Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއިލް ލުބުނާން ހަނގުރާމަ

އިސްރާއީލުން ލުބުނާނަށް ދިން ހަމަލާތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން: ހިޒްބުالله ގެ ލީޑަރު

ބެއިރޫތަށް ހަމަލާ ދީފައި މިވަނީ ލުބްނާނުން އިސްރާއީލާ ދިމާލަށް މިދިޔަ ހުކުރު ދުވަހު ރޮކެޓް ހަމަލާތަކެއް ދިނުމާއި ގުޅިގެން. ހިޒްބުﷲ އިން ވަނީ ރޮކެޓް ހަމަލާގައި ބައިވެރިވި ކަމަށް ބުނެފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 30 މާރިޗު 2025 | އާދީއްތަ 06:45
ލުބުނާނުގެ ހިޒްބުاللهގެ ލީޑަރު ޝެއިޚް ނައީމް ޤާސިމް، ބެއިރޫތުގައި ޣައްޒާގައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް ތާއީދުކުރާ އެއްވުމެއްގެ ތެރޭގައި ވާހަކަ ދައްކަވަނީ  - އޮކްޓޯބަރު 13، 2023

ލުބުނާނުގެ ހިޒްބުاللهގެ ލީޑަރު ޝެއިޚް ނައީމް ޤާސިމް، ބެއިރޫތުގައި ޣައްޒާގައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް ތާއީދުކުރާ އެއްވުމެއްގެ ތެރޭގައި ވާހަކަ ދައްކަވަނީ - އޮކްޓޯބަރު 13، 2023

ލުބުނާނުގައި އިސްރާއީލުން ދެމުންދާ ހަމަލާތައް ބަލައިނުގަނެވޭނެ ކަމަށް ހިޒްބުﷲ ގެ ލީޑަރު ނާއިމް ޤާސިމް ހޮނިހިރު ދުވަހު ވިދާޅުވެއްޖެ އެވެ.

ޓީވީ މެދުވެރިކޮށް ދެއްވި ތަގުރީރުގައި ގާސިމް ވިދާޅުވީ މި ހަރުކަށިކަން ނިމުމަކަށް ގެންނަން ޖެހޭ ކަމަށެވެ. އަދި އިސްރާއީލް އިން ހަމަލާ ބަދަލުުރަން ހުއްޓާލުމަށް އެއްބަސްވި ފަހުން ބެއިރޫތުގެ ދެކުނުގެ އަވަށްތަކަށް ބޮން އަޅާފައިވާ އިރު، އެކަން ކުރިއަށް ގެންދިއުމުގެ ފުރުސަތެއް ނުދެވޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

ބެއިރޫތަށް ހަމަލާ ދީފައި މިވަނީ ލުބްނާނުން އިސްރާއީލާ ދިމާލަށް މިދިޔަ ހުކުރު ދުވަހު ރޮކެޓް ހަމަލާތަކެއް ދިނުމާއި ގުޅިގެންނެވެ. ހިޒްބުﷲ އިން ވަނީ ރޮކެޓް ހަމަލާގައި ބައިވެރިވި ކަމަށް ބުނެފަ އެވެ.

އިޒްރޭލުގެ ދިފާއީ ވަޒީރު އިސްރާއީލް ކަރޓްޒް ވަނީ ލުބުނާނުގެ ވެރިރަށަށް އަނެއްކާވެސް ހަމަލާތައް ދީ، އިސްރާއީލުގެ އުތުރުގައި ރޮކެޓް ހަމަލާތައް ދިން މީހަކަށް ބެލުމެއް ނެތި އަނެއްކާވެސް ހަމަލާދޭނެ ކަމުގެ އިންޒާރު ދެއްވާފައެވެ. އޭނާ ވިދާޅުވީ ކިރިޔަތު ޝްމޯނާ އާއި ގަލީލީ (އިޒްރޭލުގެ އުތުރު) ގެ މުޖުތަމައުތަކުގައި ހަމަޖެހުމެއް ނެތް ނަމަ ބެއިރޫތުގައި ހަމަޖެހުމެއް ނޯންނާނެ ކަމަށެވެ.

އިޒްރޭލުން ލުބްނާނުގެ ދެކުނުގެ ސަރަހައްދާއި އިރުމަތީ ސަރަހައްދަށް ހަމަލާތައް ދެމުން އަންނައިރު، އެއްބަސްވުމާ ހިލާފުވި ހިޒްބުﷲ ގެ އަސްކަރީ އަމާޒުތަކަށް އިޒްރޭލުން ދަނީ ހަމަލާދެމުންނެވެ. ބެއިރޫތުގެ ހަޅުތާލަށް ފަހު ހިޒްބުﷲ އިން ވަނީ ހުކުރު ދުވަހު ދެކުނުގެ އަވަށްތަކުގައި ބާއްވަން އުޅުނު އެއްވުން ކެންސަލްކޮށްފަ އެވެ.

ލުބުނާނުގެ ދައުލަތަށް ފިޔަވަޅު އެޅުމަށް ގޮވާލައްވަމުން ގާސިމް އިންޒާރު ދެއްވާ ވިދާޅުވީ ސިޔާސީ ގޮތުންނާއި ޑިޕްލޮމެޓިކް ވަސީލަތްތައް މެދުވެރިކޮށް އަދިވެސް ކަންކަން ހައްލު ކުރެވޭނެ ކަމަށާއި ކޮންމެ ކަމެއްގައި ވެސް ލިމިޓެއް އޮންނާނެ ކަމަށެވެ. އަދި ލުބްނާނުގެ ދައުލަތަށް ސިޔާސީ ގޮތުން ބޭނުންވާ ނަތީޖާ ނުނެރެވިއްޖެ ނަމަ، އެހެން ގޮތްތަކެއް ހޯދަން މަޖުބޫރުވާނެ ކަމަށް ގާސިމް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް މިކަމުގެ އިތުރު ތަފްސީލެއް ނުދެއްވައެވެ.

ހަނގުރާމަ ހުއްޓާލުމުގެ ޝަރުތުތަކުގެ ދަށުން ޖެނުއަރީ މަހުގެ ސުންގަޑިއެއް ގެއްލުމުން ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުގެ ކުރިން އިޒްރޭލުން ލުބްނާނުން ފޭބުމުގެ މަސައްކަތް ނިންމަން ހަމަޖެހިފައިވީ ނަމަވެސް، އެ ގައުމުން ވަނީ "ސްޓްރެޓެޖިކް" ކަމަށް ދެކޭ ފަސް ތަނެއްގައި ސިފައިން ބަހައްޓާފަ އެވެ.

އިޒްރޭލުގެ ބޯޑަރާ ގާތްގަނޑަކަށް 30 ކިލޯމީޓަރު (20 މޭލު) ދުރުގައި އޮންނަ ލިޓާނީ ކޯރުގެ އުތުރުން ހިޒްބުﷲ ސިފައިން ނެރުމަށާއި ދެކުނުގައި ބާކީ ހުރި އަސްކަރީ އިންފްރާސްޓްރަކްޗާއެއް ނައްތާލަން ވެސް މި އެއްބަސްވުމުގެ ދަށުން ވަނީ ލާޒިމްކޮށްފަ އެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި
08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
07 ފެބުރުއަރީ 2017

ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

07 ފެބުރުއަރީ 2017
 ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި
05 ފެބުރުއަރީ 2017

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި
02 ފެބުރުއަރީ 2017

އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

02 ފެބުރުއަރީ 2017
އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު