Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރަމަޟާން މަހުގެ ކިޔަވައިދިނުން

ރަމަޟާން މަހު އާންމު އުސޫލުން ކިޔަވައިދިނުމުގެ ބަދަލުގައި ޕްރޮޖެކްޓް-ބޭސްޑް ލާނިންގ ފަދަ ހަރަކާތްތައް ހިންގުމާ ގުޅޭގޮތުން މަޝްވަރާ ކުރަނީ

ރޯދަމަހުގައި ގިނަ އަދަދެއްގެ ދަރިވަރުން ގަވާއިދުން ސްކޫލަށް ހާޒިރުނުވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 29 މާރިޗު 2025 | ހޮނިހިރު 07:47
ދިރާސީ އައު އަހަރު ފެށުނު ދުވަހު ބޭއްވި ޖަލްސާގައި ސްކޫލެއްގެ ދަރިވަރުންތަކެއް - ފައިލް ފޮޓޯ

ދިރާސީ އައު އަހަރު ފެށުނު ދުވަހު ބޭއްވި ޖަލްސާގައި ސްކޫލެއްގެ ދަރިވަރުންތަކެއް - ފައިލް ފޮޓޯ

ރަމަޟާން މަހު އާންމު އުސޫލުން ކިޔަވައިދިނުމުގެ ބަދަލުގައި ޕްރޮޖެކްޓް-ބޭސްޑް ލާނިންގ ފަދަ ހަރަކާތްތަކާއި، އިސްލާމްދީނަށް ހޭލުންތެރިކުރުވުމުގެ ގޮތުން ތަފާތު ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ބެލެނިވެރިންނާއި މުދައްރިސުންނާ މަޝްވަރާ ކުރާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ.އިސްމާއީލް ޝަފީއު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝަފީއު މިހެން ވިދާޅުވީ ކިޔަވައިދޭ ގަޑިތައް ނުގެއްލޭގޮތަށް، ކޮންމެ އަހަރަކުވެސް މުޅި ރަމަޟާން މަސް އެއްކޮށް ސްކޫލު ޗުއްޓީކަމުގައި ހަމަޖެއްސެވުމަށް ބަލަމުންދާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާތީ އެވެ. އަދި އެގޮތަށް ހަމަޖައްސައިދިނުމަށް ގިނަ ބެލެނިވެރިން އެދެމުންދާ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ.

Advertisement - newsAdvertisement

މިކަމާ ގުޅިގެން މިނިސްޓަރު ޝަފީއު ވިދާޅުވީ ރޯދަމަހުގައި ކިޔެވުން ބަންދުކުރުމަށް ރައީސްގެ އަރިހުގައި ގިނަ ބެލެނިވެރީން އެދެމުންދާތީ، އެއީ ކުރެވިދާނެ ކަމެއްތޯ ބެއްލެވުމަށް ދެއްވާފައިވާ އިރުޝާދާއި ގުޅިގެން، ބެލެނިވެރިންނާއި ޕްރިންސިޕަލުން އަދި މުދައްރިސުންނާ މަޝްވަރާތައް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ރަމާޟާން މަސް ބަންދުކުރުމާ ގުޅޭގޮތުން މިނިސްޓަރު ޝަފީއު ވިދާޅުވީ ރޯދަމަހުގެ ފަހު 10 ބަންދުވުމުން، އެދުވަސްތައް އުނިކޮށް ރޯދަމަހުގެ ބާކީ ސަރުކާރު ހުޅުވާ ދުވަސްތަކުގެ އަދަދަކީ 12 ނުވަތަ 13 ދުވަސް ކަމަށާއި، މި 12 ނުވަތަ 13 ދުވަހުގައި ކިޔަވައިދެވެނީ ރޯދަމަސް ނޫން އެހެންމަސްތަކުގެ 6 ދުވަހުގެ ކިޔަވައިދިނުން ކަމަށެވެ.

ރޯދަމަސް ބަންދުކުރުމަށް ގިނަ ބެލެނިވެރިން ރައީސްގެ އަރިހުން އެދިފައިވަނީ މަދު ވަގުތުތަކަކަށް ސްކޫލަށް ދަރިވަރުން ގޮވައިގެން ދިއުމުގެ ތަކުލީފުގެ އިތުރަށް، ރޯދަމަހުގައި ކިޔަވައިދިނުމަށް މިހާރު ހަމަޖެހިފައިވާ 12 ނުވަތަ 13 ދުވަހުގެ ކިޔަވައިދިނުން އެހެން މަސްތަކުގެ ހައެއްކަ ދުވަހުން ގެންދެވޭނޭކަމަށް ބެލެވޭތީ ކަމަށް މިނިސްޓަރު ޝަފީއު ވިދާޅުވި އެވެ. އަދި ރޯދަމަހުގައި ގިނަ އަދަދެއްގެ ދަރިވަރުން ގަވާއިދުން ސްކޫލަށް ހާޒިރުނުވުމާއި މުދައްރިސުންގެ ތެރެއިންވެސް ބައެއް މުދައްރިސުން އާންމު މަސްތަކާއި ޚިލާފަށް ރޯދަމަހުގައި ސަލާމުގެ ނުވަތަ އާއިލީ ޒިންމާގެ ޗުއްޓީ ނެގުން އިތުރުކަމަށް ރެކޯޑުތަކުން ދައްކާތީއާއި އަދި މިކަންކަމުގެ ސަބަބުން ކިޔަވައިދިނުން އެންމެ އެކަށީގެންވާ ގޮތަށް ނުގެންދެވޭ ކަމަށް މިނިސްޓަރު ޝަފީއު ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރު ޝަފީއު ވިދާޅުވީ ރޯދަމަހުގެ ދުވަސްތަކުގައި އާންމު އުސޫލުން ކިޔަވައިދިނުމުގެ ބަދަލުގައި ޕްރޮޖެކްޓް-ބޭސްޑް ލާނިންގ ފަދަ ހަރަކާތްތަކާއި، އިސްލާމްދީނަށް ހޭލުންތެރިކުރުވުމުގެ ގޮތުން ކުރިއަށްގެންދާ ތަފާތު ޕްރޮގްރާމްތަކާއި، ކީރިތި ޤުރުއާނަށް ދަރިވަރުންގެ ހިތްތަކުގައި ލޯބިޖެއްސުމަށް ހިންގާ ތަފާތު ހަރަކާތްތަކާއި މުބާރާތްތަކުގެ އިތުރަށް އަދަބީ ހަރަކާތްތަކަށް އިސްކަންދީގެން ސްކޫލުގެ ހަރަކާތްތައް ކުރިއަށް ގެންދެވިދާނެ ކަމަށެވެ. އަދި މުދައްރިސުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމެންޓުގެ އެކި ހަރަކާތްތައް ވެސް ކުރިއަށް ގެންދެވިދާނެ ކަމަށް މިނިސްޓަރު ޝަފީއު ވިދާޅުވި އެވެ.

މިފަދަ ބަދަލެއް ގެނައި ކަމުގައިވިޔަސް، ބައިނަލްއަޤުވާމީ އިމްތިހާނުތަކަށް ތައްޔާރުވާ ކީ ސްޓޭޖް 4 އަދި 5ގެ ދަރިވަރުންގެ ކިޔެވުން އޮންނާނެކަން ފާހަގަކުރައްވައި މިނިސްޓަރު ޝަފީއު ވިދާޅުވީ މި ދުވަސްތަކުގައި ހުރިހާ މުދައްރިސުން ރަސްމީކޮށް މަސައްކަތައް ނުކުންނާނެ ކަމަށާއި، މުދައްރިސުންގެ އަހަރީ ޗުއްޓީ ލިބޭނީ އަބަދުވެސް އޮންނަގޮތައް ކޮންމެ އަހަރެއްގެ ދިރާސީ އަހަރު ނިމުމުން ކަމަށެވެ. އެގޮތުން 2025ގެ ދިރާސީ އަހަރުން ފެށިގެން މުދައްރިސުންގެ އަހަރީ ޗުއްޓީ ލިބޭނީ ޑިސެމްބަރު މަހުން ފެށިގެން ކަމަށް މިނިސްޓަރު ޝަފީއު ވިދާޅުވި އެވެ.

މިނިސްޓަރު ޝަފީއު ވިދާޅުވީ 2025ގެ ދިރާސީ އަހަރު ފެށުމުން، ރައީސް މުއިއްޒު ދެއްވާފައިވާ ލަފާފުޅާމެދު ސްކޫލްތަކުގެ މުދައްރިސުންނާއި، ޕްރިންސިޕަލުންނާއި ބެލެނިވެރިންނާއި މަޝްވަރާކުރަން ނިންމާފައިވާ ކަަމަށެވެ.

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

މެޑަމް ފާތުން ވަށާ ތޮވާފު ނުކޮށްފިނަމަ އެމީހަކު އަނދާ ހުސްވޭ: މަހުލޫފް

13 ފެބުރުއަރީ 2017
މެޑަމް ފާތުން ވަށާ ތޮވާފު ނުކޮށްފިނަމަ އެމީހަކު އަނދާ ހުސްވޭ: މަހުލޫފް
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު
01 ފެބުރުއަރީ 2017

ޓްރާންސްޕޯޓްގެ ޗެއާމަނަކަށް މަހުދީ، ނާފިޒް އިކޮނޮމިކްގެ ނައިބަކަށް

01 ފެބުރުއަރީ 2017
ޓްރާންސްޕޯޓްގެ ޗެއާމަނަކަށް މަހުދީ، ނާފިޒް އިކޮނޮމިކްގެ ނައިބަކަށް
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު