Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސަރުކާރުގެ އަމަލުތައް

"ބޮކި ބަހަން މިނިސްޓްރީ އެއް ހެދި ހިސާބުން މި ސަރުކާރުގެ ކަންކަން ރަނގަޅަށް ނުދާނެކަން އެނގޭ"

31 މާރިޗު 2025 | ހޯމަ 05:14

ބޮކިތައް ފޮނުވަން ސަރުކާރުން ނިންމާފައިވާ 36 ރަށުގެ ލިސްޓުގައި އދ. އޮމަދޫ ކުރިން ހިމެނިފައިވީ ނަމަވެސް އެ ރަށުގެ ނަން އެ ލިސްޓުން އުނިކޮށްފައިވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 31 މާރިޗު 2025 | ހޯމަ 05:14
އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އައިކް އަހުމަދު އީސަ

އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އައިކް އަހުމަދު އީސަ

ބޮކި ބަހަން މިނިސްޓްރީ އެއް ހެދި ހިސާބުން މި ސަރުކާރުގެ ކަންކަން ރަނގަޅަށް ނުދާނެކަން އެނގިވަޑައިގަތް ކަމަށް އެމްޑީޕީގެ ޤާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ، ޤާނޫނީ ވަކީލް އައިކު އަހުމަދު އީސާ ވިދާޅުވެއްޖެއެވެ.

އައިކު އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ލޯކަލް ގަވަރމެންޓް އޮތޯރިޓީން ކުރާ މަސައްކަތް ކުރުމަށް އިތުރު ވުޒާރާ އެއް ރައީސް މުއިއްޒު އުފައްދަވާފައިވާ ކަމަށެވެ. އެލްޖީއޭ އިން ކުރާ މަސައްކަތުގެ އިތުރުން އެ ވުޒާރާ އިން އިތުރަށް ކުރާ ހަމައެކަނި ކަމަކީ ބޮކި ބެހުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ. އެ ހިސާބުން މި ސަރުކާރުގެ ކަންކަން ދާނީ ގޯހުން ގޯހަށް ކަމަށް ހާމަވި ކަމަށް ވެސް އައިކު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ސަރުކާރުން ދުރާލާ ބުނަމުން އައީ އީދަށް ރާއްޖެ ދިއްލުމަށް 28 މިލިއަން ރުފިޔާ އެކަމަށް ހޭދަކުރާނެ ކަމަށެވެ. އަދި ކުރީ ފަހަރަށް ވުރެ އިތުރުކޮށް އަތޮޅުތެރޭގައި ބޮކިދިއްލާ ރަށްތައް އިތުރުވެސް ކުރާނެ ކަމަށް ސަރުކާރުން އައީ ބުނަމުންނެވެ. މިހާ އިގްތިސާދީ ހާލަތު ދަށުގައި އޮތް ދުވަސްވަރެއްގައި 28 މިލިއަން ރުފިޔާ ހޭދަކޮށްގެން އީދުބޮކި ދިއްލަން ސަރުކާރުން މިހާބޮޑު އިސްކަމެއް ދިން ދިނުމުން އާއްމުން ދަނީ އެކަމަށް ފާޑުކިޔުން އަމާޒުކުރަމުންނެވެ. އައިކު ވެސް ވަނީ ރާއްޖެ އޮތް ހާލަތަށް ބަލާ އިރު ބޮކި ދިއްލުމުގެ ނަމުގައި ކުރާ ޚަރަދުތަކަކީ އެންމެ އެކަށީގެންވާ ގޮތަށް ކުރާ ކަމެއްތޯ ސުވާލު އުފައްދަވާފައެވެ. އަދި ބޮކިތައް ދިއްލަން ހޭދަކުރާ މިންވަރަށް ވުރެ އިތުރަށް އެ މަސައްކަތް ކުރާ ވުޒާރާގެ ސިޔާސީ މުވައްޒަފުންނަށް ހޭދަކުރާތީ އެކަމަށް އޭނާ ވަނީ ފާޑު ވިދާޅުވެފައެވެ.

ފިތުރު އީދާ ގުޅިގެން ސަރުކާރުން އީދު ބޮކި ފޮނުވާ ރަށްތަކުގެ ލިސްޓުން އޮމަދޫ އުނިކޮށްފައިވާތީ އެކަމަށް ވެސް އައިކު ވަނީ ފާޑު ވިދާޅުވެފައެވެ. އޮމަދޫ ރައްޔިތުންނަށް ފެނުނީ އެ ރަށު ރައްޔިތުންނާއި މެދު ރައީސް ދެއްވާ އަހައްމިއްޔަތުކަން ކުޑަ މިންވަރު ކަމަށް އައިކު ވަނީ ވިދާޅުވެފައެވެ.

އަށް ވައްތަރެއްގެ ބޮކި ފޮނުވަން މި އުޅުނީ. މާކަ ގިނަ ބޮތްކެއް ވެސް ނޫން. 8 ވައްތަރެއްގެ ބޮތްކެއް ފޮނުވަން އުޅެފަ ނުފޮނުވުނީ މި. އަޅުގަނޑަށް ދެރައީ މިއަދުގެ ރައީސް ދައްކަވާ ވާހަކަ ޤަބޫލުކުރާތީ އާއްމުން ވެސް. އަނެއްކާ މަދުކޮށްފި 6 ވައްތަރެއްގެ ބޮތްކަކީ.
ޤާނޫނީ ވަކީލް އައިކު އަހުމަދު އީސާ

އޮމަދޫ ކައުންސިލުން ބުނެފައި ވަނީ މި އަހަރު ފިތުރު އީދުގައި ކުލަ ބޮކި ދިއްލަން 28 މިލިއަން ރުފިޔާ ހަރަދުކުރުމަށް ނިންމާ، ބޮކިތައް ފޮނުވަން ސަރުކާރުން ނިންމާފައިވާ 36 ރަށުގެ ލިސްޓުގައި އދ. އޮމަދޫ ކުރިން ހިމެނިފައިވީ ނަމަވެސް އެ ރަށުގެ ނަން އެ ލިސްޓުން އުނިކޮށްފައިވާ ކަމަށެވެ.

އެކަން ހާމަކޮށް އޮމަދޫ ކައުންސިލުން އާއްމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ ސަރުކާރުގެ މި އަމަލު އެ ކައުންސިލުން ކުށްވެރިކުރާ ކަމަށް ބުނެފައެވެ. އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ފިތުރު އީދަށް ބޮކި ފޮނުވާ ރަށްތަކުގެ ލިސްޓުގައި އޮމަދޫ ހިމެނޭ ކަމަށް ލޯކަލް ގަވަމަންޓު މިނިސްޓްރީން ކުރިން އެ ކައުންސިލަށް އަންގާފައިވާ ކަމަށެވެ.

އެކަން ހާމަކޮށް އެ ވުޒާރާ އިން އެ ކައުންސިލަށް ސިޓީއެއް ފޮނުވާފައި ވަނީ މާޗު 6 ގައި ކަމަށް ވެސް އޮމަދޫ ކައުންސިލުން ބުނެއެވެ. އެހެންކަމުން އެ ސިޓީއާ ގުޅިގެން މިކަމަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއް އެ އިދާރާއިން ވި ކަމަށްވެސް އޮމަދޫ ކައުންސިލުން ބުނެފައިވެ އެވެ.

އަދި، އެގޮތަށް އެންގުނީ އޮޅުމަކުން ކަމަށް ބުނެ މިނިސްޓްރީން އޮމަދޫ ކައުންސިލަށް ދެވަނަ ސިޓީއެއް ފޮނުވީ އިއްޔެ ހަވީރު 5:30 ހާއިރު ކަމަށްވެސް އެ އިދާރާގެ ބަޔާނުގައި ބުނެފައިވެ އެވެ.

"ނަމަވެސް، މި ކައުންސިލަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ބުރަވެވެނީ ސިޔާސީ ގޮތުން ނުފޫޒު ހުރި ފަރާތްތަކުން ބާރުވެރިކަމުގެ އޮއިވަރުގައި ޖެހި ލައިޓުތައް ގެންދިއުމަށް ކަނޑައެޅިފައިވާ ލިސްޓަށް ބަދަލު ގެނެސް މި ރަށުގެ ނަން އެ ލިސްޓުން އުނިކޮށް އެހެން ރަށަކަށް އެ ލައިޓުތައް ބަދަލުކޮށްފައިވާ ކަމަށް،" އޮމަދޫ ކައުންސިލުން ބުނެފައިވެ އެވެ.

އީދަށް އަލަށް ދިއްލާ ރަށްތަކުގެ ތެރޭގައި އދ. އަތޮޅުން ހިމެނުނީ މާމިގިލި އެވެ. އޮމަދޫ ކައުންސިލުން ބުނެފައި ވަނީ މިއީ އެ ރަށުގެ ރައްޔިތުންނަ ލަދުގަންނަވާލަން ކުރި ކަމެއް ކަމަށެވެ. މީގެ އިތުރުން އެ ރަށުގެ ބަނދަރުގެ މަސައްކަތްވެސް ކުރިއަށް ނުދާ ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ. އެހެންކަމުން އެ މަސައްކަތް ފަށާ ލައިޓުތައް އެ ރަށަށް ފޮނުވުމަށް އޮމަދޫ ކައުންސިލުން ވަނީ ސަރުކާރަށް ގޮވާލާފަ އެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

އެޑުކޭޝަން މިނިސްޓްރީން ހިންގާ ލައިފް ސްކިލް ޕްރޮގްރާމުގައި 624 ޓޗަރުން ތަމްރީނުކޮށްފި

30 ޖެނުއަރީ 2017
އެޑުކޭޝަން މިނިސްޓްރީން ހިންގާ ލައިފް ސްކިލް ޕްރޮގްރާމުގައި 624 ޓޗަރުން ތަމްރީނުކޮށްފި
29 ޖެނުއަރީ 2017

ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް

29 ޖެނުއަރީ 2017
ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
15 ޖެނުއަރީ 2017

ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި

15 ޖެނުއަރީ 2017
ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް