށް ސްޓެލްކޯއިން ބުނާތީ، އެކަމަށް ވެސް ބައެއް މީހުން ރައްދު ދީފައިވެ އެވެ. އެގޮތުން ފެން ބިލު ވެސް ބޮޑު ވީ ހޫނުވުމުގެ ސަބަބުންތޯ ސުވާލު އުފައްދާފައިވެ އެވެ.

ހަމައެއާއެކު ރޯދައަށް ވަކި ބިލެއް ތައްޔާރުކުރާތީވެ، ފެބުރުވަރީ މަހުގެ ބިލު ވަނީ މާ ކުރިން ފޮނުވައިފައެވެ. އަދި ޖަނުއަރީ މަހުގެ ބިލާއި ފެބުރުވަރީ މަހުގެ ބިލް މާ ގާތްގާތުގައި އައުމުން އެކަމުގެ ކަންބޮޑުވުން ވެސް އާއްމު ރައްޔިތުން ކޮށްފައިވެ އެވެ. އަދި ބޭނުންނުކުރާ ޚިދުމަތަކަށް އަގު ނަގަނީ ކަމަށް ބުނެ ވެސް ބައެއް މީހުން ނުރުހުންފާޅު ކޮށްފައިވެ އެވެ.

މީގެ އިތުރުން ބިލުތައް ބޮޑު ކޮށްފައިވަނީ ރަމަޟާން މަހާއި ގުޅިގެން ސަރުކާރުން ދޫކުރި މަސްދަޅު ކޭސްތަކަށް ފައިސާ ހަމަޖެއްސުމުގެ ގޮތުން ކަމަށް ކަމަށް ވެސް ބައެއް މީހުން ތުހުމަތުކޮށްފައިވެ އެވެ.

ބިލުތައް ބޮޑުވެ، އާއްމު ރައްޔިތުންގެ ޝަކުވާ ބޮޑުވެފައިވާއިރު، ސްޓެލްކޯއިން ބުނީ ބިލު ހަދާފައިވަނީ ބޭނުން ކޮށްފައިވާ ކަރަންޓަށް ކަމަށެވެ.

ސްޓެލްކޯއިން ބުނީ އާއްމު ގޮތެއްގައި ކޮންމެ ރޯދަ މަހަކު ވެސް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރު ކަމަށާއި، މިއަހަރުގެ ރޯދަ މަހު ކަރަންޓު ބޭނުން ކޮށްފައިވާ މިންވަރު އިތުރު ކަމަށެވެ. އަދި ވަކިން ޚާއްސަކޮށް ހޫނު މޫސުމާއެކު ވެސް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެފައިވާ ކަމަށް ސްޓެލްކޯއިން ބުނެ އެވެ.

ބިލުތައް ބޮޑުވެ، އާއްމު ރައްޔިތުންގެ ޝަކުވާތައް ބޮޑުވާނެތީވެ، ސްޓެލްކޯއިން ދިޔައީ ރޯދަ މަހުގެ ތެރޭގައި ކަރަންޓު ބޭނުންވާ މިންވަރު ފެންނަ ގޮތަށް އެ ތަފާސްހިސާބުތައް ސޯޝަލް މީޑިއާގައި އާއްމު ކުރަމުންނެވެ.

ފެން ބިލުތައް ބޮޑުވެފައިވާ މައްސަލައާ ގުޅިގެން އެމްޑަބްކިޔުއެސްސީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި

ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި

18 ފެބުރުއަރީ 2017
ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

14 ފެބުރުއަރީ 2017
ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

12 ފެބުރުއަރީ 2017
ހިތަދޫ ފެނަކަ ބްރާންޗުގެ ޓެކްނީޝަން ކަރަންޓުގައި ޖެހި، އައިސީޔޫގައި ފައުވާދެނީ

ހިތަދޫ ފެނަކަ ބްރާންޗުގެ ޓެކްނީޝަން ކަރަންޓުގައި ޖެހި، އައިސީޔޫގައި ފައުވާދެނީ

11 ފެބުރުއަރީ 2017
"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް

"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް

11 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

23 ޖެނުއަރީ
ބޮލުން އިސްތަށި ފައިބާތީ އޮންލައިކޮށް ގަތް ބޭސް ބޭނުންކުރި މީހެއްގެ ވާހަކަ
20251 އަހަރު ކުރިން
ސިއްހަތު

ބޮލުން އިސްތަށި ފައިބާތީ އޮންލައިކޮށް ގަތް ބޭސް ބޭނުންކުރި މީހެއްގެ ވާހަކަ

އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއަރސްގެ، "ފަރީ" ގްރޫޕާއި އެކު އުމްރާ އަށް ދާން ރަނުގެ ފުރުސަތެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއަރސްގެ، "ފަރީ" ގްރޫޕާއި އެކު އުމްރާ އަށް ދާން ރަނުގެ ފުރުސަތެއް

2 އަހަރުގެ ދަރިފުޅު އަމިއްލައަށް އުނގެނެމުން ދިޔައީ ޓެބްލެޓާއި ޓީވީގެ އެހީގަ: މިއަދު އެއީ އިނގިރޭސިވިލާތަށް ރެކޯޑެއް!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

2 އަހަރުގެ ދަރިފުޅު އަމިއްލައަށް އުނގެނެމުން ދިޔައީ ޓެބްލެޓާއި ޓީވީގެ އެހީގަ: މިއަދު އެއީ އިނގިރޭސިވިލާތަށް ރެކޯޑެއް!

ސީރިއާ ބޯޑަރު ކައިރިން ހައްޔަރުކުރި ފައިޒަންއަށް އުފުލާފައިވާ ދައުވާ: އިންޓެލް ރިޕޯޓަކީ ރަސްމީ ލިއުމެއްކަމާމެދު ބަހުސެއް
20224 އަހަރު ކުރިން
ރާއްޖެ

ސީރިއާ ބޯޑަރު ކައިރިން ހައްޔަރުކުރި ފައިޒަންއަށް އުފުލާފައިވާ ދައުވާ: އިންޓެލް ރިޕޯޓަކީ ރަސްމީ ލިއުމެއްކަމާމެދު ބަހުސެއް

ރިސޯޓް މުވައްޒަފުންނަށް ކަރަންޓީންނުވެ ދެން ދަތުރެއް ނުކުރެވޭނެ
20215 އަހަރު ކުރިން
ރާއްޖެ

ރިސޯޓް މުވައްޒަފުންނަށް ކަރަންޓީންނުވެ ދެން ދަތުރެއް ނުކުރެވޭނެ

24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް ޕީއެންސީ ރަޖީސްޓްރީ ކުރާނަން: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް ޕީއެންސީ ރަޖީސްޓްރީ ކުރާނަން: ގާސިމް

ކުއްލި ގޮތަކަށް ބޭއްވި ކޮމެޓީގައި މެމްބަރު އާމިރުގެ ބަހުގެ ހަމަލާ، ސަރުކާރު މެމްބަރުންނަށް
20188 އަހަރު ކުރިން
ރާއްޖެ

ކުއްލި ގޮތަކަށް ބޭއްވި ކޮމެޓީގައި މެމްބަރު އާމިރުގެ ބަހުގެ ހަމަލާ، ސަރުކާރު މެމްބަރުންނަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު