Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބޭރުދުނިޔޭގެ ކުޅިވަރު

ބާސާއިން އިނީގޯ މާޓިނޭޒް ކުޅުވީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ އޮސަސޫނާއިން މައްސަލަ ހުށަހަޅައިފި

29 މާރިޗު 2025 | ހޮނިހިރު 12:31

ބާސެލޯނާއިން ހުކުރު ދުވަހުގެ ރޭ ކުޅުނު ލީގު މެޗުގައި އޮސަސޫނާއާ ދެކޮޅަށް އިނީގޯ މާޓިނޭޒް ކުޅުވީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ، އޮސަސޫނާއިން ރޯޔަލް ސްޕެނިޝް ފުޓްބޯލް ފެޑަރޭޝަނަށް ވަނީ މައްސަލަ ހުށަހަޅާފައި

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 29 މާރިޗު 2025 | ހޮނިހިރު 12:31
ސްޕެނިޝް ލީގުގައި މިދިޔަ ބުރާސްފަތި ދުވަހު އޮސަސޫނާއާ ދެކޮޅަށް ކުޅުނު މެޗުގައި ބާސެލޯނާގެ ޑިފެންޑަރު އިނީގޯ މާޓިނޭޒް ކުޅެނީ: މައްސަލަ ސްޕެއިންގެ ފުޓްބޯޅަ ފެޑަރޭޝަނަށް ވަނީ ހުށަހަޅާފައި

ސްޕެނިޝް ލީގުގައި މިދިޔަ ބުރާސްފަތި ދުވަހު އޮސަސޫނާއާ ދެކޮޅަށް ކުޅުނު މެޗުގައި ބާސެލޯނާގެ ޑިފެންޑަރު އިނީގޯ މާޓިނޭޒް ކުޅެނީ: މައްސަލަ ސްޕެއިންގެ ފުޓްބޯޅަ ފެޑަރޭޝަނަށް ވަނީ ހުށަހަޅާފައި

ބާސެލޯނާއިން ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު ލީގު މެޗުގައި އޮސަސޫނާއާ ދެކޮޅަށް އިނީގޯ މާޓިނޭޒް ކުޅުވީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ، އޮސަސޫނާއިން ރޯޔަލް ސްޕެނިޝް ފުޓްބޯލް ފެޑަރޭޝަނަށް މައްސަލަ ހުށަހަޅައިފި އެވެ.

އިނީގޯ މާޓިނޭޒް މި މެޗުގައި ކުޅެފައިވަނީ މިދިޔަ ހަފުތާގައި ޔުއެފާ ނޭޝަންސް ލީގުގައި ނެދަލަންޑްސްއާ ދެކޮޅަށް ސްޕެއިން ކުޅުނު މެޗު ނިމުނުތާ ހަތަރު ދުވަސް ފަހުންނެވެ. އަދި ނޭޝަންސް ލީގުގެ މެޗުތަކަށް ސްޕެއިންއިން އެކުލަވާލި ސްކޮޑުގައި އޭނާ ހިމެނުނު ނަމަވެސް، ބަލިވުމުގެ ސަބަބުން ކަމަށް ބުނެ އޭނާ ގައުމީ ޓީމުގެ ސްކޮޑުގައި ހިމެނިފައެއް ނުވެ އެވެ.

އެހެން ނަމަވެސް ފީފާގެ ގަވާއިދު ބުނާ ގޮތުން ކުޅުންތެރިއަކު ގައުމީ ޓީމަށް ނެގުމަށްފަހު ކޮންމެ ސަބަބަކާ ހުރެ ނަމަވެސް ޓީމުން ވަކިވެއްޖެ ނަމަ, އެ ޓީމެއް އެންމެ ފަހުން ކުޅޭ މެޗުގެ ފަސް ދުވަސް ފަހުން ނޫން ގޮތަކަށް ކުލަބަށް ނުކުޅެވޭނެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި ކުލަބަށް މެޗެއް ކުޅޭނަމަ އެ ގައުމެއްގެ ފުޓްބޯޅަ ފެޑަރޭޝަނުން ޚާއްސަ ހުއްދައެއް ނަގަން ޖެހޭނެ އެވެ.

އޮސަސޫނާ އަތުން 3-0 ގެ ނަތީޖާއަކުން ބާސެލޯނާ މޮޅުވެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ހޯދި މި މެޗުގެ ފުރިހަމަ 90 މިނެޓުގައި އިނީގޯ މާޓިނޭޒް ވަނީ ކުޅެފައެވެ. އޮސަސޫނާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އިނީގޯ މާޓިނޭޒް ގައުމީ ޓީމުން ވަކިވީ މެޑިކަލް ސަބަބަކާ ހުރެ ކަމަށް ބުނެފައިވާއިރު، އޭނާ މި މެޗު ކުޅެފައިވަނީ ފީފާއިން ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް ކަމަށެވެ.

މާޓިނޭޒް ރޭ އޮސަސޫނާއާ ދެކޮޅަށް 90 މިނެޓް ކުޅެފައިވާ އިރު، އޮސަސޫނާއިން ބުނީ މާޓިނޭޒަށް ރޭގެ މެޗުގައި ކުޅެވިގެން ނުވާނެ ކަމަށާއި، ގައުމީ ޓީމުން އެކަމަށް ހިތްވަރު ދީގެންވެސް ނުވާނެ ކަމަށެވެ. އަދި މުބާރާތުގައި ހުރިހާ ޓީމަކަށްވެސް ހަމަހަމަ ގޮތަކަށް ކަންތައް ކުރުމަށް މައްސަލަ ބެލުން އަވަސް ކޮށްދޭން ޖެހޭ ކަމަށެވެ.

މިދިއަ ބުރާސްފަތި ދުވަހުގެ ރޭ ބާސާއިން އޮސަސޫނާއާ ދެކޮޅަށް ކުޅުނު މެޗަކީ ކުރިން މާޗު އަށްވަނަ ދުވަހު ކުޅެން އޮތް މެޗެއް ނަމަވެސް، އެމެޗު ކުޅޭ ގަޑި ރެއަށް ބަދަލުކުރީއެވެ. އެކަމަށް ބާސާ ކޯޗު ހާންސީ ފްލިކް ފާޑުވެސް ކިޔާފައިވެއެވެ.

އެއީ ބްރެޒިލްގެ ގައުމީ ޓީމަށް ކުޅޭ ރަފީނިއާއަށް ރޭ ބާސާ މެޗުގައި ނުކުޅެވުމުންނެވެ.

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2017

ކުޓީނިއޯ އަށް އަހަރަކު 14 މިލިއަން ޔޫރޯ ލިބޭ އެއްބަސްވުމެއް ބާސާއިން ހުށަހަޅައިފި

02 ޑިސެމްބަރު 2017
ކުޓީނިއޯ އަށް އަހަރަކު 14 މިލިއަން ޔޫރޯ ލިބޭ އެއްބަސްވުމެއް ބާސާއިން ހުށަހަޅައިފި
09 ނޮވެމްބަރު 2017

ޑެބްރައިނާއަށް މެސީ އަދި ރޮނާލްޑޯއާ އަރާ ހަމަކުރެވޭނެ: މާޓިނޭޒް

09 ނޮވެމްބަރު 2017
ޑެބްރައިނާއަށް މެސީ އަދި ރޮނާލްޑޯއާ އަރާ ހަމަކުރެވޭނެ: މާޓިނޭޒް
25 އޮކްޓޯބަރު 2017

ކޮޕާ ޑެލްރޭ: މޮޅަކާއެކު ބާސާއިން ތަށި ދިފާއުކުރުމުގެ މަސައްކަތް ފަށައިފި

25 އޮކްޓޯބަރު 2017
ކޮޕާ ޑެލްރޭ: މޮޅަކާއެކު ބާސާއިން ތަށި ދިފާއުކުރުމުގެ މަސައްކަތް ފަށައިފި
23 އޯގަސްޓު 2017

ބާސާއިން ނޭމާއާ ދެކޮޅަށް މައްސަލަ ހުށަހަޅައިފި

23 އޯގަސްޓު 2017
ބާސާއިން ނޭމާއާ ދެކޮޅަށް މައްސަލަ ހުށަހަޅައިފި
23 އޯގަސްޓު 2017

ބާސާއިން ހަތަރު ވަނަ ފަހަރަށް ކޫޓީނިއޯއަށް ބިޑު ކުރަނީ

23 އޯގަސްޓު 2017
ބާސާއިން ހަތަރު ވަނަ ފަހަރަށް ކޫޓީނިއޯއަށް ބިޑު ކުރަނީ
18 އޯގަސްޓު 2017

ލަލީގާގެ ފުރަތަމަ މެޗުގައި އެއް މިނެޓުގެ ސުކޫތެއް ގެނައުމަށް ބާސާއިން ނިންމައިފި

18 އޯގަސްޓު 2017
ލަލީގާގެ ފުރަތަމަ މެޗުގައި އެއް މިނެޓުގެ ސުކޫތެއް ގެނައުމަށް ބާސާއިން ނިންމައިފި
10 އޯގަސްޓު 2017

ބާސާއިން ކުޓީނިއޯ ގަންނަން ހުށަހެޅި ބިޑަށް ލިވަޕޫލްއިން އިންކާރުކޮށްފި

10 އޯގަސްޓު 2017
ބާސާއިން ކުޓީނިއޯ ގަންނަން ހުށަހެޅި ބިޑަށް ލިވަޕޫލްއިން އިންކާރުކޮށްފި
02 އޯގަސްޓު 2017

ޕީއެސްޖީއަށް ބަދަލުވާން ބާސާއިން ނޭމާ އަށް ހުއްދަދީފި

02 އޯގަސްޓު 2017
ޕީއެސްޖީއަށް ބަދަލުވާން ބާސާއިން ނޭމާ އަށް ހުއްދަދީފި
31 ޖުލައި 2017

ބާސާއިން އޮޒިލްއަށް ބިޑުކުރަން ތައްޔާރުވަނީ

31 ޖުލައި 2017
ބާސާއިން އޮޒިލްއަށް ބިޑުކުރަން ތައްޔާރުވަނީ
16 މެއި 2017

ގަވާއިދާ ޚިލާފަށް އެއްވެސް ޓީމެއްގެ ކުޅުންތެރިޔަކު ނުކުޅޭ: ވީއޭއެމް

16 މެއި 2017
ގަވާއިދާ ޚިލާފަށް އެއްވެސް ޓީމެއްގެ ކުޅުންތެރިޔަކު ނުކުޅޭ: ވީއޭއެމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް