Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖެއަށް ބޭސް އެތެރެކުރުން

ބޭސް ގެނައުމަކީ އެންމެ ކުންފުންޏަކަށް ކުރެވޭނެ ކަމެއް ނޫން، މިހާތަނަށް އާސަންދައިން ދޫކުރަން ޖެހޭ ފައިސާ ދޫކޮށްފައިނުވޭ: އަމްރު

މީގެ ކުރިން ބޭސް އެތެރެ ކުރަމުންދިޔައީ ޕްރައިވެޓް ކުންފުނިތަކާ ގުޅިގެން އެއްބަސްވުމެއްގެ ދަށުން

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 3 އެޕްރީލު 2025 | ބުރާސްފަތި 08:21
ޓީވީ ޓޯކް ޕްރޮގްރާމްގައި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު ވާހަކަދައްކަވަނީ

ޓީވީ ޓޯކް ޕްރޮގްރާމްގައި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު ވާހަކަދައްކަވަނީ

ރާއްޖެއަށް ބޭނުންވާ ބޭސް ގެނައުމަކީ އެންމެ ކުންފުންޏަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި، ނަމަވެސް މި ސަރުކާރުން އާސަންދައިން ދޫކުރަންޖެހޭ ފައިސާ ޕްރައިވެޓް ސެކްޓަރތަކުގެ ބޭސް ފިހާރަތަކަށް ދޫކޮށްފައިނުވާ ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ''ޓީވީ ޓޯކް'' ޕްރޮގްރާމްގައި އަމްރު ވިދާޅުވީ މި ސަރުކާރުގެ ކުރިން އެސްޓީއޯއިން ރާއްޖެއަށް ބޭނުންވާ ބޭސްތައް އެތެރެ ކޮށްފައިވަނީ ވަރަށް ހަރުދަނާ އުސޫލެއްގެ ތެރެއިން ކަމަށާއި، ރައްޔިތުންނަށް ބޭސް ލިބުމުގައި ދަތިކަމެއް ކުރިމަތިނުވާ ކަމަށެވެ.

Advertisement - newsAdvertisement

ރާއްޖޭއަށް ބޭނުންވާ ހުރިހާ ބޭހެއް އެންމެ ކުންފުންޏަކުން ގެނައުމަކީ ކުރެވޭނެ ކަމެއް ނޫންކަން ފާހަގަކުރައްވައި އަމްރު ވިދާޅުވީ މީގެ ކުރިން ވެސް ހުރިހާ ބަލިތަކަށް ބޭނުންވާ ބޭސް އެތެރެ ކުރަމުންދަނީ ހަމަ އެކަނި އެސްޓީއޯއިން ނޫން ކަމަށެވެ. އަދި އެ މަސައްކަތް ކުރަމުންދިޔައީ ޕްރައިވެޓް ކުންފުނިތަކާ ގުޅިގެން އެއްބަސްވުމެއްގެ ދަށުން ކަމަށް އަމްރު ވިދާޅުވިއެވެ.

ބޭހުގެ އަގަށް ގެނައި ބަދަލަށް އިޝާރާތް ކުރައްވައި އަމްރު ވިދާޅުވީ އެއްވެސް މަޝްވަރާއެއް ކުރުމެއްނެތި ސަރުކާރުން ގެނައި ސިޔާސަތުގެ ސަބަބުން ޕްރައިވެޓް ސެކްޓަރގެ ފާމަސީތައް ހިންގަން ޖެހުނީ ގެއްލުމުގައި ކަމަށާއި، ފައިދާއެއް ނުވާ ކަމަށެވެ. އަދި ވިދާޅުވީ އާއްމު ރައްޔިތުންނަށް އެފާމަސީތަކުން އާސަންދައިގެ ޚިދުމަތުން ބޭސް ކޮތަޅު ދިން ނަމަވެސް އެ ފާމަސީތަކަށް އާސަންދައިން ދޫކުރަންޖެހޭ ފައިސާ މިހާތަނަށް ދޫކޮށްފައިނުވާ ކަމަށެވެ.

ސަރުކާރުން މިކަނޑައެޅީ ބޭސް އާސަންދައިން އިންނަ އަދަދު ވިއްކާ އަދަދު ވަރަށް ކުޑަކޮށްލަން ޕްރައިވެޓް ސެކްޓަރއަށް ގެންނަ ބޭސްތަކަށް. އެހެންވީމަ ވާ ގޮތަކުން 2 ރުފިޔާއަށް ގެންނަ ބޭސްގުޅަ އެ މިވީ ގޮތަކީ އެ ވިއްކަނީ 5 ރުފިޔާއަށް އާސަންދަ ޕޯޓަލްގައި. އެ ވިއްކަމުން ދަނިކޮށް މި ވައްޓާލަނީ ދެރުފިޔާ ބަޔަށް. އެ ބައި ރުފިޔާ ލިބިގެން ޕްރައިވެޓް ސެކްޓަރއަށް ފާމަސީއެއް ނުހިންގޭ. އެއް ކަމަކަށް. އެނެއް ކަމަކީ މިސަރުކާރު އައިފަހުން އަދި އެއްވެސް ފާމަސީއަކަށް ފައިސާ ދޫކޮށްފައިނުވޭ. ދެން ބަލި ވީމަ ބޭސް ސިޓީ ހިފައިގެން ދާ މީހާ ފާމަސީއަށް ދިޔާމަ ބޭސް ކޮތަޅެއް ތާ މިދެނީ. އެމީހާ މިދަނީ ބޭސް ކޮތަޅު ހިފައިގެން. އެކަމަކު ފާމަސީ މީހާ ދާން މިޖެހެނީ ބޭސް ސިޓީ ހިފައިގެން އާސަންދައަށް ލާރި ހޯދަން. ދިޔާމަ އެ ލާރިއެއް ނުލިބޭ އާސަންދައިން. ނުލިބުނީމަ އޭނަ މިދާންޖެހެނީ ބޭންކްތަކަށް ގޮސްގެން އަނެއްކާ ލޯނު ނަގައިގެން ބޭސް އެތެރެ ކޮށްގެން، އެ ލޯނު ނުދެއްކިގެން މިހާރު އެއުޅެނީ.
އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު

އަމްރު ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ ބޭސްތައް މިހާރު ނުލިބެނީ މިސަރުކާރުގެ ސިޔާސަތުގެ ސަބަބުން ކަމަށެވެ. އަދި ސަރުކާރުން ބޭނުންވަނީ ހަމައެކަނި އެސްޓީއޯއިން ރާއްޖެއަށް ބޭސް އެތެރެ ކުރަން ކަމަށާއި، އެކަން އެގޮތަށް ނުހިނގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިސަރުކާރާއެކު، ދާއިމީ ބަލިތަކަށް ބޭސް ބޭނުންކުރާ މީހުންގެ ބޭސް ނުލިބުމާއި، އާއްމުކޮށް ކުރިން ލިބޭ ބޭސްތައް ވެސް ނުލިބޭ މައްސަލަ ބޮޑެވެ. ކުރިން އާސަންދައިން ދޫކުރަމުންދިޔަ ބޭސްތައް ވެސް އާސަންދައިން ނުލިބޭ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ

ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ

08 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު

ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު

02 ފެބުރުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު