Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއެމްއޭގެ ގަވަރުނަރު

އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް ނަސީރު އައްޔަން ކުރައްވައިފި

24 އޯގަސްޓު 2017 | ބުރާސްފަތި 09:47

ނަސީރުގެ ނަން މަޖިލީހަށް ފޮނުއްވީ މިދިޔަ އާދިއްތަ ދުވަހު

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 24 އޯގަސްޓު 2017 | ބުރާސްފަތި 09:47
އެމްއެމްއޭގެ ގަވަރުނަރު ކަމުގެ މަގާމަށް އަހުމަދު ނަސީރު އައްޔަން ކުރައްވައި ލިޔުން ހަވާލުކުރައްވަނީ

އެމްއެމްއޭގެ ގަވަރުނަރު ކަމުގެ މަގާމަށް އަހުމަދު ނަސީރު އައްޔަން ކުރައްވައި ލިޔުން ހަވާލުކުރައްވަނީ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރަނަރު ކަމަށް އަހުމަދު ނަސީރު އައްޔަން ކުރައްވައިފި އެވެ.

އެމްއެމްއޭގެ ގަވަރުނަރު ކަމުގެ މަގާމަށް ނަސީރު އައްޔަނުކުރެއްވި ކަމުގެ ލިޔުން، ނަސީރުއާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވީ، އެކަމަށްޓަކައި ބުރާސްފަތި ދުވަހުގެ މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އެމްއެމްއޭގެ ގަވަރުނަރު ކަމުގެ މަގާމަށް ނަސީރަށް ރުހުން ދެއްވާފައި ވަނީ ސިފައިންގެ ފައުޖުތަކާ އެކު ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުންގެ ޖަލްސާގައި 33 ވޯޓްގެ އިއްތިފާގުންނެވެ. އިދިކޮޅު މެމްބަރުން އެ ވޯޓުގައި ބައިވެރިއެއް ނުވެއެވެ.

މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީންގެ ބައްދަލުވުމަށް ނަސީރު ހާޒިރުކުރައްވައި އިންޓަވިއު ކުރުމަށް ފަހު، ކޮމެޓީގެ މެމްބަރުން ވަނީ 94 މާކްސް ދެއްވާފައެވެ. ކޮމެޓީން ރުހުން އޮތް ކަމަށް ފާސްވަނީ 75 މާކްސްއަށް ވުރެ މަތިން މާކްސް ލިބޭ ނަމައެވެ. އަދި އެކޮމެޓީގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުން ނަސީރަށް ރުހުން އޮތް ކަމަށް ވަނީ ފާސްކޮށްފައެވެ.

އިދިކޮޅު މެންބަރުން އިޖުތިޖާޖު ކުރަމުންދަނިކޮށް، ކޮމެޓީޣެ ރިޕޯޓް އިއްވައި، ނަސީރަށް ރުހުން އޮތް ކަމަށް ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

މިއީ މި ދައުރުގެ ފަހު ޖަލްސާއަށް ވުމުން، މި ޖަލްސާއަށް ފަހު މަޖިލިސް ޗުއްޓީއަށްދާކަން މަސީހު ވަނީ އިއުލާނު ކުރައްވާފަ އެވެ. ބެލެވޭ ގޮތުގައި ތން ވަނަ ދައުރުގެ ޖަލްސާތައް ފެށޭނީ އޮކްޓޯބަރު މަހު އެވެ. ދެވަނަ ދައުރުގެ ތިން މަސް ތެރޭގައި 39 ޖަލްސާ ބާއްވަން ޖެހޭއިރު. ބޭއްވީ މިއަދުގެ ޖަލްސާ ހިމެނޭ ގޮތަށް އެންމެ 11 ޖަލްސާ އެވެ.

ގަވަރުނަރުގެ މަގާމަށް އަަހުމަދު ނަސީރު އައްޔަން ކުރެއްވުމަށް ނިންމެވުމުގެ ކުރިން، އެސިސްޓެންޓް ގަވަރުނަރުގެ މަގާމުގައި ހުންނެވި ނީޒާ އިމާދު އެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސް ޔާމީން ނިންމެވިއެވެ. ނަމަވެސް، ނީޒާގެ ނަން ނެގުމަށް ފަހު ނަސީރު އެ މަގާމަށް އައްޔަން ކުރެއްވުމަށް ނިންމެވުމާއެކު ނީޒާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ގަވަރުނަރުގެ މަގާމު ހުސްވީ، 2014 ވަނަ އަހަރުން ފެށިގެން އެމަގާމުގައި ހުންނެވި ޑރ. އަޒީމާ އާދަމް އިސްތިއުފާ ދެއްވުމުންނެވެ. އަޒީމާ އިސްތިއުފާ ދެއްވީ ފިރިކަލުން އަލީ ނަސީރު (އަލިނީ) އަކީ މިހާރު އދ. ގައި ހުންނަވާ ރާއްޖޭގެ މަންދޫބު ކަމަށް ވުމާ އެކު ދިރިއުޅުއްވުން ނިއު ޔޯކަށް ބަދަލު ކުރެއްވުމަށެވެ.

ގަވަރުނަރުގެ މަގާމަށް އައްޔަން ކުރެއްވުމަށް ނިންމަވާފައިވާ ނަސީރަކީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

ނަސީރަކީ އިކޮނޮމިކްސް އެންޑް މާކެޓިންގެ ދާއިރާއިން ބެޗްލާސް އޮފް ކޮމާސް އަދި ޕޮލިސީ އެކޮނޮމިކްސްގެ ދާއިރާއިން މާސްޓާސް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

އެމްއެމްއޭގެ އިސް މަގާމްތަކެއް ވެސް ފުރުއްވާފައިވާ ނަސީރަކީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި މިހާރު ނަސީރަކީ ކ. އަތޮޅު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރެވެ.

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ސިވިލް ސާރވިސް ކޮމިޝަނަށް ޝަފީގު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި

15 ފެބުރުއަރީ 2017
ސިވިލް ސާރވިސް ކޮމިޝަނަށް ޝަފީގު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި
13 ފެބުރުއަރީ 2017

ހެލްތު މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ޒަހީން

13 ފެބުރުއަރީ 2017
ހެލްތު މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ޒަހީން
13 ފެބުރުއަރީ 2017

ޕީޕީއެމްގެ ރިޔާސީ ޕްރައިމެރީ ބާއްވާނެ ކަމަށް ގަބޫލެއް ނުކުރަން : އުމަރު ނަސީރު

13 ފެބުރުއަރީ 2017
ޕީޕީއެމްގެ ރިޔާސީ ޕްރައިމެރީ ބާއްވާނެ ކަމަށް ގަބޫލެއް ނުކުރަން : އުމަރު ނަސީރު
12 ފެބުރުއަރީ 2017

ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!

12 ފެބުރުއަރީ 2017
ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!
05 ފެބުރުއަރީ 2017

އުމަރު ނަސީރު ޑރ.ޖަމީލާ ބައްދަލުކުރެއްވުމަށް އިނގިރޭސިވިލާތަށް

05 ފެބުރުއަރީ 2017
އުމަރު ނަސީރު ޑރ.ޖަމީލާ ބައްދަލުކުރެއްވުމަށް އިނގިރޭސިވިލާތަށް
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
22 ޖެނުއަރީ 2017

ފިލްމް އެސޯސިއޭޝަންގެ ވައިސް ޗެއަރޕާސަންގެ މަގާމަށް މުއާ!

22 ޖެނުއަރީ 2017
ފިލްމް އެސޯސިއޭޝަންގެ ވައިސް ޗެއަރޕާސަންގެ މަގާމަށް މުއާ!
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް