Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާސަންދަ ޚިދުމަތް

އާސަންދައިން ބިލުތަކަށް ފައިސާ ނުދައްކާތީ ލަންކާ ހޮސްޕިޓަލްސް އިން އާސަންދައިގެ ހިދުމަތް ދިނުން މެދުކަނޑާލައިފި

2 އެޕްރީލު 2025 | ބުދަ 02:18

ދިވެހިން ބޭސްފަރުވާގެ ޚިދުމަތް ހޯދަމުންގެންދާ ލަންކާ ހޮސްޕިޓަލްސް އިން ހުށައަޅާފައިވާ ބިލުތަކަށް ފައިސާ ނުދައްކާތީ އާސަންދައިގެ ޚިދުމަތް ވަގުތީ ގޮތުން ވަނީ މެދުކަނަޑާލާފައި

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 2 އެޕްރީލު 2025 | ބުދަ 02:18
ކޮލަމްބޯގައި ހުންނަ ލަންކާ ހޮސްޕިޓަލްސް : ބިލު ތަކަށް ފައިސާ ނުދައްކާތީ އެތަނުން އާސަންދައިގެ ހިދުމަތް ދިނުން ވަނީ މެދުކަނޑާލާފަ

ކޮލަމްބޯގައި ހުންނަ ލަންކާ ހޮސްޕިޓަލްސް : ބިލު ތަކަށް ފައިސާ ނުދައްކާތީ އެތަނުން އާސަންދައިގެ ހިދުމަތް ދިނުން ވަނީ މެދުކަނޑާލާފަ

އާސަންދައިން ބިލުތަކަށް ފައިސާ ނުދައްކާތީ ގިނަ އަދަދެއްގެ ދިވެހިން ހިދުމަތް ހޯދާ ސްރީލަންކާގެ، ލަންކާ ހޮސްޕިޓަލްސް އިން އާސަންދައިގެ ދަށުން ހިދުމަތް ދިނުން މެދުކަނޑާލައިފި އެވެ.

ކޮލަމްބޯގައި ހުންނަ ލަންކާ ހޮސްޕިޓަލްސް އަށް ބޭސްފަރުވާ ހޯދުމަށް ދާ މީހުންނަށް އާސަންދަ ޚިދުމަތް ދިނުން މެދުކަނޑާލާފައި ވާއިރު، މިކަމާ ގުޅިގެން ރާއްޖެ އެމްވީ އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން އާސަންދައިގެ އެމްޑީ އައިމިނަތު ޒީނިޔާ ވިދާޅުވީ ގިނަ ދިވެހިން ބޭސްފަރުވާގެ ޚިދުމަތް ހޯދަމުންގެންދާ ލަންކާ ހޮސްޕިޓަލްސް އިން ބިލުތަކަށް ފައިސާ ނުދައްކާތީ އާސަންދައިގެ ޚިދުމަތް ވަގުތީ ގޮތުން މެދުކަނޑާލާފައި ވާކަމަށެވެ.

Advertisement - newsAdvertisement

ޒީނިއާ ވިދާޅުވީ ފައިސާ ނުދައްކާ ގިނަ އަދަދެއްގެ އައުޓްސްޓޭންޑިންގ ބިލްތަކެއް ފޮނުވާފައި އެބަހުރި ކަމަށާއި އެކަމަށް ހައްލެއް ހޯދުމަށް މިހާރުވެސް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. ނަމަވެސް މިކަމަށް ނަގާނެ ވަކި މުއްދަތެއް އެނގިނުލައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑުމެންނަށް އެމީހުން އެބައިން މެއިލްއެއް ކޮށްލާފަ. އައުޓްސްޓޭންޑިން ބިލްތަކެއް ހުރީމަ، އެމީހުން މިވަގުތު ކްރެޑިޓް އަށް ޚިދުމަތް ނުދޭނެ ކަމަށް ވިދާޅުވެފައި. ދެން އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ވީހާވެސް އަވަހަކަށް އެކަން ހައްލު ކުރެވޭތޯ. މިހާރުވެސް މި ގެންދަނީ އެ މައްސައްކަތް ކުރަމުން .
އާސަންދައިގެ އެމްޑީ އައިމިނަތު ޒީނިޔާ

ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ލަންކާ ހޮސްޕިޓަލްސް އިން އާސަންދައިގެ ހިދުމަތް ދިނުން ހުއްޓާލީ އެތަކެއް މިލިއަން ރުފިޔާއެއް ގެ ބިލުތަކަށް ފައިސާ ނުދައްކާ ހުރުމުންނެވެ.

ލަންކާއަކީ ދިވެހިން ބޭސްފަރުވާގެ ޚިދުމަތް ހޯދުމަށް އެންމެ ގިނައި ދާ އެއް ގައުމެވެ. އެގޮތުން ބޭސްފަރުވާ ހޯދުމަށް އެ ގައުމުގައި ދިގު މުއްދަތަކަށް ދިރިއުޅޭ ދިވެހިން ވެސް ގިނަކަން ފާހަގަކޮށްލަން ޖެހެއެވެ.

ލަންކާގެ ހޮސްޕިޓަލަކުން އާސަންދަ ދިނުން ހުއްޓާލާފައިވާއިރު، މީގެ ކުރިން ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ބޭސްފަރުވާ ހޯދަންދާ އިންޑިއާގެ މަނިޕާލް ހޮސްޕިޓަލުން ވެސް އާސަންދަ ދިނުން ވަނީ ހުއްޓާލާފަ އެވެ. އެކަމާއި ގުޅިގެން އޭރު އާސަންދައިން ބުނެފައިވަނީ އިންޑިއާގެ މަނިޕާލް ހޮސްޕިޓަލާ އެކު އޭރު އެއްބަސްވެފައިވާ އަގުތައް އެ ކުންފުނިން މުރާޖައާ ކުރަމުންދާތީވެ، އާސަންދަ ސްކީމުގެ ދަށުން އެ ހޮސްޕިޓަލަށް ބަލިމީހުން ފޮނުވުން މިވަގުތަށް ހުއްޓާލީ ކަމުގައެވެ.

ލަންކާގެ ހޮސްޕިޓަލަކުން އާސަންދަ ދިނުން ހުއްޓާލާފައިވާއިރު، ޔޫއޭއީ އާއި ތައިލެންޑުގެ ހޮސްޕިޓަލްތަކުން އާސަންދަ ހޯދައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. ނަމަވެސް ޔޫއޭއީ އަދި ތައިލެންޑުން އާސަންދައިގެ ހިދުމަތް ލިބޭނެ ތާރީހު ސާފު ނޫން ކަމަށާއި، ދިރާސާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑޮކްޓަރ ޢާއިޝަތު ޝިހާމް އޭރު ވަނީ ވިދާޅުވެފައެވެ. އޭގެ ފަހުން ވެސް މިއަދާއި ހަމައަށް ވެސް އެ ދެ ގައުމުން ސިއްހީ ހިދުމަތް ހޯދާ ފަރާތްތަކަށް އާސަންދަ ލިބުމުގައި ދަތިތަކެއް ހުރި ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

މި ސަރުކާރު ވެރިކަމަށް އައި ފަހުން އާސަންދައިގެ ހިންގުން ވަނީ ވަރަށް ބޮޑަށް ދޯދިޔާވެފަ އެވެ. އެގޮތުން ކުރިން އާސަންދައިގެ ދަށުން ލިބުނު ގިނަ ބޭސް މިހާރު ނުލިބޭކަމުގެ ޝަކުވާ ވެސް ވަނީ ބޮޑުވެފަ އެވެ. އޭގެ ތެރޭގައި ކެންސަރު އަދި ހަކުރު ބައްޔަށް ފަރުވާ ކުރާ މީހުން ދާއިމަށް ކާން ޖެހޭ ބައެއް ބޭސްތައް ހިމެނެ އެވެ.

މީގެ އިތުރުން ދިވެހިން ކުރިން ބޭނުން ކުރަމުން އައި ވަރަށް ގިނަ ބޭސްތަކެއް މިހާރު އާސަންދައިގެ ދަށުން ނުލިބޭ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
12 ޖެނުއަރީ 2017

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް