Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިނގިރެޓް ބޭރުކުރަން އުޅުނު މައްސަލަ

ފުލުހަކު ޑިއުޓީ ފްރީއިން ސިނގިރެޓް ބޭރުކުރަން އުޅުނު މައްސަލައެއް ތަހުގީގުކުރަނީ

މި މައްސަލައާ ގުޅިގެން މިހާތަނަށް ފުލުހުންނާއި ކަސްޓަމްސްއިން އެއްޗެއް ބުނެފައެއް ނުވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 25 މާރިޗު 2025 | އަންގާރަ 17:35
އެަރޕޯޓުން ސިނގިރެޓް ކާޓުން ބޭރުކުރަން އުޅުނު މައްސަލަ ތަހުގީގުކުރަނީ ފުލުހުންނާއި ކަސްޓަމްސް ގުޅިގެން

އެަރޕޯޓުން ސިނގިރެޓް ކާޓުން ބޭރުކުރަން އުޅުނު މައްސަލަ ތަހުގީގުކުރަނީ ފުލުހުންނާއި ކަސްޓަމްސް ގުޅިގެން

ފުލުހަކު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑިއުޓީ ފްރީއިން ސިނގިރެޓް ބޭރުކުރަން އުޅުނު މައްސަލައެއް ތަހުގީގުކުރަން ފަށައިފިއެވެ.

މި މައްސަލަ ބަލަމުން އަންނަނީ ކަސްޓަމްސް އާއި ފުލުހުންނާއި ގުޅިގެންނެވެ. ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑިއުޓީ ފްރީއިން 140 ކާޓޫނު ސިނގިރެޓް ފުލުހަކު ބޭރުކުރަން އުޅެނިކޮށް، އޭނާ ހުއްޓުވީ ކަސްޓަމްސްއިންނެވެ. އެގޮތުން އޭނާ އެކަން ކުރީ އެތަނުގެ މަސައްކަތު މީހުންނާއި ބައިވެރިވެގެންނެވެ. އެގޮތުން މަސައްކަތު މީހުން ކުނި އަޅަން ބޭނުންކުރާ ކަޅު ކޮތަޅަށް ސިނގިރެޓް ކާޓޫން އެޅުމަށްފަހު، އެތަކެތި ގެންދަނިކޮށް އަތުލައިގަތީ ލިފްޓް ތެރެއިންނެވެ.

Advertisement - newsAdvertisement

މި މައްސަލަ އާއި ގުޅިގެން މިހާތަނަށް ފުލުހުން އަދި ކަސްޓަމްސްއިން ވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ސިނގިރެޓް ގަވާއިދާ ހިލާފަށް އެތެރެކުރުމުގެ މައްސަލަތައް އިތުރުވެފައިވަނީ ސަރުކާރުން ސިނގިރެޓްގެ އަގުބޮޑުކުރުމާއި ގުޅިގެންނެވެ. އެގޮތުން މާލޭގައި ހުރި ބޮންޑެޑް ވެއަރ ހައުސްއެއްގައި ރައްކާކޮށްފައި ހުރި ސިނގިރެޓްތަކެއް ވެސް ބޭރުކުރި މައްސަލައެއް ފެންމަތިވިއެވެ. މި މައްސަލައިގައި ކަސްޓަމްސް އިން ވަނީ 67.9 މިލިއަން ރުފިޔާގެ ޑިއުޓީ ނަގައިދޭން އެދި އެޓަރނީ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވާފައެވެ.

އިތުރަށް ކިޔާލަން

01 މާރިޗު 2017

ސިނގިރޭޓާއި އެނާރޖީ ޑްރިންކުން ޑިއުޓީ ބޮޑު ކުރުމަށް މަޖިލީހުން ފާސްކޮށްފި

01 މާރިޗު 2017
ސިނގިރޭޓާއި އެނާރޖީ ޑްރިންކުން ޑިއުޓީ ބޮޑު ކުރުމަށް މަޖިލީހުން ފާސްކޮށްފި
01 މާރިޗު 2017

އަދީބު ބޭރުކުރަން ވިޕްލައިނާ ޚިލާފަށް ދިން ހަމައެކަނި ވޯޓު ދެވުނީތީ ފަޚުރުވެރިވަން: ނާޝިދު

01 މާރިޗު 2017
އަދީބު ބޭރުކުރަން ވިޕްލައިނާ ޚިލާފަށް ދިން ހަމައެކަނި ވޯޓު ދެވުނީތީ ފަޚުރުވެރިވަން: ނާޝިދު
28 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނާރޖީ ޑްރިންކުން ޑިއުޓީ ބޮޑުކުރަން ހުށަހެޅި ބިލް ފާސްކުރުން މާދަމާގެ ޖަލްސާގައި

28 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނާރޖީ ޑްރިންކުން ޑިއުޓީ ބޮޑުކުރަން ހުށަހެޅި ބިލް ފާސްކުރުން މާދަމާގެ ޖަލްސާގައި
27 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނާރޖީ ޑްރިންކުން ޑިއުޓީ ބޮޑުކުރަން ހުށަހެޅި އަދަދަށް ވުރެ ބޮޑުކޮށް ކޮމެޓީން ފާސްކޮށްފި

27 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނާރޖީ ޑްރިންކުން ޑިއުޓީ ބޮޑުކުރަން ހުށަހެޅި އަދަދަށް ވުރެ ބޮޑުކޮށް ކޮމެޓީން ފާސްކޮށްފި
26 ފެބުރުއަރީ 2017

ބަރަހަނާ ފޮޓޯތަކެއް ލީކުވެ އަންހެން ފުލުހަކު ވަޒީފާއިން ވަކިކޮށްފި

26 ފެބުރުއަރީ 2017
ބަރަހަނާ ފޮޓޯތަކެއް ލީކުވެ އަންހެން ފުލުހަކު ވަޒީފާއިން ވަކިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު